ރާއްޖޭގައި ކޮރަޕްޝަން ފެތުރޭ ސަބަބު ހޯދާ ހައްލު ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން މިއަދު ނެރުއްވި ބަޔާނެއްގައި ގާސިމް ވިދާޅުވީ ކޮރަޕްޝަންއަކީ ހުރިހާ މުޖްތަމައެއްގެ ތެރެއަށް ވެސް އޭގެ ނުބައި އަސަރު ފެތުރި މޫ ލާފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. ދުނިޔޭގެ ފެންވަރުގައި ކޮރަޕްޝަން ދުވަސް ފަދަ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރުމަކީ މައިގަނޑު ބޭނުމަކީވެސް ކޮރަޕްޝަން ނައްތާލުން ކަމަށް ހަދަން ޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"..އެހެން ގައުމުތަކެކޭ އެއްފަދައިން، މި ދިވެހިރާއްޖޭގެ ތަރައްގީއަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކޮރަޕްޝަންގެ ނުބައި އަމަލު. ގައުމުގެ ފުދުންތެރިކަން ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްނުދެވޭ މައިގަނޑުގެ އަސްލަކީ ވެސް އަޅުގަނޑުމެންގެ ތެރޭގައި ކޮރަޕްޝަންގެ މިނުބައި ވަބާ ފެތުރިފައިވާލެއް ބޮޑުކަމެއް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ވަކި މީހެއް އިސްތިސްނާ ނުވާނެހެން ބެލެން ޖެހޭ ކަމަށާއި، ކޮރަޕްޝަންގައި ޝާމިލްވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅައި ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް ހައްގު އަދަބު ދީގެން ނޫނީ އެ ވަބާއިން މި ގައުމު ސަލާމަތް ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް މިއަދު އެފަދަ ބަޔާނެއް ނެރެފައިވާ އިރު، ސަރުކާރުގެ ތެރޭގައި ހިނގާ ކޮރްޕްޝަންތައް ހާމަކުރާ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަން ދިނުމަށް ފަރުމާކޮށްފައިވާ، "ވިސްލްބްލޯރކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ވައްދާފައެވެ.

ސަރުކާރުގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، މި ބިލް މަޖިލީހަށް ވައްދާފައިވާއިރު، ބިލުގެ ފުރަތަމަ ކިޔުން އިއްވުން މާދަމާ ހެނދުނު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ބެއްޔާ

    ގާސިމް ލޯގަނޑެއް ކުރިމަތީ ހުއްޓިލާ، އޭރުން ރާއްޖޭގައި ކޮރަޕްޝަން ފެތުރޭ އެންމެ ބޮޑު އެއްސަބަބު ސާފުކޮށް ފެންނާނެ

  2. ނުރަބޯ

    ރިޝްވަތުމަހުޖަނު ރިޝްވަތު ޖަހައިގެން ކޯޓުތައް ގަނެ، އީސީ ގަނެގެން ވަގުވޯޓުން ގައުމުގެ ވެރިކަން ފޭރިގަތީމާވެސް ކޮރަޕްޝަން ފެތުރޭގޮތެއް ނޭނގޭތަ؟ ޢަޖައިބުވޭ.

  3. ބޭބެ

    ހޫނ... ތިޔަބުނީ ޙައްގުތެދެއް.
    ސަބަބު
    1 - އެއަށް ކޮރަޕްޝަންކިޔާތީ
    2 - އެއީ މަނާކަމެކޭ ބަޔަކު ކިޔާ ގޮވާތީ

    ޙައްލު:
    1 ކޮރަޕްޝަނަށް މެދުމިންނުގަަައި ލޯބިކުރާ އިސްލާމުން މިގައުމުގައި އިތުރުކުރުން.

    2 - ކޮރަޕްޝަން މިބަސް ބޭނުންކުރުން ޤާނޫނަކުން މަނާކުރުން.
    3 - ގާނޫނުހަދާމަ މަޖިލިހަށް މެންބަރުން ހޮވުމައްފަހު ޢާއްމުކޮށް ހުޅުވާކައިގެން މެމްބަރުން ވިއްކުމުގެ ނީލަމެއް ބޭއްވުން. އަދި މިނީލަމުގައި ބޭރުގެ މަހުޖަނުންނާއި ސަރުކާރުތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން.

  4. ރުޒާނާ ޗޮއްޕަޓު

    ކަލޭ ތިހިރީ ދިމާއަށް ފެންނާކަށްނު. ހޯދަން ޖެހެނީ ނުފެންނަ ނޫނީ ނޭނގޭ ކަންކަމެއްނު. ހައްލު ހޯދުމަށްޓަކާ ކަލޭގެ މިލްކިއްޔާތު ދައުލަތަށް ނަގަން ޖެހޭ. އެނޫން ހައްލެއް ނެތް.

  5. عبدالله

    މިރާއްޖޭގައި ނުރަނގަޅު ނުފޫޒު ފެތުރިފައިވާ މިންވަރުން، ކޮރަޕްޝަންގެ ކަންތައްތައް ހުންނަގޮތުން، ސަރުކާރުގެ އޮފީސް އޮފީހުން ޢާންކޮށް ލިބެންހުންނަ ޚިދުމަތް ލިބުމުގައިވެސް ބައެއް ފަހަރު ބައެއް މީހުންނަށް، ނިކަމެތި ދިވެހި ރައްޔިތުންނަށް އަޅާލުން ނުލިބޭކަން ފާހަގަކުރެވެއެވެ.

  6. ފަޚުރުވެރި ދިވެހީން

    ރައްޔިތުންގެ މަޖުލިސްގެ ރައީސް ގެ އަނބިކަބަލުން ޓްރާންޕޯޓް މިނިސްޓްރަކަށް ހުރެފަ ފިރިމީހާގެ އަމިއްލަ އެއަރލަނަކާއި އެއަރޕޯރޓަށް ހިންގަމުން ކޮރަޕްޝަން ފޮހެލަން ގޮވާލީމަ ރައްޔިތުން އުފަލުން މަލެއްފަދައިން ފޮޅިފާއި މތިބީ.

  7. މާމިގިލީ މީހާ

    ގާސިމް ހައްޔަރު ކުރީމާ ތިކަން ހުއްޓުނީ.. ގާސިމް ތީ އެންމެ ގިނައިން މީހުންނަށް ރިސްވަރު ދޭ މީހާ. ވެރިކަމުގެ ދަހިވެތި ކަމުގައި...ކޮންމެ އިންތިހާބެއްގައި ވެސް. މާމިގިލީ ގައިވެސް. ރޭގަޑު 12ގެ ފަހުން ގާސިމު ކަޅު ފޮށި ނެރިގެން ފައިސާ ބަހާ، ބައެއް ގޭގޭ ދޮރު ދަށުން ވެސް ރުފިޔާ ފޮނުވާ..

  8. ދަހިސައުދާގަރު

    މިހިރަ ވެރިކަމާއިހުރެ، ބޫތުކައިފައިހުރިމީހެއްދޯ!.
    ބެއްޔާ ބުނިހެން. މަހަމަ ހިނި އަންނަނީ.... މޮންސްޓަރ އާއި ބައިއަތު ހިފައިގެން ހުރި ބޮޑު އެތިފަހަރެއްފެންނާނެ. ލޯގަނޑުން.......

  9. ކޮރަޕްޝަން

    ލޯގަނޑުން ފެންނާނެ. މޮންސްޓަރއާއި ބައިއަތު ހިފައިގެންހުރި އިފުރީތެއް.

  10. މަރީ

    ސަބަބަކީ ގާސިމް، ހައްލަކީ އުމަރު!

  11. ޢަލީ ހަމީދު

    ޚ ކަލެއަކީ ރާއްޖޭގައި ހުރި އެންނެ ކޮރަޕްޓްމީހާ ފުރަތަމަ އިސްލާހުވާންޖެހޭނީ ކަލޭ ރިޝްވަތު ތިޔައްވުރެގިނައިން ދޭމީހަކު ރާއްޖޭގައި ނުހުންނާނެ ކަލޭގެމުދާތަކުގަ ހުޅުނުހިފާ ހުންނަކަމާމެދު ވެސް ޝުކުރުކޮށް ތައުބާވެބަލަ ..

  12. ާވަތުބަތާނަ

    ހައްލަކީ ޤާސިމަށް ލިބެންޖެހޭ އަދަބުދީ ނުހައްޤުން ހޯދާފައިހުރި ފަޅުރަށްރަށާއި ފަޅުތައްނެގުން.

  13. ޙައްވަ

    ޜާއްޖެއަށް ރިޝްވަތުގެ ވަބާއަކީ ހަމަ ތިޔަ ސޭޓް. ޥެރިކަމާހެދި މޮޔަވެގެން ފައިސާގެ ދަޅަދެއްކުން ނޫންކަމެއް ސޭޓުގެ ނެތް. ދެން ވެސް އިސްލާޙުވެ ގައުމަށްވަފާތެރިވެބަލަ!!!!!

  14. ބުރުމާ

    ކޮރަޕްޝަނުގެ ދިވެހިނަމަކީ ބުރުމާ ގާސިމް

  15. އަބޯ

    ކޮރަޕްސަން މިގައުމަށްއާއްމު ވެގެންދިޔައި ރިޔާސީ އިންތިހާބުގެ ވޯޓަށް އެތަންމިލިއަނެއް މަހުޖަނުން ބަހަންފެށުމުން. ރައްޔިތުންނަށް ދަސްވެގެން ދިޔައީ ފައިސާގެ އެހީއަކާ ނުލާ ވޯޭޓެއް ނުދިނުމަށް ފައިސާގެ އެހީއަކާނުލާ އޮފީހުގެ ރަސްމީމަސައްކަތްވެސް ނުނިންމުމަށް މިހުރިހާ ކަމެއް ގައުމަށް އުފަންކުރުވީ ފަޅުފަޅާ ރަށްތަށް އެކިބޭނުމުގަ ނަންގަވާ ވެރިކަމުގެ ދަހިވެތިކަމުގާ ދާނު އޮހޮރުވާ ލޯނު ގެ ނަމުގާނަމަވެސް ގިނަ އަދަދެއްގެ ފައިސާ ތިޖޫރީއަށް ވައްދަން ލިބޭ ފަރާތްތަކުން. މިގީ މިގައުމުގާ ކަރެޕްސަނާ ފަސާދަ އާއްމު ކުރުވި ފަރާތަކީ

  16. ޙަނު

    ތީ އެންމެ މުދާގިނަކުރަން ހަދާގެން އިދިކޮޅުން ގަނެ ގޯސް ހަދާމީހާ

  17. އައިސަތުލާ

    ސޭޓުގެ އަނބިމީހާގެ ފިރިމީހާ ޔައުނީ ބުރުމާ ތީ ކޮރޮޕްޝަންއުފެދޭ އެންމެބޮޑު އެއްސަބަބު

  18. އަންނި

    ކޮރަޕްޝަން ފެތުރެނީ ތިކަހަލަ ކޮރަޕްޓުން ފުޅައަޅާފައިވާ މީހުން މިދުނިޔޭގައި އުޅޭތީ، މިބުނީ ތިކަމުގެ އަސްލު ދެން ހައްލުކުރަންޏާ ކުރޭ