ކާބަފައިން އިސްލާމްދީނާއި ގައުމިއްޔަތު ހިމާޔަތްކޮށްދިން ފަދައިން އެކަން ކޮށްދެވޭނެ ކަމަށް ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު އިސްލާމްދީނާއި ގައުމިއްޔަތު ހިމާޔަތް ކުރަން މިޖެހެނީ 21 ވަނަ ގަރުނުގެ އުނދަގޫ، ދަތި މަގުތަކުގެ ތެރޭގައި ކަމަށެވެ. މި ހާލަތުން އަރައިގަނެވޭނީ އަޅުގަނޑުމެންގެ ޒުވާނުން މަތިވެރިވެގެންވާ އިސްލާމްދީނުގެ ތަރުބިއްޔަތަކުން ތަރުބިއްޔަތުކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރިވެތި އަހުލާގު އެ ޒުވާނުންގެ ކިބައިގައި އަށަގަންނަވައިގެން. މިކަން ކުރެވޭނީ މުޅި ގައުމުގެ ސިޔާދަތު އެއްކޮށް އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސްއާއި ކެބިނެޓް މިނިސްޓަރުންނާއި އަދި ގައުމުގެ ހުރިހާ މުއައްސަސާތަކާއި މައިންބަފައިންނާއި ހުރިހާ ރައްޔިތުން އެކު ގުޅި ލާމެހިގެން. އަޅުގަނޑުމެން އެއްކޮށް މަސައްކަތްކޮށްފި ނަމަ، މީގެ ކުރީގައި ވެސް އަޅުގަނޑުމެންގެ ކާބަފައިން އިސްލާމްދީނާއި ގައުމިއްޔަތު ހިމާޔަތްކޮށްދިން ފަދައިން އަޅުގަނޑުމެންނަށް ވެސް އެކަން ކުރެވޭނެ. ﷲގެ ރަހުމަތާއި މިންވަރުފުޅާ އެކުގައި އަޅުގަނޑުމެންގެ ގައުމު ދެން އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންނަށް ވާސިލްކޮށްދެވޭނެ،" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިސްލާމްދީން ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ އަބަދުވެސް ބޮޑު މަސައްކަތެކެވެ.

"މި މަސައްކަތަކީ އަބަދުވެސް ބޮޑު މަސައްކަތެއް. ބޮޑު ޒިންމާއެއް، ބޮޑު އަމާނާތެއް. އެކަމުގައި ހުރި ގޮންޖެހުންތަކަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ކިބައިން ދަސްކޮށް، އިބުރަތް ލިބިގަންނަން ހުރި ކަންތައްތަކެއް. މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ގޮންޖެހުންތަކަކީ ބަނަވެފައިވާ ދުނިޔޭގައި ހިނގާ އޮއިވަރުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ޒުވާން ޖީލަށް ނުބައި ނުރައްކާތެރި އަސަރުތަކެއް ކޮށްފައި،" މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ޙައަ

    ހައްދު ޖަހާނަންތޯ

  2. ގަމާާރު

    އޮބިނޯވެ ފިލާ ރައްކާވާން އުޅެނީ ތޯ؟

  3. މޫސާ

    ދެމީހުނާފަޅިއުލޭޕާޓީއެއްހިމާޔަތްނުކުރެވުނުމީހަކަށް ކިހިނެތްއިސްލާމްދީންހިމާޔަތްކުރެވޭނީ

  4. މާމިގިލީ މީހާ

    ސިޔާސީ ފަތުވާ ދީގެން ތޯ... އަންބޮޑިއަށް ބޮޑު ކުރާންވެގެން. ދީން އޮޅުވާލައިގެން ފަތުވާ ދޭ ބައެއްތީ.. ސިޔާސީ ފަތުވާ ދޭބައެއް ތީ..

  5. ގައްޔޫމް

    އިމްރާނުމެން ދީން ހިމާޔަތް ކުރަނީ އާދަޔާ ޚިލާފު ގޮތަކައް. ދީން ބޮލާލާ ޖަހާ އިރުވެސް ތިބެނީ ހައްޕު ކިޔައިގެން.. އެހެން ތިބެފާ ކޮންމެވެސް ސިޔާސީ ހަލުވާލުންގަނޑެއް ދިމާވާއިރައް ދީންވެފަ ބަސްތަކެއް ބޭރުކޮއްލާފަ ވަކި މަގާމެއް ލިބުނީމާ އަނެއްކާވެސް ހަމަ ހައްޕު. ކުރިއައް އޮތް އާންމު އިންތިޚާބު ގާތް ވާވަރަކައް އިމުރާނުމެންގެ ދީނީ ވާހަކަތައް ގިނަވެ އަޑުހަރުވާނެ..ދެން ގޮސް އިންތިޚާބު ނިމޭއިރު އޮންނާނީ އަނެއްކާވެސަ ތޮޅިއައްވެ ނިމިފާ..

  6. މުހައްމަދު އަހުމަދު

    ޝޭޚް އިމްރާނަށް ވަރަށް އަދަބުވެރިކަމާއެކު ދަންނަވާލަން އޮތީ، ދެދުވަހަކު އެކަެއޗެއް މަނިކުފާނަށް ވިދާޅުނުވެވި އިޅުއްވާ ހާލާއި ގޮތްކޮޅުބަލަން ތިބި މިގައުމުގެ ޒުވާނުނަށް ތި ދައްކަވާ މިސާލުން ޒުވާނުންގެ އަޚްލާގަށް ކުރާނެ އަސަރު އެކަނި ހަމަ ހިމޭން ތަނެއްގަ އިންނަވައިގެން ވިސްނާލައްވާށޭ! އިއްޔެ 23 އިއްތިހާދު އެއްވުމުގަ ދެއްކެވި ވާހަކަ އެ ޒުވާނުން އަޑު އެހި. މިއަދު ތި އުޅުއްވާ ގޮތްކޮޅުވެސް އެ ކުދިންނަށް ފެނޭ!

  7. ޖޮއްބެ

    އެއީ ކޮންގޮތަކަށް ހިމާޔަތްކުރާ ވާހަކަ އެއް ތިޔަބުނީ އޭނ؟ ބަލަގަ މަރަށް މަރުހިފުން އެއީ މާތްﷲގެ އަމުރުފުޅު އެކަމަކު އެއަމުރުފުޅަށް ގޮންޖަހާ އެ އަމުރު ތަންފީޒުނުކުރާނެކަން ރަސްމީ ކޮށް ކާފަރުންނަށް ސަރުކާރުން އެންގީމާވެސް ކަލޭތިޔަހަރީ ހަމަ ޗުއްޕުވެސް ނުބުނެ. ދެންކީކޭ މިހާރު ތިޔަކިޔަނީ؟ ކަލެއަކީ ހަމަ ހުރިގޮތައް ހުރި މުނާފިގެއް.

  8. Anonymous

    ކަލޭމެން ހުރިހާ ކަމެއް ވެސް އަގައިން ކުރާނެ

  9. މަމީ

    ކަލޭދައްކާ ވާހަކަ މިހާރު އަޑެއް ނައަހާނަން ތިކަހަލަ ސިޔާސީ ސޭހުން

  10. ސިދާތާ

    އިމްރާނު މެންނަށް ކޮން ކަމެއް ކޮށްދެވޭނީ ދީނަށް.. ތިޔަބައިގަޑުގެ ނަޒަރުގައި މަރަށް މަރު ހިފާކަށް ނުޖެހޭ..ހައްދުޖަހާކަށް ނުޖެހޭ،، ވަޒީފާގެ ބިރަށް އަގައިންބުނަން ނުކެރިފަ ތިހިރީ....ލާދީނީ ސަރުކާރު

  11. ހުސޭނުބޭ

    ކަލޭގެ އިސްލާމްދީން ތި ހިމާޔަތްކޮށްދެނީ މިނިސްޓަރުކަމުގެ މަޤާމު ދިފާޢުކޮށްފައި ދެން ކުރާނެ އެހެން ކަމެއް ނެނުނިއްޔާ ދޯ! ކޮބައި ހޯރައިއްބެއާމެދު އެއްޗެއް ބުނެބަލަ އެހެންވިއްޔާ!

  12. Anonymous

    އިމްރާންވެސް ހަމަ ރަނގަޅަށް ކޮސްތިގޮވަނީ، ތި ޖަމާޢަތާ ގުޅިގެން އިސްލާމްދީނެއްނޫން ޙިމާޔަތް ކުރެވޭނީ.

  13. ހިޔަނި

    އިސްލާމްދީން ހިމާޔަތް ކުރުމަށް ދިވެހިރާއަޖެއަށް އޮތް ގޮންޖެހުމަކީ ކޮބައިކަމެއް ތިޔަ ޝޭހަކަށް ނޭގުނު، ދެން ކިހިނެއް އިސްލާމްދީން ހިމާޔަތް ކުރާނީ،، ވަރަށް އަދަބުވެރިކަމާއެކު ދަންނަވަން މިހާރު ރާއްޖޭގައި އިސްލަމްދީން ހިމާޔަތް ކުރުމަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު، އޭގެ ތެރެއަށް ބޭރުގެ އިސްލާމްދީނަށް ނަފްރަތުކުރާ ޣައިރުމުސްލިމުންނާ ގުޅިފައިވާ ބަޔަކު ވަދެގެން މުޅި ދިވެހިޤައުމު ހަލާކުކޮއްފި،، އާދޭސް ކޮއްފަ މިބުނަނީ ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިން ނުކުމެ ދިވެހިންގެ އިސްލާމީ އަޤީދާއާއި، ދިވެހިވަންތަކަން ހިމާޔަތްކުރުމަށް އަތުކުރި އޮޚާލަދޭށޭ، ދުނިޔަވީ އެދުމާއި ޖާހަތާއި މަޝްހޫރުކަމަށްވުރެ އާޚުރަތް އިސްކުރާށޭ، ކިކަމަކާހުރެ ރާއްޖޭގެ ޝަރުޢީ ނިޒާމުވެސް މިހާރު މިއޮތީ ފައިސާވެރިންގެ މުށުތެރޭގައި

  14. މުހައްމަދު

    ޞުބްހާނަﷲ ތިވަރުވީތީވެސް ﷲއަށް ހަމްދުހުރި ދެން އަވަހަށް އިސްތިއުފާދީފަ ކަރުފުއްޕާފަ ހަޅޭއްލަވަން ނިކުމޭ އެކަން ވަގުތުން ވަގުތައް ހަމަ ވަގުތުން ވަގުތަށް ކުރަން އިމުރާނަށް ފަސޭހަވާނެ އަދި ގުޅެނީވެސް އެކަން ހެހެހޭ

  15. މާސްޓަރ

    މާއްދިއްޔަތަށް ގޮސް ހުސްވެފަ ހުރިމީހަކަށް ދީނަށް ކުރެވޭނެ ކަމެއް ނޯންނާނެ. ކުޑަމިނުން ޚިޔާލުފާޅުކޮށްލަންވެސް ނުކެރޭ.

  16. ބާނިޔޫސޭ

    ރާއްޖޭގައި އުފެދޭ ކޮންމެސަރުކާރަކާ ދެކޮޅަށް ނުކުމެ ބަޣާވާތްކޮށް ޒުވާންޖީލަށް ކަލޭ ތިޔަދަނީ ނަމޫނާ ދައްކަމުންނެއްނު. ލަދުހަޔާތް މަދުކަމުން ތަންތަނަށް އަރާ އެބަ އަނގަފޭކުރެއެއްނު.

  17. ނައްލަބެ

    ދެންކަލޭ އަނގަ ބަންދުކޮއްގެން ތިހުންނަނީ ކީއްވެ ލާދީނީ ސަރުކާރުގައި ވަޒީފާ ގެއްލިދާނެތީތޯ؟ ރައްޔަތުން ގުނބޯހައްދަނީ.

  18. ކޮތަރު އިމްރާނު

    ކުޑަކުދިންނާ ބެހުނު މީހުންވެސް ދޫކޮށްލީ ދީން ކުރިއަރުވަންތޯ؟

  19. ފަަހަރި

    ކަލޭތީ ފަހަރިވެސް ހިމާޔަތް ނުކޮށް މުޅިޤައުމަށް ބޭޒާރު ކުރި މީހެއް. ތިކަހަލަ ދެފުއްކެހެރީން ރަގަޅު ވާނީ މުޅޯ އިން ހިމާޔަތްކުރަން.

  20. ފާފަޅޯ

    ޒުވާނުންނެއް ނޫން މިއުޅެނީ މަގުފުރެދިގެން. ސަރުކާރުގައި ސިޔާސަތު ކަނޑައަޅަން ތިބި ތިކަހަލަ ބީތާއިން ލާދީނީވީމަ ރައްޔިތުން ނަށް މަޖުބޫރުވަނީ ހަރާމެއް ހަލާލެއް ނުބަލާ ކަންތަށްތަށް ކުރަން.

  21. ތެދު

    ކިޔަވައިގެންއާއިރު ބޮޑުތުނބުޅި ކުޑަވަމުންގޮސް ޖަލުންނުކުތްއިރު ތިހިރީ ހުދުކާފޫރައްވެފަ...ނަސީދާ ދިމާލައްގޮވިއެއްޗިހި ޓީވީ ތަކުގައެހެރީ އޭނަތައުބާވީތޯ..!!؟ ހާޑިންހަމާއެކުއުޅުނީ އަދި އުޅެނީ..އެމީހުން މިހާރު މާފާޅުކަންބޮޑުކޮން ދީނީމިނިވަންކަންހޯދަންއުޅެނީ..ބްލޮގްތައްބަލާބަލަ..

  22. މޫސާ

    އިސްލާމްދީން ތިތިބީ ޙިމާޔަތް ކުރެވިފަ! ފުރަތަމަ އަރާފަ ގޮވާލީ ޤިޞާސް ނުހިފާނަމޭ. ޙައްދު ޖެހުން ހުއްޓާލާނަމޭ. މިއީތޯ އިސްލާމްދީން ޙިމާޔަތް ކުރުމަކީ؟

  23. ޑައެލޯގް

    ކޮން އިސްލާމްދީނެއް ހިމާޔަތްކުރެވޭނީ ތީނައަކީ މައްކާގައި އަޅުކަންކުކުރުމަށްވުރެ ޖަލުގައި އަޅުކަންކުރުން މާހެޔޮކަން ބޮޑުކަމަށް ބުނި ޝޭހަކަށް ނޭގުނު މައްކާގެ ގެފުޅުގައި ކުރާ ކޮންމެ އަޅުކަމަކީ 1 ލައްކަގުނަ ބޮޑުޖަޒާލިބޭކަން ސޭކު އިމްރާން

  24. ގ

    އިމްރާން ދައްކާވާހަކާ ގަބޫލްކުރާނެ މީހަކުނެތް
    އިމްރާންގެމާޒީގައި ރައްޔިތުންނަށް ތެދުވެރިކަމާއި
    އަމާނާތްތެރި ފެންނާކަށްނެތް

  25. އަލީ

    ވަޒީރުކަން ތޯ ނޫނީ ދީންތޯ ހިމާޔަށް ތިޔަ ކުރަމުންދަނީ؟

  26. ޑެއިލް

    ބަރަހަނާ ސައިޓުތަކަށް ނުވަދެވޭ ގޮތް ހަދާބަލަ ހޯމްމިނިސްޓަރު. އަހްލާގޭ އިސްލާމްދީނޭ ތަރުބިއްޔަތޭ މީޙައްތާވެސް މިނިސްޓަރުކަން ލިބި ޕޯޑިއަމްތަކަށް އެރުނީމަ އަނގައިން ނިކުންނަ ހުަސް ވާހަކަ. އަމަލުން ކަމެއްކޮށްފަ ދެން އެވާހަކަ ރައްޔިތުންކައިރީގަ ބުނެބަލަ.

  27. ާހެހެ

    ވެލެޒިނީ އަށް ސަރީއަތް ނުހިންގާ ދޫކޮއްލީ އިސްލާމް ދީން ހިމާޔަތް ކުރަންތަ؟ މީ ކޮންތާކުން ކިޔަވާފަހުރި ސޭކެއް؟ އަނެއްކާ ހިނދު ކޮޅު އައީބާ؟ ހީހީ ހަލާކު

  28. Miadhu

    އެހެންވެތަ މަރަށް މަރު ނުހިފުމަށް ތިސަރުކާރުން ތާއިދުކުރީ ހައްދު ނުޖެހުމަށް ގޮވާ ނިންމާ ނިންމުމަށް ހައްޕް ކިޔައިގެން ތިހުރީ ޝަރުޢީ ހުކުމްތަށް ގަށަމުން ތިގެންދަނީ ކޯޓް އަމުރުން މިއަދު 7 ދުވަހުގެ ބަންދުޖަހާމީހާ 7 ގަޑިއިރުން ތި ދޫކުރަނީ ކޮން ވާހަކައެއް ބެކާރު

  29. ޒާ

    އިމްރާން ތިހެން ބުނެލީމާ ފުދޭނެކަމަށް ގަބޫލު ކުރަންވީތޯއެވެ؟ ކޮބައިތޯ ރަސޫލެއްކަމަށް ވާހަކަދެއްކި ވެލްޒިނީ؟ ކޮބައިތޯ މަރަންމަރު ނުހިފާނެކަމަށް ސަރުކާރުން ނިންމި ނިންމުން؟ ކޮބައިތޯ ކުޑަކުއްޖަކާ ބެހިގެން ޖަލަށްލީ ހޯރައިއްބެ؟ ހޯމް މިނިސްޓަރުކަން ކުރަން ލިބުނީމާ ތިހިރީ ހަމަ ސިދާތާއާށް ވެފައިދޯ؟

  30. އަދީބު

    އިސްލާމް ދީން ހިމާޔަތް ކުރުމަށް، ވެރިކަމަށް އައިތާ މަސްދުވަސް ނުވަނީސް އިސްލާމް ދީނުގައި ކަނޑައެޅި ބަޔާންވެގެންވާ ހުކުމެއް މިޤައުމުގައި ތަންފީޒް ނުކުރާނެކަން ޢާންމުކޮށް އިއުލާން ކޮއްލީ، ލަދުޙަޔާތް ކޮބާ؟

  31. ޖަހާންގީރު

    ކަލޭމެނަށް ކުރެވޭނީ 2 ކޮޅުން ކެއުން ، އިސްލާމް ދީނުގަ އޮންނަނީ ﷲ ތަޢާލާ އަށް އެކަނި ހިޔަ ޚަލާޞްކޮށް ކިޔަމަން ވުން ، ތީ ޒަޔަނިސްޓް ލޮބީއެއް ތި ބައިގަނޑު އެންމެ ފުރަތަމަވެސް ކުރި ކަމަކީ ފަލަޞްޠީން ބިމުގަ ޒަޔަނިސްޓް ދައުލަތް އުފެއްދި އިނގރޭސީންގެ ޖަމާޢަތް ކޮމަންވެލްތާއި ގުޅުން ދެން ދުނިޔޭގަ އޮތް އެންމެ ޝިރުކު ބޮޑު ޤައުމް އިންޑިއާ ސިފައިން މިތަނަށް އިތުރު ކުރުން ، އިސްލާމީ މަރުކަޒްގަ ޖަހާފަ ހުރި މާރބްލް ތައް ތަޅާލީ ބޫން ބޫން ޖަހާފަ ސައިކަލް ދުއްވާ ޕާޓޭން ލައްވާ ނަމާދަށް އަރާ މީހުނަށް ޖެއްސުން ކުރުވަން

  32. އަލީ

    ކިތައްވާހަކަ ދައްކާފަ އެވާހަކަތަކާ ޚިލާފުވެފައިވޭތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލަބަލަ އެހެންވީމާ ތިޔަބުނާ ވާހަކައިގެވެސް އެއްވެެސް އިތުބާރެއްނެތް