އަންނަ އަހަރު ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީއަށް އެ ޕާޓީގެ ބައެއް ސަޕޯޓަރުން ހުރަސް އަޅަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

މުސްޠަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތ.ވޭމަންޑޫގެ މުއައްސަސާތަކަށް އައްޔަންކޮށްފައިވާ ސިޔާސީ ފަރާތްތަކެއް ވަޒީފާއިން ވަކި ނުކުރާހާ ހިނދަކު އެރަށުގައި އެމްޑީޕީގެ މަޖިލިސް ޕަރައިމަރީ ނުބާއްވަން އެމްޑީޕީގެ މެންބަރުން ނިންމަވާފައިވާ ކަމަށެވެ.

"ތ.ވޭމަންޑޫ އެމްޑީޕީ ޕްރައިމަރީ ނުބާއްވާނެ ކަމަށް ނިންމައިފި! އަނިޔާވެރިކަމަށް ތާއީދުކޮށް، ރައްޔިތުންނަށް ބިރުދައްކަމުން އައި، ސިޔާސީ މަޤާމްތަކުގައި ތ.ވޭމަންޑޫގައި ތިބި އިސް ވެރިން، ވަޒީފާއިން ވަކި ނުކުރާހާ ހިނދަކު އެމްޑީޕީ ޕްރައިމަރީއެއް ވޭމަންޑޫގައި ނުބާއްވާނެ ކަމަށް އެމްޑީޕީ މެންބަރުން ނިންމައިފި.!" މުސްޠަފާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މުސްޠަފާ މިހެން ވިދާޅުވިއިރު، އޭނާ ހިމެނިވަޑައިގަންނަވަނީ ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓް ދޭން އުޅުނު މެންބަރުންގެ ތެރޭގައެވެ. އެމްޑީޕީން އެންމެ ފުރަތަމަ ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް ޤާނޫނާ ޚިލާފަށް ނިންމި މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށެވެ. ނަމަވެސް ޢާއްމު މެންބަރުންގެ ފާޑުކިޔުންތައް ގިނަވެ މިހާރު ނިންމާފައިވަނީ ހުރިހާ ދާއިރާއެއްގައިވެސް ޕްރައިމަރީ ބޭއްވުމަށެވެ.

ކޯލިޝަނަކުން ވެރިކަމަށް އައި އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަން އެގްރީމެންޓާ ޚިލާފަށް 87 ދާއިރާއަށްވެސް ވާދަ ކުރުމަށް ނިންމާފައިވާއިރު، އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިހިނގާ ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ޕްރައިމަރީގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ 2019 ޖަނަވަރީ 18 ވާ ހުކުރު ދުވަހުއެވެ.

ބަޔަކު ވަޒީފާއިން ވަކި ނުކޮށްގެން އެމްޑީޕީ ޕްރައިމަރީއަށް ހުރަސް އަޅާނެކަމަށް ބުނެފައިވާއިރު، އާ ސަރުކާރުން މަޤާމްތަކަށް އައްޔަންކުރާ ފަރާތްތަކަށްވެސް އެމްޑީޕީން ގެންދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޚާއްޞަކޮށް ކޯލިޝަނުގެ އެހެނިހެން ބައިވެރިންގެ ފަރާތުން މަޤާމްތަކަށް އައްޔަންކުރާ ބޭފުޅުންނާ ދެކޮޅަށް އެމްޑީޕީ އެކްޓިވިސްޓުން ހިންގާ ކެމްޕޭންތަކުގެ އަޑުތައް ގަދަކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މުޑުދާރު

    ކަލޭމެންވެސް އަނިޔާވެރިވަނީ.ގުދޯ ގުދޯ ގޮވަނީ

  2. ދޮގެއް؟

    މައުމޫނާއި ގާސިިމް ކަޅު ފައިސާގެ.ބޭނުން ކޮށްގެން ވެރިކަން ހޯދައިދިނީމަ މޮޔަ ވެގެން ތެޅެނީ. އެމްޑީޕީ އަކަށް މި ގައުމުގެ ވެރިކަމަކާ 100 ފޫޓަށް ވެސް ރައްޔިތުން ކައިރި ނުކުރާނެ. ދެން ކޮން ފުއްޕުމެއް ވަގުން މި ފުއްޕަނީ.

  3. މިދުހަތު

    ޥޭމަންޑޫ ގައި ތިބި ސިޔާސީ މީހުން ވަކިކޮށްފި 17 ވަނަދުވަހގެ ރޭ . މިހާރު ވަކިނުވެގެން އެއުޅެނީ ފެނަކައިގެ މުވައްޒަފުން ކޮޅު

  4. ށަ

    ހިތްވަރެއް ހުރިނަމަ އޑޕ އެކަނި ނިކުމެ ވާދަކޮއް ވެރިކަން ހޯދަބަލަ

  5. ާބޮޑޭ

    ޞގވ

  6. ދާމޫ

    ސިޔާސީ މަޤާމްތައް ބަދަލުނުކުރެވިގެން އުޅެނީ ވެރިކަން ބަދަލުކުރުމުގެ ކަންކަން ނިންމާ ނުލެވޭތީ! ވެރިކަން ބަދަލުވެ ނިމުނީމާ އެވެރިންނެއް ނުތިބޭނެ!

  7. ދާމޫ

    އެކަނި ނިކުމެ ވެރިކަން ހޯދޭ ފެންވަރުގެ ބައިގަނޑެއް މި ޤައަމަކު ނޫޅޭ!

  8. ޢަބޫ ނިއާމް

    އެމްޑީޕީ މީހުނަކީ ޑިމޮކްރަސީ އާއި ވަރައްބީރައްޓެހި އަދުލު އިންސާފުގެ ހަމައާއި ލަމަ ގަބޫލުކުރާ ބައެއް ނޫން.... ނަޝީދު ޑިމޮކްރަސީ އޭ އިންސާފޭކިޔަނީ މެމްބަރުންގެ ބޯކާލަން ވެގެން. ާ މިކަލޭގެއަކީ މޫނުމައްޗެއް އަޅައިގެން ހުރި އަނިޔާވެރިއެއް

  9. ސާ ލެމަން

    ހެހެހެ ބޭނުން އެއްޗެ ހަދާ ލާނީ

  10. ާަ އ.އ347

    ވޭމަންޑޫ ފެނަކަ މީހުންނަކީ އާއިލާބޮޑުބައެއް.ހާއްސަކޮށް މެނޭޖަރ.ވަކިކޮށްފިނަމަ ކުރިހޯދިއަކަނުދޒޭނަން.

  11. ވޭމަންޑޫ

    މިފަހަރު ވޭމަންޑޫން ،ތިމަރަފުށިން މުސްތަފާއަށް ނޫނެކޭ ބުނާނީ.