ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ތަރައްގީކޮށްފައިވާ ޕާކިން ޒޯންގެ މަސައްކަތް ނިންމާ އެއާޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފީއަކާއި ނުލާ ސައިކަލު ޕާކު ކުރާނެ ސަހަރައްދެއް މިއަދު ހުޅުވައިފިއެވެ.

އަލަށް ތަރައްޤީ ކުރެވުނު ޕާކިންގް ސަހަރައްދު ހުޅުވުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވީ, ވީއައިއޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހައިން ސައިކަލު ޕާކު ކުރެވޭނެ ސަރަހައްދެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފުރަތަމަ 100 ދުވަހު ކުރަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އަދި އެކަމުގެ ސަބަބުން އެއަރޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެތަކެއް ގޮތަކުން ފަސޭހަވެގެންދާނެ ކަމުގައި މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

"މިކަމުގެ ސަބަބުން އެއަރޕޯޓުގައި އެކި ސިފްޓްތަކުގައި މަސައްކަތް ކުރައްވަމުން އަންނަ ފަރާތްތަކުގެ ސައިކަލުތަށް ޕާކް ކުރުމުގައި ފަސޭހަވެގެންދާނެ" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ޕާކިން ޒޯން ހުޅުވުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް
ޕާކިން ޒޯން ހުޅުވުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް

މީގެ އިތުރުން ހުޅުލޭގެ އިރުމަތީ ސަހަރައްދުގައި 1000 ޖާގައިގެ ޕާކިން ސަރަހައްދެއް ގާއިމް ކުރުމުގެ މަސައްކަތް އެމްއޭސީއެލްއިން ކުރަމުން އަންނަ ކަމުގައިވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިއަދު ހުޅުވިގެން މި ދިޔަ ޕާކިން ސަހަރައްދަކީ 700 ޖާގައިގެ ޕާކިން ސަހަރައްދެއް. ހުޅުލޭގެ އީސްޓަން ސަރަހައްދުގައި 1000 ޖާގައިގެ ޕާކިން ސަހަރައްދެއް އެމްއޭސީއެލްއިން ދަނީ ތަރައްޤީ ކުރަމުން" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

އަލަށް ތަރައްޤީ ކުރެވުނު ޕާކިންގް ސަހަރައްދު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އެއަރޕޯޓްސް ކޯމްޕެނީ (އެމްެއޭސީއެލް) ގެ އެކްޓިން މެނޭޖިންގް ޑިރެކްޓަރ މޫސާ ސޯލިހު ވިދާޅުވީ ކައިރި މުސްތަގުބަލެއްހައި އެއަރޕޯޓުގެ އިރުމަތީ ސަހަރައްދުގައިވާ ޕާކިންގް ޒޯން ބޮޑުކުރެވިގެންދާނެ ކަމަށެވެ.

"މިއަދު މީގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިގެން މިދިޔައީ. އަދި ކައިރި މުސްތަގުބަލެއްގައި އެއަރޕޯޓުގެ އިރުމަތީ ފަރާތުގައިވާ ޕާކިންގް ޒޯން އިތުރަށް ތަރައްޤީ ކުރެވިގެންދާނެ" މޫސާ ސޯލިހު ވިދާޅުވިއެވެ.

ޕާކިން ޒޯން ހުޅުވުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް
ޕާކިން ޒޯން ހުޅުވުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް

މިއަދު ހުޅިވިގެން ދިޔަ ޕާކިންގް ސަހަރައްދަކީ ކްރިޓިކަލް ސަހަރައްދަކަށް ވުމުން ސައިކަލު ޕާކު ކުރުމުގައި ބައެއް ކަހަލަގެ ގަވައިދުތަކެއް އޮންނާނެ ކަމަށްވެސް މޫސާ ސޯލިހު ވިދާޅުވިއެވެ.

"އިރުމަތީ ހުޅުވިގެންދާ ސަހަރައްދުގެ އިތުރުން މިއަދު ހުޅުވުނު ސަރަހައްދަކީ ކްރިޓިކަލް ސަހަރައްދަކަށް ވުމުން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސައިކަލުގެ ރަޖިސްޓްރީއާއި ބައެއް ކަހަލަ ކުދި ކުދި ގަވައިދުތަކެއް އޮންނާނެ" މޫސާ ސޯލިހު ވިދާޅުވިއެވެ.

އެއަރޕޯޓުގެ ސްޓާފުންނައް ހިލޭ ސައިކަލު ޕާކު ކުރުމަށް މިއަދު ކަނޑައެޅި ސަހަރައްދުގައި 700 ސައިކަލު ޕާކުކުރެވޭއިރު މިހާރު އިރުމަތީގައި ގާއިމް ކުރެވިފައިވާ ޒޯންގައި 350 ވުރެއް ގިނަ ސައިކަލު ޕާކު ކުރެވިގެންދާނެއެވެ. ނަމަވެސް އެ ޒޯންގައި ޕާކް ކުރާ ކޮންމެ ސައިކަލަކަށް ގަޑިއިރަކަށް 10 ރުފިޔާގެ ފީއެއް ނަގާނެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ ރިންގް ރޯޑާއި ބުރިޖުގައި ދުއްވާއިރު ހެލްމެޓް ފަދަ ސަލާމަތީ އާލާތްތައް ބޭނުން ކުރަން ޖެހޭ ކަމަށެވެ.

އެއަރޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިލޭ ޕާކުކުރެވޭނެ ސަހަރައްދެއް މިއަދު ކަނޑައެޅިގެން ދިޔަ އިރު އެއީ ރައީސް ޞޯލިހުގެ ފުރަތަމަ 100 ދުވަހު ޓްރާންސްޕޯޓު މިނިސްޓްރީއާއި ހަވާލުކޮށްގެން ކުރަން ނިންމާފައިވާ ފަނަރަ ކަންތަކުގެ ތެރެއިން ފަސް ވަނަ ކަންތަކެވެ. އެހެންކަމުން ހިލޭ ޕާކު ކުރެވޭނެ ސަރަހައްދާއި އެކު ޓްރާންސްޕޯޓާއި ގުޅޭ ފަސް ވައުދެއް މިހާތަނަށް ފުރިހަމަވެގެން ދިޔައީއެެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޙަމެ

    ތިކަހަލަ ވައުދު ހުރީ ހައްތަހަވެސް

  2. ލ

    ހާދަ އަވަހަކަށޭ މަސައްކަތް ނިންމާ ވަޢުދު ފުއްދުނީ. މީ ރިކޯޑެއް.

  3. Miadhu

    މިއީ މަގޭ މައުދެއް މަގޭ ވެރިކަމެއްގައި ފުރަތަމަ 5 އަހަރު ދައުލަތުގެ މުއައްޒަފުންނަށް މުސާރަ ދޭނަން

  4. ޛދބދހބދބ

    ލަދު ހަޔާތް ކުޑަކަމުން ތިމަންނަމެން ނުކުރާ ކަމެއްގަ މެޑަލް ޖަހަން މިދުވަނީ.

  5. Anonymous

    އެކަމަކު ދެންމެމިއައީ ގޮސްފަ ދިޔައީމަބުނީ އަދި ހަމަޖެހިފައެއްނެތޯ މުއައްޒަފުންނައްޕާކިން އެއް.މީ ވަރަށް ދޮގުހަދާ ސަރުކާރެއް.

  6. މޯދީ

    ކުދި ކުދި ޖަމްއިއްޔާތަކުން ހަދައިގެން އުޅޭ ކަހަލަ ތާކުންތާކު ނުޖެހޭ ވައުދު ހުސް. މަގެއްގަ ރޮނގެއް ދަމާލުން ދުއްވާކޮޅު ބަދަލުކޮށްލުން. ޕާކްކޮށްފަ އޮތް ވެހިކަލެއް ޓޯ ކުރުން. ސާފުކުރާ ދުވަހެއް ފާހަގަ ކުރުން. މިއަށްވުރެ ސޮލިޑް ކަންކަން ރައްޔިތުން ބޭނުމީ.

    • ޜރ

      ތަރައްޤީބޭނުމެއްނޫން. ބޭނުމީ ހަމައެކަނި ސިޔާސީމީހުން ޖަލުން ނެރެން.

  7. އަޖާއިބު އަންތަރީސް

    މީހަކުތަނެއް ހިއްކަދީ ތާރުއަޅައި ޕާކިން ރޮނގުދަމައި ދަވާދު ހިކުނީމައި އައިސް ރިބަންކަނޑާލާފަ މިބުނަނީ 100 ދުވަހުތެރޭ ފުއްދަަވައުދޯ. މިކަހަލަ ހޮޅިވައުދަށްވެސް ބަޔަކުމީހުން ވޯޓުދީފި

  8. އިންސާނާ

    މިސާރުކާރުގެ ވައުދަކީ ޔާމީނުގެ ސަރުކާރުން ކޮށްނިންމާފަ ހުރިކަންތައް ހުޅުވުމާ ނުނިމި ހުރިކަންތައް ނިންމުމައްފަހު މިނިމުނީ ތިމަންނަމެންގެ ސަރުކާރުގެ ވައުދު ތަކުގެތެރެއިން މިވެނިވަރަކައް ވައުދޭ ސާބަހޭ

  9. ނަރުންދުރުދީމޯ

    ރައީސް ޔާމީން ސަރުކާރުން ހިންގާފަހުރި ބޮޑެތިމަސައްކަތްތައް ، މިއަދުރިބަންކަނޑާ ރައްޔިތުންލޮލުގަ އަނދންއަޅުވަނީ ، ކިތަންމެދަޅައެއް ދެއްކިޔަސް ތިޔައީ މިއަދުގެ ސަރުކާރުން އެމްއޭސީއެޅްގެ މުއައްޒަފުންނައް ފޯރުކޮށްދިން ލުއިފައްސޭހައަކަށް ނުހެދޭނެ. އެހެންނޫނަސް ތިޔައީ ކިތަންމެއަވަހަކައްވެސް ބޭބުންވާހާ ކަމެއްބޭނުންވާހާ ގޮތަކައްނުވާއިރައް ކުކުޅުބުރީގަފަންގަނޑުއައްސާރޯކުރުމުން ދުވާހެން މުޅިގައުމުހުޅުދާން ކުރިޕާޓީގެސަރުކާރުކަން އެނގޭ . ދެންއަތްޖަހާ!!!

  10. ޙަސަން

    ޡީ ވަރަށް ފައްކާ ވައުދުތަކެއް

  11. ނަޒީރު

    ކާޅުގެ ބުރަ މަސައްކަތުން ހާލީހެދީމާ ކޮވެލިއައިސް ހާއްޔަށް ބިސްއަޅައެވެ. އެދެން ކޮވެލި ހެދި ހާއްޔަކަށް ވާނޭހެއްޔެވެ؟

    • ބުއްޅަބޭ

      ގޫޑް ވަން

  12. އަލީހަމީދު

    ހެހެހެ ތިޔަފުއްދީ ވަރަށްފައްކާ ވަޢުދެއް ހަމަ ހިނިއަންނަނީ ޔާމީން ބިނާކުރި 25 ބުރީގެ ޓަވަރު ހުޅުވަފަ ވެސް ބުނާނެ ދޯ އިބޫގެ 6 ވަނަ ވަޢުދު މިފުއްދިއްޔޭ ދހެން ދުވަސް ކޮޅަކުން އާޓާރމިނަލް ހުޅުވާފަ ބުނާތި ެިބޫގެ 10 ވަނަ ވަޢުދު މިފުއްދިއްޔޭ ލަދުހަޔާތް ކޮބައިތަ

  13. ހޭލާ..

    އަހަރެންގެ ވަޢުދު ރޔ ސަރުކާރުން ނިންނާފަ ހުޅުވަން ރިބަން ދަމާފަ ހުރި ހުރިހާ ތަނެއްގެ ރިބަންފަށް ކަނޑާލަދޭނަން. އެވެސް 1 އަހަރުތެރޭ..

  14. ޖިންނި

    ނޯތު ހާބަރަށްވެސް ހެދީ ތިހެން

  15. ކަހުރަބު

    ކަމާނާއަށް އައްސަރިބަހާ ސާބަސް. ކަމަނާ ލަދުފުޅެއް ނުގަނޭތޯ؟ "ކަދިކަމަނާގެ މަސްތެއްލުން" އަދި ކުރީ ސަރުކާރަށް އެއްދައުރު ދެއްވާފަ ދެންހަވާލުވެ ވަޑާއިގެންނަމަ ހުރިހާ ވައުދެއް ހުވާކުރަށްވާ ދުވަހު ފުއްދާނިންމާލެވުނީސް. ކަމަނާ
    "މޮޔަފުޅުނުވޭ"

  16. އައްޔުބެ

    މީހަމަ ބެސްޓް ކަނބަލެއް.

  17. ނަޖްވާ

    ޓްރާންސްޕޯޓް އޮތޯރިޓީގެ ކަންކަން ބަލަހައްޓާ ހިންގަން މިނިސްޓަރަކު ކަނޑައެޅުމަކީވެސް ވައުދެއްނު! އެހެންވީމަ، އެވީ ހައެކެއްނު!

  18. ނުރަބޯ

    ބަލަ ތިޔަކަހަލަ ވާހަކަދައްކަން ކަލޯ މެން ލަދުގަނެބަލަ. ރީނދޫ ފުރަތަމަ ސަރުކާރަށް ނުވެފަހުރި ކިތައްސަތޭކަ ކަންތައްތޯ ރައީސް ޔާމީންގެ ސަރުކާރުން ކޮށްދިނީ އޭނ؟

  19. ބުތު

    އެއްގަޑިއިރ200 ރުފިޔާ މަދޭ ނަގާސަތޭކަނަގާ....