ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ވެހިކަލް ޕާކު ކޮށްފައި ޓާމިނަލަށް ހިނގާފައި ދާން އޮންނަ މަގު ހިޔާ ކުރުމުގެ މަސަައްކަތް ފަށައިފި އެވެ

އެއަރޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިލޭ ސައިކަލު ޕާކު ކުރެވޭނެ ސަރަހައްދެއް ކަނޑައެޅުމަޑް މިއަދު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް އެއަރޕޯޓު ކޮމްޕެނީ، އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ އުޅަނދު ފަހަރު ޕާކު ކޮށްފައި ހިންގާފައި ދާން އޮންނަ ސަރަހައްދު ހިޔާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ.

" އެއަރޕޯޓުގައި ސައިކަލު ޕާކު ކޮށްފައި ހިންގާފައި ދާން އޮންނަ ސަރަހައްދު ހިޔާ ކުރުމުގެ މަސައްކަތް މިހާރު ކުރި އަށް އެބަ ދޭ. އެހެންކަމުން މާ ދުރުނޫން މުސްތަގުބަލެއްގައި އެ މަސައްކަތް ވެސް ނިމޭނެ،" ސޯލިހު ވިދާޅުވި އެވެ.

ޕާކިން ޒޯން ހުޅުވުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް
ޕާކިން ޒޯން ހުޅުވުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް

ގާތް ގަނޑަކަށް 15 މީޓަރުގެ ފުޅާ ސަހަރައްދެއް ހިޔާރުމުގެ މަސައްކަތް އެމްއޭސީއެލްއިން ފަށާފައިވާއިރު މިހާރު ޕާކުކުރަން ހަމަޖެހިފައި އޮންނަ ސަހަރައްދު އޮންނަ ގޮތުން އުޅަނދު ފަހަރު ޕާކު ކުރުމަށްފަހު އެއާޕޯޓާ ހަމަ އަށް ދާން އޮންނަ މަގުން އެއާޕޯޓަށް ދިޔުމަށް ފަސްވަރަކަށް މިނެޓު ފައިމަގުގައި ނަގައެވެ. އަދި އެ މަގު އޮންނަނީ ހިޔާނުކޮށް ކަމަށް ވުމުން އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ.