ބޮޑެތި ކުށްތަކެއް ސާބިތުވެގެން ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދިފާއުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވާހަކަފުޅު ދައްކަވައިފިއެވެ.

އުމަރު ނަސީރު ވެރިކަމަށް ވަޑައިގެންފިނަމަ، އަދީބުގެ މައްޗަށް މަރުގެ ޙުކުމް ކުރައްވާނެކަމަށް ވިދާޅުވެ އުމަރު ނަސީރު ދައްކަވާފައިވާ ވާހަކައަށް ރައްދު ދެއްވާ އިޔާޒު ވިދާޅުވީ އެއްވެސް ހުކުމެއް ދެވޭނީ ޝަރީއަތުން އިއްވިގެންކަމަށާއި މިއީ އުމަރު ނަސީރަށް ވެރިކަން ލިބިގެން ކުރެވޭ ޒާތުގެ ކަންކަން ނޫންކަމުގައެވެ.

"ޒާތީ ވިޔަސް މިފަދަ ބަހެއް ބުނެގެން ނުވާނެ. އެއްވެސް އަދަބެއް ދެވޭނީ ޝަރީއަތުން ޙުކުމް އިއްވިގެން. އުމަރު ނަސީރަށް ކުރެވޭ ޒާތުގެ ކަންކަމެއް ނޫން މިއީ." އިޔާޒު ވިދާޅުވިއެވެ.

"ވަގުތު" އަށް ދެއްވި ބަސްދީގަތުމެއްގައި އުމަރު މިއަދު ވިދާޅުވީ ރައީސް އަވަހާރަކޮށްލަން ހަތިޔާރު ނެގި މީހަކީ އަދީބުކަމަށާއި އެހެންކަމުން އޭނާއަކީ ޣައްދާރެއްކަމުގައެވެ. އަދި އޭނާއަކީ އަދަބު ލިބެން ޖެހޭ މީހެއްކަމަށާއި އުމަރުގެ ވެރިކަމެއްގައި އޭނާއަށް މަރުގެ އަދަބު ދެއްވާނެކަމުގައެވެ.

"ރައީސުލްޖުމްހޫރިއްޔާއެއް އަވަހާރަ ކޮށްލުމަށް ހަތިޔާރު ނެގި މީހަކީ އެޤައުމުގެ ޣައްދާރެއް، އެޤައުމެއްގެ އެންމެ ބޮޑު އަދަބުން އަދަބު ލިބެންވާ މީހެއް. އެމީހަކީ އަދީބު. އަޅުގަނޑުގެ ވެރިކަމެއްގައިނަމަ، އަދީބަށް މަރުގެ އަދަބު ލިބޭނެ." އުމަރު ނަސީރު "ވަގުތު" އަށް ވިދާޅުވިއެވެ.

އަދީބަށް ވަނީ އެކި ކުށްކުށުގައި ޖުމުލަ 33 އަހަރު ޖަލުގައި ބަންދުކުރުމަށް ޙުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ކަލޭތީ ދެންކާކު؟ ސާފުތާހިރުވެ ތަންކޮޅެއް އިންސާނީވަންތަ ވެބަލަ އެހަށް!

  2. އަލީ

    މިއިޔާޒު ދަންނަނީ ހަމައެކަނި ޓްއިޓްކުރަންތޯ އެހެންއެއްވެސްކަމެއް ނުދަންނަނީތޯ/މިކަލޭގެއަށް ކިޔަންވީ ޓްއިޓް ޝޭޚު

    • ހަހަހަ

      ދޮންކަލޯ! ކޮބާ ހަޖަމު ނުވީ ދެއްތޯ؟ މިޒަމާނުގައި މީސްތަކުންނަށް އެއްޗެހި އޮޅުންފިލުވައިދިނުމުގެ ދޮރު މިވަނީ ތަންމިނަށް ހުޅުވިފަ. ދޮންކަލޯމެން ހީކުރަނީ ކިރިޔާ ކަމެއް ގޯސްވާއިރަށް އެވީ މުޒާހިރާކޮށް ވެރިކަން ވައްޓާލާށޭ އުތަ؟ އިސްލާމްދީނަކީ މީ އަދަބު އަޚުލާގުގެ ދީނެއް. އަދުލު އިންސާފުގަވެސް ނަމޫނާ ނިޒާމެއް. އަނެއްކާ ދޮންކަލޯގެ ނަޒަރުގަ ދީނީ އިލްމުވެރިން ޓުއިޓުކުރުމަކީ ދީނުން ބޭރުވާ ވަރުގެ އަމަލަކީތަ؟

  3. ދުރުމި

    އެއީ ޔާމިންވީމާ ޑޮކްޓަރ އިޔާޒް އަށް ކަމުނުދިޔައީ ކޮންމެމީހަކު ވެރިކަމުގަހުއްޓަސް ގައުމުގެވރިމީހާވާނީ ހަމަ ވަލިއްޔުލްއަމުރުކަމަށް ވެރިޔާ މަރަން އުޅުމަކީ ބޮނޑުވެގެންވާ ފާފައެއް އަދި ބަޣާވާތެއް ބަޣާވާތަކަރާމީހުންނަށް ދީނުގަ އޮތީ ކޮންކަހަލަ ހުކްމެއްކަން އިޔާޒަށް އެގޭނެދޯ.

  4. ކަޅުސޮރު

    ދިފާއުގަ އެއްނުންދޯ އިޔާޒް ވެސް އެބުނީ ކަން އޮތްގޮތް. ޔާމީންގެ ދިފާއުގަ ވަގުތު މިހެން ޖަހާފަ ބޮޑު ސރުހީ ގެ ދަށުން އާޓިކްލް ލިޔެބަލަ.

  5. ޙަސަނު

    ޢަޅުގަޑު ގެ ވެރިކަމޭ...... ވެރިކަމަކީ ރައްޔިތުންގެ ވޯޓުން ލިބޭ އެއްޗެއް. ޥެރިކަން ލިބުނީމަކުރާނެ ކަންކަމުގެ ވާހަކަ ދެއްކުމުގެ ކުރިން ވެރިކަމަށް ކުރިމަތިލެވޭތޯ ބަލަންވީ. ޥެރިކަން ލިބުނަސް މަރުގެ އަދަބު ދެވޭނީ ޝަރީއަތަށް ސާބިތުވުމުން. ބަޑިގެންގުޅުނަސް މީހަކު ނުމަރަންޏާ މަރުގެ އަދަބެއް ނުދެވޭނެ. ޓިފާޑަށް ވާހަކަ ދައްކައިގެން ވެރިކަމެއްނުން ލިބޭނީކީ.

  6. ނާން

    ކޮބާ ހީވޭ ކަމެއް ހެން.... ޥެލިޒިނީގެ މައްސަލައިގަ މި ސޮރަށް ބަހެއް ބުނެލާކަށް ނުކެރުނު.ހޯ ހޯރަ އިއްބެގެ މައްސަލައިގަ ވެސް އެއްޗެއް ބުނެލަން ނުކެރުނު މީހެއް ކީކޯއަެތަ މިކިޔަނީ...

  7. ގަރީނާ އަބްދިއްސައްތާރު

    އަހަރެމެން ފޮލޯ ކުރަނީ ދައްކާ ދީނީ ރަނގަޅު ސައްހަ ވާހަކަތައް އެކަނި. ޢިޔާޒުގެވެސް އެހެން ބޭފުޅެއްގެވެސް ހިޔާލެއްނޫން. ޢެއީ މިޒަމާނުގަ ކިތަންމެ ދީންވެރި ބޭފުޅުންގެވެސް އަޤީދާއަކީ އެއްވެސްމީހަކަށް އެނގޭނޭ އެއްޗެއްނޫންވީމަ. ޢަދި ލޮލަށް ނުފެންނަ ކަންކަން ޖަޖްކުރަން ނޭނގޭތީ. ހެކި އެއީ އުފެއްދިދާނެވެސް އެއްޗެއް ޝައިތާނާގެ މަކަރަކީ ވަރަށް ނުބައި އެއްޗެއްތާ. ރަނގަޅީ ކާކުކަން ގޯހީ ކާކުކަންހޯދަން އުނދަގުވާނެ ﷲ ގެ އެހީއާއެކު މެނުވީ. ޢަހަރެމެން ފޮލޯކުރަނީ ކީރިތި ރަސޫލާ. ދީނީ އިލްމުވެރިންނާ އެބޭފުޅުންގެ ހިޔާލެއްނޫން.

  8. ހުރުމް

    ވެރިކަމަށް ކުރިމަތިލާ ފަރާތްތަކުންވެސް ބުނޭ ކަންކަން ކުރަން..ނުބުނޭ ގާނޫނާއި އެއްގޮތަކަށޭ..ވެރިކަމަށް އަޔަސް ވެރިޔާއަށް ނުކުރެވޭކަންކަން ކޯޓްތަކުން ނޫނީ މަޖިލީހުން ކުރަނީ..މާނަ އޮޅުވާ ނުލައްވާ.

  9. ކުރުސް

    އުމަރު ވިދާޅުވީ އުމަރު ހުކުމްކުރާނެ ވާހަކައެއްނޫން..ވެރިކަމަށް އައުމާއިއެކު އުއްތަމަ ފަޑިޔާރުކަން ކުރާނެ ވާހަކައެއްނޫން
    .އަކުރުގައި ހިފާ ދަމާ ނުހައްދަވާ..މާނަ އޮޅުވާ ނުލައްވާ..އިނާޔަތްތައް ބޮޑުކުރަން ވެރިކަމަށް ކުރިމަތިލާ ފަރާތްތަކުން ބުނޭ އެކަމު ކަންކުރަނީ މަޖިލީހުން..

  10. ޝަލަފް

    މި އިޔާޒުއަކީ ދީނުގެ އެއްވެސް ކޮޅެއް ބުޑެއް ނުދަން ބޮޑު ޖާހިލެއް. މިކަހަލަ މުނާފިގުން މިކުޑަކުޑަ ރާއްޖޭގެ މީސްތަކުންގެ އަގީދާ ތަޅާ ސުންނާފަތިކޮއްފި.

    • ބޮޑުޖާހިލު

      ދެން އިތުބާރު ހިފޭ އިލްމުވެރިއެއް ގާތުން ރަނގަޅު އަގީދާ އުނގެނިގެން އައިސް މީސްތަކުންނަށް އިއްވަދޭންވީނުން. ބޮއެހަލާކު.

  11. ޕްރައިވެޓް

    މީސް މީހުން ނާ ދިމާއަށް ބުނަން ޖެހޭ ެއެއްޗެއް ކަލެއަށް ެއެކަނި ބުނެ ވޭނީ. ޭއެހެނެ މީހަކަށް ނުބުނެ ވޭނެ

  12. އިންސާފު

    ޢަޅުގަޑުމެން އެންމެ ކީރިތި ޤުރުއަން، ސުންނައި، ނަމާދު، ﷲގެ ހުކުން ފުަޅުތަކަން ރަކާތެރި ނުވުމާ،ޒަކާއި ނުދިނުން، މިކަން ކަން ދޫކޮން ލާރި ފަހަތުން މިދުވަނީ ކީވެ.އަޅެ ތިލާރިން އަޅުގަނޑު މެން ބޮލުގަ ޖަހާ ނުރަ ހުއްޓުވޭތަ.އުމުރުން ދުވަސް ވާވަރަކުން ހަށިގަނޑު ގެ ބާރު ދިއުން ހުއްޓުވޭތަ.3 އިރު ނުކާހުރި ފަގީރުން އެދެނީ ﷲ ގެ ކިބައިން އެދި ދަންނަވަނީ ބަޑު ފުރުމަން. އެކަމަކު މަހުޖަނުން އެދޭނީ އޭނައަންލިބިފަ ލިބިފަ ހުރި މުދާ ތަކުގެ 2 ނުވަތަ 1000 ގުނަ ވެސް އިތުރު ވުން މީތަފާތަކީ.ތިމާ ކިތަންމެ ރީތި މީހަކާއި އިނަސް މަރުވާ އިިރު ދާން މިޖެހެނީ އެކަނި، އެ އަންހެނާ ކައިރީ ބުނެބަލަ ތިމަންނަ މިމަރުވަނީ އޭ ހިގާށޭ މަޝާ އެކީ ދާން ވަރަން ޔަގީން ނުދާނެ މަރުވާކަން. ތިހާ ފުދުން ތެރިން މީހުންގެ ކުޑަ ކުދިން ނާއި ކައިވެނި ނޮކޮ ހުވަފެން އެކަނި ވެރި މައިންނާ އިދެބަލަ ކަންތަން ރަގަޅުވާން އެދޭނަމަ...... މި ހުރިހާ ކަމެއްގެ ހައްލަކީ އަޤީދާގެ މައްސަލަ......... ﷲ މި އަޅުތަކުންނަން ހެއޮ ވިސްނުން ދެވާށި އާމީން/=+%

  13. ޖަމްބޭ

    މި އިޔާޒްގެ ކަންތައް މިހާރު މިދަނީ ހައްދަށްވުރެ މައްޗަށް. ޢުމަރު އެހެން އެ ވިދާޅުވަނީ އަދީބާއި ުު ގުޅޭގޮތުން ތަޙްޤީޤީ މަރުޙަލާގައި ހިނގި ހުރިހާ ކަމެއް އެނގޭ ( އޭރުގެ) ވެރޮއެއްގެ ޙައިޘިއްޔަތުންނޭ. އޮޔާޒަށް އެކަމާބެހޭ އެއްވެސް ސައްޙަ މަޢުލޫމާތެއް ނޭނގޭއިރު ، މާ މޮޅު މީހަކަށްވެގެން ފިޅިމަދު އުނގުރި ނުހެދިބަލަ. މިހާރުގެ ސަރުކާރު މަތިވެރިކޮށް މާތްކުރަން އިޔާޒާއި އިލްޔާސް ކީހާ ފަރިހި މިހާރު ޅެމަށް ބަދަލުވެ، އަތަށް ގޮވަނީކީ ނޫންތަ؟؟؟؟ ދެންވެސް ހޭއަރާބަލަ!

  14. ކަފާލާތު

    ތިވަރުން ނޫޅުނަސް އަދީބު ތިބޭފުޅާ ރިލޯޑް އަރުވައިލަ ދީފާނެ. ބޯކޮށް ޓިސްޓިސް ހުންނާނެ!

  15. ހަނދުމަ

    ޢަޚާއެވެ! ޔަހޫދީ އަކާ މެދުވެސް އަނިޔާވެރިވުމެއް އިސްލާމް ދީނުގައި ނޯވެއެވެ. އޭގެ ބަދަލުގައި އޮންނަނީ ޢަދުލުވެރިވުމެވެ.
    މި ‘ޚަބަރުން’ ލިބޭ މެސެޖަކީ، ޑރ.ޢިޔާޟް، އަދީބުގެ ޖަރީމާތަކުގެ ދިފާޢުގައި ތެދުވިކަމެވެ. ނަމަވެސް، ޑރ.ޢިޔާޟުގެ ޓްވީޓުން ދޭހަވަނީ، ޢަދަބު ދެވޭނީ ޝަރީޢަތެއްކޮށް ޙުކުމްކުރުމަށްފަހުގައިކަމާއި، ޝަރީޢަތުން މަރަން ހުކުމްކުރުމުން މެނުވީ ނުމެރޭނެކަމެވެ.
    މިއީ ޚަބަރެއްގެ ޞިފާގައި ލިޔުނު ލިޔުމަކަށްވިޔަސް ޢަމަލުގެ ފަތުގައިވެސް ހަމަ ލިޔުއްވޭނެއެވެ. އަދި އެދުވަހުން ޖަވާބުދާރީވެސް ވާންޖެހޭނެވެ. އަދި އޭގެ ޖަޒާވެސް ލިބޭނެއެވެ. މި ‘ޚަބަރު’ ކިޔުމަށްފަހު، ކިޔުންތެރިއަކު، ޑރ.ޢިޔާޟަށް ކުޑާމީސް ބަހެއް ބުނެފިނަމަ، ތިބާ މަސްއޫލުވާން ޖެހޭނެއެވެ. ޢެހެނީ، އޭނާ އެފަދަބަހެއް ބުނުމުގެ ސަބަބަކަށްވީ ތިބާ ކަމުގައިވާތީއެވެ.
    ޙެޔޮ ކަމަކަމަކަށް ހަނދުމަކޮށްދެވުނުކަމަށް އުއްމީދުކުރަމެވެ.

  16. ޣޮގް

    އުމަރު އެބުނަނީ އަދީބު އެކަން ކުރިކަން ޔަގީނޭ. ވީމާ އޭނާގެ ވެރިކަމެއްނަމަ ހައްގު އަދަބު ދޭނަމޭ.
    ޢިޔާޒުވެސް މަޖިލިހަށް ކުރިމަތި ލަނީތަ ؟ ތިމަންނަވެސް އުޅޭކަން އަންގަން އެއްޗެކޭ ކިޔަނީ

  17. ޝައުކަތު

    އިޔާޒު ދޭބަލަ ހޯރަ އިއްބެއާއި އަދީބު ގޮވައިގެން ކޮފީއަކަށް

  18. އިންސާނިއްޔަތު

    އިންސާނިއްޔަތައްޓަކައި ހޯރަ އިބުރާހިމް މިނިވަންކުރީމަ ކީއްވެތަ އެއްޗެކޭ ނުބުނީ....... ތާއީދުކުރާ ރައީސް ވީމަތޯ؟؟؟ ތަނެއްގަ ކާޅެއް ގޮވިޔަސް މީނާ އަނގަ ބާނާނެ ތޯއްޗެ....

  19. ނޫސްކިޔާމީހާ

    ވެރިކަމަށް ކުރިމަތި ލާން ނުކެރުނު ޔާމީނު ދެކެ ބިރުފުޅުން މިވަރުގެ މީހަކަށް މަރުގެ އަދަބު ދެވިދާނެ ކަމަކަށް ނުފެނޭ . ހީނުވޭ ދުޗަހަކުވެސް މިޤައުމުގެ ވެރިކަން އުމަރު ނަސީރު އާއި ބަޔަކު ހަވާލު ކުރާނެ ހެން މީނަ އަކީ އެއްވެސް ތަނަކު ހަރުލާ ޒާތުގެ ބޭފުޅެއް ނޫން

    • ބޯބުޅި

      ދޮންކަލޯ! އެހެނެއްނޫން ވީގޮތަކީ.. ރައްޔިތުންގެ ގިނަބަޔަކު ތިބީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ތާއީދުކޮށްގެން.. އުމަރު ނަސީރަކީ އަބަދުވެސް އެއްގޮތެއްގައި ހުންނަން އަޒުމު ކަނޑައަޅައިގެން ހުންނެވި ބޭފުޅެއް.. ރައްޔިތުންގެ ވިންދާ އިހުސާސްތައް ދަންނަ ބޭފުޅެއް.. އެކަމަކު ރައްޔިތުން ބޭނުންވަނީ އަވާމެންދުރެއް.. މިހާރު މިތިބީނުން އަވާމެންދުރުގަ ޖެހިފަ.. ވެރިކަން ބަދަލުވިޔަސް ހަމަ އެއްހާލަތެއް.. ހާލަތު ކުރިޔަށްވުރެ ގޯސްހެންވެސް ހީވޭ..

  20. މަޖިލީސް ޔާމްބެ

    ޑރ.އިޔާޒުގެ ފުރިހަމަ ބަސްކޮޅައް ފަށްފަށުން شكر ދަންނަވަން