ފިނިފެންމާ ލޯންޗް ގޮއްވާލުމާއި ގުޅޭގޮތުން ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީއަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދެއްވި ޖަވާބު، ޕީޕީއެމް ކައުންސިލުން ތަހުގީގުކުރަން ޖެހޭ ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

އަދީބާއި ޝައިނީ ބައްދަލު ކުރެއްވިތާ ދެދުވަސް ފަހުން ނިހާން މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ "މިވާޝަން ޕީޕީއެމްގެ ކައުންސިލުން ކޮންމެހެން ވެސް ތަޙްޤީޤު ކުރަން ޖެހޭ." ކަމަށެވެ.

އަދީބާ ބައްދަލުކުރެއްވުމަށް ފަހު މިދިޔަ ހުކުރު ދުވަހު ޝައިނީ ވިދާޅުވީ އަދީބާ ބައްދަލުކުރެއްވީ ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލައި އޭނާ އަވަހާރަކޮށްލަން އުޅުނީ ކާކުތޯ ބެލުމަށް ކަމަށާއި އެކަމާ ގުޅޭގޮތުން އަދީބު ދެއްވި ޖަވާބު ގަބޫލުކުރެވޭ ކަމަށެވެ.

"ގިނަ ދުވަސްތަކަކަށްފަހު އަދީބާ ބައްދަލުވެއްޖެ. އަދީބާ ބައްދަލުކުރީ ލޯންޗު ގޮއްވާލި ހާދިސާގައި އަޅުގަނޑު މަރާލަން އުޅުނީ ކާކުތޯ ބަލައި އޮޅުންފިލުވުމަށް. އަދީބުގެ ޖަވާބު ގަބޫލުކުރެވޭ،" ޝައިނީ ވިދާޅުވިއެވެ. ނަމަވެސް އަދީބު ދެއްވި ޖަވާބުގެ ތަފްސީލެއް ޝައިނީ ހާމަ ކުރައްވާފައެއް ނުވެއެވެ.

ރިޔާސީ ލޯންޗް ގޮއްވާލުމާއި ހަމައަށް ޝައިނީ އާއި ނިހާނަކީ އަދީބުގެ އެންމެ އަރިސް ދެބޭފުޅުންނެވެ. ރިޔާސީ ލޯންޗް ގޮއްވާލިއިރު ވަޒީރަކަށް އެލޯންޗްގައި އިންނެވީ ޝައިނީ އެކަންޏެވެ.

ރިޔާސީ ލޯންޗް ގޮއްވާލި މައްސަލަ އާއި އެހެނިހެން މައްސަލަތައް ހިމެނޭ ގޮތައް އިއްވާފައިވާ ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބު ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. ސިއްހީ ހާލުކޮޅު ހުރި ގޮތުން އަދީބު މިހާރު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލްޖިބްރާ

    ނިހާނަށް ސަލާމް ! ކަލޭމެނަށް ދެން ކުރެވޭނެ އެއްވެސް ތަހުޤީޤެއް ނެތް ! ތިތިބީ ވޯޓުން ތަޅާ ބޭރުކޮށްފަ ! ދެންފެންނާނީ ޕާރޓީ ގަޑުވެސް ކަލޭމެން އަތުން ގެއްލިގެން ދާތަން ! އެދުވަކުން އަހަރުމެން ވަރަށް ބާރަށް އަތްޖަހާނަން !

  2. އާކާސް މުހައިމިނު ކުޅުދުއްފުށި

    ސައިނީ ވެސް ރުފިޔާ ބޭނުމޭ ނިހާނޫ... ޗޮއިހެއް ނެތޭ ނިހާނުމެނަށް ވާ އަމިއްލަޔަށް މުސާރަ ކަނޑައެޅިދާނެ... އކަމް ޝައިނީމެން ޑރ ކިޔަސް ވަރަށް ރިހަ ބަތް ވާނޭ

  3. ނުރަބޯ

    އަދީބަކީ (ކެރަފާ ނަޝީދު ފަދައިން) ދުވަހަކު ވެސް ތެދެއްހަދާނެ މީހެއްނޫން. އެހެންވީމާ އެފަދަމީހެއް ދައްކާ ވާހަކަ ގަބޫލުކުރިކަން އެއީ ޝައިނީގެ މޮޔަ ކަން.

  4. އަލީ

    ތިމާޔާ،އަދި އާއިލާގެ އެންމެނާ ދަރިންނާ ގާތްމީހުން ތިބި ލޯއްޗެއް ގޮށްވާލަން ބޮންހަރުކޮށް ގޮއްވާލި ވާހަކަ މިދައްކަނީ ބަލަގަ އެކަންކުރަން ޔާމީނަކީ މޮޔައެއްތަ ސިކުޑިއަށް ގަބޫލުކުރެވޭ ވާހަކަ ދައްކަބަލަ ސައިނީ

  5. ހުއްޓޭ

    އަދީބު އެކަނިބާ ދޮގުހަދަނީ ޔާމީނަކީ ހުދުކާފޫރުބާ ! ކަލޯނުރަބޯ! އެންމެ ބޮޑު ދޮގުވެރިއަކީ ޔާމީން . މިއީ ސާފުކޮށް ފެންނަން އޮތްޙަޤީޤަތެއް. މުޅި ޤައުމު ދަމާވާލައިފި ފަސްއަހަރުން ،. އެއްވެސް ކަމެއް އިންޞާފުން ކޮށްފައެއްނެތް. ޔާމީނުގެ މާޒީއަށް ބަލައިލިއަސް މިޙަޤީޤަތް ހާމަވާނެ.

  6. މީނަ

    އަދީބު އަޅުގަނޑަކީ މަނިކުފާނުގެ ފޭން އެއް، ޔާމިން ސަރުކާރުގަ ހިނގާފައިވާ އެެއްކަމަކީ ވެސް އަޅުގަނޑޫ ގަބޫލް ކުރާކަމެއް ނޫން، ވީމާ މަނިކުފާނު ދޭތެރޭގަ ކަންތަށް ކޮއްފައި ވާގޮތަކީ އަޅުގަނޑުމެން ގަބޫލް ކުރާނޭ ކަމެއްނޫން. މަނިކުފާނަކީ މިނިވަނެއް، މަނިކުފާނު މި ރާއްޖޭގެ ވެރިކަމަށް އަންނާނެ ދުވަހަކަށް އިންތިޒާރުގއި...

    ވީމާ މަނިކުފާނާ ދޭތެރޭގަ ތިހާލު ޖެއްސި އެވެސްމީހަކަށް ރަނގަޅަކަށް އެކަމެއްވެސް ކޮގެން ނުވާނެ،
    ގެޓްވެލް ސޫން ބުރޯ