މާލޭ މަގުތަކަށް ކުނި އަޅަނީ ކޮން ބައެއްތޯ ބެލުމަށާއި އެންމެ ގިނައިން ކުނި އަޅަނީ ކޮން ސަރަޙައްދުތަކެއްތޯ ބެލުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދަށުން އެކުލަވާލާފައި އޮންނަ އެންވަޔަރަމެންޓް ޕޮލިސް އާ ހަވާލުކުރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފެށި "ސާފު ރާއްޖެ- އަހަރެންގެވެސް ޒިންމާ" ޕްރޮގުރާމުގެ ހަވާސާގެ ތެރެއިން ދައުލަތުގެ މީޑިޔާ "ޕީއެސްއެމް" އަށް ދިން ބަސްދީގަތުމެއްގައި ޝިފާ މިހެން ވިދާޅުވިއިރު، އޭނާ އިތުރަށް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކުނީގެ މައްސަލަ ހައްލުކުރުމަށް އާއްމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމުގައެވެ.

މީގެއިތުރުންވެސް، ގޭގޭގެ ކައިރީގައި ކުނި ބަހައްޓަނީ ކޮން ބައެއްތޯ ދާއިމީ ގޮތެއްގައި ބެލުމަށްވެސް ފުލުހުންގެ ކިބައިން އެދޭނެކަމަށް ޝިފާ ވިދާޅުވިއެވެ.

ހަމައެހެންމެ، ވޭސްޓް މެނޭޖެމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށް މަޝްވަރާތައް ކުރަމުން އަންނަކަމަށާއި ވޯލްޑް ބޭންކުގެ މާލީ އެހީތެރިކަމާއެކު ތިލަފުށީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް މަސައްކަތް ކުރަމުން އަންނަކަމަށް މޭޔަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޔާމިން

    ޥަރައްރަގަޅައްދޭނަން ގޮއްމުށުންދޭނަން އޭމިހެރަބޮޑުމޮޔައާ

  2. މާލޭ ރަށްވެއްސެއް

    މަގުތަށް ސާފުުކުރައްވާގޮތަށް ގޯޅިތަށްވެސް ސާފުކޮށްލަދެއްވުން އެދެން.

  3. މާލޭ ރަށްވެއްސެއް

    ޝުުރިއްޔާ. އެއްޗަކީ.ހިއްވަރު

  4. މާލޭ މީހާ

    މަގުތަށް ސާފުުކުރައްވާގޮތަށް ގޯޅިތަށްވެސް ސާފުކޮށްލަދެއްވުން އެދެން.

  5. ދިވެއްސެއް

    މަގުތަށް ސާފުުކުރައްވާގޮތަށް ގޯޅިތަށްވެސް ސާފުކޮށްލަދެއްވުން އެދެން.

  6. ޚަނާ

    ތީހަމަ ބަލަންޖެހޭ ކަމެއް

  7. އައްޓަމަސް

    ދެންކޮބާ ޝިފާމެންގެޒިންމާއަކީ!؟ ގޮނޑިހޫނުކުރުމާއި މުސާރަނެގުންތަޒިންމާއަކީ؟!

  8. އައްޑޫ މީހާ

    ތީތި ވަރައް ފައްކާ ހުސްނާ ސުއަާދު ކޮމިޝަނަަސް ތަހުގީގު ކޮށް މައްސަލަ ބެލުން ފުލުހުންނަށް ވެމޮކޯ ވަޒީފާއާއި މާލޭ މުނިސިޕަލް ވޯކްސް އިބިރިހިމާ ކަލޭ ގަދަ

  9. ދޮންބެ

    މިހާރު މިއޮންނަނީ މަގުމައްޗަށް ކުނިއަޅާމީހުންނަށް ވަރަށް ފަހިވެފަ. އަދި އަމިއްލަޔަށް ކުނިއުކާލާމީހުންނަށް ދަތި އުނދަގޫކޮށްފަ. ސާފުރާއްޖެޔޭ ކިޔައިގެން ތީ ޖައްސާ ސްޓަންޓެއް. އަމިއްލަޔަށް ކުނި އުކާލާމީހުންނަށް އެކަން ކުރެވެނީ ޚާއްސަ ހުއްދައެއް ހޯދައިގެން އަދި ދުވާލަކު ވަކިވަރަކަށް އުކެނީވެސް. އެކަމަކު މަގުމަށްޗަށް ކުނިއަޅާމީހުން ނުޖެހޭ ހުއްދައެއް ހޯދާކަށް . ބޭނުންވަރަކަށް އުކަންވީ. އެކަން ބަލާ ފިޔަވަޅު އަޅަނީކީ ނޫން. އާދަވެ ކުނިއަޅާ ޕޮއިންޓްތައް އެބަހުރި، މިކަހަލަ ޕޮއިންޓްތަކުގަ ކެމެރާ ހަރުކޮށްގެންވިޔަސް މިކަން ހުއްޓުވެންޖެހޭ. ޚާއްސަކޮށް ކުނިވާޒާތު ކުނިއަޅާމީހުންނަށް ބޮޑެތި އަދަބުދޭންޖެހޭ.

    • ސާފުކުރާމީހާ

      އަގުދީގެން ކުނިއުއްކުވާ މީހުން އެކަން އެގޮތަށް ކުރިޔަސް ގޭގޭ ފާރުބުޑަށާ ގޯޅިގޯޅި ކަންމައްޗަށް ކުނިތައް ބޭރުކޮށްގެން ހިލޭ ކުނި އުއްކުވާ މީހުން މަދެއްނޫން. ގިނައިން މިކަންކުރަނީ ގޭންގުތަކާ ގުޅުން އޮންނަ ފަރާތްތަކުން ކަމަށްވާތީ، އެމީހުންނާ ދިމާއަށް ބަހެއް ބުނެލާކަށްނުކެރޭ. ގޭގޭ ފާރުބުޑަށް ގުއިރައްވައިގެން ދިހަބާރަބުޅާ ގެންގުޅޭ ބަޔަކުވެސް މާލެތެރޭގަ އުޅޭ.

  10. ޑައެލޯގް

    ބަލަ މީގެކުރިން އެމްޑީޕީގެ ވެރިކަމުގަ ކުނިނުއުކި މުޅިމާލޭން ވަސްދުވާތީ އިމާދުއްދީން ސްކޫލް ބަންދުކުރި ހަދންނެތުނީދޯ ދެންޔާމީނު މިކަން ހަމަޔަކަށް އަޅުވާ ބަންގާޅީންގެ އަތުން ކުނިއުކުން އަތުލާ ދިވެހިންނަށްދިނީ

  11. ދުވާރުމަތީހިގާމީހާ

    ދުވާރުތައް މައްޗަށާ ގޭގޭ ފާރުބުޑަށް "ފާޚާނާކުރުވައިގެން" މާލެތެރޭގައި ބައިވަރު ބުޅާތައް ގެންގުޅޭ މީހުންގެ މައްސަލަވެސް ކޮންމެސް ފަރާތަކުން ބަލައި ފިޔަވަޅުއަޅަން އެބަޖެހޭކަމަށް ދަންނަވަން. ހަޑިވާނީ ހަމައެކަނި ކުނީގެ ސަބަބަކުންނެއްނޫން. ބުޅާ ގުއި މަގުމަތީގަ ހުރީމަވެސް ދާއެއްޗެހި ދޮވެފަ މެޝިނުން ބޭރުކުރާ ފެން މަގުމައްޗަށް ދޫކުރީމަވެސް މަގުތަކާ ދުވާރުތައް މަތި ބޭނުންކުރަން ދަތިވާ ވަރަށް ހަޑިވެ ނަޖިސްވެފަ އޮންނަނީ.

  12. ދިހާޝް

    ފައްކާ ސަރުކާރެއް! މިހާ އަވަހަށް ސިފައިން ކުރަން ހުރި މަސައްކަތް ހުސްވީ.

  13. ޕީޖޭ

    ފުލުހުންނަށް ހުރިހާކަމެއް ކުށްކުރާ މީހުން ހޯދައި އަމާން ވެއްޓެއް ޤާއިމުކުރުމުގެ ޒިންމާގެ އިތުރަށް ސޯސަލް ސަރވިސްވެސް ފުލުހުން... އެހެން މުއައްސަސާ ތަކުގެ މީހުން މާލޭ މީހުންނަށް ބޮޑުކުލި ދައްކާ ވަޒީފާއަށް އައިސް ދަރިން ސުކޫލަށް ގެންދިއުން...ނުވިތާކަށް ހާލަކުން ފަހަރަކު މިރާއްޖޭ ކޯޓަކުން ކުށްވެރިއަކާއި ދެކޮޅަށް ސާބިތު ކުރެވޭނީ އެމީހާވެސް ދޫކޮށް މިލަނީ..ހިޖުރީ އޭ މީލާދީ އޭ ސިޔާސީ ހުކުމެކޭ ގޮވަމުން...ކިޔައްމެ ހިތްހަމަ ނުޖެހުނަސް ފެބުރުއަރީ 7 އަންނާނެ...