ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް އަމްޖަދު ވަހީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެ މަގާމަށް އަމްޖަދު އައްޔަން ކުރަން ފާސްވީ 36 މެމްބަރުންގެ ވޯޓުންނެވެ. އަމްޖަދު އަކީ ޗެނަލް13ގެ ނިއުސްހެޑްގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.

މިއަދު ރައީސް އަބްދުﷲ ޔާމީން އެ ކޮމިޝަނުގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަން ކުރުމަށް މަޖިލީހަށް ނަންތައް ފޮނުވީ އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުންނެވެ. އެގޮތުން އެންމެ އިސްކަން ދެއްވާފައިވަނީ ވެސް އަމްޖަދު އަށެވެ.

ބްރޯޑް ކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނު ކުރުމަށް މަޖިލީހަށް ފޮނުއްވީ މިހާރު އެކޮމިޝަނުގެ މެންބަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަސްލަމްގެ ދައުރު ހަމަވާތީ އެވެ.

އަސްލަމް ބްރޮޑްކޮމްގެ މެންބަރު ކަމަށް އައްޔަނުކުރެއްވީ 2013 ވަނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަތުބަތާނެޔާ

    ބެއްޔާ ހައުދަހައި ކުރިޔަޓެ ޖަހޮވައިލީއޭ ދާ.. ބެއްޔާ ކަލޯ ތަޓެ މަރުހަބާ..