ޤައުމުގެ ޝަރުޢީ ދާއިރާއަކީ ކޮރްޕްޝަނާ ދެކޮޅަށް މުހިންމު މަސައްކަތްތަކެއް ކުރާ ދާއިރާއެއް ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އުއްތަމަ ފަނޑިޔާރު ނުރެއްވި ޚިޠާބުގައި ވިދާޅުވެފައިވަނީ، ކޮރަޕްޝަނުގެ ސަބަބުން ޤައުމީ ތަރައްޤީގެ ދުވެލި މަޑުޖެހި، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިޙްތުރާމާއި އިތުބާރު ގެއްލިގެންދާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދޭން ތިބި ފަރާތަކީ ޝަރުޢީ ދާއިރާ ކަމަށްވާއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަކީ ކޮރަޕްޝަނުގެ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން އިންޞާފުވެރި ޝަރުޢީ ދާއިރާއެއްގެ ގޮތުގައި ދެމިތިބުމަކީ އަމާޒު ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ކޮރަޕްޝަނުން ސަލާމަތްވެފައިވާ ޤައުމެއްގެ ގޮތުގައި ޤައުމެއް ދެމިއޮތުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ ޝަރުޢީ ދާއިރާ." އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.

ކޮރަޕްޝަނުގެ ސަބަބުން ޤާނޫނު ނަގަހައްޓައި، ހަމަހަމަކަމާ އެކު އެންމެންގެ މައްޗަށް ޤާނޫނު ހިންގައި ތަންފީޛުކޮށް ތަޠުބީރުކުރުމުގެ މަސައްކަތް ކުރާ އިދާރާތައް ނިކަމެތިވެ، ޖުމްހޫރިއްޔަތު ނެގެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާތައް ބަލިކަށިވެގެންދާ ކަމަށާއި، މުޖުތަމައުގައި ކޮރްޕްޝަން ޢާއްމުވެ ފެތުރިއްޖެނަމަ، ޤާނޫނުގެ ޙުކުމް ޤާއިމުކޮށް ނެގެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތަކާ ކުރިމަތިލާންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، ޤައުމުގެ އުފެއްދުންތެރިކަމަށް ހުރަސްއެޅި އިޖުތިމާޢީގޮތުން ޤައުމުގެ ޚާލަތު ދަށު ދަރަޖައަކަށް ދިއުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި ކޮރަޕްޝަން ފާހަގަކުރެވޭ ކަމަށެވެ.

"ކޮރަޕްޝަނާއި، ކޮރަޕްޝަނާ ގުޅިފައިވާ އެހެނިހެން ކުށްތަކުން ޤައުމު ސަލާމަތްކޮށް ވަކި ފަރާތަކަށް ބުރަވުމެއްނެތި ހަމަހަމަކަމާއި، އިންސާފުވެރިކަމާއެކު ޝަރުޢީ ދާއުރާގެ މަސައްކަތްތައް ބައްޓަންކޮށް، ޢަދާލަތު ޤާއިމުކުރުމަކީ އަޅުގަނޑުމެންގެ ލަނޑުދަނޑި." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޤައުމުގެ ޝަރުޢީ ދާއިރާއަކީ ކޮރްޕްޝަނާ ދެކޮޅަށް މުހިންމު މަސައްކަތްތަކެއް ކުރާ ދާއިރާއެއް ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެލެއްވިއިރު، ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އެންމެހައި އިދާރާތަކަށް ރައީސް ޞޯލިޙް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސާއްލާ

    އެހެންވެ ތޯ ބޭފުޅާމެން ކުރި ހުކުމްތަށް ފަހުން ހުދު ކާފޫރަށްވީ

    • ޢަހަންމާ

      ޢެއީ ކޮރަޕްޝަން ސާފުކުރީ

  2. ސުއޫދު

    ތިވާހަކަދައްކާ ޑީޑީ އަކީ މަހުޖަނު ޤާސިމު އަންބޮޑިއަށް ލައިގެން އުޅޭމީހެއް.

  3. ޖޭމްސް

    ކޮންމެ ބޭފުޅަކަށްވެސް ވަރަށް ސީދާ ސާދާކޮށް ވާހަކަ ދެއްކިދާނެ، ނަމަވެސް މައްސަލައަކީ އެގޮތަށް އަމަލުނުކުރެވޭތީ...

  4. ހުސޭނުބޭ

    ތިއީ ތެދެއްކަމަށްވަނީވިއްޔާ ރާއްޖޭގެ ޕާޓޭންތައް ޑްރަގް ނައްތާލުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއްކުރޭ! މިފަދަ ކަމެއް އެއީވެސް!

  5. އަހްމަދު

    ޑީޑީވިދާޅުނުވިނަމަވެސް ސެޕްޓެމްބަރ މަހުންފެށިގެން އެކަންދަނީ ރައްޔިތުންނައްފެންނަމުން ޝުކުރިއްޔާ ޑީޑީ

  6. ދަންބެރު

    އެހެންވެތާ ފަޓާސްފައްޗެއް ކުށްވެރިން ހުދުފޮތިކޮޅަކަށްވީ. ލަދުކޮބާ؟

  7. ކަލަކުވޭ

    ހީނުކުރާތި ކަލޭމެން ޖަހާ ސަކަރާތް އަބަދު ސިއްރުވާނޭ.. އެބޮތް ދުވަހެއް.. ހެޑްލައިން ކިޔާފަވެސް އައީ ނުލަފާ ހިންޏެއް.. މިޤައުމުގަ ކުޑަ ކުއްޖަކަށްވެސް އެގޭނެ ފަނޑިޔާރުގެތައް ޖަހާލަވަ.. ކުޅޭ ޑްރާމާ.. ދެން އެއްޗެއް ނުބުނެ ކުރުކޮއްލާނަން.. މަށަށް ހެޔޮއެދިގެން މާފުދޭނެ މީހެއްވެސް ނެތީމަ ހައްޔަރު ކޮއްފާނެކަމަށް ބިރުން..

  8. އެލެކްސް

    ޗީފް ޖަސްޓިސް އަށް ވަރަށް ސަލާމް، ކޯޓުތަކުގެ ނަޒާހަތްތެރިކަން އެންމެ ފަހުން ނެރުނު ހުކުމްތަކުން ވަރަށް ރަގަޅަށް ސާފުވޭ. ﷲ ގެ މަގުގައި އިންސާފު ކުރުމަށް ތިބި މީހުން ތިބީ މަހުޖަނެއްގެ އުނގަށް އެރުނު ގޮތަށް ނުފޭބިފައި. މިލިޔަނުން ނަޒާހަތްތެރިވެފައި

  9. މޫސާ

    ކޮރަޕްޝަނާ ދެކޮޅަށް ޢަބްދުﷲ ސަޢީދު އާ ޢަލީ ޙަމީދުވެސް ދާދި މިދާކަށްދުވަހަކު ވަރަށް ބޮޑު މަސައްކަތެއް ކޮށްފި.

  10. ޑެއިލް

    މިގައުމުގަ ރިޝްވަތުގެ ވަބާނުޖެހޭ ފަނޑިޔާރުގެއެއް ނުހުންނާނެ. އެންމެ ގިނައިން ރިޝްވަތު ނަގަނީ ފަނޑިޔާރުން. ޥަރަށް ކެރިގެން މިބުނީ. ސްޕްރީމްކޯޓުން ނެރުނު އަމުރުތަކުންވެސް އެކަން ކަށަވަރުވޭ. އިތުބާރެއް ނެތް

  11. ހެހެ

    ދުނިޔެ އިސްލާލްކުރަން ނޫޅުއްވާ ފުރަތަމަ އުއްތަމަ އިސްލާލް ވެބަލަ

  12. ދަތްދޫނި

    ތިޔަކަން އެނގޭނީ އެކަހެރި ތަނެއްގައި މަނިކުފާނުގެ ކޯޓުން ވަކި ކަމެއް ވަކި ގޮތަކަށް ނިންމުމަށް އެދި މަނިކުފާނުގެ އަތްޕުލަށް ފައިސާ ކޮތަލު ތަކެއް ހަވާލު ކުރުމުން.

  13. އަނާރު

    އާއްޗާ ހުދުކާފޫރަށްވުރެވެސް ހުދު ފަހުންހުރި އަޒާބެއްގެ ބޮޑުކަމާއެވެ.

  14. ޖޮއްބެ

    ލައްބަ ލައްބަ އެހެންވެގެން ދެއްތޯ ފަޓާސްބަރިއެއް ރޯކޮށްލީމާ އެކަތީގެ ފުލުން އަނެކަތި ގޮވަމުންދާހެން އެމްޑީޕީއިން ބޭނުންވާ ގޮތަށް ޙުކުމް ތައް ނެރެދިނީ؟ ލަދުން ބޯހަލާކު.

  15. އުއްތަމަ ބާޣީ

    އެއީ ކޮން ގޮތަކަށްތޯ އުއްތަމަ؟ އެހެންވިއްޔާ ކޮރަޕްޝަނަކީ ލޮނާ ޖަހައިގެން ކާ ހުތް ފޮނި މޭވާއެއްތޯ؟ އަޅުގަނޑުމެންނަށް ކޮރަޕްޝަނަކީ ކޯޗެއްކަން ނޭނގެނީތާ!

  16. އައްޑޫ މީހާ

    ހަމަ ހަގީގަތުގައިވެސް ތީ ވަރަށްބޮޑު ތެދެއް އެކަން ފެނިގެން މިދަނީ ބޮޑެތި ޓެރެރިޒަމްގެ އަމަލު ހިންގިކަމަށް ހުކުމްކޮށްފައި ތިބި މީހުންނާއި ކުޑަކުދިންނާއި އެކު ކުޑަކުދިންގެ ރުހުމުގައި ޖިންސީއަމަލު ހިނގި މީހުންތަށް ތިޔަ ބުނާ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއިން އެކަން ސައްޙަކަމަށް ނިންމާފައި ދެން ޖަޒީރާ ރާއްޖެއަށް އާދެވުނީމަ އެއީ ލޯއަނދިރި ފަނޑިޔާރުން ކަމަށް ނިންމައި އެހުކުމްތަކަކީ ޖަޒީރާ ކޯޓްތަކުން ގަބޫލު ނުކުރާ ހުކުމްތަކަކަށް ބަދަލުވީ އެއީ ހަމަ އެއްވެސް ވަރަކަށް ކިޮރަޕްޓްނުވެ ކޮރަޕްޝަނުން ސަލާމަތްވެ ހުދުކާފޫރު ފަދަ ފަނޑިޔާރުންނަށް ބަދަލުވީ ތިޔަބެފުޅުން ނުވެސްދަނޭ ކޮރަޕްޝަން

  17. ސަމަންދަރު

    ދެންކުއްވެރިން ހުދުކާފޫރުން ފެންވަރުވާޖަރީކޮއްފަ ގެޔައްފޮނުވާލީ ކީއްވެ މި މީހުން މިޔޮށްފަދަ ތަހުޒީބީ ޒަމާނުގައި ވެސް ތި ކިޔަނީ ކައިގެންނޭ ފުރާނީ ނުކައި ނުފުރާނަމޭ ހަމަ ހައްދަނީ އުތަ؟