ރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް އުޅޭނަމަ އަދަބު ދިނުން ކުށްވެރި ކުރަން މާދަމާ އީޔޫ އިން ރާއްޖެ އާއި ދެކޮޅަށް ފާސްކުރަން މަސައްކަތް ކުރާ ގަރާރުގައި ހިމަނައިފިއެވެ.

ރާއްޖޭގެ ސިޔާސީ ފަރާތްތަކުން އީޔޫ އިން ރާއްޖެ އާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންދާ މި ދަނޑިވަޅުގައި ހަތް ގައުމެއް ގުޅިގެން އީޔޫ ޕާލަމެންޓަށް ހުށަހަޅާފައިވާ ގަރާރުގައި އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އިތުރު ކަންތައްތަކެއް ވެސް ހިމަނާފައިވެއެވެ.

ރާއްޖެ އާއި ބެހޭ ގަރާރަށް ބަހުސް ކުރާނީ މާދަމާ މެންދުރުފަހު 14:30 އިން ހަވީރު 16:30 އަށެވެ. އަދި މި ގަރާރަށް މާދަމާ ވޯޓަށް އެހުމަށް ހަމަޖެހިފައިވެއެވެ.

މި ގަރާރުގައި ވަނީ ރާއްޖޭގައި މަރުގެ އަދަބު ދޭން އުޅޭ އުޅުން ކުށްވެރިކުރުން ތަކުރާރު ކުރަން ވެސް ހިމަނާފައެވެ.

ޔޫރަޕިއަން ޕާލަމެންޓްގައި ރާއްޖޭގެ މައްސަލަ މިފަހަރު އެޖެންޑާކޮށްފައިވަނީ ފަރަންސޭސިވިލާތުގެ ސްޓްރަސްބާގްގައި މިމަހުގެ 12 އިން 15 އަށް ކުރިއަށްދާ ސެޝަންގައެވެ.

ޔޫރަޕިއަން ޕާލަމެންޓަށް ހުށަހަޅާފައިވާ ގަރާރުގައި ވަނީ އަޅާނެ ފިޔަވަޅުތައް ލިސްޓްކުރުމަށް ގޮވާލާފައެވެ.

މިގަރާރުގައި ރާއްޖޭގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމާއި، ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ކޯޓުތަކަށް މިނިވަންކަމާއިއެކު މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމްކުރުމާއި، މީޑިއާގެ މިނިވަންކަން ދިނުން ހިމެނެއެވެ.

މިޤަރާރު ފާސްވެއްޖެނަމަ ވިލާތުގެ އިއްތިޙާދުން ދިވެހި ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެއެވެ.

އީޔޫގެ ކައުންސިލުން މީގެ ކުރިން ފާސްކުރި ގަރާރުގައި ރާއްޖެ އަށް ގޮވާލާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި އަސާސީ ހައްގުތައް އަނބުރާ ދިނުމަށާއި ހައްޔަރު ކޮށްފައިވާ ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށެވެ. ރާއްޖޭގެ ހާލަތު ރަނގަޅު ނުވާ ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެ ގަރާރުގައި ވަނީ ދީފަ އެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ މެދު އެ ގަރާރުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. އިބޫ ހުޅުމާލެ

  މިފެންނަނީ މިބައި ގަނޑުގެ އަސްލު ސިފަ، މި ޤަރާރަށްފަހު މިކަމަށްވެސް ސާބަސްދީ އަތްޖަހާނެ ބަޔަކު މި އިސްލާމީ މުޖުތަމައުގައި ހޭބޯނާރައި އުޅޭނެ....ބަލަން ތިބެމާ

 2. ރީތި މޫސަ

  ދެން ނުކުމެބުނޭ އީޔޫ ހާދަރނަގަޅޭ ދެންއެމެންއެއްކޮށްގެން ނާށާ

 3. ސަދާ

  މީދެން ކިހާ ބޮޑިވެއްޖެ ކަމެއް؟ މިބައިގަޑު މައިތިރި ކުރައްވާންދެއެވެ. މިތަނުން އިސްލާމީ ވަހްދަތު ނެތި ކޮށްލުމަށް މިތެޅެނީ

 4. ވަތުތަށި

  މިހާރު އެނގިއްޖެ ކީރިތި ރަސޫލާޔަށް ފުރަށްސާރަ ކުރާ މީހާގެ ޕާޓީ ޔަކީ އިސްލާމް ދީން ނޫން އެހެންދީން ރާއްޖެޔަށް ގެނައުމަށް އީޔޫގެ ކިބައިން އެދޭ ބައެއްކަން .

 5. ޢަލީ

  ގަރާރު ފާސްކޮށްކޮށްތިބޭ. ވާނެ އެއްކަމެއްވެސް ނޯންނާނެ. ތިތަނުން ނިންމި ނިންމުމަކަށް ޢަމަލުކުރީ ކޮން ގައުމަކުން؟

 6. އަލީ

  އައްޗީޑި ކޮން އަނގައެއް ތަޅާކަށް ކަލޭމެން ދެކް އަހަރެނެން ކުޑަކޮށްވެސ ްބިރެއްނުގަނޭ. އަހަރެމެން ބިރުގަނަންނީ ހެއްދެވި ފަރާތަށް.. ފާޑޔފާޑުކުރަންޏާ ދެން ތި ގުރޫޕާއި ވަކިވާން ޖެހިދާނެ. އަހަރެމެން ދުނިޔޭގައި ތިބެގެން ލާހިކެއްނޫން ރާއްޖޭގައި އެހެން ދީނަކަށް އުޅެން..

  • ހަހަަހަ.

   ހެއްދެވިފަރާތް ދެކެބިރުގަނަކަން އެނގުނެންނު އެއްޔެގަ ނެގި ވޯޓުން

   • މަޖީ

    އއއިސްލާމްދީން ނޫން ދީނަކަށް ޖާގަދޭންތަ ބިލްގައއޮތީ؟

  • ޝަރަފާ

   ސާބަހޭ އައްޔާ!!!!!!!!!!!

 7. އެޑަމް

  ކިހާބޮޑު ކަމެށް ދެންމި ޔަހޫދީ އިދިކޮޅު ބައިގަނޑާއި ހެދި.

 8. ހަމަ

  ކޮންމެހެން އީޔޫ ގަރާރު ފުލު ފުލުގަ ބަރި ބަރި އަށް ނެރުނު ކަމުގައި ވިއަސް ވެސް ކުއްވެރި ކުރިކަމުގައި ވިއަސް ހަމަ އަދަބު ދޭންވާނެ އިސްލާމް ދީނުގައި އަންގަވާފައި ވާގޮތައް އެއިރުން 02 ދުނިޔޭގެ ބާއްޖަވެރިން ނަން ވެގެން ދާނީ

 9. ޝަރަފާ

  އެމްޑީޕީން ނުވެގެން އުޅޭކަންތަތީ، މިހެންވީމަ އެމްޑީޕީއަކީ ލާދީނީ ފިކުރުގެ ބައިގަނޑަކޭ ބުނެވެނީ! ލާދީނީ ފިކުރުއޮވެގެން އެމްޑީޕީއަކަށް ވެރިކަން ކުރުމުގެ ފުރުސަތެއް ރައްޔިތުން ނުދޭނެ ދެނެއް!

 10. ޖޭޑް

  އީ.ޔޫ މޮޔަވޭ ކެނެރީ ދޮހޮއްތުގެ ވާހަކަ ތިޔަ ބައިގަޑު އަޑުއަހާ

 11. މުއްލާ

  އިޔޫއިން އެހެންމީހުންގެ ކަންކަމާ ބެހޭތީ ތިކަން ކުއްވެރިކުރަން
  އިސްލާމްދީންދެކެ ހާދަ ބިރެކޭތިގަންނަނީ

 12. ބީވާ

  އަމާން އޮމާން ކޮށް ހިނގަމުންދާ ސަރުކާރެއްގައި ހަމަނުޖެހުން އުފައްދާ ބައެބައެ ކުރުމަށް މަސައްކަތް ކުރާ މީހުނާ ދެކޮޅަށް ފިޔަވަޅުއެޅުމުން ތަނުގެ ސުލްޙަ މަސަލަސްކަ ދެމެހެއްޓޭނެ ވާހަކަ އީ ޔޫ އަށް ބުނެލަން.

 13. ބޮޑުވެއްޖެ ކަމެއް

  އަޖައިބެއް. އެމެރިކާގައި އަހަރަކު އެތައް ބަޔަކަށް މަރުގެ އަދަބު ދޭއިރު އެއީ ގޯހަކަށް ނުވޭ. ރާއްޖެއިން އެކަން ކުރީމަ ގޯސްވަނީ ކޮންގޮތަކުން؟
  ރާއްޖެއިން ބޭރުން އަންނަ މީހުން އެމީހުންގެ ދީނަށް އުޅުން އެއްވެސް އިރަކު މަނަލެއް ނުކުރޭ. އެކަމަކު ދިވެހި ރައްޔިތަކަށް އިސްލާމްދީން ނޫން އެހެން ދީނަކަށް ނޫޅެވޭނޭ ގާނޫނުއަސާސީގައި އޮންނަނީ. އެއީ އަހަރެމެން ދިވެހިންގެ އަމިއްލަ ކަމެއް. އީޔޫ އަކަށްވެސް އެހެން ޔޫއަކަށްވެސް އެކަމަކާ ނުބެހެވޭނެ. ދިވެހިރައްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް. އެކަމާ ދެރަވާ ބަޔަކު ދެރަވެފަ ތިބޭ.

 14. ދޮންބަންޑާރައިން

  އިރާގަކީ އެއްދުވަސް ވަރެއްގަ އަމާން މިނިވަން ތަނެއް. އަފްގާނިސްތާން ވެސް ހަމަ އެފަދަ. ރާއްޖެ އަކީ މީގެ ކުރިން ވެސް ބޭރުގެ ނުފޫޒް ގަދަޔަށް ކުރިމަތިވި ތަނެއް.
  އަމިއްލަ ގައުމް ހަލާކެއްގެ ތެރެޔަށް ވައްޓާނުލަމާ.
  އަހަރެމެންނަކީ މުސްލިމުން. ސިޔާސީ ތަފާތު ތައް ނައްތާލަމާ.
  އަހަރެމެންގެ ގައުމަށް ޑްރޯން ގެނެސް ބޭރުގެ ފަރާތް ތަކުގެ ނުފޫޒް ގަދަވިޔަ ނުދީ ހައްގު މަގުގަ ބާއްވަން ކުރެވެން އޮތް ކަމެއް ކުރުމަކީ އަހަރެމެންގެ ވާޖިބެއް.

 15. އީޔޫ

  މީ މިވެރިންގެ އަސްލު ސިފަ މީ.އަދިވެސް އިދިކޮޅުން މިއުޅެނީ ބޭރު ކަރަ ކަރާން މީހުން ގެނެސް ވެރިކަން ވައްޓާލަން ރައްޔިތުން ބޮލަށް މި ލާދީނީ ފިކުރު މީހުން ކަންތައް ވިސްނޭ އިރު އޮންނާނީ ވާނެ ހަތަރެތި ވެފަ

 16. އަހްމަދް

  ކެނެރީގޭ ނަޝީދަށް ވެރިކަން ހޯދާދެން މި އިޔޫ އެމެރިކާ ތެޅިއަރުވަނީ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދެންވެގެން.

 17. މަޖީ

  އއއިދިކޮޮޅު ކުދިން ނުނެރެގެން އާދޭސްކޮށް ރޮއެހަދާ ގަރާރުތައްތިޔޮއއްގެން ނެރެދެނީނު.

 18. ދިވެއްސެއް

  އޭތް ބަލަ ކާފަރުންނަކަށް ނޫނޭ މުސްލިމުން އުޅެންވީގޮތް އެނގެނީކީ!!!ކަލޭމެން އުޅޭ ގޮތަށް އުޅެންޏާ ކޮބާ ސަލާމަތަކީ..

 19. އަބްދުއްލާ

  މިއީނަސީދުގެ ވާހަކަތޯ ؟

 20. ބޮޑިތިލަދުންމަތި

  ޙޫމްމް.. މީދޯ މިއުޅޭ އިދިކޮޅު ބައިގަނޑު މިކުރާ މަސައްކަތަކީ. ޤައުމު ޣައިރުދީނަށް އަނބުރަން އެއްބަސްވެގެން ތިބި ތިބުމަށްދޯ މިކިޔަނީ އިދޮކޮޅު ކޯލިޝަނޭ ދޯ!

 21. ނުރަބޯ

  ކޮއިފުޅުމެންނޭ އަހަރެމެންގެ ވެރި ރަސްކަލާނގެ އަމުރުފުޅުގައިވަނީ " ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން އެހެންދީނެއް އެދޭމީހާ ދަންނާށެވެ. ފަހެ އޭނާގެ ކިބައިން އެކަން ގަބޫލު ނުކުރައްވާހުއްޓެވެ. އަދި އާޚިރުގައި އޭނާވާހުށީ ގެއްލެނި ވެގެންވީ މީހުންގެތެރެއިންނެވެ". މިހެންނެވެ. އެހެންވީމާ ކަލޭމެން ރުޅިއަޔަސް ކުށްވެރިކުރިޔަސް އަހަރުމެންނަކަށް މިނޫންގޮތަކަށް އެކަން ކުރެވޭކަށް ނެތެވެ. ވަރަށް ސޮރީ އެވެ.

 22. މަ މިއު މަ

  އީޔޫ އެވެ. މިކަމާ ނުބެހި ހުންނާށެވެ. އެހެން ކަންކަމާ ބެހުނަސް ވަރިހަމައެވެ.

 23. މިލިޓަަރީ

  މީނަޝީދު އަޑީގަހުރެގެން ކުރާކަމެއް.

 24. އަހްމަދް

  އެއްމެންވެސް ޙާއްސަކޮށް ހުޅަނގުން ޖޯކު ޖަހާ ޙުދުމުހުތާރު ވެރިިޔެކޭ ބުނެ ބަސްތަށް ބުނެ އުޅެނީ ނޯތު ކޮރެޔާގެމީހާރު ލީޑަރަށް ށެވެ. އެއީ އޭނާ ބޯކޮށަފާހުައްނަގޮތަށް އެގައުމުގެ އެހެން ރައްޔިތުންވެސް ބޯ ކޮށާފަހުއްނަންޖެހޭތީ ޔޮލައެވެ!
  އީޔޫ އޭ މިކިޔާ ބައިގަނޑުގެ ޖޯކުކަން ވަކި ކުޑަތޯ؟ޙުދުމުހުތާރު ކަން ވަކި ކުޑަތޯ؟ މާދުރުގައި އޮތް އާބާދީގައި މިލިއަނެއްވެސް ހަމަނުވާ ކުދިކުދި ޖަޒީރާ ރައްތަކެއްގެ މައްޗައް އެކުލެވޭ މި ކުޑަކުޑަ ގައުމެއްގެ ރައްޔިތުން އުޅެނވީ މި އީޔޫ މީހުން ބުނާގޮތަށްށޯ! އުޅެންވީ ދީނާިއި ޤާނޫނާއި ޤަވާއިދުތަށް ހެދުމުގަޔާ، އަދި ކޯޓުތަކުގައި ޝަރިއަތްތައް ކުރުމާއި،ވެރިޔަކަށް ހުއްނަންޖެހޭނީ ކާކުކަމާއި، ޖަލައް ލަންވި މީހުންނައި ނުލާންވި މީހުންނައީ، އަދި ކާވޭނީގެ ގޮތުން ގުޅެންޖޭހޭ ވައްތަރުތަކާއީ އަދީ ނުވިތާކަށް އަނބިފިރިކަމުގެ ގުޅުންތަށްވެސް ހިނގަންވީ މި އީޔޫ ބުނާ ގޮތައްށޯލަ!؟
  ވިސްނާލަ މި އީޔޫ މީހުންނަށްވުރެ ޙުދުމުހުތާރު އަދި ޖޯކު ބަޔަކު ދެން މިއުޑުގެދަށުގައި ވޭބަ؟؟؟

 25. ތާންބެ

  އިސްލާމް ދީން ނޫން އެހެން ދީނެއް މި ފަސް ގަޑައް ބޭ ނުން ނުވާތީ އުތުރު މީހުން ނަށް މި ކަޑަ ވަނީ އެކަން ވަރަށް ސާފު

 26. ޢަލީ

  ކޮބާ ހީވޭ ކަމެއްހެން. މީ އެވެރިން އެ ތެޅިފޮޅޭ ކަމަކީ!