ނުހައްގުން އަނިޔާ ލިބުނު ކަމަށް ބުނާ 500 މީހެއްގެ މައްސަލަ މިއަދު ރައީސް އޮފީހަށް ހުށަހަޅައިފިއެވެ.

ނުހައްގުން އަނިޔާ ލިބުނު 500 މީހެއްގެ މައްސަލަ ރައީސް އޮފީހަށް ހުށަހަޅުއްވާފައި އެމްޑީޕ އެކްޓިވިސްޓުންގެ ގިނަ މައްސަލަތަކުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ނާޒިމް ސައްތާރެވެ.

ނާޒިމް ވިދާޅުވީ އެ 500 މީހުންނަކީ 2012 ވަނަ އަހަރުން ފެށިގެން އެކިއެކި މައްސަލަތަކުގައި ހައްޔަރުކޮށް އަދަބު ދެވިފައިވާ ފަރާތްތައް ކަމަށެވެ. އެގޮތުން މޭޑޭ މުޒާހަރާއާއި، ތިނަދޫގައި ހިނގި ކަންތައްތަކާއި އޭގެ ފަހުން އެސްއޯއީ އިއުލާން ކޮށްގެން ހިންގި ކަންތައްތަކުގައި އަދަބު ލިބުނު ފަރާތްތައް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މިމައްސަލަތަކުގައި ހިމެނެނީ ވޭތުވެދިޔަ ފަސް އަހަރުގެ ހައްޔަރު ލިސްޓަކާއި ކޯޓު އަމުރުތައް. އޭގެ ތެރޭގައި މޭޑޭގެ 212 މީހުންނާއި، 2012 ވަނަ އަހަރު ތިނަދޫ މައްސަލާގެ 94 މީހަކާއި، އެސްއޯއީ އިއުލާންކޮށްގެން ހައްޔަރުކުރި 100 މީހުން. އޭގެ އިތުރަށް މޭޑޭއާއި އެސްއޯއީއާއި ދެމެދު ރަށްރަށުންނާއި މާލެއިން ނުހައްގު އަދަބު ލިބުނު މީހުން" ނާޒިމް ވިދާޅުވިއެވެ.

ސިޔާސީ ސަބަބުތަކަށްޓަކައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން ޝަކުވާ ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިމަހުގެ ހަވަނަ ދުވަހު ފުރުސަތު ހުޅުއްވައިލައްވާފައެވެ.

01 ފެބްރުއަރީ 2012 ގެ ފަހުން، ސިޔާސީ މަޤުޞަދެއް ހާސިލުކުރުމަށްޓަކައި ބަންދުކުރެވި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކިއެކި ފިޔަވަޅު އަޅާފައިވާ ފަރާތްތަކާއި، ޙުކުމްތައް ކުރެވި އެ ޙުކުމްތައް ތަންފީޛުކުރަމުންދާ ފަރާތްތަކުން، ޝަކުވާ ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވައިލައްވައިފިއެވެ.

އެފަދަ ފަރާތްތަކުން މައްސަލަޔާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއެކު، 6 ޑިސެންބަރު 2018 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޝަކުވާ ހުށައެޅުއްވުމަށް ވަނީ ފުރުސަތު ހުޅުއްވައި ލައްވައިފައެވެ.

ސިޔާސީ ހައްޔަރީންގެ މައްސަލަތައް ބަލައި، ނުޙައްޤުން ބަންދުކޮށްފައިވާ ފަރާތްތައް މިނިވަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، "ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ" އުފައްދަވައި، އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ވަނީ އެ މަސައްކަތްޕުޅު ފައްޓަވައިފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޒާ

    ތީ ކަރުދާސް ގިނަކުރަން ކުރާ ބޭކާރު ކަމެއް. ނުހައްގުން އަދަބުދިންކަން ޖެހޭނީ ކޯޓުން ސާބިތުކުރަން. ކޯޓުން އަމުރުތަކާއި ހުކުމްތައް އައިސްފައިހުރީ.

  2. ވަގު އިބޫ

    އިބޫ ސޯލިހަކީ ސޯލިހެއް ނޫން. ބޮޑު ވަގެއް .ގައުމުގެ ހުރިހާ ފައިސާކާ ބޮޑު ވަގެއް އެއީ...

  3. ހައްޔަރޭ

    ބައިގަނޑު ކޮންމެފަދަ ނުބައިކަމެއް ކުރިޔަސް ހައްޔަރު ކޮށްގެން ނުވޭދޯ؟ މާހަރުކޮށް ބޮޑުކަމު ދާން އުޅެނިކޮށް އަނިޔާ ލިބުނު މީހަކު އަހަރެމެން ގޭގަ އެބަހުރި. އޭނަގެ ނަންވެސް ތީގަ ޖަހާލަބަލަ!

  4. މުފީދުބޭ

    ކޮންމެކަމެއް 2012ން ފަށނީ ކީއްވެތަ! އޭގެ ކުރިން އަނިޔާ ދުނިޔެއަށް އުފަންނުވަނީތަ! އަންނި އިސްތިއުފާދީފައި ޖެހިގެން އައި ދުވަހު މުޅިރާއްޖޭގައި ހުޅުޖަހާ އަންދާލީ މިވެސް ރައްޔިތުންނަށް ދިން އަނިޔާއެއްދޯ! އިންސާފު ހޯދަން ތިޔައުޅެނީ ބޭ އިންސާފުގެ ބޭނުން ހިފައިގެން! އެމްޑީޕީގެ މީހުން މިގައުމަށް ދިންއަނިޔާ ކޮބައިތަ! ތަޅާނި ބަޔަކުހޯދަން އިއުލާނު ކުރި މީހާ ކޮބައިތަ މާލޭގެ މަގުމަތީގައި ކަތިލިހާ މީހުންގެ އަނިޔާ ކޮބައިތަ މޭދޭގައި ފުލުސްމީހާއަށްދިން އަނިޔާ ކޮބައިތަ!

  5. ބަޝީރު

    ތިޔައީ ވައިބަޑިއެއް! އެއްވެސް ތާކުންތާކު ނުޖެހޭނެ! އަނިޔާވެރިންނަކީ އަދި ވަގުންނަކީވެސް އެމްޑީޕީ މީހުން

  6. ކާޅުކެއަސް ސޮއްނުގޮވާ

    ތިޔަ 500 މައްސަލަ ތިހުށަހެޅީ ސަދޫމް ގެ ކޯޓަކަށް. އެހެންވީމަ ސަދޫމްގެ ރަސްގެފާނު އެއްވެސް ޝަރީޢަތަކާ ނުލާ މައްސަލަތައް އިންސާނިއްޔަތަށްޓަކައި ނިިންމާލަ ދެއްވާނެ. ރައީސް ޔާމިނާ އިދިކޮޅު އެންމެންނަކީ ކުށެއް ކުރިޔަސް އެކުށުން ބަރީއްޔަ ވެގެންވާ ބައެއް. ތިޔަ 500 މީހުން ހައްޔަރު ކުރި ބަޔަކު ކުއްވެރިވެ ޖަލަށް ލެވޭނެ. މިއޮތީ ވާ ވެރިކަމެއް !!!!

  7. Anonymous

    1979އިާއި 2012އާއި ދެމެދު ތިޔަބުނާފަދަ އެއްވެސް އަނިޔާއެއް /އަދަބެއް ނުހައްގުން އެއްވެސް ރައްޔިތަކަށް ލިބިފައިނުވަނީތޯ؟؟ ކޮބާތަ އިންސާފު؟؟

  8. މުޙައްމަދު

    އަޅުގަނޑަކީ ވެސް 1983 ވަނަ އަހަރު ތެރޭ ނުޙައްޤުން އަނިޔާ ލިބިފައިވާ މީހެއް، އެކަމަކު ހިތާމައަކީ އަޅުގަނޑަށް ނުޙައްޤުން ދިން އަނިޔާ ހުށަހަޅާނެ ފުރުޞަތެއް ނެތްކަން

  9. ޖަހާންގިރި

    ކޯޓު ތައް އެއީ މިހާރު ވިއްސާރަކޯޓަށް ހެދީތަ ވަގުސޯލިހު އެއީ ބޮޑު ވަގެއް މިގައުމަށް ފާވެފަހުރި ގައްދާރެއް.

  10. ހުސޭނު

    ކޮބައިތޯ ކޮބައިތޯ 3ނޮވެމްބަރ 1988 ކިތައް ދިވެހިންތޯ ޝަހީދުކޮށްލީ..އެވެސް ޔާމީނުތަ.ކިއްވެތޯ ނެއްޓެއް ނޭނގިގެން ތިއުޅުއްވަނީ

  11. ބުނެލީ

    އަނެއްކާ ހޯރައިއްބެ ކަހަލަ މީހުންގެ ކަރުދާސް ބޮނޑި ނޫންބާ؟

  12. ބަރުގޮނު

    އާމަސައްކަތެއް ފެށުނީ. ވެރިކަމުގެ ކޮންމެ ދަވްރެއް ނިމި އާދަވްރެއް ފެށުމުމުން ކުރީ ދަވްރުގެ މަސްއަލަތައް ބަލަން ފަށަންވީ.