ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގެ ފުރަތަމަ ހޯމް މިނިސްޓަރ، އުމަރު ނަސީރަކީ ޔާމީން ދަށުވެފައި ހުރި ޕަޕެޓެއްކަމަށް ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ބުނެފިއެވެ.

ނަޝްވާ މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަދީބު ފްރޭމު ކުރާށާއި ޔާމީންގެ ހުރިހާ ވައްކަމާއި ޖަރީމާތައް ފަސް އަޅާ ފޮރުވާލަން ހުރީ ނާޤާބިލު މީހެއްކަމަށެވެ. އަދި އުމަރަކީ ޒާތީ ހަސަދައިން ފުރިފައި ހުރި މީހެއްކަމަށްވެސް ނަޝްވާ ބުނެފައިވެއެވެ.

"އުމަރު ނަސީރަކީ ޔާމީން ދަށުވެފައި ހުރި ޕަޕެޓެއް، އަދީބު ފްރޭމް ކުރަންށާއި، ޔާމީންގެ ހުރިހާ ވައްކަމާއި ޖަރީމާތައް ފަސް އަޅާ ފޮރުވަދޭން ހުރި ޒާތީ ހަސަދައިން ފުރިފައި ހުރި ނާޤާބިލު މީހެއް." ނަޝްވާގެ ޓްވީޓުގައި އޭނާ ބުންޏެވެ.

މީގެއިތުރުން، ނަޝްވާ ވަނީ އޭނާގެ ޓްވީޓުގައި އުމަރަށް ދެ ސުވާލެއްވެސް ކުރިމަތި ކުރުވާފައެވެ. އެގޮތުން އެއް ސުވާލުގައި އޭނާ ބުނެފައިވަނީ އުމަރު އަދީބު މަރާ ނުލެވިގެން އުޅެނީ ކީއްވެތޯއެވެ. ދެވަނަ ސުވާލުގައި ބުނެފައިވަނީ އެއީ ސިޔާސީ ގޮތުން އަދީބު ބަލި ނުކުރެވޭނެތީތޯއެވެ.

"އުމަރު އަދީބު މަރާނުލެވިގެން ތިއުޅެނީ ކީއްވެ؟ ސިޔާސީ ގޮތުން އަދީބު ބަލި ނުކުރެވޭނެތީތަ؟" ނަޝްވާ އިތުރަށް ބުންޏެވެ.

ނަޝްވާ މިހެން ބުނެފައިވަނީ އުމުރު މިއަދު، އޭނާގެ ވެރިކަމެއްގައި އަދީބަށް މަރުގެ އަދަބު ދެއްވާނެކަމަށް ވިދާޅުވެފައި ވަނިކޮށެވެ. "ވަގުތު" އަށް ދެއްވި ބަސްދީގަތުމެއްގައި އުމަރު ވިދާޅުވީ ރައީސް އަވަހާރަކޮށްލަން ހަތިޔާރު ނެގި މީހަކީ އަދީބުކަމަށާއި އެހެންކަމުން އޭނާއަކީ ޣައްދާރެއްކަމުގައެވެ. އަދި އޭނާއަކީ އަދަބު ލިބެން ޖެހޭ މީހެއްކަމަށާއި އުމަރުގެ ވެރިކަމެއްގައި އޭނާއަށް މަރުގެ އަދަބު ދެއްވާނެކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޖުމުހުރީ މޭވާ

    އަސްލުވެސް ހަމަ ގައްދާރެއް.އަފުރާޝީމުގެ ގާތިލަކީވެސް ގައްދާރެއް.

  2. ޙަމެ

    ޢުމަރުވެސް ތެދުވާހަކަ އެއް އެބުނީ ނަސްވާ ނުޖެހެ ކޮންމެހެން ތިހެން ބުނާކައް

  3. ޙައްވަ

    ޢަދީބަކީ ލާރީގެ ޕަޕެޓެއް

  4. ޢަހަންމާ

    އުމަރު އަކީ ޕަޕެޓް. ދެންކަލޭތީ މީހުންމަރާ މީހުން ގެއްލުވާ ބޮންގޮއްވާ ގައުމުގެ ފައިސާއިން ވައްކަން ކުރާ މީހެއްގެ ތެޅޭ ޕަޕެޓެއްނުން.

  5. ނޫރާ

    ކޮޔާ މަންޖެ ހާދަ ހިތުގަ ތިޖެހުނީ!!

  6. ސާބަސް

    އަދީބު ކަހަލަ މީހެއް ދޯ އަދީބް އަންހެނުން ވެސް މީ!!

  7. Miadhu

    ނަސްވާ ތިގޮތަށް ބުނެގެން ދިވެހި ރަޢިއްޔަތަކު ޤަބޫލުއް ނުކުރާނެ އެއްމެން ދަންނަޙަޤީގަތެއް މިރާއްޖޭގައި ބޮޑެތި މާރާމާރީ ހިންގާ މީހުން މަރާފައި ހުރީ ގޭންގުތަކުންކަން އަދީބަކީ ގޭންގުތަކާއި ވ ބޮޑު ގުޅުމެއްއޮންނަ މީހެެއް ދެން ކާކު މިކަން ކުރާނީ އަދީބަކީ ރަގަޅުމީހެއްނޫން

  8. ޢައިސަ

    ޢުމަރު ވަކި ޔާމިން އަކަށް ސަޕޯޓެއް ނުކުރެ

  9. ޱސގގސގގ

    ހިތުން ޗަކޮއިގެ ފިރިއަކީ ވަރަށް ގައްޑާމީހެއްދޯ؟ ހަމަ ނުލަފާ ގައްދާރެއް .ހަޖަމް ނުވިޔަސް އޯކޭ އޭ ބުނެލަަްންް އޮތީ..

  10. Anonymous

    ރުހުމުގެ ލޮލަކަށް ޢައިބެއް ނުފެންނާނެ.

  11. ލޮލް

    ނަސްވާއަށް އަދީބު ވަރެއް ނެތި ދާނެ...އެވަރަށް ލާރި ފެނިފަ ހުރީމަ...އުމަރަށް ވުރެ އަދީބު ކިތައްމެ ކަމަކުން ގޯސް....އަދީބް ވަރަށް ގަދަވެފަ ބޮޑާވެފަ ބަޔެއްގެ ކުރިމަތީ ހުރަން ބަދެލާގެން ހުއްޓިގެން ހުރި ފޮޓޯއެއް ދުށިން ...ހަމަ އެ އަދީބް ޖަލުގަ ވެސް އޮތީ...ދެން ރައްޔިތުންގެ ލާރިން ޕޮލިޓިކުސް ކުޅެން ތި އުޅެނީ ޕާޓީއެއް ހަދާގެން...ސިޔާސީގޮތުން އަދީބު ހީރޯ އަކަށް ލާރިގަޑު ބުރުވަމުން ދިޔަ ދުވަސްވަރު އެެވެސް ނުހައްގު ލާރި

  12. އަލީ

    މިހާރަކަށްއަިސް ބޮޑެތި ކުއްކޮށްފައިތިބޭ މުޖުރިމުން ޢައްމުންވާވައްދަން ބުނަނީ ފުރޭމް ކުރާ ވާހަކައެވެ. ރަޢީސް ޔާމީނުއާ އެހާގާތްގުޅުމެއް އޮއްވާ ސަރުކާރުގެ ތެރެއިން ދުރައްޖައްސާށޭ ބުނެ އަދީބު ފުރޭމްމު ކުރަންޖެހޭ ސަބަބެއް ނުވިސްނޭ

  13. ކްރޯޑް

    ކަނބުލޯ ޔާމީނު ވައްކަމެއްކުރިއްޔާ އެކަމު ގެ އިސް މޭސްތިރިއަކަށް ހުރީ އަދީބުކަން އެންމެބޮޑަށް އެގޭނީ ކަނބުލޮޔަށާއި އަދީބު ގެ މައިން ބަފައިންނަށް ކުއްލިއަކަށް މުއްސަނދިވެ އަގުބޮޑު ފްލެޓްތަކާ ކާރުތަކާ ގަނެ އަމިއްލަ ޓީވީސްޓޭޝަން ތައް ހިންގާ ހިސާބަށް ދެވުނީ ކިހިނެއްކަންވެސް ހަމަ އެންމެ ބޮޑަށް އެނގޭނީ ހަމަ ކަނބުލޮއަށް އަލީބާބާއަށް ލިބުނު ކަހަލަ ޚަޒާނާއެއް މިހާރަކު ނުލިބޭނެ ކަން މަމެންނަށް އެނގޭ ކަމަކީ

  14. ޢައިޝާ

    ކިތަންމެ ރުޅިއަޔަސް ހަގީގަތް ވާނީ ހަގީގަތައް. ޢައްދާރުން ވާނީ ޢައްދާރުންނަށް. ޢަދިވެސް ކުއްވެރިޔާ ދިފާއު ނުކޮށް އިސްލާހުވާން ފުރުސަތު ދީގެން ރަނގަޅުވާނެ. ޢުމަރު ހަމަ ބެސްޓް

  15. ޣޮގް

    އަދީބަކީ ބޮޑު ވަގެއް، ގޭންގް ސްޓަރ އެއް.

  16. ޣޮގް

    އުމަރު ވަރެއް ނެތް

  17. ހަބޭސްބޭބެ

    ޕަޕެޓް ތައް ވަރަށް ފެނިއްޖެ؟ ގައުމަށް މިއަދު މިދިމާވި ހުރިހާ ކަމެއްގައިި އަދީބު ޒިންމާވާން ޖެހޭ، ހުރިހާ ދޭތެރެ ޖެއްސުމާއި ހުރިހާ ކަމެއްގެ އަޑީގަ ހުރީ އަދީބު. ސަރުކާރާ ދުރުގަ ބަހައްޓަންޖެހޭ މހެއް،

  18. ޕުލޭންބީ

    ޢަދީބު އަނބިކަނބަލުން ތިއުޅުއްވަނީ މިވެރިކަމުގަ އަދީބުއަށް މިނިވަންކަމާއި، ކުރިއެރުން ދެއްވަންތޯ.ފަހަރުގަ ތިކަން ވެދާނެ.އެއީ މިހާރުވެރިމީހާ އަކީ ކުޑަކުދިންނާބެހޭ މީހުންނަންވެސް އެހީވާ ވެރިއެެއް.އެކަމު މަޙްސަރުގަ އަދީބު ދިފާއުގަ ތެދުވެވޭނެބާ؟ ޢެދުވަހުން ހައްޤު އަދަބު އޭނައަށް ލިބޭނެ.

  19. ލަބީބު

    ނަޝްވާ އަކީ އަދީބުގެ ޕަޕެޓެއް.ފީލިން ލަދު.

  20. މަލާ

    މަރިޔަމް ނަޝްވާއަށް ބުނެލަންއޮތީ އަދީބުއަކީ ހަމ މުޖުރިމެކޭ. އަދީބު ރިއާސީ ލޯންޗު ގޮއްވާލަންއުޅުނު. މިކަހަލަ ކިތަންމެ ޖަރީމާއެއްހިންގި. ދިވެހި ރާއްޖޭގެ ގާނޫނު ބަދަލުކޮށްގެ ރައީސުގެ ނާއިބުކަންދިނީމަ ދެން ބޭނުންވީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްގެންވިޔަސް ސީދާ ގައުމުގެވެރިކަން. ޢެހެންވީމަ އަނގަގަދަނުކޮށްހުރުން ބުއްދިވެރި

  21. ބުލްބުލް

    ނަޝްވާ މިދިވެހިރާއްޖޭގެ ކުރި ހުރިހާ ނުބައެއްފަހަތުގައި އޮތީ ކަލޭ ތިގެންގުޅޭ އަދީބު މުޖްރިމް. އޭނާއާއެކު ޖަލަށް ދޭބަލަ ކަލޭ .މުޖްރިމަކު ދިފާޢުކުރާނީވެސް ހަމަމުޖްރިމެއް. އަދީބު ނެގި ހުރިހާފައިސާއެއް ކަލެއަށް ލިބުނަސް ތީ ހަކަފަލަވަރު މެންދުރުގެ އިރުފަދައިން ކަލޭ ގެންގުޅޭ އަދީ ބުކުރިކަމަކާ ކަލޭ އޭނާ ދިފާޢުކުރަނީ ކީއްވެ؟

  22. ސީމާ

    އޭނާ ަމިސްޓަރ ބީންކަމަށްހެދިލާފަ ގައްޑާވެގެން ހަވާސަރުކާރޭކިޔާވެސް އުޅުނެއްނު. ކަލޭ
    ދިވެހިރާއްޖޭގެ ރައްޔިތުންގެ ފައިސާ ކާލައިގެން ހުރި ވަގެއްތީ ނަޝްވާ.އޭނާއަށް ޙައްޤުައަށ ްއަދު ލިބެންޖެހޭ.