އަލަށް އުފެއްދި ޕާޓީ "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް"، އެމްޓީޑީއަށް 3،000 ވުރެއް ގިނަ މެންބަރުން ސޮއިކޮށްފިއެވެ.

އެމްޓީޑީއިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ މުސްތަޝާރު އިސްމާއިލް އާސިފް ވިދާޅުވީ އެޕާޓީއަށް ވަރަށް ގިނަ ޒުވާނުން ސޮއިކުރައްވަމުން އަންނަ ކަމަށާއި މިހާތަނަށް 3000 ވުރެއް ގިނަ މެންބަރުން ޕާޓީއަށް ސޮއިކުރައްވާފައިވާ ކަމަށެވެ.

"ވަރަށް ގިނަ ޒުވާނުން އަޅުގަނޑުމެންނާއި އަންނަނީ ގުޅެމުން .އަޅުގަނޑުމެންގެ މިހާރު އެބަތިބި 3،000 މީހުން. ދެން ސީދާ މެންބަރުންގެ އަދަދު އެނގޭނީ ލަންކާގައި ހުރި މެންބާޝިޕް ފޯމުތައް މިކޮޅަށް އައީމަ" އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ އެޕާޓީއަކީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ ސިޔާސީ ޕާޓީއެއް ނޫން ކަމަށެވެ. އަދި އަބަދުވެސް އިސްކުރާނީ ޤައުމީ މަސްލަޙަތު ކަމަށާއި ސަރުކާރުން ގޯސް ކަމެއް ކުރާނަމަ އެކަން ހުށްޓުވަން އެމްޓީޑީއިން މަސައްކަތް ކުރާނެ ކަމަށެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އާސިފްއަށް އިލެކްޝަން ކޮމިޝަން އިން މިއަދު ދީފައިވާއިރު އޭނާއަކީ ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްވެސް މެއެވެ.

އަލަށް އުފައްދަން ހުއްދަދިން، "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ"، އެމްޓީޑީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅަކީ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުން

    މަރުހަބާ އެމް.ޓީ.ޑީ

  2. ނަޖްވާ

    މީ ކާކުތޯ ވެއްޖެނު ބަލާ ފާސް ކުރަން! މީނަ ހެއްދެވި ގޮތަށް ތިބި ބަޔެއްގައިގަ އަޅި ދެލި ކުރަހައިގެން މައްސަލަ ޖެހުނުވެސް މީހެއް!