އެމްޑީޕީގެ ޕްރައިމަރީ އޮޅުވާލަން ބަޔަކު މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސައްތަފާ އެމްޑީޕީއަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޚަބަރުދާރު! އެމްޑީޕީ ޕްރައިމަރީގައި ވޯޓް ލިސްޓް އޮޅުވާލަން އެއްވެސް ފަރާތަކުން ނޫޅުއްވާތި. ވޯޓްލާ މަރުކަޒުގައި އޮންނަ ލިސްޓް ވާން ޖެހޭނީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން ސޮއި ކޮށްފައި އޮންނަ ލިސްޓަކަށް. ހަ ވައްތަރުގެ ހަ ލިސްޓެއް ނުގެންގުޅެވޭނެ. މިއީ ތިމަރަފުށީ މުސްތަފާ ކަން ދަންނާތި."

މުސްތަފާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ޕްރައިމަރީއަށް މުސްތަފާ ކުރިމަތިލާނީ އަބަދުވެސް ކެރިގެން ދަންނަން ވާނެ ކަމަށެވެ.

"ލޮލަށް ކަންފަތަކަށް މޫނަކަށް ކަނދުރާއަކަށް ކަޅަކަށް ހުދަކަށް ކޯޓު ފަޓްލޫނަކަށް ނުބަލާނަން. ޓްރާންސްޕޭރެންސީ ބިއްލޫރި ތައްޓަކާއި އެއް ފެންވަރަށް ފޯޑީ ކޮށް އޮންނަން ވާނީ." މުސްތަފާ ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް މުސްތަފާ އެމްޑީޕީ އަށް ސޮއި ކުރެއްވީ މިމަހުގެ ކުރީކޮޅުއެވެ. އޭނާ 2014 ވަނަ އަހަރު އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި ނަމަވެސް މަޖިލިސް ޖަލްސާތައް ނުފަށަނީސް ވަނީ ޕީޕީއެމް އަށް ސޮއި ކުރައްވާފައެވެ.

2009 ވަނަ އަހަރުން ފެށިގެން މުސްތަފާ މިހާތަނަށް ތިން ފަހަރަށް މަޖިލިސް އިންތިޚާބު ކާމިޔާބު ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޕާޓީ

    ތިމަރަފުށީ މުސްތަފާ އަށް މިހާރަކު ތިމަރަފުށީގަ އިތުބާރެއް ނެތް.. ހޮވޭދުވަހު ނޫން އަނެއްދުވަހު ޕާޓީ ބަދަލުކުރާ މީހެއްތީ..

  2. އަލީ

    ތިޔައީ ތިމަރަފުށީގެ ބޮޑުވަގު ތިޔައީ ތިމަރަފުށީގެ ބޮޑުވަގު ތިޔައީ ތިމަރަފުށީގެ ބޮޑުވަގު

  3. ހުސޭނުބޭ

    ތިއީ ތިމަރަފުށީ މުސްޠަފާގެ ޓްވީޓެއްނޫން! މުސްޠަފާ ޓްވީޓްކުރިއްޔާ ހަނގުރާމަމަތީ މަނަވަރެއްގެ ފޮޓޯ އިންނާނެ! އަދި ތިރީގައި އޮންނާނެ އިންޑިޔާ ސިފައިން އައިސް އެމްޑީޕީ ހިފަން!

  4. ނަޖްވާ

    މިކަހަލަ ސިޔާސީ އޮޕޮޗުނިސްޓުންނެއް މަޖްލިހަކަށް މިހާރަކު ބޭނުމެއް ނުވޭ!

  5. ކައުންސެލަރު

    ނަންވާނީ އަލްހާން ފަހުމީ.! އެނބުރޭ ވަހުތާނެއްހެން އަބަދު އެނބުރެނީ އަލްހާން އެކަންޏެއްނޫންދޯ؟!

  6. މަސްވެިރިޔާ

    މުސްތަފާބެއަށް މަޖުލިސްގަ އެއްވެސް ވަރެއްގެ ހަރުދަނާ މަސައްކަތެއް ނުކުރެވޭ ނުންތޯ. މަމެން
    ޢެމް.ޑީ.ޕީ މީހުން ބޭނުންވަނީ ޒުވާނެއް. މިފަހަރު ދޫކޮށްލާ. ނުވަތަ އެހެން ދާއިރާއެއް ޚިޔާރުކުރައްވާ. ވަރަށްސާފްކޮށް ބޮޑެތި މީހުން އަންގާފަ އޮތީ؛ މިއީ ކޮސްގޮވާ އިޚުލާސްތެރިއެއްނޫނޭ.

  7. ާސުނާހު

    އެމްޑީޕީ މެމްބަރުންނަށް މުސްތަފާ ދަސްވެއްޖެ!!!!

  8. Anonymous

    ތެދެއް މީނަމީ ނުބައި މީހެއްކަން ދައްކާލާނެ.

  9. އޯ....

    މީދެން ހާދަ.. މީހެކޭދޯ؟ ކާކުތަ ކަލެޔަށް "ޚަބަރުދާރު" ކިޔަން ދަސްކޮށްދިނީ! ހެހޭހޭއް!

  10. އަބްދުﷲ

    ތިއީތިމަރަފުށީދަރިއެއް ތަންފުކެއްވެސް ދޫނުކުރާތި

  11. ނައުޝަދު

    އެބަ ގެންގުޅެން ތިބުނާ ވޯޓްލިސްޓް، އެކަން ކޮއްގެންވެސް ބަލި ކުރާނަން

  12. ދައިދަބޭ ސޮރު

    ތިހެން ހިލަފުއްޕާފައި ނޫޅޭތި ޒަމާން ބަދަލުވަނީ

  13. ގގ

    ތިދާއިާއަށް ނޭކުރެންދޫ ސިނާނު

  14. ނަފާ

    ތިޔައީ ހައްޕުނޑެއް..މީހެއް ނޫން

  15. ފަޅުވެރިން

    މާނައަކީ ކަންކަން އޮޅުވާލުމާއި، މަކަރު ޙީލަތް ހެދުމާއި، ކޮރަޕްޝަން ހިންގުމުގެ ރާޖާއެކޭ ތިމަންނަ މިއީ؟؟ ތިކަން ނުދަންނަ މީހަކު ރާއްޖޭގައި އުޅޭބާ؟ މިހާރު ތިމަރަފުށީ މުޞްޠަފާ ހެދިގެން އުޅޭ "ސީފުޑް" މުޞްޠަފާ އަކީ ދިވެހިން ނިކަން ރަނގަޅަށް ދަންނަ މީހެކޭ!!

  16. ޑިމޮކްރަސީ

    މުސްތަފާ އަޅުގަނޑު މިދަންނަވާ އެއްޗެއް ރައީސް ސާލިޙް، ޝާހިދު އަދި މާރިޔާ އަށް އަންގަ ދެވިދާނެ ތޯ ' ޚަބަރުދާރު އިންޑިޔާ ސިފައިން ރާއްޖޭގައި ބޭތިއްބާ ޤައުމު އަޅުވެތި ކުރުމަށް ރާވަމުންގެންދާ މަކަރުވެރި ރޭވުންތަށް ހުއްޓާލާ ' މިގޮތަށް. ތީ ގަދަމީހެއްނު.

  17. ރަމްޒީ

    މަ ވޯޓު ދޭނި ހަމަގައިމު މުސްތަފާޔާ ދެކޮޅަށް ނިކުންނަ މީހަކަށް

  18. ތިމަރަބުރި

    ތިމަރަފުށި ތީ ހަބަރުދާރު މުސްތަފާޔާއެކު ބަންޑުން ޖަހަންވެފަ އޮތް ރަށެއް! އެރަށުމީހުން ހަޔާތެއް ވޭތުކުރަނީ ރިޝަވަތު ހިފުމުގަ! ހަނޑޫ ބަސްތާޔާ ހަކުރާ ފުށް ބަސްތާޔަށް ގަނެލެވޭ، ކުރަފި ސިނކުނޑީގެ އަހުލުވެރިން! ތިމަރަފުށި ތަމްސީލުކުރާނެ ގޮނޑިޔެއް މަޖްލީހުގަ ބައިންދާކަށް ނުފެނޭ! އެރަށުމީހުން ވޯޓު ވިއްކުން ހުއްޓާލަންދެން!!!

  19. ބޯވަ

    ކުލަބަދަލުވާނެ