އައްޑޫ ސިޓީގައި މިމަހުގެ 03 ވަނަ ދުވަހުގެ ރޭ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަލީ ޞާލިހް ދުއްވަން އިން ކާރެއް ޒުވާނެއްގެ ސައިކަލްގައި ޖެހި ހިނގި އެކްސިޑެންޓާއި ގުޅޭ ގޮތުން އެކި ފަރާތްތަކުން މީސް މީޑިއާގައި ދޮގު ވާހަކަތަކެއް ދައްކަމުން ގެންދަނީ އޭނާގެ އަގު ވައްޓާލަން ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަލީ ޞާލިހް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަލީ ޞާލިހް މިރޭ "ވަގުތު" އަށް ވިދާޅުވީ އެކްސިޑެންޓަށް ފަހު ކަން ހިނގަމުންދާ ގޮތް އޮޅުވާލަން ބަޔަކު މަސައްކަތް ކުރަމުން ގެންދަނީ އިއްޔެ އޭނާ އަށް ރައީސުލްޖުމްހޫރިއްޔާ ސްޓޭޓް މިނިސްޓަރެއްގެ މަގާމު ދެއްވުމުން އޭނާގެ އަގު ވައްޓާލަން ކަމުގައި ވާނަމަ އެއީ ގޯހެއް ކަމަށެވެ.

އަލީ ޞާލިހް ވިދާޅުވީ އެކްސިޑެންޓް ހިނގުމުން އެސަރަހައްދުގައި ހުރެ ފުލުހުން ބޭނުންވާ މައުލޫމާތު ވެސް ދެއްވި ކަމަށެވެ.

"11 ޖަހާކަން ހާއިރު އެކްސިޑެންޓް ހިނގީ. ފުލުހުން އެސަރަހައްދަށް އައިސް ސަރަހައްދު ކޯޑަންކޮށް ފުލުހުން ބޭނުންވާ ހުރިހާކަމެއް ނިމި މެންދަމު 01 ޖެހި ފަހުން ފުލުހުން ސީން ރޫޅަލަންދެން އަޅުގަނޑު އެތަނުގައި ހުރިން." އަލީ ޞާލިހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި ކުއްޖާގެ ބައްޕަ ޖެހިގެން އައި ދުވަހު އޭނާ އަށް ފޯނު ކުރައްވާ މައްސަލަ ފުލުހުން މެދުވެރިކޮށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނި ކަމަށެވެ. ނަމަވެސް އަނިޔާވި ޒުވާނާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެންނަން ބޭނުންވާ އެހީތެރިކަމަށް އާއިލާ އިން އެދުނު ކަމަށް އަލީ ޞާލިހް ވިދާޅުވިއެވެ. އާއިލާ އިން އެދުނު ގޮތައް މާލެ އަންނަން ޓިކެޓް ހަމަޖައްސައިދިން ކަމަށް އަލީ ޞާލިހް ވިދާޅުވިއެވެ.

"އިއްޔެ އަޅުގަނޑު ރައީސް އޮފީހުގެ ރަސްމިއްޔާތައް ވަން ވަގުތު ފޯނު ކުރި އެއާއިލާ އިން. އެވަގުތު އަޅުގަނޑަށް ފޯނަށް ޖަވާބު ނުދެވުމުން އަޅުގަނޑު ފިލައިގެން އުޅޭކަމަށް ނުބުނެވޭދެއްތޯ. އަޅުގަނޑު އޭރު ވެސް އަޅުގަނޑުގެ ބޭބެ ހުސައިން ޞާލިހް މެދުވެރިކޮށް ހުރިހާ ވާހަކައެއް ދައްކަމުން ގެންދިޔައިން." އަލީ ޞާލިހް ވިދާޅުވިއެވެ.

https://www.facebook.com/photo.php?fbid=1954755867948877&set=a.371841119573701&type=3&theater

އޭނާ ވިދާޅުވީ މިއަދު ވެސް ހޮސްޕިޓަލަށް ގޮސް އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ އާއި ބައްދަލު ކުރި ކަމަށާއި އައިޖީއެމްއެޗް އިން މިއަދު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ފަރުވާ އަށް އިންޑިއާ އަށް ދާން އާއިލާ އިން ބޭނުންވާތީ އެކަމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް އަލީ ޞާލިހް ވިދާޅުވިއެވެ.

"ވަގުތު" އަށް ލިބިފައިވާ ލިޔުންތަކުން ވެސް އެކްސިޑެންޓްގައި އަނިޔާވި ޒުވާނާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައި ނުވާކަން ފާހަގަ ކުރެވެއެވެ.

މީސް މީޑިއާގައި އަލީ ޞާލިހަށް އެންމެ ބޮޑަށް ފާޑުކިޔަމުން ގެންދަނީ އެމްޑީޕީގެ އެކްޓިވިސްޓުންނެވެ. އެމްޑީޕީގެ އެކްޓިވިސްޓުންނަށް ރައްދު ދެމުން ގެންދާ މީހުން ވަނީ އެމްޑީޕީގެ އެއްވެސް މީހަކަށް ވަޒީފާ އެއް ދޭން އެމްޑީޕީ މެންބަރުން ބޭނުން ނުވަނީތޯ ސުވާލު އުފައްދާފައެވެ.

މީގެ ކުރިން ވެސް އެމްޑީޕީ މެންބަރުން ވަނީ ސަރުކާރުގެ މަގާމުތަކަށް އައްޔަން ކޮށްފައިވާ އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފާފަޅޯ

    ސުވާލަކީ ތީ އެއްވެސް އަގެއް ހުރި މީހެއްތޯ؟ ކަލޭ ނުވޭ އަހަރެމެން ކުރިމަތީ ހައްޕިޑައްވެސް. ތީ ބޮޑު ފެންފޯކެއް.

    • އަހުސަން

      ރައްޔިތުން މަރަފަވެސް ވެރިކަން ކުރެވޭތޯ ބަލާބަލަ ޖިންސީ ގޯނާ ކުރުމަކީވެސް ހުއްދަ ކަމެއްކަމަށް ނިންމަނީޔޯ ކިބޫ

  2. ނިހާން ހަމީދު

    ޟމީ ބޮޑުވަރުދޯ

  3. ޢ

    ޞާލިހް ކަލެއަށް ވެސް އަގަކީ ކިހާވަރެއްގެ އެއްޗެއްކަން އެބަ ވިސްނޭދޯ؟ ތި ގުރޫޕް ގަނޑު ގުޅިގެން އެ ޤާނޫނު އުވާލިއިރު މިފަދަ ދުވަހެއް ދިމާވެދާނެ ކަމަކަށް ކުޑަކޮށްވެސް ހިތަކަށް ނާރާދޯ؟

  4. ޞެއްޔާ

    އަގު ވައްޓާލަން ނަމަ ސުވާލު އުފައްދަން ވީ ދޯ ނިދި ޖެހުނީ ކީއްވެގެންތޯ. ބުނަންވީ ދޯ ފުލުހުންނާ ދުރު ދުރުން އުޅުއްވީ ކޮންމެވެސް މަސްތީ ހާލަތެއްގަ ހުރުމުންނޯ. މިއަދު ނޫސްތަކުން ރިޕޯޓް ކުރީމަ ހޮސްޕިޓަލަށް ގޮސް ސެލްފީ ނަގާ ޕޯސްޓް ކުރުމުން އެބަދޭހަވޭ އެތަނަށް ދިޔައީ ވެސް ހަމަ އެފޮޓޯ ނަގައި ރައްޔިތުން ލޮލޮގަ އަނދުން އަޅުވަން ކަމަށް. އަހަރުން މިއޮއްވަރުން ގެނައި ސަރުކާރު މިއޮތީ އަހަރުމެން 2012 ގަ މަގުމަތި ކުރި މީހުން ހިސޯރު ކޮއްފަ

  5. ބަސީރު

    އެހެއްވާނެއެއްނޫ މުނާފިގު

  6. މަރީ

    މީ ދެން އަގެއް އޮތް މީހެއްތަ؟

  7. عبدالله

    ކުފޫހަމަނުވާ މީހުންނަށް މަޤާމުތައް ދެއްވަން ފައްޓަވާފައިވަނީ، ހަމައެކަނި މި ވެރިކަމުގައެއް ނޫނެވެ. ރައީސް ޔާމީނުގެ ވެރިކަމުގައިވެސް ސިޔާސީ މަޤާމުތައް ދެއްވުމުގައި އިސްކަން ދެއްވާފައިވަނީ، ކަނޑައެޅިގެން ޤާނޫނުގެ އިމުން ބޭރުގައި އުޅެފައިވާ އަޚްލާޤު ނުބައި މީހުންނަށެވެ.