ރާއްޖޭގެ މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މިސްކިތްތަކުގައި ކްލާސްތައް ފެށުން އިފްތިތާހް ކުރުން މާފުށީގައި މިއަދު 4:00ގައި އޮންނާނެ ކަމަށާއި ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެއީ އަކުރު ދަސްކޮށްދޭ ކްލާސްތަކަކާއި ގްރުއާން ހިތުދަސްކޮށްދޭ ކްލާސްތަކަކާއި ބަލައިގެން ހަތިމް ކުރުމަށް ކުދިންނަށް ދަސްކޮށްދޭ ކްލާސްތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

" މިސްކިތްތަކުގައި ގުރުއާން ކިޔަވާދިނުމުގެ ކްލާސްތަކެއް ފެށުމަކީ ރައީސް ސޯލިހްގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރައްވަން ނިންމަވާފައިވާ ކަމެއް ކީރިތި ގްރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި ޖެއްސުމަކީ ސަރުކާރުގެ އެއް އަމާޒު މިކަމަކީ ގްރުއާނަށް ލޯބި ޖެއްސުމަށްޓަކައި ފަށާ އެއް ޕްރޮގްރާމް" މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތު އިފްތިތާޙް ކޮށްދެއްވާނީ ނައިބުރައީސް ފައިސަލް ނަސީމް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ދެެ ދަންފަޅިއަށް ބަހާލައިގެން ގެންދާ މި ކްލާސްތައް 3 ބަޔަކަށް ބެހިގެންދާނެ ކަމަށާއި، އެއީ ބަލައިގެން ކިޔަވަން ދަސްކޮށްދިނުމާއި، ހިތުދަސްކުރަން ދަސްކޮށްދިނުމާއި، އަކުރުތަކާއި މަޚުރަޖަތައް ދަސްކޮށްދިނުން ކަމަށް މިނިސްޓަރ މައުލޫމާތުދެއްވިއެވެ.

އެގޮތުން މިސްކިތްތަކުގައި ޤުރުއާން ކިޔަވަދިނުމުގެ ފުރަތަމަ މަރުހަލާގައި ކިޔަވައިދެއްވާނީ ޤާބިލު މުދައްރިސުންނާއި އިމާމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ

މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމެއް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފުރަތަމަ 100 ދުވަހު ކުރައްވަން ނިންމާފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު