ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލުގައި އޮންނަވަން ޖެހޭ ކަމަށް ވަނީ ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ޖަލުގައި އޮންނަވަން ޖެހޭނެ ކަމަށް އަލަށް އުފެއްދި ޕާޓީ "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް" ޕާޓީއާއި އަލަށް ގުޅިވަޑައިގަތް ޔޫތް މިނިސްޓްރީގެ ކުރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝިނާން (ނާނީ) ވިދާޅުވެއްޖެއެވެ.

އެމްޓީޑީއިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝިނާން ވިދާޅުވީ އަދީބު ޖަލުގައި އޮންނަ ކަމަށް ވަނީ ނަމަ ރައީސް ޔާމީން ވެސް ޖަލުގައި އޮންނަން ޖެހޭ ކަމަށާއި އަދީބުގެ ބޮލުގައި ހުރިހާ ކަމެއް އަޅުވައިގެން ޕީޕީއެމްގެ މެންބަރުންނަށް ސަލާމަތެއް ނެތް ކަމަށެވެ.

"އަޅުގަނޑަކީ އަދީބުއާއި ވަރަށް ގާތުން މަސައްކަތް ކުރެވިފައި ހުރި މީހެއް. އަޅުގަނޑަކީ މެންބަރުންނާއި ވަރަށް ގާތުން މަސައްކަތް ކުރެވިފައިވާ މީހެއް. އަޅުގަނޑަށް އެނގޭ ކަންތައްތައް ހިނގާފައިވާ ގޮތް، އެހެންވީމާ މިއަދު ނެތް ޔާމީނު ސަލާމަތްވެވޭނެ އެއްވެސް ގޮތެއް. އަދީބު ޖަލުގައި އޮންނަ ކަމަށް ވަންޏާ ޔާމީނު ވެސް ހަމަ ޖަލަށް ދާން ޖެހެއޭ އަޅުގަނޑު ބުނާނީ. ހަމައެކަނި އަދީބުގެ ބޮލަށް ކަންތައްތައް ނިންމާލައިފައި ޔާމީނަކަށް ވެސް އަދި ޕީޕީއެމްގެ ހުރިހާ މެންބަރުންނަކަށް ވެސް ނެތް ތިބެވޭކަށެެއް" ޝިނާން ވިދާޅުވިއެވެ.

ޝިނާން މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ
ޝިނާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީޑީގެ މަސްއޫލުވެރިޔާ އިސްމާއިލް އާސިފް ވިދާޅުވީ ކުށްވެރިން ދޫކުރަން ނުބުނާ ކަމަށާއި ވަކާލާތު ކުރައްވަނީ ފްރީ އެންޑް ފެއަރ ޓެރެއިލްއެއް ނުވަތަ އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުންކަމަށެވެ.

"އަޅުގަނޑުމެން ނުބުނަން ކުށްވެރިން ދޫކުރަން. ޕާޓީ ރަޖިސްޓްރީ ކުރިއިރުވެސް އަޅުގަނޑުމެންގެ ސްޓޭޏްޑަކީ އެއީ، ފްރީ އެންޑް ފެއާ ޓްރެއިލް ރާއްޖޭގެ އެންމެންނަށްވެސް ލިބެން ޖެހޭ ހައްޤެއް" އާސިވް ވިދާޅުވިއެވެ.

އެމްޓީޑީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅަކީ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީޑީއިން ވަނީ ވަރަށް ބޮޑަށް އަދީބުއަށް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭގެ ކަމަށް ބުނެ ވަކާލާތުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ރައްޔިތުން

    އަދީބު އަށް އިންސާފު ވެރި ޝަރީޢަތެއް ލިބެންޖެހޭ. އަދީބަކީ ބްރޭންޑެއް.

  2. ނަފާ

    ކަލޭތީ އިޙުލާސް ތެރިއެއްނަމަ މިއަދަކުނޫން ތިވާހަކަ ދައްކާނީ. ތިވާހަކަ މިހާރު ގަބޫލެއް ނުކުރެވޭނެ. މީހުންގެމަގުބޫލުކަން ހޯދަން ތިއުޅެނީ މިހާރު.

  3. ނުޖެހޭ

    އަދީބު ޖަލުގައި އޮތެއްކަމަކު ޔާމީން ޖަލުގައި އޮންނާކަށް ނުޖެހޭ. އަދީބާއެކު ކަލޭ ޖަލުގަ އޮތިއްޔާ މާރަންގަޅުވާނެކަމަށްފެނޭ.

  4. މާދިހު

    ޢިޚްލާސްތެރި ކަމެއްނެތި ބޭނުންވި ގޮތައް ހުރިހާ ކަމެއް ކުރުމަށްފަހު މިއަދު ޚަބަރުފީތާގައި ވަކި ގޮތަކަށް ވާހަކަދެއްކީމަ ރައްޔިތު މީހާއަށް މަންޒަރު ވަރަށްސާފް. ކުރިންވެސް މިހާރުވެސް ތިޔަމަސައްކަތް ކުރަނީ އަމިއްލަ އެދުންވެރިކަން ނަގަހައްޓާ ދަމަހައްޓަށް. ތިޔަވިސްނުން ދޫކޮށް އާއިލާއާއި އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުން ބޭނުންވަނީ ކޮން ނިޒާމެއްތޯ އިހްސާސްވާނެ.

  5. ހުސްނީ

    އަޅުގަނޑަކީވެސްަ މަޖިލީހުގެ މެންބަރުންނާއި ގުޅުން އޮންނަ މީހެއް. އެހެން ކަމުން ޝިނާން ވެސް އޮންނަން ޖެހޭނެ އަދީބު އާއި އެކު ގޮޅީގަ.

  6. ޢަލިގަދަ

    ނާނި ބުންޏަސް ތިޔާ ހަމަ ތެދެއް

  7. ތެދު

    އަދީބް ހިންގާފަހުރިޖަރީމާތައް އަދި ސާބިތު..މިއަދު ސޭޓްމެން ހުރިހާއެއްމެން ދޫކޮއްލާފަ..އަދީބްވެސް ނެރެ ޔާމިންގެ ސަޕޯޓް މަދުކުރަންވެގެން ގަންނަގަނޑުމިފެންނަނީ...ގައުމުސަދޫމްއަށް ވެއްޖެ..ދެންފެންބޮޑުވީމަ، ސުނާމީ އެރީމަ ރޯންތިބޭނީ..ކޯޓް ހިކުންތަކަށްބަލާލީމަ ކޮސްވޭ..ސުބުހާނަﷲ.

  8. އަފީ

    އަދީބަކީ ވަރަށް ނުބައި ނުލަފާ ގައުމުގެ މިލްކިއްޔާތު ލޫޓްވާލި މީހެއް! އަދީބަށް ދޭންޖެހޭ ހައްގެއް އޮތްކަމަށް ގަބޫލްނުކުރަން! އެދުވަހު އަދީބް ގެ އަނގަ ކޮބާ! މިއަދު ދެންދައްކާ ވާހަކަ ގަބޫލްކުރާ މީހަކުނެތް! އަދީބު މުޖުތަމައު ދޫކޮށްފިނަމަ މިގައުމުގެ އެންމެން ތިބެންޖެހޭނީ ފުރާނަ އަތްމަށްޗަށް ލައިގެން! އަދީބަކީ ގައުމީ ސަލާމަތަށް ހުރި ނުރަށްކަލަެއް!

  9. އެހެންތަ

    ރޯނު އެދުރު މީހާރު މިކަލޭގެޔަށް އެނގިފަ ނޭނގޭ އެއްޗެއްވެސް ނެތް ފުރަތަމަ ކަލޭ ޖަލައްލާން އެބަ ޖެހޭ އެއީ ކީއްވެތޯ އަހާބަލަ ކުރިން ތިވާހަކަ ނުދެއްކުމުގެ ކުށް .

  10. ބުރުގާ

    ތިދެ އިބިލީސް ޖަލުގަ އޮނަންޖެހޭނީ އެއް ގޮޅިއެއްގަ.

  11. ބައިބައި

    ކުރީގެ ރައީސް ޔާމީން ޖަލުގައޮންނަންޖެހޭނަމަ ކަލޭވެސް ޖަލުގައޮންނަންޖެހޭނެ. މިހާރު ސިޔާސީދާއިރާއަށް ނުކުންނަން ބޭނުންވާމީހުންނަ ހީވާކަހަލަ ކޮންމެހެންވެސް ރޔާމީނާ ދެކޮޅަށް ވާހަކަދެއްކުމަކީ ތިމާމެންނަ ރައްޔިތުންގެ ރުހުންލިބޭނެ ކަމެކޭ. ރައްޔިތުން ތިމާމެންގެ ގާބިލްކަމާ އިހުލާސްތެރިކަން ގަބޫލުކުރާނެއޭ ރޔާމީނާދެކޮޅުވީމަ. ތިއުޅެނީ މޮޔަހިޔާލެ ހަދާންނައްތާލާ ތިވޯޝންނެނުހިގާނެ. އަދީބަކީ ކާކުކަންއިގޭނެ ކަލޭނުބުންޏަސް އޭނަގެ ގޭދޮށުމީހެކުރެން އަހާލިޔަސް ސްކޫލުއުޅު ދުވަސްވަރު ކުލާސްކުއްޖެކުރެން އަހާލިޔަސް. އަދީބުއަކީ ނުރައްކާ މުޖުރިމެކަން ގަބޫލުކުރާބަޔަކު އޭނަގެ ޅައުމުރުގަވެސް މާލޭގައެބަތިބި.

  12. ކުމާރު

    މަނިކުފާނު މެމްބަރުންނާ ކައިރިން އުޅުނު ވަރުން މިދިޔަ 5 އަހަރު ތީ ދިރިހުރި މީހެއްކަން ދަންނަ މީހަކުވެސްނެތް. ޢެހާވެސް އަޑެއްބަޑެއް ނީވޭ. އަހަރެމެން އެންމެން ހީކުރީ މަނިކުފާނު އަވަހާރަވީ ކަމައް. އެކަމަކު ބަރަވެއްޔެއްހެން މިއަދު ބޭރައް ނުކުމެ މުންޖެކޭ ތި ކިޔަނީ އަދީބު އަތުން ޓިސްޓިސް ލިބޭލެއް ގިނަކަމުން. ޔާމީނު ޖަލުގަ އޮންނަންޏާ މަނިކުފާނުވެސް ޖެހޭނީ ޖަލުގަ އޮންނަން. ޢެހެން ސަލާމަތެއް ނުވެވޭނެ

  13. Anonymous

    ރައީސް ޔާމީނު އޮންނަންޏާ ނާނިވެސް އޮންނަންޖެހޭނީ ޖަލުގަ. ޔާމީނުއައް ބައި އެޅިއްޔާ ނާނިއަށްވެސް ބައި އަޅާނެ އެއީ ޝައްކެތް އޮތްކަމެއްނޫން

  14. އަދީބު

    އަދީބު ޖަލުގަ އޮތިއްޔާ ޔާމީން ޖަލުގަ އޮންނަން ޖެހޭނެ، ޔާމީން ޖަލުގަ އޮތިއްޔާ ޝިނާން ޖަލުގަ އޮންނަން ޖެހޭނެ!

  15. ރަށްދު

    ޔާމީން ޖަލުގަ އޮންނަންޖެހެންޔާމް ސިނާންވެސް އޮންނަންޖެހޭނީ ޖަލުގަ ސިނާނަކަށް ތާއީދެއްނުކުރާނެ ޔާމީނަށް ކުރާވަރަކަށް

  16. އެނގޭ މީހާ

    މިހާދުވަސްވީއިރުވެސް އަދީބު ދިންފައިސާގައި ހިފައިގެން އޭގެ ބޭނުންކުރި މީހުން މިތިބީ ފިލާ، ދެން މިއަދު ތިކިޔާ އެއްޗެއް ދިމަލެއް ނުވޭ. އަދި ރައީސަކު ދައުރު ހަމަކޮށްފައި ދިއުމުން އޭނަގެ ފަހަތުން އުޅުމުގެ ބޭނުމެއް ނެތް، ޤައުމަށް ލިބުނުފައިސާ އެހުރީ ތަރައްޤީގެ ގޮތުގައި ރައްޔިތުންނަށް ފެންނަން.

  17. ޖޮއްބެ

    އަދީބަކީ އާދައިގެ މީހެއްގެގޮތުގައި ހުއްޓާ (ރީނދޫމީހުންގެ ބަހުންނަމަ) ކާޅު ވަޙީދުގެ ސަރުކާރުގެ ފަތުރުވެރި ކަމާބެހޭ ވަޒީރުކަން ދިން މީހެކެވެ. އެހިސާބުން އޭނާއަކީ މާ މަގްބޫލު މީހަކަށްވެ ޕީޕީއެމުން ޖާގަދިނެވެ. 2013 ގެ ރިޔާސީ އިންތިޚާބުން ޕީޕީއެމް އަށް ކާމިޔާބުވެގެން އުފެދުނު ސަރުކާރުގެ ވެސް ފަތުރު ވެރިކަމާބެހޭ ވަޒީރަކަށްވީ ހަމަ އަދީބެވެ. އެހާހިސާބުން ނައީބު ރައީސް ކަމަށްފައިނަގާ، އެމަގާމު ގައި ހުރި ޖަމްބެ ބޭރުކޮށްލާފައި އެމަގާމު ދަމައިގަތެވެ. އެއިރު ޕީޕީއެމްގެ މަތީ ފަޑިއަށް ހީވެފައިވަނީ އަދީބަކީ ވަރަށް އިޚްލާޞްތެރި މީހެއްކަމަށެވެ. ނަމަވެސް އެއިރުވެސް އޭނާދިޔައީ އެމްއެމްޕީއާރުސީ ތެރެއިން ދައުލަތުގެ ފައިސާތައް ޕަކަޅާކުރަމުންނެވެ. މިގޮތުން އޭނާ ހިތްހަމަ ޖެހޭ ވަރަށް ލާރި ޕަކަޅާ ކުރެވުމުން ދެން ފައި ނެގީ ރައީސް ކަމަށެވެ. ކޮންހެނެއް ތޯއެވެ؟ ރައީސް ޔާމީން އަވަހާރަ ކޮށްލާފައެވެ. މިގޮތުން ޕްލޭން އޭ ކަމަށްވާ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލައިގެން އެކަން ނުވިއްޔާ ޕްލޭން ބީ ވެސް އޮތީ ހަމަ ތައްޔާރަ ށެވެ. އެއީ އަމާޒަށް ބަޑިޖަހާ މީހަކު ކުއްޔަށްގެނެސް އޭނާލައްވާ ބަޑި ޖަހައިގެން ރައީސް ޔާމީން އަވަހާރަ ކޮށްލުމެވެ. ނަމަވެސް މިއިން އެއްވެސް ރޭވުމެއް ކާމިޔާބުނުވެ ފަނުފުލުންގޮސް ޓެރަރިސްޓް ވަގު ކަލޭގެ ހައްޔަރުވީއެވެ. ދައުލަތުން އޭނާ ނެގިފައިސާތައްވެސް އޭނާ ބެހެއްޓިތަނެއްގައި މިހާރުވެސް ހުންނާނެއެވެ. މިއަދު އެއްބަޔަކު އޭނާގެ މިނިވަންކަމަށް ގޮވަނީއެވެ. އަނެއްބަޔަކު އޭނާއަށް އިންސާފުވެރި ޝަރީޢަތެއް ލިބެންޖެހޭނެ ކަމަށް ގޮވަނީއެވެ. އަނެއްބަޔަކު އޭނާއަށް ސިޔާސީ ޕާޓީ ހަދައިދެނީއެވެ. މާދަމާ ފެންނާނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތަކީ އެއްވެސް އަޞްލެއްނެތް ތުހުމަތެއްކަމަށާ އޭނާއަށް ދެވުނު އަދަބަކީވެސް މުޅިން ބޭއިންސާފުން ދެވުނުއަދަބެއްކަމަށްބުނެ އޭނާދޫކޮށްލުމަށް އެންމެމަތީ ކޯޓުން އަމުރުނެރޭތަނެވެ. އެހިސާބުން އޭނާ މިނިވަންވީއެވެ. އެއްވެސް ކުށެއް ބުށެއް ލަކެއް ނެތް ސާފު ހުދު ފޮށައެއްހެންނެވެ.

  18. ޢަލީ ހަމީދު

    ނާނި ހާސްނުވޭ..ދެނެއް އަދީބު އެއް ޖަލަކައް ނުގެންދެވޭނެ..

  19. އަވަޓޭ

    އަދީބު ޖަލުގަ އޮތަސް ޔާމީނު ޖަލުގަ އޮންނާކަށް ނުޖެހޭ. އަދީބަކީ ނުރައްކާތެރި މުޖުރިމެއް. އެމް.ޑީ.ޕީ.ގެ ސަޕޯޓަރެއް އަދިބަކީ ކުރިންވެސް. ނަމަވެސް ޔާމީނު ވެރިކަމަށް އައިފަހުން ޤައުމުގަ ތިބި ޢިލްމީ މޮޅު މީހުން މަޤާމު ތަކަށް އިސްކުރަން ބެލިއިރު އަދީބަކީ މާކެޓިންގ ފަދަ ދާއިރާ ތަކުން މޮޅުކޮށް ކިޔަވައިގެން ހުރި މީހަކަށްވާތީ މައުމޫނާ ދެކޮޅަށް އެމަޤާމަށް އިސްކުރީ. އަދީބު އައީ ސީދާ ސަރުކާރުގެ ތެރެއިން އެމް.ޑީ.ޕީ.ސަޕޯޓަރުންގެ އެދުންތައް ޙާސިލްކޮށް ޔާމީނު ވެރިކަމުން ދުރުކުރުވުމުގެ ނިޔަތުގައި ކަން ކަންކަން ހިނގާދިޔަގޮތް ރަނަގަޅަށް ބެލުމުން އެނގޭނެ. އަދި އެފައިސާގެ ވައްކަންވެސް ކުރީ އަދީބު ފައިސާ ބޭނުންކުރީ އެމް.ޑީ.ޕީ. އިން. ޔާމީނުގެ ދެމަފިރިން އަދީބުއާ ބައްދަލުޮށް އެފައިސާ ކޮބައިތޯ ވީ ކިހިނެއްތޯ އެހުމުން ނުބައި އަވަގުރާނަގޮވީ އޮޅުން ފިލުވައިވެސް ނުދިން. އެއަށްފަހު ޔާމީނު މަރާލަން ބޮންގޮއްވީ.މިމީހުންނަކީ މި ސަރުކާރުގަ އެންމެ ސާފުމީހުނަށް ވާނީ ކީއްވެގެންކަން ވަރަށް ސާފުނޫންތޯ

  20. Miadhu

    މިއީ ގެއްލިގެންމިއުޅޭ ފެހުރިހިޖެހި ނޫޓުތަކުގައި އަތް ލެވިގެން އުޅޭގޮލައެއްދޯ

  21. އިންސާނާ

    ބަލަގަ މީހުން ޖަލައްލަނީ ވަކިމީހަކު ޖަލައްލީމާ އޭނާޖަލައްލީތީވެ އަނެކާވެސް ޖަލައްލާ އުސޫލުންތަ ތިޔަކަހަލަ ސިޔާސީމީހުން މިގައުމުގެ އިސްސަފުގަ އުޅެންފުރުސަތުދޭތީ މިގައުމު ހަލާކުވެ ނެތިމިދަނީ

  22. ހުސޭނު

    ދެން އަދީބު ސޮއެކުރީމަ ހުދުވީ ޔާމީނުވެސް ތިޔާ ޕާޓީއަށް ސޮއިކުރަންވީ އެރުން ހުދުވީ

  23. ސުނޭ

    އަދީބު ޖަލުގައިއޮތް އިރު ކޮބާ ސިނާން! އެދުވަސް ކޮބާ މިއަދުން ދެން ކީކޭ ތިކިޔަނީ!

  24. އައްޔުބެ

    މީނަ މިހެންބުނަންވީ މިއަދުތަ؟ އަންނަނީ ހިނި..

  25. ކަލޯ ހުސޭން

    ސާބަހޭ އަދީބު

  26. ރާޒީ

    އަދީބުއަތުން ކެއިދކުދިންކޮޅަށް އަނގަތަޅާނެ ޕްލެޓްފޯމެއްލިބުނީދޯ؟

  27. ސަމާ

    ދިވެހިރައްޔިތުން ކުރިމަތީގައި އިސްލާމް ދީނަށާ ދިވެިރާއްޖޭގެ ޤާނޫނު އަސާސި އަށް ޙުރުމަތް ތެރިކޮށް ހިތްތެވުމަށް މާތް ﷲ ގަންދީ ހުވާކުރުމަށް މަޤާމާއި ޙަވާލުވާ ބޭފުޅަކު ދައުލަތަށް ޣައްދާރު ވީމަ އެކަން ޔާމީންގެ ބޮލުގައި އެޅުވޭކަށް ނުޖެހޭނެ. ވުޒާރާތަކާއި ބޯޑްތަކާއި ޖަމްޢިއްޔާތަކާއި ކުންފުނުިތަކަށް މީހުން ލާފައި ތިބެނީ ކޮންބޭނުމެއްގައި ތޯއެވެ.ރައްޔިތުންގެ ފައިސާއިން މުސާރަ ދީފަ ތިބިބަޔަކުގެ އިޚްލާސްތެރިކަން ނެތުނީމަ ޔާމީންގެ ބޮލުގައި އެޅުވޭކަށް ނުޖެހޭނެ. ކޮންމެ މީހަކުވެސް މަޤާމްގެ މަސްއޫލިއްޔާތާއި ޙަވާލުވަނީ އިޚްލާސްތެރިވުމަށް ހުވާކޮށްގެންނެވެ. އެހެންނޫނަމަ މިއޮތް ބޮޑު ދިވެހިރާއްޖެ ހިންގާނީ ޔާމީން އެކަންޏެވެ. އޭރުން ޔާމީންގެ ބޮލުގައި ތިކަންއެޅުވިދާނެއެވެ.