މިއަދު ފުލުފުލުގައި އަބްދުﷲ ޖާބިރު ކުރި ޓްވީޓްތައް އެންމެ ފަހުން ޑިލީޓް ކޮށްލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ހާއްސަ މަންދޫބުގެ މަގާމުގައި ހުންނެވި ޖާބިރު މިއަދު މެންދުރުވާން ކައިރިވެފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ޖާބިރުގެ މަންމަ އާއި ދިމާއަށް އައުގުރާނަ ގޮވާފައިވާ ކަމަށާއި އެހެންކަމުން ފައްޔާޒް މަގާމުން ދުރުކުރުމަށް ރައީސް އަށް އަންގާ އަމުރު ކުރާ ކަމަށެވެ.

އޭގެ އިރުކޮޅެއް ފަހުން ޖާބިރު ވިދާޅުވީ ރައީސް ޞާލިހް ވެރިކަމަށް ގެނައީ ޖާބިރުގެ ފައިސާ އިން ކަމަށެވެ.

ޖާބިރު ކޯފާއިސްކުރައްވާ ޓްވީޓްތައް ކުރައްވަމުން ގެންދަވަނިކޮށް އޭނާގެ އަނބިކަނބަލުން ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވަނީ ޖާބިރާއި ދެކޮޅަށް، ޖާބިރަށް ދެއްވާ ނަސޭހަތެއްގެ ގޮތުގައި ޓްވީޓެއް ކުރައްވާފައެވެ.

ދިޔާނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސްއަށް އަމުރުކުރެވޭނެ މީހަކު ސަރުކާރު ތެރޭގައި ނުހުންނާނެ ކަމަށާއި އެހެންކަމުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ކިބައިގައި އަހުލާޤާއި ކެތްތެރިކަން ހުންނަނާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ

"ރައީސުލްޖުމްހޫރިއްޔާއަކީ ސަރުކާރުގެ އަދި ދައުލަތުގެ އެންމެ އިސްވެރިޔާ، އަދި ކެބިނެޓަލީ ރައީސްގެ ޕެރޮގޭޓިވް. ރައީސްގެ މައްޗަށް އަމުރު ކުރެވޭނެ މީހަކު ނުހުންނާނެ. ކެބިނެޓާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ކިބައިގައި އަހުލާޤާއި ކެތްތެރިކަން ހުންނާނެ ކަމަށް އުންމީދު ކުރަން" ދިޔާނާގެ ޓްވީޓުގައިވެއެވެ.

ދިޔާނާގެ ޓްވީޓް ޑިލީޓް ކުރެއްވުމަށް ފަހު ޖާބިރު ވަނީ މިއަދު އޭނާ ކުރެއްވި ޓްވީޓްތައް ޑިލީޓް ކުރައްވާފައެވެ.

ޖާބިރު އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ފަންޑް ކުރަމުން އަންނަތާ ދެއަހަރެއްހާ ދުވަސް ވެއްޖެކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ވަނީ ރައީސް ޞާލިހްގެ އިކޮނަމިކް މިނިސްޓަރުކަން ކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ނަމަވެސް ރައީސް، ޖާބިރަށް ވަޒީރުކަމެއް ނުދެއްވެވިއެވެ،

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޢަހަންމާ

    ބުނާގޮތް ނުހަދާފިޔާ ކުރިޔަށް އޮތް ދުވަސްތަކުގަ ނުދޭނެވިއްޔަ. ކޮޓަރިންވެސް ބޭރުގަ ބާއްވާނީ

    • ހުސޭނުބޭ

      ކޮޓަރި އެކަނިތަ؟ ކާންވެސް ނުދޭނެ! ރޮށިދަމާ މުގުރުބުރީގެ ހަޓިކާވެސް އަންނާނެ!

  2. ލިމްލީ

    "އޭނާ ވަނީ ރައީސް ޞާލިހްގެ އިކޮނަމިކް މިނިސްޓަރުކަން ކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ނަމަވެސް ރައީސް، ޖާބިރަށް ވަޒީރުކަމެއް ނުދެއްވެވިއެވެ،" މަނަމަވެސް ކަޑަވާނެ. ހުވާ މިބުނީ.

  3. ޖޮއްބެ

    ލައްބަލައްބަ ދިޔާނާގެ ތިޔަހަރީ ކެތްތެރިކަން. އެކަން އިނގޭތާ އެއްވެސް މަގްބޫލު ޢުޛުރެއް ނެތި ރައީސް ޔާމީންގެ ސަރުކާރާ އިދިކޮޅުވެ ދުއްތުރާކުރީމާވެސް.

  4. އަލީ

    ފެންވަރު ފެނިންޖެ.

  5. އިދިކީލި

    އެއީ ހިނދުކޮޅުތެރޭގައި ކުރެވުނު ޓްވީޓްތަކެކޭ. ހަމަހޭވެރިކަންވުމުން ޑިލީޓްކޮއްލިކަންވެސް ކިހާރަނގަޅުދޯ.

    • ަސސދ

      ދިޔާނާޔަށް ހަމަ ރަނގަޅަށް އިނގޭނެ ޖާބިރު ހިނދުކޮޅު އަންނަކަންވެސް. އަދި ހިނދުކޮޅު އައުމަށް ބޭނުން ކުރާ ތަކެއްޗާއި ވަގުތާއި ކުރާކަމެއްވެސް އޮޅިފައެއް ނޯންނާނެ

  6. Miadhu

    ޖާބިރު ބަލި އެރީދޯ ހަމަފިޑީ
    ޖާބިރު ބަލި އެރީދޯ ހަމަފިޑީ
    ޖާބިރު ބަލި އެރީދޯ ހަމަފިޑީ
    ޖާބިރު ބަލި އެރީދޯ ހަމަފިޑީ

  7. ނަން

    ތި ޖާބިރު ތީ ބޮޑު......

  8. ނަގޫރޯޅި

    މި މީހުން އުޅޭގޮތް ބެލުން ހަބަރަކައް ފުދޭތަ؟ ނޫސްވެރިންގެ ގޮތުގަ ތަންކޮއްޅެއް ކިޔަވައިގެންތިބި ހޭލުންތެރީން ނުކުމެ މިދާއިރާގަ މަސައްކަތް ކުރަންފެށި ދުވަހަކުން މިގައުމުގެ އިޖްތިމާއީ ފޭރާން ވަރުގަދަވާނެ.

  9. ރހހ

    ޖާބިރަކީ ބަލިކުއްޖެއް، ހިނދުކޮޅު އަންނާނެ. މިކަހަލަ ބަލިކުދިންނައް މުޖްތަމައުން އެއްކައިރިކޮއް ރިހެބުގަ ދުވަސްކޮޅަކު ނަމަވެސް ފަރުވާދޭން ޖެހެ.

  10. ޙަހަ

    ޢަސްލު ގޯސް ހަދަނީ އަނބި.
    ޖާބިރަކީ އަެނާގެ ޕަޕެޓެއް

  11. ލަބީބު

    "ރައީސުލްޖުމްހޫރިއްޔާއަކީ ސަރުކާރުގެ އަދި ދައުލަތުގެ އެންމެ އިސްވެރިޔާ، އަދި ކެބިނެޓަލީ ރައީސްގެ ޕެރޮގޭޓިވް. ރައީސްގެ މައްޗަށް އަމުރު ކުރެވޭނެ މީހަކު ނުހުންނާނެ." މިވާހަކަ ދިޔާނާކަހަލަ ދެއުޅިއްެއްނުވާ މީހާ ބުނީމާ އަންނަނީ ހިނި! އެއީ ކުރިން އެކަން އޯކޭވެފަ މިހާރު އޯކޭނޫނީމާ!

  12. ރިސާޗް

    ޝުކުރިއްޔާ ޖަހާބެރު! އަނބި މީހާގެ ބަސް ޤަބޫލުކުރަންވެސް ޖެހޭނެ!

  13. ޙުސައިނާ

    ބިރުގަންނާނެތަ؟ ފައިސާހުއްޓަން އެކަނިމާއެކަނި ނިދަންވެސް ޖެހިދާނެ ވިއްޔާ؟ ދޯ

  14. ޙުސައިން ޢަލީ

    ބިރުގަންނާނެތަ؟ ފައިސާހުއްޓަން އެކަނިމާއެކަނި ނިދަންވެސް ޖެހިދާނެ ވިއްޔާ؟ ދޯ

  15. އިންސާނާ

    އަނބިކަނބަލުންނައް ގޮނޑި ކާމިޔާބު ކޮށްދިނުމައްޓަކާ ތައްޔިތުން ބޮލައް ޗިޕެއްޖަހަން ދެމަފިރިން ކުޅުއްވާ ޑްރާމާއެއް ދެރަކަމަކީ ނިކަމެތި ތައްޔިތުންނައް ނުވިސްނޭތީ

  16. ސަޒާ

    ރޭ ނިދަން ކޮޓަރިއަށް ވަނީމަ އަބިކަބަލުން ބޮޑާހޭކީ. އެހެންވެ މިރޭ ކޮޓަރިއަށް ވަނުމުގެ ކުރިން އަވަހަށް ފުރުސަތެއް ލިބޭތޯ ޑިލީޓްކުރީ

  17. ޑަޔާނާ

    ޖާބިރު އުޅުއްވަނީ ތަންކޮޅެއް ސައިޒުން ބޮޑު ކޯޓެއް ތުރުކުރެއްވިގެން....

  18. އަލީ

    އަނބި ކަބުލޭގެ ބުނާގޮތް ނުހެދިއްޔާ އެއްކްމެއްވެސް ކޮށްނުދޭނެ! ދިޔާނާ ޖާބިރުގެ ކައިރިން...........ބަލަ

  19. ބަކުރު

    ރާއްޖޭގެ ބޭންކަކުން ނަގާފަ އޮތް ދެލައްކައެއްހާ ޑޮލަރު ނުދެއްކިގެން އުޅޭ މީހަކު އެހެން ބަޔަކަށް މިލިއަނުން ލޯނުދީ، ކެމްޕޭނަށް ހަރަދުކުރި ވާހަކަ ބުނީމަ ގަބޫލުކުރާނީ ކިހިނެއް.