ފެރިދޫގެ ފެނާއި ނަރުދަމާގެ ނިޒާމު މި ފެށޭ 2019 ވަނަ އަހަރު ގާއިމު ކުރެވިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އއ. ފެރިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މާތް ﷲ ގެ ވާގި ފުޅާއި އެކު ފެރިދޫގެ ފެނާއި ނަރުދަމާގެ ނިޒާމު މި ފެށޭ 2019 ވަނަ އަހަރު ގާއިމު ކުރެވިގެން ދާނެ ކަމަށެވެ.

" ފެރިދޫގެ ފެނާއި ނަރުދަމާ ގާއިމު ކުރުމަށް ބޭނުންވާ ފައިސާ 2019 އަހަރުގެ ބަޖެޓުގައި ހަމަޖެހިފައިވާނެ , އަޅުގަނޑުގެ ވެރިކަމެއްގައި މިރަށް ބޭނުންވާނެ އަސާސީ ހިދުމަތް ފޯރު ކޮއްދިނުމުގައި އިހުމާލު ނުވާނަން "ރައީސް ވިދާޅުވިއެވެ.

ރައީސް ފެރިދުއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަލީ ވިސާމް

ރައީސް އިތުރަށް ވިދާޅުވީ ފެރިދޫގެ ރައްޔިތުންނަށް މިހާރުން މިހާރަށް ވެސް ޔަގީން ވާން ޖެހޭ އަސާސީ ހައްގަގީ ނަރުދަމާގެ ނިޒާމު ކަމަށާއި ފެންވެރުމަށާއި އެއްޗެއްހި ދޮވުމަށް ފެރިދޫގެ ރައްޔިތުން ބޭނުން ކުރަނީ ނަޖިހުން ތައްގައްޔަރުފެއިވާ ފެން ކަމަށެވެ. މިއަދު ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރަމުން އަންނައިރު ފާއިތުވި އަހަރުތަކުގައި ކަންކަން ހިނގާފައިވާ ގޮތާއި މެދު ވިސްނާލަން ޖެހޭ ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

"މިފަދަ ހާލަތަކަށް ދެވަނަ ފަހަރަށް ރާއްޖެ ނުގެންދިއުމަށް ދައުލަތުގެ ނިޒާމުތައް ހަރުދަނާ ކުރަން ޖެހޭ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އެއް ޒިންމާ. ރައްޔިތުންނަށް އިންސާފު ލިބޭނެ މަގު ފަހިކޮށްދިނުން އެއީ އެންމެ މުހިއްމު އެއް އަމާޒު." ފެރިދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބޫ ވިދާޅުވިއެވެ.

ރައީސް ފެރިދުއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަލީ ވިސާމް

ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ފެށުނު ދުވަހުން ފެށިގެން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ކަމަށެވެ. 1940 އަށް ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދިހަ ވަނަ ދުވަހު ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއި ބެހޭ އާންމު ގަރާރު "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" ވަނީ އ.ދ. ގެ ޖެނަރަލް އެސެންބްލީއަށް ހުށަހަޅާފައެވެ. އެގަރާރު ފާސްކުރިތާ މިއަދަށް 70 އަހަރު ފުރިގެންދާއިރު ރާއްޖެއިން ވަނީ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް ގިނަ މުއާހަދާތަކެއްގައި ސޮއި ކޮށްފައެވެ.

ރައީސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ނިންމަވާފަ އެވެ. މިއީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވަޑައިގެންނެވި ތިންވަނަ ރަށެވެ. މީގެކުރިން އއ. އުކުޅަހަށާއި ކ. ދިއްފުއްޓަށް ވަޑައިގެންފައިވެ އެވެ. ރައީސް މިއަދު ފެރިދޫއާއި އުކުޅަހަށް ކުރައްވާ މި ދަތުރުފުޅުގައި، މި ދެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލައްވައި، އެކި މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދޮންބެ

    މަޖިލިސް ކެން ޕޭނައް ޓެކްސް ފައިސާއިން ހުރިހާރަށަކައް ދިޔާމަ ވަނީ ކޯންޗެ ކައްބާ

  2. އަހާށޭ

    ރައީސް ސޯލިހު ޓައި ރީނދޫ މުޅިން ނުވުމުް އަޅުގަނޑުގެ ހިރުގައި ތިޔަ ރައީސް އަށް ގަދަރު އުފުލިގެން ހިގައްޖެއެވެ. އެއީ މިހާރު ރައީސް ސޯލިހަކީ މުޅި ޤައުމުގެ ރއިއްޔަތުންގެ ރައީސްއެވެ. ވުމާއިއެކު ވަކި ކުލައަކަށް ބެލުމެއްނެތި އެންމެންނަށް ހަމަހަމަ ކަމަށް ލޯބި ކުރައްވާ ރައީސްއެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

  3. ރަސީދު

    ތިކުރަނީ މަޖިލިސް އިންތިހާބައް ޓެކްސް ފައި ސާއިން ކެން ޕެއިން

  4. އަހާށޭ

    ޤައުމީ ކަންކަމުގައި ޤައުމީ ކުލަ ހުރުން މުހިންމު ކަމުގައި އަޅުގަނޑު އަބަދުވެސް ދެކެމެވެ.

  5. ޔާމިން

    ބޯގޯސް

  6. ޔާމިން

    ހޭކެޑޭ މުއްލާ