އަހުމަދު ނިހާން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

40 ދުވަހުން ނުވި ކަމެއް މާތްﷲ ގެ އިރާދަފުޅާއެކު ދުވަހަކުވެސް ދެން ނުވާާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ދަންނަވަން ވާހަކައެއް، 40 ވީމަ ނުވި ކަމެއް ދެން ﷲ ގެ އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ނުވާނެ. 41 ދުވަސް ހިނގައްޖެ އެނގޭތޯ. 16ގެ ވާހަކަ ދައްކާނެ ކަމެއް ނެތް. ހުކުރެއް ހޮނިހިރެއްގެ ވާހަކަ ދައްކާނެ ކަމެއް ނެތް. ﷲ އިރާދަ ކުރެއްވިއްޔާ މި ގައުމު އަމާން ބަނދަރަކަށް ފުރިހަމައަށް ކަމަރު ބަނދެގެން ހުންނެވީ ވަރުގަދަ ކޮމާންޑާ އިން ޗީފް އެއް." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ރައީސް ޔާމީން ހުއްޓުވަން އިދިކޮޅު ފަރާތްްތަކުން އުޅެނީ ކޮން ސަބަބަކާތޯ ބެލުމުން އެއީ "މިނިވަންކަން ނުލިބޭތީ" ކަމަށް އެފަރާތްތަކުން ބުނާ ކަމަށެވެ. އަދި އިދިކޮޅުން މުޒާހަރާ ކުރަނީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާއިން 69 މާއްދާއާއި ދެމެދުގައި އޮތް 53 މާއްދާގެ ތެރެއިން ކޮން މިިނިވަން ކަމެއް ނުލިބިގެންތޯ ނިހާން ސުވާލު ކުރެއްވިއެވެ.

ނުލިބިގެން މިއުޅޭ މިނިވަން ކަމުގެ ހައްގުތައް ހޯދާ ބެއްލެވި ކަމަށް ނިހާން ވިދާޅުވިއެވެ. އެގޮތުން ތިން ކަމެއް ފާހަގަ ކުރެއްވުނު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ހުއްޓުވަން އިދިކޮޅުން އުޅެނީ އެ ތިން ބާވަތުގެ މިނިވަންކަން ނުލިބިގެން ކަމަށް ނިހާން ވިދާޅުވިއެވެ.

"އެހެން ދީންތަކުގެ މިނިވަންކަން މިތާ އޮންނަން ބޭނުން ވެގެން އެބަ އުޅޭ. އެއް ޖިންސުން މީހުންނާ ކައިވެނި ކުރެވޭނެ ކަަހަލަ ގޮތެއްވޭތޯ އެވާހަކަ މި މީހުން ތަފާތު ފަހަރު ފަހަރު ދައްކަމުން އެބަދޭ. ދައުލަތާއި އިސްލާމްދީނުގެ އަސްލުތަކާއި ވަކި ކުރަން ނުވަތަ ސެކިއުލަރިޒަމް ނުވަތަ އަޅުގަނޑުމެން އެއަށް ނަންދޭގޮތުން ނަމަ ލާދީނީ ވިސްނުމަކަށް ރާއްޖެ އަނބުރަން، އެއީ މިނިވަން ކަމެއް ކަމަށް، މި ބޭފުޅުންނާއި ގުޅުން ހުރި ޑިމޮކްރެޓިކް އެހެން ގައުމުތަކުންނާއި އެހެން ތަންތަނުން އެބަ ވަކާލާތު ކުރޭ." ނިހާން ވިދާޅުވިއެވެ.

"މިކަމުގެ މައްސަލަ އުޅޭ ފަރާތްތަކަކީ ހަށިގަނޑުގެ ބައްޓަމަށް ބަދަލު ގެންނަން ބޭނުންފުޅުވާ ބައެއް ކަމުގައިވާނަމަ ތިޔަ ޒުމްބާ ކްލާހެއް ހިންގަވަން އަޅުގަނޑުމެން ހުސް ބިމެއް ހޯދައިގެން ދީފާނަމޭ ރޮނގޮ އަޅާފައި." ނިހާން ވިދާޅުވިއެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތަކަށް ނުދިޔުމަށް ދިވެހިންނަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސާބަސް ނިހާނު

  2. ފުލުސް ، ކޯޓް ... ތަ ..... ނުވެއްޓޭނެ ....

  3. ޖަސްޓްގޮނާ

    މަމެން ޕިންކީންގެ ސަރުކާރު ހުއްޓުވައި ވައްޓާލާނެ ކަމަށް އެމެން ރަންރީނދުލޭ މެން ބުނާނަނަމަ ސަރުކާރުން އެބަޖެހެއޭ ރާއްޖޭގެ ސިޔާސީ މައިދާނުން ސިޔާސީ ކަންކަމުގެ މައްޗަށް އިގްތިސާދީ ވަރުގަދަ ވިލާ ގަނޑެއް އަރުވާލަން އެގޮތުން އެންމެ ރަނގަޅު ވާނީ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދި ފޯމް ލާފައިވާ 15 ހާސް މީހުންގެ ތެރޭން އެކަކު ވެސް ބާކީ ނުކޮށް އެންމެންނަށް ފްލެޓްސް ދޭނެ ކަން އިއުލާން ކޮށް އެފަދަ ލިޔުން ތައް އެމެންނާއި ހަވާލު ކުުރުމުގެ ޕްރޮސެސް ސަރުކާރުން ބޮޑެތި ރަސްމިއްޔާތު ތަކާއި އެކު ފެށިއްޔާއޭ. މިކަން ފަށާށޭ ހަމަ މިހާރުން މިހާރަށް އެއިރުން އެމެން އެމްޑީޕީ ޖެހޭނީ އާރމަރ ލޭ ޑައުން ކުރަން މަމެން ޕިންކީން ކުރިމަތީގައި. ޖަސްޓް ގޮނާ ސްޓޭންޑް ދެއަަރ އެން ވޮޗް މީ އައި ލަވް ދަވޭ ޔޫ ޑޫ އިޓް. ނައު ދިސް ގްރެވުލް އިން އަވަރ ވޮއިސެސް ގްލާސެސް އިޒް ޝެޓަރޑް ފްރޮމް ދަ ޓޭބަލް ޓޮޕް އިޓް ސިކް ދެޓް އޯލް ދީސް އީގޯ ބެޓުލްސް އާރ ވަޓް ކީޕްސް މީ ކްރޭޒީ އޯލް ޓައިމް. ޖަސްޓް ގޮނާ ސްޓޭންޑް ދެއަރ އެން ހިއަރ މީ ކްރައި..

  4. ކޮން ރިކޯރޑަރެއްތޭ ބޮޑު އެއް ރިކޯރޑަރު އޮންނާނީ އިނގޭތޭ އެމްޑީޕީގެ ކްރޭޒީ ދަ ކަންޓްރީ ސައިޑް ލޯ ޕްރޮފައިލްޑް ޓައިނީ އާބާދީން އައި ގަމާރު ބީތާ އޮރިޔާމުން ޓީވީ ތަކަށް އަރާ އަދި ކުބުހާ ހުރި ގޮތަށް ދައްކައިގެން ކަޅު ބޮއްބޮއްޔާ ފެންނަ ގޮތަށް ހުރެ ވާހަކަ ދައްކާ ވަކީލޭ ގަނޑާ. ރިކޯރޑަރު އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  5. ޒުމްބާޖައްސަން ލަވާކިޔަނީކޮންބައެއްތޯ...

  6. ރަނގަޅު ވާހަކައެއް. ޙަޖަމް ނުވަންޔާ ކިހިނެއް 40 ދުވަސް ވިޔަސް ވެއްޓޭނީ. ލޯވަޅު ބޮޑު ކޮއްލަން ވީނު ނިހާނު

  7. ކޮލެޖް ބޯއި

    އިދިކޮޅުން ހަމަ އަތްޖަހާފައި ޒުންބާ ޖައްސަނީ

  8. އިދިކޮޅު މީހުންގެވެރިކަމެށް އަޔަސް ފުރަތަމަދުވަހު ވައްޓާ ލާނަން .މީ ގެރެންޓީ ކަމެއް...... ދެން އަތްތަޅާ ޖައްވުގަ....

  9. ޖެނެރަލް ޓިނޭ

    ތިއިޅެނީ ބިރުން ކަން އެންމެނަށްވެސް އިނގޭ