މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް މިހާރުން މިހާރަށް ދުރުކުރުމަށް އިބްރާޙިމް މުޙައްމަދު ޞާލިޙްއަށް އަމުރު ކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ދެންމެ ޖާބިރު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވފައިވަނީ އިކޮނޮމިކް މިނިސްޓަރ އޭނާގެ މަންމަ އާ ދިމާއަށް އައުގުރާނަ ގޮވާފައިވާ ކަމަށާއި އަދި އޭނާ މިހާރު މިހާރަށް މަޤާމުން ދުރުކުރުމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްއަށް އަންގާ އަމުރު ކުރާ ކަމަށެވެ.

https://twitter.com/chairmanjabir/status/1072034355189448704

ޖާބިރު މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، ރައީސް ޞާލިޙްގެ ކެބިނެޓް އެކުލަވާލުމުގެ ކުރިން އިކޮނޮމިކް މިނިސްޓަރގެ މަޤާމަށް އެމަނިކުފާނުވަނީ ޝައުޤުވެރިކަން ފާޅު ކުރައްވާފައެވެ. އަދި އެކަމާ ގުޅިގެން ބައެއް މީހުންގެ ފާޑު ކިޔުން އަމާޒުވެގެން ދިއުމާއެކު، ޖާބިރަށް ތާޢީދު ކުރާ ގިނަ ބަޔަކުވަނީ މީސްމީޑިޔާގައި، "ޖާބިރު އޯކޭ"ގެ ނަމުގައި އިކޮނޮމިކް މިނިސްޓަރ ކަމަށް ޖާބިރު ކުފޫ ހަމަވާ ކަމަށްބުނެ ޚިޔާލު ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ބޯހަލާކު

    ވާޓްޓްޓް؟ މައެބަ އަންނަން ހީނިމުނީމަ ކޮމެންޓެއް ކުރަން.

  2. ޙައްވަ

    ޖާބިރު މޮޔަފުޅުވީތޯ. ޙާދަގޮތެއްނެއް މީހެކޭ ދޯ. ޜައީސަށް އަމުރުކުރަން މީ ކާކު؟

  3. ހޫހޫހޫ

    ލޮލް! ސަރުކާރު މިނިސްޓަރުންގެ ފެންވަރު!

  4. މަސްވެރިޔާ

    ޖާބިރުއަކީ ފައްޔާޒަށްވުރެ އެތައްގޮތަކުން ކުފޫހަމަވާ ކުރެއޭވްޓިވް ބޭފުޅެއް، އާދައިގެ ލޮލީ ވިޔަފާރިން ޓުއަރިޒަމްގެ އެންމެ ކުރި ބޯއްޓާހަމަޔަށް ވާސިލްވި. ފައްޔާޒް ވަކިކޮށްފަ މަޤާމް ޖބިރުއަށް ނުލިބިނަސް މިނިސްޓަރ އަކު މީހެއްގެ އަމަޔަށް އައުގުރާނު ގޮވުމަކީ ލަދުގެ ހަޔާތެއްނެތްކަމެއް. ވަކަރުގޭ ކުދިންދޯ..

  5. ކައުންސެލަރު

    ކަލޯ ކޯޓު އަމުރެއްތަ؟
    މިއަށް ކިޔާނީކީކޭ؟
    އިސްކޮޅަށްވުރެ މައްޗަށް އަމުރުކުރުންތަ؟
    ބޯހަމަ ނުޖެހުންތަ؟
    ކޮސްވުންތަ؟
    މޮޔަވުންތަ؟
    ސޭކުވުންތަ؟
    ސިޔާސީ ވުންތަ؟
    ސިޔާސީ ދާއިރާއަށް ކުފޫހަމަނުވުންހޭ ނުވަތަ..
    24 ގަޑިއިރު ހަމައިގައި ނުހުރުންހޭ؟

  6. ނައިބުތުއްތު

    ޖާބިރަށްވެސް ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް އަމުރުކޮށް އިންޒާރުކުރެވޭތޯ؟ ޖާބިރުގެ ހައިސިއްޔަތަކީ ކޮބައިތޯ؟

  7. ޖަސްޓް އަ ރޭންޑަމް ރައްޔިތުމީހާ

    ޖާބިރު މަޤާމުން ދުރުކުރުމަށް އަހަރެން ރައީސުލްޖުމްހޫރިއްޔާއަށް އަމުރުކުރަން! ޖަސްޓް ބިކޯޒް އައި ޑޯންޓް ލައިކް ހިމް.

  8. ސީދިބޭ

    ސާބަހޭ ޖާބިރޫ. އަހަރެމެން އިބޫ ރައީސްކަމސް ގެނައިރު ޖާބިރުމެން ހުވަފެނުންވެސް ނުދެކެން. މިއަދު އައިސް މާއަތްގަދަ ކޮށްލައިގެން ތިޔަ އުޅޭގަންނަނީ ބަލަ އަހަރެމެން އަދިވެސް މިތިބީ ކުޅިފަސް ބަލާށެ. އިބޫ ބޭނުންފުޅު ގޮތަކަށް ކެބިނެޓް އެކުލަވާލާ އިބޫ ބޭނުންފުޅުވަ ލަފަ ދެވެފެންވަރުގެ ލަފާދާރުން ނަށް މަގާމްދީގެން ގެންގުޅުނަކަށް އަމުރުކުރުމަށް ހިތަށް ނާރުވަގަ. ޖާބިރުއަކީ ހަމަ އަހަރެމެން ސައިލެންޓް މެޖޯރިޓީ ގެ ކުރިމަތީގަ ވަރަށްބޮޑު ފާސިޤެއް. ޤަބޫލެއް ނުކުރަމު ޖާބިރެއް. މީ ހަމަ އިބޫއަށް ބަލާލާ ތަންކޮޅު. އަގަމަޑުން ލައިގެން ނުހުރެވެނީވިއްޔާ ހަމަމިހާރު ތިތަނުން ދުރަށްދޭ. ޖާބިރާކާ ޖެހުނުފަހުން އުސްތާޛާ ދިޔާނާ ވެސް ހަލާކުވެއްޖެ.

  9. އަންނި

    އަޅެ މިރޮސު ސިކުނޑި ރަގަޅުތަ؟؟؟ މެޑިކަލް ޗެކަޕެއް ހަދަން ފެނޭ

  10. ރައްޔިތުން

    އެކަކު އަނެކާ އާއި ދިމާޔަށް މިނިސްޓަރުންވެސް ކުނުފަޅަ ގޮވާ ހިސާބަށްވެސް ކަންކަން ދަނީ ދޯ. ތިޔައީ ކިހާ ދެރަކަމެއް.

  11. ދުރުބަލާ

    ރައީސަށްވުރެ ދަށް މަޤާމެއްގައި ހުރެފައި ރައީސަށް އެއްޗެހި އަންގާ އަމުރުކުރާއިރު ހިނި އާދޭ.... ހީވަނީ ކޯޓެއްގެ އަމުރެއްހެން.

  12. ބަޖާޖު

    ޖާބިރުމަންމަގެ އައުގުރާނައެއް ނޯންނާނެ އެހެންވީމަ ނުކިއޭނެ އަވަހަށް ދުރުކުރޭ ،، ތިއޮތީ ވެރިކަމެއް ތީގަ އެންމެންނަކީ ވެރިން .. އެއީ ޖަޒީރާވީމަ ތިބޭނީ ހުސްވެރިން ރައްޔިތުން ނުތިބޭނެ ،، ހަމާގަތިބޭމީހުން މަދުވާނެ،,،

  13. ފެނަމަލާޑާ

    ތިޔައީ ފާރުބުޑުގަ ސިމެންތިޖަހަން ،ކިއްލިތަޅަން ތިބޭމީހުން ބޮޑެތިމަގާމްތައްދިނީމަ ނުވެނުދާނެގޮތް. މިހާރު ގައުމުގެ ވަލިއްޔުލްއަމްރު އަށް އަމުރުމައުރޫފްހިންގަންފެށީ. މިއަޅެފުކެއްބޮޑުވަރުދޯ؟ މިވަރުވީމަ ދެންގުޑާނީސަރުކާރުގެ ބޮލެއްނު؟

  14. ޙަސަން އަޙުމަދު

    ހޮނޑައިދު ތުނޑިމަތީގައި ދޮންވެލިން މޫނުގަ ފުއްޖަހައިގެން ހަނުހުރިން.

  15. މަޒް

    ޖާބިރޫ ތީކީ މާ ބޮޑު މައްސަލައެއް ނޫން.. މަސްތުގެ ހާލުގައި އަމިއްލަ ނަފްސަށްވެސް އައުގުރާނަ ގޮވިފަ ހުންނާނީ...

  16. ޑިމޮކްރަސީ

    ޖާބިރޫ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އިންސާނީ ހައްްްޤު އަދި ޑިމޮކްރަސީ ދަހެއްނުކުރައްވަންތޯ އިގިރޭސިވިލާތުގަ ހުއްނެވި އިރު.

  17. ބުރާންތި

    ކަލޯ ޖާބިރާ ތައް ނުއެގެއިދާ؟ ތިރިން މައްތައް އަމުރެކެ ނުވެންނެއި. މައްތެން ތިރިއަޓަ އަމުރު ވެންނާ!

  18. ޢައިޝާ

    ޖާބިރު ބުނާހާ ކަމެއް ރައީސް ކުރައްވަން ޖެހޭނެތަ؟

  19. ގަން

    7 ދުވަސް ވެއްޖެނޫންތޯ 29 މިލިޔަން ރުފިޔާ ގެމައްސަލަ ނިމުނީތޯ. ކޯޓައްވަޑާއި ގެން ހަބަރެއް ނެތް

  20. ހޮނޑާފުށިބޭޒާރު

    ކޮންމެވެސް ފިތުނަ އެއް އުފައްދައިގެން މީނަ މި ބަލަނީ ހަމަ އިކޮނޮމިކް މިނިސްޓަރުގެ ގޮޑި އަތުލެވޭތޯ.

  21. އަހުމަދު

    މިއަކީ ކޮމާންޑާރ އެންޗީފް ތަ އަމުރު ކުރަން

  22. އާޝް

    މިކުލަކުލައިގެ ފިކުރުތަކުގެ ވެރިން މިއުޅޭގޮތަކުން ލަދުން ބޯހަލާކުވާވަރުވޭ..

  23. އަލިކޮއި

    އަބްދުﷲ ޖާބިރު
    ހ.ތިމާވެށި
    35 އަހަރު
    މިހިސާބުން މަ ހަނު