މިނިވަން އޮޑިޓް ފާމަކާ ހަވާލުކޮށްގެން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބަލަން މަރުކަޒީ ބޭންކު، އެމްއެމްއޭއިން ނިންމައިފިއެވެ.

މިއަދު އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަގުގީގު ލަސްވަމުންދާތީ ބޭރުގެ ފަރާތަކާ، މިނިވަން އޮޑިޓް ފާމަކާ ހަވާލުކޮށްގެން އެމައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ފަހުން މިދެންނެވިހެން ތަހުޤީޤީ އިދާރާތަކުން ލަސްވާތީވެ ހަމަ އެއާއި އެކު އެމްއެމްއޭއިން ރާއްޖެއިން ބޭރުގެ އެހެނިހެން ބޭންކްތަކާއި ވަރަށް ގިނަ ގޮތް ގޮތުން ގުޅުން ގާއިން ކުރެވިފައި އޮންނާތީވެ، އަދި އަޅުގަނޑުނެންގެ ރިޒާވްގެ އިންވެސްޓްމެންޓްތަކާއި ގުޅޭ ގޮތުން ވަރަށް ގިނަ މުއާމަލާތްތައް ކުރަން ޖެހޭތީވެ އަޅުގަނޑުމެން މިހާރު މިވަނީ އެމްއެމްއޭއިން ވަކިން އިންޑިޕެންޑެންޓްލީ ބޭރުގެ ފަރާތަކާއި ހަވާލުކޮށްގެން ތަހުޤީޤުކުރުމަށް ނިންމާ އެމަސައްކަތްތައްވެސް ފަށްޓާފައި" އަހުމަދު ނަސީރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގުކުރުމަށް ހަވާލުކުރާނެ ފަރާތެއް އަދި ކަނޑަ ނާޅާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަހުޤީޤު ނިމުމަށް ފަހު ދިވެހި ރައްޔިތުންނަށް އެމްއެމްއޭގެ ނިޒާމުގެ ތެރޭގައި މައްސަލައެއް އުޅޭ ކަމަށް ވަނީ ނަމަ އެ މައްސަލައާއި ހިޔާނާތުގައި އިހުމާލުވާ ފަރާތްތައް އެނގިގެންދާނެ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ނަސީރު ވިދާޅުވީ ދައުލަތުގެ ހަޒާނާއަށް ވަންނަން ޖެހޭ ފައިސާއެއް އެހެން ފަރާތެއްގެ އެކައުންޓަށް ވަންނަން މެދުވެރިވީ ބޭންކިން ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކުން ކަމަށާއި ބައެއްގެ އިހްމާލުން ކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅޭ ގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި އޮޑިޓް ރިޕޯޓުގައި ވާ ގޮތުން އެ މައްސަލައިގައި ދައުލަތައް 1.22 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އިބްރާހިމް

    އަނެއްކާވެސް އެތަށް މިލިޔަން ޑޮލަރެއް ބޭރަށް ފޮނުވަނީއެވެ.

  2. ލަބީބު

    މައުމޫނާއި ޔާމީންގެ ކޮރަޕްޝަންތައްބެލުމަށް އަންިނިގެ ވެރިކަމުގައި ބޭރުން ބަޔަކުގެނަސް ހުރިހާ ގާތައް ފޮރޮޅާނިމުނުއިރު އެމީހުންގެ މުސާރަކަމުގައިބުނެ ދައުލަތުގެ ޚަޒާނާއިންވަނީ 25 މިލިޔަން ޑޮލަރު ކައްވާލާފައެވެ. މިއުޅެނީ އަލުންވެސް ޚަޒާނާގައި ޔާމީން އެއްކޮށްފަހުރި ޑޮލަރުކޮޅެއްހުރީތީ އޭތިމީތިކިޔައިގެންނަމަވެސް ނިދިނަގާލާފަވެސް މިއެތިކޮޅު ކައްވާލާނޭގޮތެއް ނޭގިގެންނެވެ.

  3. ޏ

    މިއުޅެނީ ނިކަމެތި ކުދިން ނައް ކަލްކިއުލޭޓަރު ގަޑެއްހާ ހިސާބުވެސް ދޭން ނުކެރިގެން އަނެއްކާ އަނެއްބަޔެއްގެ އަޅުވެތިކަމުގެ ދަށުވާން ވީފައިސާގަޑެއް އެބަޔަކަށް ނުދެވިގެން .ކަމެއްކުރެވޭނެ ހާ ވަރުގެ ގާބިލް ކަން ނެތީކީ ނުން މީސްމީހުން ގެ ނުފޫޒު ކަންކަމެއް ފޯރާފަ ހުރިވަރުން އިންސާފު ވެރި ތަހުގީގެއް ހިންގައްބޭނުނުް ނުވަނީ އެއްދުވަހަޖު އެކެއްޗެކޭ ކިއްޔާ ަ
    ޢަނެއްދުވަހު ކިޔާނީ އަނެކެއްޗެކޭ .

  4. ނުރަބޯ

    ކޯޓުތަކުގައި ބޭރުގެ ފަނޑިޔާރުން ބައިތިއްބައިގެން އެމީހުންގެ އެހީގައި ގިނަޒަމާންތަކެއް ވަންދެން ވެރިކަމުގައި ބަގުޑިބައްދައިގެން ތިބެން ރާވާފައިވާ ރޭވުމުގެ ފުރަތަމަ ބައި މިއީ.

  5. އަފީ

    މީގެންމިދޭހަކުރުވަނީދިވެހިރާއްޖޭގަޤާބިލްކަންހުރި

    ވަކީލުންއަދިޤާޒީންވެސްނެތީތޯއޭ!

    މިހިރީއަހަރުމެންދިވެހިދަަރިންލަދުގައްނަވަންވެގެންކު

    ރާކަންތައްތައްކިޔަވާގެންތިބިދިވެހިދަރިންލަދެއްނުގަ

    ނޭބާއޭމަގޭހިތައްއަރައޭ މަހަމަގައިމުވެސްއަހަރެން

    ލަދުގަނޭ؟؟؟

  6. ރައްޔިތުން

    ތިކަން ބަލަން ދާނެ މާބައިވަރު.. އަނެއްކާ ބައިއަޅަންވެސް ޖެހޭނެ ތާ ދޯ.. މަސްލަހަތު އޮންނަ ބަޔަކަށްނު ދެވޭނީ ވެސް..

  7. ޑިމޮކްރަސީ

    ޢެގޭ ކުރިންވެސް ޔާމީނުގެ 8 ސަތޭކަ މިލިޔަން ޑޮލަރުގެ މައްސަލަ 9 ސަތޭކަ މިލިޔަން ޑޮލަރ އިންޑިޔާ ކުންފުންޏަކަށް ދީގެން ބެލިގޮތަށް 1.2 ބިލިޔަން ޑޮލަރުގެ މައްސަލަބަލަން 2.4 ބިލިޔަން ޑޮލަރު ޚަރަދު ކުރާތި. ޢަދި އެކަން ބެލޭނީވެސް އިންޑިޔާގެ ކުންފިންޏަކަށް. ޚަރެޕްޝަން ހުއްޓުވާތި.

  8. ދަތްދޫނި

    ރައްޔިތުންގެ ޙަޒާނާ އިން ގެއްލުނު ފައިސާ އަށް ވީނުވީ ގޮތް ހޯދުމަށްޓަކައި ރައްޔިތުންގެ ޓެކްސް ފައިސާ އިން ކިތަންމެ ބޮޑު އަދަދެއް ދައްކައިގެން ވިއަސް ރައްޔިތުން ތިބީ މިކަމުގެ ޙަޤީގަތް ހޯދުމަށް ކެތް މަދުވެފައެވެ. އަދި މިކަމުގައި އަޙުމާލުވި ފަރާތްތައް ހޯދާ ދެނެގަނެ އެވެރިން ނަށް ޙައްޤު އަދަބު ލިބޭނެ ދުވަހަކަށްވެސް އިންތިޒާރު ކޮއް ކޮށެވެ.

  9. ޔާމިން

    ޢަމިއްލަޖަންގިޔާބޭލުންނޫންގޮތެއްނުވާނެ ހަމްސަބްޗޯރހޭ

  10. ސުމިތު

    ބޭރު މީހުންނަށް ދޭ ފައިސާއިން ނަގާ ކަޓު ނުވާނެ ކޮރަޕްށަނަކަށް. ދިވެހިން އަނގަ ގަދަކަމުން ސިއްރުން ކަމެއް ނުކުރެވޭތީ އެމެރިކާގެ ނަޒާހަތްތެރި ސީ އައި އޭ މީހުން ަ ލައްވާ އެކަން މިފަހަރު ކުރާން މި ނިންމީ.. މަޖްލިސް ކެމްޕއެިން އަށް ލާރިކޮޅެއް ހަދާލަން ކމަށް.

  11. ހޫދު

    އަނެއްކާ އެބިލިޔަން ޑޮލަރުބަޔަކަދޭންވީ....

  12. baagir

    މި މައްސަކައިގެ ރަނގަޅު ތަހުގީގެއް ނުކުރެވޭނެ. ސަބަބަކީ ކުރަން ބޭނުންނުވުން. ރާއްޖޭގެ ބޭންކިން ސިސަޓަމްތެރެއަށް ރަށްރަށު ބްރާންޗްތަކަށް ވަދެފަ ހުރި ފައިސާގެ ކަންކަންވެސް އަދިވެސް ބެލިފަނެތްކަމަށް ގަބޫލުކުރަނީ. ދެން ކިޙިނެއް މިކަން ކުރާނީ. ކުޑަކުއްޖަކަށްވެސް އެވަރުކުރެވޭނެ. ދެން ތިއަށްވުރެ ބޮޑު އަދަދެއް ދީގެން ބޭރުފަރާތްތައް މެދުވެރިކޮއްކުރީމަ ދެން ބޭކާރު ފައިސާޚަރަދުވަނީ

  13. އިންސާފު

    ޔާމީނު ޖަލައް ލާން ހާދަ ހަރަދެއް ތިކުރަނީ... އަމިއްލަޔައް ހޯދާ ހޯދާ އެއްޗެއް ނުލިބުނީމަ މިހރު ބޭރުގެ ކުޅުންތެރިން ގެނެސްގެން ވެސް ގޯލު ޖެހޭތޯ ދޯ ތިބަލަނީ؟؟؟

  14. ޢަލްތާފު

    މި 5 އަހަރުގެ ދައުރު ނިމޭއިރު ވެސް ތި މައްސަލަ އޮންނާނީ ނުބެލި ތި އޮތްގޮތަށް. ޔާމީން އާއި ގުޅުން އޮންނަ އެއްވެސް ކަމެއް މި ރާއްޖެ އަކުން ނުބެކެވޭނެ.

  15. އިދިކީލި

    ތިޔަބުނާ އޮޑިޓްފާމް ފެށޭހިސާބާއި ނިމޭހިސާބުގައި ސޭޓްއަންހެނުންގެ ފިރިމީހާގެ ހަތަރެސްފައި އޮންނާނީ އޮޑިޓްފާމުގައޭ. ދެންވެސް ހޭލަބަލަ.

  16. ޓެކުސީ

    ކުކުޅު ފާމެއް ހެދިޔަސް ހިޔާނާތް ތެރިވީ އަދީބު އޭނާއަކީ މިހާރު ކުށެއްނެތް މައުސޫމު ކުއްޖެއް ހޯރައިއްބެ ފަދަ .