މިއަހަރުގެ މަސްވެރިންގެ ދުވަހާއި އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ އއ.އުކުޅަހަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ރައީސް ސޯލިހް މާދަމާ އުކުޅަހަށް ވަޑައިގެން އިންސާނީ ހައްގުތަކުގެ ދުވަހާއި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އެރަށުގައި ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި އެއަށް ފަހު އެރަށުގެ ކައުންސިލާއި، ސަރުކާރުގެ ބައެއް ވުޒާރާތަކާއި ޖަމިއްޔާޖަމާއަތްތަކާއި ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ވެރިކަމަށް ވަޑައިގެވި ފަހުން ރައީސް ޞޯލިހު އުކުޅަހަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެރަށުގައި ކުރިއަރަމުން އަންނަ އެރަށުގެ ގެސްޓް ހައުސް ވިޔަފާރި ކުރައްވާ ފަރާތްތަކާވެސް ބައްދަލުކުރައްވާނެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ހަމަޖެހިފައި ވަނީ މަސްވެރި ރަށެއްކަމުގައިވާ ގއ.ގެމަނަފުށީގައެވެ. މަސްވެރިންގެ ދުވަސް އެރަށުގައި ފާހަގަކުރާނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ.

އއ.އުކުޅަހަކީ ރާއްޖޭގެ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ،އެމްޑީޕީއިން އެންމެ ފަހުން ބޭއްވި އެޕާޓީގެ ކޮންގްރެސް ބޭއްވި ރަށް ވެސް މެއެވެ. ރައީސް ޞާލިހް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އައްޔަން ކުރެއްވީ އުކުޅަހުގައި އެމްޑީޕީ އިން ބޭއްވި ކޮންގްރެސްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަހާންގީރު

    ހޯރަ އިއްބެ ގޮވައިގެންދޭ އެއީ މި ސަރުކާރުގެ އިންސާނީ ޙައްގު ގެ ރަމްޒް

  2. ހުސޭނުބޭ

    އަރިހުގައި ހޯރަ އިއްބެ ގެންދަވާތި! އަޅޔގަނޑުމެންގެ ރައީސް އިންސާނިއްޔަތު ކީ ހޭޔަންބޯ!