ރައީސުލްޖުމުހޫރިއްޔާއަކީ ދައުލަތުގެ އެންމެ އިސްވެރިޔާ ކަމަށާއި ރައީސްއަށް އަމުރު ކުރެވޭނެ މީހަކު ސަރުކާރު ތެރޭގައި ނުހުންނާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލާ ދިޔާނާ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސްއަށް އަމުރުކުރެވޭނެ މީހަކު ސަރުކާރު ތެރޭގައި ނުހުންނާނެ ކަމަށާއި އެހެންކަމުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ކިބައިގައި އަހުލާޤާއި ކެތްތެރިކަން ހުންނަނާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ

ދިޔާނާ އެގޮތަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައިވާއިރު، އެކަމަނާގެ ފިރިކަލުން އަދި ރައީސް ސޯލިހުގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި އަބްދުﷲ ޖާބިރު ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަޒީރުކަމުން މިހާރުން މިހާރަށް ދުރުކުރުމަށް ރައީސް ސޯލިހަށް އަމުރުކޮށް އަންގާކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެކަމަށް ނުސީދާ ގޮތަށް ރައްދު ދެއްވާ މިނިސްޓަރު ފައްޔާޒު ވަނީ، އެކޮނޮމިކް މިނިސްޓްރީގައި ހުރިހާ ހިނދަކު އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭނެ އެއްވެސް މަގެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާއަކީ އަކީ މުއާމަލާތްކުރާ މޭރުމުން އެފަރާތްތަކާ މުއާމަލާތްކުރާނެ މީހެއް ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ފައްޔާޒުގެ އެ ޓްވީޓަށް ޖަވާބު ދެއްވަމުން އަބްދުﷲ ޖާބިރު އަނެއްކާވެސް ވަނީ އިސްތިއުފާ ދެއްވަން ތައްޔާރު ވެލެއްވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ޖާބިރުގެ މަންމައާ ދިމާލަށް ފައްޔާޒު ވިދާޅުވީ ކީކޭތޯ މީހަކު ޓްވިޓާގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވަނީ އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށް ވިދާޅުވެފައެވެ.

ޖާބިރާއި އެކޮނޮމިކް މިނިސްޓަރު ފައްޔާޒާމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރައްވަމުން ގެންދަވާއިރު، ރައީސް ސޯލިހުގެ ކެބިނެޓް އެކުލަވާލުމުގެ ކުރީން ޖާބިރު ވަނީ އެކޮނޮމިކް މިނިސްޓަރުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ނީބުމަ

    ފިރިކަލުންނާ ދެކޮޅަށް އަނބިކަނބަލުން ތެދުވެއްޖެނަމަ ދެްނވާނީކިހިނެޙ؟ އަޅުގަނޑައްފެންނަނީ ދިޔާނާ ފިރިކަލުންނާ އެއްކޮޅައް އޮށޯވެ ވަޑައިގަންނަވަން. އެއްވަރުގެގެމީހުން.. އޭއްޗެކޭމީއްޗެކޭ ކިޔާގެން މީޑިއާސްޓަންޓް ޖައްސާގެން ރައްޔިތުންލޮލުގަ އަނދުންއަޅުވާ މަކަރާއިހީލަތުން ގޭގެކޮޓަރީގަ ދެވެރިންވާހަކަދައްކާ ރާވައިގެން ދައްކާ ހުސްފޭކުވާހަކަ. މިހާރަކު ތިޔައިން އެކަކުދެއްކިޔަސް ދައްކާވާހަކަ ރައްޔިތުންބަލައެއްނުގަންނާނެ. ތީހަމަމުޅިންޅޮސް.

  2. ދދދދ

    އޭނައާ މުއާމަލާތު ކުރި ގޮތަކަށް އޭނަ ކުރާނީ. ގިނައިން ލާރި ދިން ވަރަކަށް ކަންކަން ފަސޭހަ ވާނެ. ވަރަށް ސާފު

    • ވަހީދު

      ޖާބެ އައުގުރާނަ ގޮވީމަ އައުގުރާނަ ގޮވީ އޭނަ ވެސް. ކޮންމެހެން ޖާބެއަށް ބިރު ގަންނާކަށް ނުޖެހޭ.

  3. ޙާމުދުރު

    ދިޔާނާ އުޅެނީ ޖާބިރު އާ އިދެގެން ތޯ..

  4. ހުވަދު

    ޖާބިރުގެ އަޚުލާގީ ފެންވަރު ؟؟؟

  5. ޖުނައިދު

    އެރުޅިގަނޑު އެބާލަނީ އިކޮނޮމިކް މިނިސްޓަރ ކަން ނުދީގެން.އޭނަ ނޫން އެހެންމީހަކު އެތާގަ ހުރިޔަކަ ނުދޭނެ.ދުވަހަކު އައުގުރާނެ ނޮގޮވިޔަކަސް.ތީ ޖާބިރެއްނުން.މަމެންދަންނަން ތީނަ.އަބަދުވެސް ގަހުގަ.

  6. ޏ

    ޖާބިރު އާއިހެދި އެންމެފަހުން ލަދުގަންނައް ޖެހޭނީ

    ދިޔާނާ ފަކީރު ދިޔާނާ މިޖާބިރު މީ ހާދަ ކެއްތެރިކަމެއް ނެތް ހާދަ އަދަބު ކުޑަވެގެން އުޅެމީހެކޭ ދޮ.ތެދެއްތަ އެކިޔަނީ މިއީ ޖާބިރު ފައިސާ ދީގެން ގަތް ސަރުކާރެއްތަ .

  7. ޖާބިރު

    ދިޔާނާ ކޮޅަށް ތެދިވީމަ ކަމަކު ނުދާނެ ދެކޮޅަށް ދެމީހުން ތިބުން ރަނގަޅުވާނެ ކަމަށް މަށަށް ފެންނަނީ.

  8. ހޮނޑާއިދޫ

    ސުބްހާނަށް ﷲ އަނެކާ ވަރިފަށައް އެރިޔަނުދެއް ވައްޗޭ އޭރުން އޯކޭ އެއްނުވާނެ

  9. ޕޮފުބާ

    ޖާބިރު ކީވެތޯ ވެރިކަމަށް ނޭރީ ތިހާވަރަށް ލާރިއޮތްއިރު

  10. ނިޒާރު

    އެއްވަރުގެ ދޭތި

  11. ހަސަން

    ހޮޑައިދޫ ވަޒީރުކަން ދީފަ އެރަށަށް ފޮނުވާލާ!

  12. ޕޮލިސް މީހާ

    ފައިސާ ހުއްޓަސް އުފަލާ ހިތްހަމަ ޖެހުމަކީ ގަނެވޭނެ އެއްޗެއްނޫ ދަރީންނޭ... އެއީ މަތްކަލާނެގެ ދެއްވާ ނިއުމަތެއް... ވިސްނާލާ މިތިބަ ދެމަފިރިން ދުނިޔޭގަ ކޯޗެއް މަދުވަނީ (ފައިސާއިން ގަނެވޭ) ހުރިހާ އެއްޗެއް އެބައޮތް... އެކަމަކު އުޅުމެތްނެތް ދެމީހުންކަން ސަފުވޭ... ފިރި ސޮރުގެ އަގު ހިފަހައްޓަން ވެސް ދިޔާނާގެ ބައްޕާފުޅު ކިޔާ ނުދެއްވަނީތޯ އެވެ؟ ބާލިޢު ނުވަނީސް ބޮޑެތި މީހުން ކުރާ ކަންކަން ތަޖުރިބާކޮށް އެހެން އުޅޭ މީހުން ރާއްޖޭގަ ވވވ ގިނަ...

  13. ވާނުވާ

    ދިޔާނީ ވަރަށް ކޯޅުން ބޮޑު ލައިފްއެއްދޯ... ދިޔާނާގެ ދުވަސް ނުދަނީސް ރަގަޅު ކައްޕިތާނެއް ހޯދާ... ތިހެން ދެން އުޅެވިއްޖެނުން

  14. ގައްބޭ

    ތިކަހަލަ ދެބޯބުރާންތިން މުޅިންވެސް މިސަރުކާރުގަ ތިބީ

  15. ޢަލިބެ

    ޖާއްކޮ އެޗް ވަން އެން ވަން އަށް ޕޮސިޓިވް ވީ ހެން ހީވަނީ

  16. ށަނޫން

    ކަލޭމެން 2މީހުން ލޯބީގެ ޑްރާމާ ކުޅެން ދޭ ގ.އ.ފުނައްޑާ އަށް.

    ބޮނޑޮ އުނދަގުލެކެ މިޔާ މެންނާ ހެދި...

  17. އަޙްމަދުގެ

    ފައްޔާޒަކީ ކެބިނެޓްގައި ހުންނެވި އެންމެ ގާބިލު، ހަމަތަކުން ވާހަކަ ދައްކާ މިނިސްޓަރު...

  18. ބޯހަލާކު

    ތީހުސްޑްރާމާ ރައްޔިތުންގެބޯކާން

  19. ފަޒީލާ އިކްލީލް

    ޖާބިރު މީދެން ކާކުދޯ

  20. ހުސޭނުބޭ

    ދިޔާނާ އާ ބުނާކަށް! މާ ގޮތްދައްކަންޏާ އެއްކަލަ އަނބުކޮޅުވެސް އެހެން މީހަކަށް ވިއްކާލާތި!

  21. ދި ލޯބި

    ފައިސާ ހުއްޓަސް އިންނަންވާނީ އަހްލާގީ މީހަކާ ދޯ!

  22. sswީރު

    ދިޔާނާ ތިހެދީ ރަންގަޅަށް. ފިރިން ގޯސް ހެދީމަ ގޯހުގެ ވާހަކަ ދައްކަންވާނެ. ޢޭރުން ފިރިން އިސްލާހުވާނީ