ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ގިނަ މެންބަރުންނަކީ ކޮރަޕްޓް ބޭފުޅުން ކަމަށް އަލަށް އުފެއްދި ސިޔާސީ ޕާޓީ "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް" އަށް މިއަދު ސޮއިކުރެއްވި ޔޫތު މިނިސްޓްރީގެ ކުރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝިނާން (ނާނީ) ވިދާޅުވެއްޖެއެވެ.

އެމްޓީޑީއިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން މުހައްމަދު ޝިނާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިބި މެންބަރުންގެ ތެރެއިން ކޮރަޕްޝަންގެ ފައިސާގައި ނުހިފަނީ އެންމެ ތިން މެންބަރުން ކަމަށާއި އެހެން ހުރިހާ މެންބަރުންނަކީ ކޮރަޕްޝަންގެ ފައިސާގައި ހިފާފައި ތިބި މެންބަރުން ކަމަށެވެ.

"ހަމަ އެކަނި އަދީބު އެކަނި ޖަލަށް ލާފައި ޕީޕީއެމްގައި ތިތިއްބެވި މެންބަރުންނަކަށް ވެސް ނެތް ތިބެވޭކަށެއް. އަޅުގަނޑަށް އެނގޭތީ މިދައްނަވަނީ ޝަރީއަތަށް ގެންގޮސްފިނަމަ ޝަރީއަތަށްވެސް ކިޔާދޭނަން. ކޮރަޕްޝަންގައި ނުހިފާ ހަމައެއްވެސް މެންބަރަކު ނެތް ތިތާނގައި. ކެރިހުރެ މިދަންނަވަނީ. ކޮރަޕްޝަންގެ ލާރީގައި ހިފާފައި ތިބި ގިނަ މެންބަރުން ތިބީ. މަޖިލީހުގައި ތިބި ތިން މެންބަރުން ފިޔަވާ އެހެން ހުރިހާ މެންބަރުންވެސް ތިބީ ކޮރަޕްޝަންގެ ލާރީގައި ހިފާފައި. އެހެންކަމަށް ވަނީ ނަމަ އެބޭފުޅުންނާއި މެދުގައިވެސް ޝަރީއަތް ކުރެވެން ޖެހޭނެ ދެއްތޯ އިންސާފުވެރި ގޮތެއްގައި" ޝިނާން ވިދާޅުވިއެވެ.

ޝިނާން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ
ޝިނާން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

އަދި ރައީސް ޔާމީންގެ ސަރުކާރުގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ވަރަށް ގިނަ ކަންކަން އެނގިލައްވާ ކަމަށާއި ކޮރަޕްޝަންގެ ވާހަކަތައް ޝަރީއަތުގައި ހާމަކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ގާތް ގުޅުމެއް އޮންނަ ޝިނާން ވިދާޅުވިއެވެ.

އެމްޓީޑީއާއި ގުޅިވަޑައިގަތީ އިންސާފުވެރިކަމާއި އެކު ރައްޔިތުންގެ ހައްގުގައި ކަންކަމަށް ވަކާލާތުކުރެއްވުމަށް ކަމުގައިވެސް ޝިނާން ވިދާޅުވިއެވެ.

ޝިނާން އަކީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މާފަންނު ހުޅަނގު ދާއިރާއަށް ކުރިމަތިލެއްވި ބޭފުޅެއްވެސް މެއެވެ. އެއިންތިޚާބުން ޝިނާން ބަލިވީ އެންމެ 14 ވޯޓްގެ ތަފާތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ޙހަހަ

    ކަލޭ އަދީބު ކައިރީ ހުރެ ތި ވާހަކަ ދައްކަން ލަދެއް ނުގަނޭތަ. އޭނަ ޖަލަށް ލާފަ އެހެން މީހުން ކަންތަކާ އުޅެންވީނު

  2. ލޮލް

    އެހެންވީމައި އެންމެ ކޮރަޕްޓް މީހާ ލައިގެން ޕާޓީ ހަދާ ަ

  3. ސަލީމު

    ފެންއޮތްތާކަށް މަސްދާއުސޫލުން އަދީބުފަހަތުން އެންމެންދުވަނީ މަޖްލިހަށްކުރިމަތިލާން ލާރިހޯދަން. ޢަދީބު ހުރީ ފައިސާތަށްވަޅުލާއިގެން ރައްކާކިށްފަ

  4. ޖޮއްބެ

    އަދީބުގެ ޕާޓީދޯ މިއީ.....!!! ހައްޕު

  5. ބޮޑުސޯޅަ

    ހާދަ ލަހުން. ހަމަޔާމީން ދެކެ ބިރުފުޅުން ތޯ؟؟؟

  6. 3ވަނަވިސްނުން

    2013 ގައި މަޖްލިސް އިންތިހާބް ގައި ވާދަކޮށް ރައްޔިތުންނަން ހުދުކާފޫރު ކަމަށް ހެދިގެން 2019 އަށް މަޖްލިސް އިންތިހާބް ކައިރިވި އިރު' މިތިބީ ރައްޔިތުން ނަން ވަފާ ދާރުވި މީހުން ހަގީގަތް އެގިފައި .ދެން މޭފުއްޕާ އަދީބް ކޯޓަން މައްސަލަވައްދާ! ޢެންމެންގެ މައްޗަން ދައުވާކުރަން! ސާބަސް ބުރޯ

  7. ަނަޝީދު

    ތާހިރެއްނު ނާނި ވެސް އަގަތަންމިނަށް ފުޅާކުރަން. ހަމަ އެއްތަކުން އެންކައިގެން ތިބި ރޮގާލިތަކެއްތީ. މަދުން އެންލިބޭތީ ގިނައިން ލިބޭތަނަށް ތި ދިޔައީ. ހައްތާވެސްވަގުން

  8. އާކާސް މުހައިމިނު ކުޅުދުއްފުށި

    އީވާ، ރޯޒޭ، މާރިޔާ ނުހިފީ ދޯ... މުސްތަފާބެއްޔާ ކޮންޓްރެކްޓް ފައިސާ ކަމަށް ބަޓަނަށް ފިތާލަން އުޅެނިކޮށް ހިފުން... ރިޔާޞު ރަސީދު ވެސް އެހާ ފައިސާ ބޭނުމެއް ނުވާނެ... އެންމެ ގިނަ އިން ފައިސާ އޮއްސަން ޖެހޭނީ މިފަހަރު ޕީޕީ ޓިކެޓް ނުދީ ގަރަކޮއްލި ކުޅުދުއްފުށީ ދެކުނު ދާއިރާ އަލްފާޞިލް މަރުމޯލު މުޙައްމަދު ނަޝީދު ކަން އެންމެހާ އިންސީންނާއި ޖިންނީންނާއި ރޮބަޓުތަކާ ގަސްގަހާގެހި އަދި އެއްގަމާ ކަނޑާ ވައިގެ އުޅަނދުތަކަށް ޔަޤީންކޮށް ޝައްކެއް މާސް އަށް ބަދަލު ވިޔަސް ނެތް މިންވަރަށް ޔަޤީކޮށް ދެން... ވވވ ވާހަކަ މީ

    • މުހައިމިން

      އަމިއްލަ ނަމުގައި ލިޔަން ނުކެރެންޏާ ނުލިޔުން ރަގަޅުވާނީ

  9. ޢަލީ ހަސަން

    ހުސް ވަގުން.. ބ ބ ވެރިކަމެއް.

  10. ހަރީި

    ތިމާމީހާގެގުދެއް ތިމާމީހާޔަކަށްނުފެންނާނެ

  11. ާޒ

    އެމިހުންރިސްވަތެއްނުހިފާނެ ފަންވަތެއްހިފައިފާނެ

  12. ސޭޓުގެ އަންހެނުންގެ ފިރިމިހާ

    ޑީއޯ ސައްޕެ ވެސް ބައި އެޅިއިރު ދާނެ... އޭނަޔަށް ލިބުނު... މެހޭ އޭނަގެންދިޔާ... 12 މެންބަރުން ވެސް އެޔާ ހަވާލުވި... މަށެއް ނުވަން ނަސީބަކުން

  13. ޢަލޯ

    މިހާރު އަގަފެޅީދޯ ކުރިންކެލާރިމަދީތަ.. ތިވާނީ ތިޔަށް.. ލާރިފަހަތުން ތިސޮރުމެން ދުވާނީ.. ކަލޭވަރަށް ކޮރޮޕްޓް މީހަކު މަދުވާނެ...ދެން އަނެއްކާ އަދީބު ފަހަތުން ދުވޭ

  14. ފަޤީރު ކަލޯ!

    ސިނާން ނުބުނި ނަމަވެސް ތިކަން އޮތީ އެނގިފައި، އެމްޑީޕީގެވެސް ހުރިހައި މެމްބަރުން އެފައިސާގައި ވަނީ ހިފާފައެވެ. އަދީބުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގިދުވަހު ޖަލްސާ ބޮއިކޮޓް ކުރީ އަދީބު އަށް ހަރާންކޯރު ނުވަންވެގެނެވެ. އެދުވަހު އެމީހުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ. ތިއުފައްދާ ފައިވާ ކޮމިޝަނަކީ ފަށްކާ ފީކުދާނެކެވެ. ނަތީޖާ ދެކެން ހުރޭ!

  15. ލީމަން

    އެންމެ މޭކަރާނީ އެކަމުގެ ރަހަ އެންމެ ބޮޑަށް ކުރި ފަރާތަކުން...

    މި އާރޓިކަލް ޖެހިތާ 5 މިނަޓް ނުވަނީސް ނިހާނު ބިރުން ތެޅެން ފެށި..!

    މިސްކިތު ރޯކުރި މީހާޔަށް ހީވާގޮތަށް އެހީވީ... ތިމާގެ ނަން ކިޔާފާނެ ހެން..

  16. ޢަލީ

    ކޮނުނު ކޮނުހެން ފަސް ނެގި ހިންގާބިނގާ ވާންވެސް އުދަގުލަކައްނުވެ ދިޔައްޔާ ރަނގަޅު!

  17. ޙައްގުބަސް

    ތިހެން މިހާރު އަނގަތަޅާ މީހުން ވަރަށް ގިނަވާނެ!! ގިނައިން ތަޅަނީ ބޭކާރު އަނގަ! އަޅުގަޑުވެސް އަދި ރާއްޖޭގެ ހަމަ ވަރަށްގިނަ ރައްޔިތުންވެސް ގަބޫލުކުރޭ މެމްބަރުންގެތެރެއިން ހަމަ 95% މީހުންނަކީ ކޮރަޕްޓް މީހުންކަން!! އެކަމަކު ތިހެންތަޅާ ބޭކާރު އަނގައަކުން އެކަން ސާބިތު ކޮށެއް ނުދެވޭނެ! މިޒަމާނުގެ ޖެހޭނީ ސާބިތު ހިފޭގޮތަށް ގަރީނާވެސް ހުށަހަޅަން! ދެމީހަކު އަދި ތިން މީހަކުވިޔަސް ތަނަކަށްއަރާ ތިމާމެން މަޝްހޫރުވާން ވެގެން ކަނޑާ ފޮނިބައިސާއަކުން މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާނެ އަމުދުން މިހާރު!! އެކަން އަޅުގަނޑު މެންނަށް ދާދިފަހުން އެވަނީ ސާބިތުވެފަ ނޫންތޯ؟ ޖަލުގައި ތިބި 10 ވަރަކަށް ބޮޑެތި މީހުން އެދޫވެގެން ދިޔަޢީ ހަމަ ފަޓާސް ބަރިއެއް އަނދާ ހުލިވާހާ ހަލުވި ސްޕީޑްގަ!! އެތައް ބައިވަރު ހެކިތަކާ ބަޔާން ތަކާ އަދި ބައެއް މީހުން އަމިއްލަ އިއުތިރާފުން ތިމަންމީ އޮންނަ އުސޫލުން ބޭރުން ކަންތައްތައް ކުރެވުނުކަމަށް ބުނެވުނު މީހުން ހުދު ކާފޫރަށްވެ މިނިވަންވި ވާހަކަ މިދައްކަނީ! މޮޅު އަނގަ ނުތަޅާ!

  18. އަލިބިޔާއްކަލޯ

    އޮޅިފަވާކަމެއްނޫންތީ ވ ރަނގަޅަށް އެނގޭ ތިކަން އެހެންވީމަތާ ރިޟްވަތު ދިންމީހާ ފޫކޮޅުގަ އެލިގަނެގެން ތިއޮތީ

  19. އަލްޖިބްރާ

    ޔާމީން އަތުން ލިބުނުބައިވަރު މަދުވީ އުތަ ؟

  20. ާޒ

    ބަހަންއުޅުނުމިހަކަށްތާ ތިކަންއެނގެނި

  21. ވިސްނާ

    އަވަހަށް އަދީބު ޖަލަށްލާ. ރައްޔިތުންގެ ފައިސާ އެވަރަށް ބެހީތީވެ. އަހަރުމެން ނިކަމެތިން މިއުޅެނީ އަނގަޔާއަތާ ދިމާ ނުވާތީ. އަހަރުމެން ބޭނުމެއްނޫނ ް ހަލާލު ނޫން ފައިސާއެއް.. އަދިބަށް ޕާޓީ ހެދިޔަ ދީގެނ ނުވަނެ.. ރައްޔިތުންގެ ބައިތުންމާލުން ޔާމީނާ އެކު އެއްބައިވެގެން ހިޔާނާތް ތެރިވީތީ އަދީބަށާއި ޔާމީނަށް ވަރަށް ބޮޑު އަދަބެއް ދޭން ޖެހޭނެ... އަންނަން އޮތް ޖީލްތަކަށް އިބުރަތަކައްޓަކާވެސް.

  22. މޫސާ

    ތިގުޅުނީ ޤަރުނުގެ ބޮޑު ވަގު ޕާޓީއާ.

  23. މޯޑީ

    އެއީ ކޮން ތިން މެމްބަރުންނެއްކަން ބުނެދިންނަމަ ވަރަށް ސަޅިވީސް..

  24. Miadhu

    މަޖިލިހަށްވިއަސް ސަރުކާރުތެރެއަށްވިއަސް އިސްސަފުގައި އަންނަން މަސައްކަތްކުރާ ހަމައެކަކުވެސް ނުހުންނާނެ ރައިއްޔަތުންނަށް ހެވެއް އެދިގެނެއް ކޮންމެމީހަކީވެސް ކޮރަޕްސަނުން ނުހައްގު ފައިސާތަކެއްލިބިގަނެ ޖަހަތް ބޮޑުކުރުމަށް ބޭނުނއްވާ ރަޢިއްޔަތުންނަށް ހަރާންކޯރުވަން އަންނަމީހުން

  25. ހައިދަރު

    ތި ވިދާޅުވާ 3 މެމްބަރުންގެ ނަން ވިދާޅުވޭ މިއޮތީ މަޖިލީސް އިންތިހާބު ކައިރިވެފައި

  26. ވަގު ވޯޓް

    މި އެމްޑީޕީ ލީޑަރުންނޭ ކިޔައިގެން އުޅޭ ބައިގަނޑު ރާއްޖެ ކޮރަޕްސަނާއި ފަސާދައިން ހަލާކުކޮއްފި. އަދީބު އުޅެނީ ހުރިހާ ނުބައެއް ހަދާފަ ކޮރަޕްސަނަކީ ވަރަށް އައިދައިގެ ކަމަކަށް ހަދަން. އަމިއްލައަށް އަމިއްލަ ސޯޓު ބާލަނީ ހަމަ އެ ބޭނުމުގަ

  27. ީިއިސްމާލު

    ނޯ ތޭނކްސްބުރޯ. ޔޫއާ ވަން އޮފް ދެމް

  28. ހެޕީ

    އަލީ ހުސައިން އަނާރާ އަދި މަހޭ...

    • ހައްޕު

      އިބޫވެސް ނެގީ އޭތަ ތިބުނީ؟

  29. ހަޖަމް

    ބަޔަކު ތާއީދު ނުކުރިޔަސް ކުރިއަށްއޮތް މަިޖިލީސް އެމްޑީޕީއިން ކާމިޔާބްކޮށް ވަރަށްފަސޭހައިން ބަރުލަމާނީ ނިޒާމަކަށް ބަދދަލުވެގެން ދާތަންފެނިގެންދާނެ ބަލަންތިބެމާ! ނޫންނަމަކަ ހުރިހާ އެމްޑީޕީގެ އެކްޓިވިސްޓުންނެތް ހުރިޙާދާއިރާތަކަކަށް ކުރިމަތިއެއްނުލާނެ! ވަރަށްވާހަކަ!!

  30. ކުޑަހުވަދޫ

    ހެޔޮ ނުވާނެ.. އަހަރުމެންވެސްމީ އިންސާނުން. ބުއްދިއަކާ ފިކުރުކުރުމުގެ ނިޢުމަތް މާތްﷲ އަހަރުމެންނަށްވެސް މިންވަރުކުރައްވާފައިވޭ. އަދީބާއި އަދީބުގެ އައުވާނުން ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރުމަށް ޕާޓީއެއް އުފައްދާފައިވާ ނަމަ، ރައްޔިތުންގެ ފަރާތުން ވަރަށް އިޙްލާސްތެރިކަމާއެކު މި ދަންނަވަނީ ތިޔަ ޕާޓީ އުވާލައްވާފައި ގެއަށް ދުރުވެ އަނބިދަރީންގެ ޙައްޤުގައި މައްސައްކަތްކުރަން ގޭގަމަޑުކުރައްވާ. ރައްޔިތުންނަށް މާފައިދާވާނެ އޭރުންވެސް.

  31. އަދީބު

    ތި ޑްރާމާ ގޭމީހުންނަށް ދައްކާ އަހަރުމެން ނެތީން ތިބަލާކަށް، ކަލޭމެންތީ މިޤައުމުގެ ހަލާކު

  32. އަދީބު

    ތި ޑްރާމާ ގޭމީހުންނަށް ދައްކާ އަހަރުމެން ނެތީން ތިބަލާކަށް، ކަލޭމެންތީ މިޤައުމުގެ ހަލާކު، އަމިއްލަ އެެދުމުން ފޯވެ ކޮރަޕްޓް ވެފައިތިބޭ ތިކަހަލަ މީހުންނަށް ރައްޔިތުންގެ ޙައްޤުގައި ކުރެވޭނީ ކޮންކަމެއް، އަމިއްލަ އެދުން ފަހަތުން ހަޅޭއްލަމުން ދުވުން ނޫންކަމެއް ކުރާނެ ވަގުތެއް ކަލޭމެންނަކަށް ނުވާނެ

  33. ރައްޔިތުން

    ނާނީ އަށް މުހިންމު ދައުރެއް އަދާ ކުރެވިދާނެ.

  34. ޑިމޮކްރަސީ

    ސިޔާސީ ޕާޓީ ތަކަކީ ކަރެޕަޝަން ލޯންޑްރީ ކުރާތަން ކޮނަމެ ކުށެއްކޮއްގެން މީހަކު ބަންދުކުރިޔަސް ޕާޓީ އެއްގެ މީހަކު ބަންދުކޮއްފިއްޔާވާނީ ސިޔާސީ ގޮތުން ބަންދުކުރީކަމަށް. ޜައްޔިތުންގެ މަޖްލިސް އެއީ ކަރެޕްޝަނަށް މީހުން ތަމްރީނުކޮށް އެކަން ރަސްީމީ ކޮށް ހިންގާތަން. ރާއްޖޭގެ މަދުބަޔަކު ކުރާ ގަދަމަސައްކަތުން ހޯދާ ލާރިކޮޅު ސިޔާސީ މީހުންނަށް ޚާެްސަކޮށް މަޖްލިސް މެމްވަރުން ނަގާ ހުސްކުރަނީ.

  35. ނިޔާސާ

    ނިހިފަނީ އިންތި މާރިޔާ އީވާ.

  36. ކިނާން

    މިއޮތީ ފެށިފަ. ތިޕާޓީ އުފެއްދި މަގްސަދަކީ އަދީބް ސަލާމަތް ކުރުން.