ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނު ބޭނުން ނުކުރައްވާ ކަމަށާއި އެ ފައިސާ މިހާރު ހުންނާނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބެލުމުގެ ދަށުގައި ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފް އެކައުންޓަށް ލައްވައިގެން އެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު، އަދީބް އަބްދުލްޣަފޫރު ޖަމާކުރީ ކީތްވެގެންކަން ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ ފައިސާ ރައީސް ޔާމީން ބޭނުންފުޅު ކުރައްވާފައިވެސް ނުވާކަމަށެވެ.

" އެ އެއް މިލިއަން ޑޮލަރަކީ އެސްއޯއެފްގެ ލާރި ކަމެއް އޭސީސީން ރައީސް ޔާމީނާ ސުވާލު ކުރުމާ ހަމައަށް ރައީސް ޔާމީނަކަށް އެނގިވަޑައެއް ނުގަންނަވާ" ނިހާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރާއި ގުޅޭގޮތުން ސުވާލު އުފެދި އެ ފައިސާއަކީ މިފަދަ ކަންތައްތަކެއް ހިމެނޭކަމަށް ބެލެވޭ ފައިސާއެއްކަން އޭސީސީ އިން ރައީސް ޔާމީނަށް މައުލޫމާތު ދެއްވި ހިސާބުން ފެށިގެން އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ފްރީޒް ކޮށްފައި ބަހައްޓަން ރައީސް ޔާމީން އެންގެވިކަމަށް ނިހާން ވިދާޅުވިއެވެ.

"އޭސީސީގެ ތަހްގީގަށް ފަހުގައި އެކަންކަން އޮޅުން ފިލީމައި، ރައީސަށް ދެންނެވި އޭސީސީގެ ފަރާތުން މިކަހަލަ ގޮތަކަށް އެސްއޯއެފްގެ ޗެކަކުން ޖަމާވެފައިހުރި ފައިސާ އެބަހުރިކަމަށް. އެވަގުތު ރައީސް އެންގެވީ (އެ ފައިސާ) ފްރީޒް ކޮށްފައި ހިފަހަށްޓަން." ނިހާން ވިދާޅުވިއެވެ.

ނިހާނު އިތުރަށް ވިދާޅުވީ، އެފައިސާ ރައީސް ޔާމީން ބޭނުންފުޅު ކުރައްވާފައި ނުވާ ކަމަށާއި، އެ ފައިސާ ކަމާބެހޭ ފަރާތުގެ ބެލުމުގެ ދަށުގައި އެބަހުރި ކަމަށެވެ.

މީގެ އިތުރުން އަހްމަދު ނިހާން ހުސައިން މަނިކަށް އަދީބް ގަޑިއެއް ދެއްވި ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ނިހާން ވިދާޅުވީ، އަދީބު ދެއްވި ގަޑިއެއް ނިހާނު އަތުގައި ނޯންނާނެ ކަމަށާއި، ނިހާނުއަށް ގަޑި ދެއްވޮ ފަރާތް މިހާރުވެސް ދިރި ދުނިޔޭގައި އެބަ ހުންނެވި ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ މި ސަރުކާރުގައި ހިނގާދިޔަ ހިޔާނާތުގެ މައްސައަކަށްވާއިރު، އެ މައްސަލަތައް ބަލާ ސާމިލުވާ ފަރާތްތަކަށް އަދު ދިނުމުގެ މަސައްކަތްތަކަށް ސަރުކާރުން ދައުލަތުގެ އިދާރާތަކަށް އެއްބާރުލުން ދެމުން އަންނަކަން ޕީޕީއެމް އިން ތަކުރާކޮށް ފާހަގަކުރެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަން

    ހާދަހައި އިހުސާންތެރި ވަފާތެރި ވެރިޔެކޭ...[
    ތިހާ ވަފާތެރިވާނެބާ މެޑަމް ފާތުންނަށް

  2. ދެޓްވޭ

    ރައީސްގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ހުރީ އޭސީސީގެ ބެލުމުގެ ދަށުގައި ކަމަށް ނިހާނު ވިދާޅުވުން އެއީ މަމެންނަށް އުފާވެރިކަން ލިބިގެން ދާ ކަމެކޭ ކުދިންނޭ. ޔޭއް. މީއޭ މަމެން ޕިންކީންގެ ވެރިކަމަކީ އެއީ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމަށް މިވާގޮތަކީ. މީ އެމެން އެމްޑީޕީ ވެރިކަން ގޮތަށް ޖީއެމްއާރު އަތުން ކަޓް ޖައްސައިގެން ޖީއެމްއާރު އަތުން 100 މިލިއަން ޑޮލަރު ކަޓެއްގެ ގޮތުގައި ނަގައިގެން އެމެން ރަންރީނދޫ ޓްވިޓަރޭ މެން ކުޅުނު ކަނޑު ފައްތާ ފިލްމް ގޮތަށް މަމެން ކުޅޭ ފިލްމެއް ނޫނޭ މީ ރިއަލް ސީން ތަކޭ. މަމެން މީ އޮރިޖިނަލް ވެރިކަމޭ ރާއްޖޭގައި މިކުރަނީ އިނގިރޭސިންނާއި ކޮރަޕްޓް އިންޑިއާ އާއި ގުޅިގެން ފޭކް ވެރިކަމެއް ނޫނޭ މަމެން މިކުރަނީ. އައި ވޯން ޔޫ ޓު ނޯ ދެޓް ޑީޕް އިން ސައިޑް މީ މަމެން ޕިންކީންގެ ވެރިކަން މީ ޑިޒާއަރ އަކީ. އައި ނެވަރ ވޮނާ ހިއަރ ޔޫ ސޭ ނާނާނާ ނާނާނާ ނާނާނާ އޯއް ޔޭއް އައި ވޯންޓް އިޓް ދެޓްވޭ އައި ވޯންޓް އިޓް ދެޓް ވޭ އައި ވޯންޓް އިޓް ދެޓް ވޭ..

  3. އަލީ

    ދެންކީކޭބާ އިދިކޮޅޭމެން ކިޔާނީ.

  4. ދެޓްވޭ

    ސަރުކާރު "ހުއްޓުވައި، ވައްޓާލަން" ފުރުސަތެއް ނުދޭނަން ކަމަށް ފުލުހުން ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. މަމެން މިއަދު ފެބް އެކެކުން ފެށިގެން އެގްޒޯސްޓް ވެފައިވާތީވެ ކުޑާ ކޮށް އާރު އެން އާރު ޕެކޭޖެއް ވައިޓް ސޭންޑީ ބީޗް ގައި ހަދާލާ ނިންމާ އައިސް ނިއުޒް ބަލާލުމުން އެމެން ރަންރީނދޫ ޓްވިޓަރޭ މެން ފަޔަށް ހިނި އަރައިގެން ބުމަރެއް އެނބުރޭ ގޮތަށް ރަށު ތެރޭ އެނބުރި ފެލެނީ މަމެންގެ ވެރިކަން ވައްޓާލާނަމޭ ބުނަމުންތޭ މަމެން މާލެ އަށް ނާރަނީސް މަމެން މާލެ އަށް މިއަރަނީ އޭ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ނެހެދޭނެއޭ އެއްގޮތެއް ވެސް މަމެންގެ ވެރިކަމަަށް އިޓްސް ޓޫ ލޭޓް ދޯ. މިހާރު އެއޮތީ އެންޓި ޑިފެކްޝަން ބިލް ގާނޫނަކަށް ހަދާފައޭ ހުންނާނެ އޭ މިހާރު ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައި ދޯ. އޯއް އެންޓި ޑިފެކްޝަން އިޒް ދަ ވަން ވީ ޑިޒާއަރ ދެޓްސް ދަ ވަން ޑިޒާއަރ ބިލީވް ވެން އައި ސޭ އައި ވޯންޓް އިޓް ދެޓްވޭ. އައި ވޯންޓް އިޓް ދެޓް ވޭ. ދެޓް ވޭ ދެޓް ވޭ..

  5. ޖަސްޓްގޮނާ

    އެމެން ގެއްލިގެން އުޅޭ އެއް މިލިއަން ޑޮލަރު ވެސް ވީ ތަން މިހާރު އެމެންނަށް އެހެރީ އެނގިފައި ނޫންތޭ. މަމެން ޕިންކީން ނަށް މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވޯޓް ލީ ރައްޔިތުންގެ %85 ވޯޓް ދީގެން މަމެން 2013 ވަނަ އަހަރު މިރާއްޖޭގެ ވެެރިކަން ދިނީ ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކުރަންއޭ. މަމެން އެމަސައްކަތް ސްމޫތް ކޮށް ކުރަމުން ދަނި ކޮށް ކްރުއަލް މައިންޑް އުސޫލުން ރަންރީނދޫ ބޮޑޭ މެން ކޮރަޕްޓް ވަގު ބްރޯ އާއި ގުޅިގެން މަމެންގެ ވެރިކަން ވައްޓާލަން އުޅުން އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫނޭ. މަމެން މިރާއްޖޭގެ ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަސް އެއީ ރީތި އުފާވެރި ދުވަހެކޭ އުފާވެރި ދުވަހެކޭ. އޮން ދަ ފަސްޓް ޕޭޖް އޮފް އަވަރ ސްޓޯރީ ދަ ފިއުޗަރ ސީމްޑް ސޯ ބްރައިޓް ދެން ދިސް ތިންގް ޓާރންޑް އައުޓް ސޯ އީވްލް އައި ޑޯން ނޯ ވައި އައި އޭމް ސްޓިލް ސަޕްރައިޒްޑް. ކްރިޓިކްސް އިޒް ޓޭކިންގް ދެޓް ޓު ނިއު އެކްސްޓްރީމްސް ބަޓް މަމެންގެ ރައީސް ވިލް ބީ އޯލްވޭޒް އަވަރ ހީރޯ. ޖަސްޓް ގޮނާ ސްޓޭންޑް ދެއަރ އެން ވޮދް ދަ ވޭ ދޭ ރިއެކްޓް ވޮޗް ދަވޭ ދޭ ރިއެކްޓް. ދެޓްސް އޯލް ރައިޓް ބިކޮޒް އައި ކޭން ކްރަޝް ދަވޭ ދޭ ރިއެކްޓް ކްރަޝް ދަވޭ ދޭ ރިއެކްޓް. ކްރަޝް ދަވޭ ދޭ ރިއެޓް.

  6. ޖަސްޓްގޮނާ

    މަމެން ޕިންކީންގެ ސަރުކާރު ހުއްޓުވައި ވައްޓާލާނެ ކަމަށް އެމެން ރަންރީނދުލޭ މެން ބުނާނަނަމަ ސަރުކާރުން އެބަޖެހެއޭ ރާއްޖޭގެ ސިޔާސީ މައިދާނުން ސިޔާސީ ކަންކަމުގެ މައްޗަށް އިގްތިސާދީ ވަރުގަދަ ވިލާ ގަނޑެއް އަރުވާލަން އެގޮތުން އެންމެ ރަނގަޅު ވާނީ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދި ފޯމް ލާފައިވާ 15 ހާސް މީހުންގެ ތެރޭން އެކަކު ވެސް ބާކީ ނުކޮށް އެންމެންނަށް ފްލެޓްސް ދޭނެ ކަން އިއުލާން ކޮށް އެފަދަ ލިޔުން ތައް އެމެންނާއި ހަވާލު ކުުރުމުގެ ޕްރޮސެސް ސަރުކާރުން ބޮޑެތި ރަސްމިއްޔާތު ތަކާއި އެކު ފެށިއްޔާއޭ. މިކަން ފަށާށޭ ހަމަ މިހާރުން މިހާރަށް އެއިރުން އެމެން އެމްޑީޕީ ޖެހޭނީ އާރމަރ ލޭ ޑައުން ކުރަން މަމެން ޕިންކީން ކުރިމަތީގައި. ޖަސްޓް ގޮނާ ސްޓޭންޑް ދެއަަރ އެން ވޮޗް މީ އައި ލަވް ދަވޭ ޔޫ ޑޫ އިޓް. ނައު ދިސް ގްރެވުލް އިން އަވަރ ވޮއިސެސް ގްލާސެސް އިޒް ޝެޓަރޑް ފްރޮމް ދަ ޓޭބަލް ޓޮޕް އިޓް ސިކް ދެޓް އޯލް ދީސް އީގޯ ބެޓުލްސް އާރ ވަޓް ކީޕްސް މީ ކްރޭޒީ އޯލް ޓައިމް. ޖަސްޓް ގޮނާ ސްޓޭންޑް ދެއަރ އެން ހިއަރ މީ ކްރައި..

  7. މުއްތު

    އަސްލުތަ

  8. މުއްތު

    ސަރުކާރުން ދޮގެއްނަހަދާނެ ވަކިން ނިހާނަކީ ދޮގުހަދާމީހެއްނޫން އެޑޮލަރުން މާވާރުލު
    އެއާޕޯޓް އަޅަން އެހަވާލުކުރީ