އެކި އެކި ލާދީނީ ފިކުރުތައް ދިވެހި ޒުވާނުންގެ ހިތްތަކަށް ނުފޫޒު ފޯރުވަމުންދާ ފަދައިން، އިސްލާމް ދީނުގެ ނަމުގައި ހުންނަ ހަރުކަށި ފިކުރުތަކުގެ ސަބަބުންވެސް އެތައް ޒުވާނުންނެއް މަގުއޮޅެމުންދާކަން މިއަދު ހަނދާނުގައި ބަހައްޓަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މާދަމާ ފާހަގަކުރާ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާޞަބަތުގައި އެމަނިކުފާނު ފޮނުއްވެވި ތަހުނިޔާގެ ޚިޠާބުގައެވެ.

"އިސްލާމްދީނުގެ ނަމުގައި ފަތުރަމުންދާ ނުރަނގަޅު މައުލޫމާތުގެ ސަބަބުން، އެތައް ދިވެހީންނެއް މަގުއޮޅި، ލޯބިވާ އާއިލާތަކާ ވަކިވެ، މި ދުނިޔެ ދޫކުރަމުންދާކަމީ، ދިވެހީން ނުހަނު ހިތާމަކުރާ ކަމެއްކަމަށާއި، ލާދީނީ ފިކުރުތައް ދިވެހި ޒުވާން ހިތްތަކަށް ނުފޫޒު ފޯރުވަމުންދާ ފަދައިން، ދީނުގެ ހަރުކަށި ފިކުރުތަކުގެ ސަބަބުންވެސް އެތައް ޒުވާނުންނެއް މަގުއޮޅެމުންދާކަން މިއަދު ހަނދާނުގައި ބަހައްޓަން ޖެހޭ." ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

މީގެއިތުރުންވެސް ރައީސް ވިދާޅުވީ ދިވެހީންގެ ތެރޭގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އަސާސަކީ އިސްލާމީ އަޤީދާގެ އެއްބައިވަންތަކަންކަމަށާއި، ދިވެހިންނާ ކުރިމަތިވާ ބޭރުގެ ލާދީނީ އޮއިވަރުތަކުން ރާއްޖެ ހިމާޔަތްކޮށްދޭ އައްޑަނައަކީވެސް އިސްލާމް އަޤީދާގެ ސާބިތުކަމާއި ހަރުދަނާކަންކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ، އިސްލާމް ދީނުގެ ސާފު އަޤީދާއިން ބޭރުވެގެން ދަނީވެސް އަދި ދީނީ ގޮތުން ހައްދުފަހަނަ އަޅާ، ލާއިންސާނީ ހަރުކަށި ޢަމަލުތަކަށް އަރައިގަންނަނީވެސް އިސްލާމްދީނުގެ ލުއިފަސޭހަކަމާއި، ރަހުމާއި އޯގާތެރިކަމާއި މަތިވެރި ހަމަތައް ނޭނގޭތީކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، ދިވެހި ޅަދަރީންގެ ހިތްތަކުގައި ދީނީ ރަނގަޅު މައުލޫމާތު ހަރުލައްވައިދިނުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ތަރުބަވީ މުއައްސަސާތަކާއި، މުދައްރިސުންނަށް ރައީސްވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. މީހެއް

    ކެނެރީގޭ ނަސީދު މަގުއޮޅުނީ ތިބުނި ފަދަ ދަލެއްގަ ޖެހިގެންތޯ؟

  2. ޛހގ

    ދީނާ ބެހެން ފެށީ.....

  3. އާންމު އާދުމީ

    ނަޝީދުގެ އަރިހުގަ ހުރެ، އޭނައަށް ތާއީދުކޮށް، އޭނަގެ ތާއީދު ލިބިގެންހުރެ ދީނޭ ކިޔައިގެން މޮޅެތި ވާހަކަ ދެއްކުން ތާހިރެއްނޫން. ވެރިކަން ލިބިފަ ތިހުރީ. ރަނގަޅު ގޮތުގަ ވެރިކަން ކުރެވޭތޯ ބަލާ ދީނާ ނުބެހި.

  4. ޢަހަންމާ

    އެހެންނޫނަށް ކަލޯތީ މަގުއޮޅިފަ ހުރި ސޮރެއް.

  5. Miadhu

    މާނަޔަކީ ދީނީގޮތުން އެމީހަކުބޭނުން ދީނަކަށް އުަޅުމުގެ މިނިވަންކަން ދޭންވިއްޔޭތަ

  6. Abdul Latheef

    ޖީސީ އޯ ލެވެލް ސަޓިފިކޭޓް ގަނޑެއްހާވަރުވެސ ނެތް މީހަކު އިސްލާމްދީނޭ ކިޔައިގެން ކޮން ވާހަކައެއްތަ މިދައްކަނީ؟އިސްލާމް ދީނުގެ ވާހަކަ ނުދެއްކޭނެ ތިފެންވަރުގެ މީހުންނަކަށް.

  7. ސަމުގާ

    އޮރިޔާމުން އުޅުނީމަ ދޯ ދީނަން އުޅެވެނީ ﷲ
    އެންގެވި ގޮތައްއުޅުނީމަ ހައްދު ފަހަނަ އެޅީ

    ކިހާރަގަޅު.

  8. ޙައްޤު

    އެހެންވެތާއޭ ﷲގެ ޤާނޫނު ތިބާ ތަންފީޒުނުކުރަނީ... ބަލަ ﷲގެ ޤާނޫނަށއ ވުރެށް ޑިމޮކްރަސީ ރަނގަޅުވަންޏާ ތިބާ ތިހުރީ ކާފަރުވެފައި ތޯ...

  9. Anonymous

    އިސްލާމީ ޢަޤީދާގެ ވާހަކަ ރައީސްމީހާ ނުދެއްކިއްޔާ ރަނގަޅުވާނީ، އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށް މާތްﷲ ގަންދީ ހުވާ ކުރިތާ މަހެއްނުވަނީސް އިސްލާމީ ޝަރީޢާ ފުނޑު ފުނޑު ކޮށްލައިފި، މިކަމުން ދޭހަވީ އެއްޗަކީ ރައީސްމީހާ އަކީ އިސްލާމީ ޢަޤީދާ ވަރަށް ބަލިކަށި މީހެއްކަން، އެހެންނަމަވެސް ކުރާނެކަމެއްނެތް، ފާއިތުވެދާ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއްނުން، ހުރިހާ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުން، މިކަމާ ފުންކޮށް ވިސްނާ ފިކުރުކުރޭ، މިއީ ވަރަށް ހިތާމަ ހުރިކަމެއް، މިފަދަ ކަންކަމުގެ ސަބަބުން މި ލޮބުވެތި ޤައުމު ނެތި ފަނާވެދިއުމަކީ ގާތްކަމެއް، ﷲއެއީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އޯގާވަންތަ ރަސްކަލާނގެ.

  10. ޖޭމްސް

    އެހެންވެ އަންނިކަހަލަ ޖާހިލެއްގެ ނިވަލުގައި ވެރިކަން ކުރަނީތި ؟

  11. ޖޮއްބެ

    އޭ ބުނަން ސޯލިހޫ. ދީނޭކިޔައިގެން ވާހަކަ ދެއްކޭވަރުގެ ދީނީހޭލުންތެރި ކަމެއް ހުރިމީހެއްނޫން ތިޔައީކީ. މަރުގެޙުކުމަކީ މީހުންމެރުން ކަމަށް ސިފަވާގޮތައް ކެނެރީގޭ ނަޝީދު ވެސް އޮތީ ޕަބްލިކްގައި ވާހަކަ ދައްކާފައި. ކަލޭ ބޯލަނބައި ކިޔަމަން ވާންވީ ކާފަރުންގެ އެންގުމަކަށްނޫން. މާތްﷲގެ އަމުރުފުޅަށް. ކަލޭގެ ވާނުވާ ނޭނގޭ ސަރުކާރުން ވަނީ މާތްﷲ ގެ އަމުރުފުޅަށް ގޮންޖަހާ، މަރުގެ ޙުކުމް ތަންފީޒު ނުކުރާނެކަމަށް ކާފަރުން ނަށް ޔަގީންކަންދީފަ. ދެން މިހާރު ފޯ* ކިޔައިގެން ކޮން އަނގައެއް އަރުވާކަށްތަ؟ އޭނ....؟

    • ޚާޗިސް

      އިސްލާމީ ޝަރީއަތް އަދުލު އިންސާ ފުން ނުކުރެވޭ ބަޔަކަށް މަރުގެ ހުކުމް ތަންފީޒުކުރަން ހުއްދަދޭން ހެޔޮނުވާނެ

  12. ₩₩₩₩

    ދީނުގެ ހަރުކަށި ފިކުރެއްނޯންނާނެ. ޤުރުއާނާ ސުންނަތުން ސާބިތުވާނީ މެދުމިން. ޙަގީގަތަކީ ދީނަށް ބިދުއަ ވައްދާ އެއީ މެދުމިންކަމަށްދެކި އެކަންކަމަށް މުސްލިމުން ދެވިހިފުން.
    .
    ފަހެ އޭނާ ﷲ ގެ ފޮތް ތެދެއްވެސް ނުކުރެތެވެ. އަދި ނަމާދެއްވެސް ނުކުރެތެވެ. އެހެނެއްކަމަކުއޭނާ ދޮގުކުރިއެވެ. ޢަދި އެނބުރި ދިޔައެވެ. *ސޫރަތުލް ޤިޔާމާ 31-32

  13. މޮޑަރޭޓް މުސްލިމް

    ހޫނ ދެން އަވަހަށް މިސްކިތް ތައް ތަޅަންފަށާ. އެއިރުން ދީނީ ހަރުކަށި ފިކުރު ނެތްކަން ކަލޯމެންނަށް އިނގޭނީ.

  14. ޜިޒާ

    ދީނުގެ ނަމުގައި ގެންގުޅޭ ލާދީނީ ފިކުރުތަކުގެ ސަބަބުންނާއި ދީނަށް ނޫޅޭ ވެރިންގެ ސަބަބުން ރައްޔިތުން ދީނާ ދުރުވާކަން ފާހަގަކުރެވޭ!

  15. އިބްރާހިމް

    ދީނުގެ ނަމުގައި ހަރުކަށި ފިކުރުހުންނަކަން އަދި އެނގިފައި ނެތެވެ. މަނިކުފާނު އެފަދަ ފިކުރުގެ ލިސްޓެއް ކިޔައިދެއްވާށެވެ.

  16. އިސްލާމް

    މިކަލޭގެޅައިރުގަ ނަމަސްތޭކިޔަން ދަސްކުރީ ކިހިނެއްބާ؟؟؟؟؟؟؟

  17. ހަބޭސްބޭބެ

    ބައްލަވާ ރައީސް، ދީނުގެ ނަމުގަ އެއްވެސް ހަރުކަށި ކަމެއް ނެތް، ވަކި މީހުންގެ ހަރުކަށި ފިކުރު ތަކަކީ ދީނޭ ނުކިޔޭނެ. ގޯސް ނުހައްދަވާ

  18. ޖަލީލު

    ﷲ ގެ ޙުކުމް ނޫން ޙުކުމެއް ކުރާ ބަޔަކީ ޠާޣޫތުން.
    ފަހެ، ޠާޣޫތަށް ކާފިރު ވެ ﷲ އަށް ޢީމާން ވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ ޢަޤީދާ ގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކަށް ނުވެއެވެ. ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަލް ބަޤަރާ 2:256
    އަދި ﷲ ބާވައިލެއްވި ޙުކުމުން ޙުކުމް ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ. އަލް މާއިދާ 5:45

  19. Anonymous

    ޢެމްޑީޕީ ގަ ތިބީ ތިބުނާ ލާދީނީ ހައްދު ފހަނަ އެޅި މީސްމިހުން.