ސަރުކާރުން ވެފައިވާ އެއްބަސްވުންތަކާއި ބެހޭ ގޮތުން އަލުން މަޝްވަރާ ކުރެވޭނެ ތަނެއް އޮތްތޯ ބަލަން އެޓާނީ ޖެނެރަލް އޮފީހުން ކޮމެޓީއެއް އުފައްދައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނުގައި ކޮމެޓީއެއް އުފެއްދިކަން ކަށަވަރު ކޮށްދެއްވި ނަމަވެސް ކޮމެޓީގައި ތިއްބަވަނީ ކިތައް މެންބަރުން ކަމެއް، އަދި ކޮންކޮން ބޭފުޅުންނެއް ކަމެއް ވެސް ހާމަކުރައްވާފައެއް ނުވެއެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައި ވިދާޅުވީ އެއްބަސްވުންތައް މުރާޖަޢާ ކުރުމަށްފަހު އެ އެއްބަސްވުންތަކަށް ވާސިލްވުމުގައި ޤާނޫނުތަކާއި ޤަވައިދުތަކުގައި ކަނޑައަޅާފައިވާ އިޖުރާޢަތުތައް ފުރިހަމަކޮށްފައިވޭތޯ ބެލުމަށް ވަނީ ނިންމާފައެވެ.

"އަދި އޭގެ ތެރެއިން ގައުމުގެ ސިޔާދަތަށް ގެއްލުންވާގޮތަށް އެކުލަވާލައި ސޮއި ކޮށްފައިވާ އެއްބަސްވުންތަކެއް ވާނަމަ އަލުން އެ އެއްބަސްވުންތައް ރީ-ނެގޯޝިއޭޓް ކުރުމުގެ ފުރުސަތު އޮތް މިންވަރެއް ދެނެގަނެ އެ ފުރުސަތު އޮތް އެއްބަސްވުންތައް އިސްލާހު ކުރެވޭނެއެވެ." ބަޔާނުގައި ވިދާޅުވިއެވެ.

މުރާޖަޢާ ކުރަން ޖެހޭނެ ކަމަށް މިހާތަނަށް ފާހަގަ ކުރެވިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ލޯނުގެ އެއްބަސްވުންތަކާއި ސޮވްރިން ގެރެންޓީގެ އެއްބަސްވުންތަކާއި ހައުސިން އަދި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތަކާއި ގުޅޭ އެއްބަސްވުންތަކާއި އާންމު ޚިިދުމަތްތަކާއި އާންމު ބޭނުންތަކުގެ ޚިދުމަތްތަކާއި ގުޅޭ އެއްބަސްވުންތަކާއި ޓޫރިޒަމް ދާއިރާގެ އިންވެސްޓްމަންޓްތަކާއި ގުޅޭ އެގްރީމެންޓްތައް ހިމެނޭ ކަމަށް ވެސް އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވިއެވެ.

އޭގެ އިތުރުން ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް ފާސްކޮށްފައިވާ ޤާނޫނުތައް ބަލައި މުރާޖަޢާ ކުރުމަށް ވެސް އެޓާނީ ޖެނެރަލް އޮފީހުގެ ކޮމެޓީއެއް އުފައްދަވައިގެން މަސައްކަތް ފަށާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ދެ ރިޔާސީ ކޮމިޝަނަކާއި އެހެނިހެން ބައެއް ކޮމެޓީތައް މީގެ ކުރިން ވެސް އުފައްދަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙައިރާން ހީވޭ

    އަނެއްކާ ތިކަންބަލާނިމޭއިރު ތި ފެންނަން އޮތް ބްރިޖް އޮންނާނެބާ! މީހަކު މިޤައުމުގަ ވެރިކަމެއް ކޮށްފި؛ ހުރިހާވެސް މައްސަލަ އެއް ކަމަށް ފެންނަނީ މިވެރިންނަށް ލިބުނު ބަރު ކުޑަވުމާ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބުން.

  2. ޖާނުސަމާލު

    މަބުނީދޮގެއް؟ އަދިހަމަ ކޮމެޓީއާއި ކަމިޝަނާއި ކޯޕަރޭޝަން ހަދަހަދާފަ އެތަންތަނަށް ރީނދޫ އެކްޓިވިސްޓުން ލުން ނޫންކަމެއް ނުކުރޭ. ބަލަގަ އެމެރިކާގައިވެސް ނޯންނަވަރުގެ ވަޒީރުންގެ މަޖްލިހެއް އޮންނަ ސަރުކާރެއްތީ އެމީހުންގެ ތެރެއިން ތިޔަކަމަށް ކޮމެޓީއެއް( ކޮންމެހެން ނަގަންވެއްޖެއްޔާ) ނެގީމާ ނިމުނީނު؟ ތިޔަހެން ކޮމެޓީއާ ކަމިޝަނާ ހަދާ ހަދާ ދައުލަތުގެ މާލިއްޔާގައި ހުރިހާ ފައިސާއެއް ހުސްކޮށްލީމާ ދެންޖެހޭނީ ލޯނުނަގައިގެން ދަރަނިވެރިވާން. މިވަރުވެސް ނޭނގެންޏާ ފައިބަންވީނު މަށަކަށްނޭނގެޔޭކިޔާފަ.

  3. ޢަލީމް

    ދެން ތެނުން އެހެނަކަމަށް ނެއްދީ..ހުސްކޮމިޓީހަދހަގެން މައްސަލަބެލުން..5އޙަރި ތެކަންކެރައު

  4. ހުސޭނުބޭ

    އެންމެ ފުރަތަމަ އިންޑިޔާ ސިފައިން ދެހްލިކޮޕްޓަރުން ކިރުފެލަން ރާއްޖޭގެ 3 އެއަރޕޯޓެއްގައި ބޭއްތިއްބުމުގެ އެއްބަސްވުން މުރާޖަޢާކޮށްބަލަ......... ގަޓުހުރިއްޔާ!

  5. ޜާއްޖެ އިސްލާމް

    ތަރައްގީ ވަމުންދާ ގައުމްްތަކުގެ ތެރެއިން ހާއްސަކޮށް އޭޝިއާގެ ގައުމްތަކުގެ ތެރެއިންް ޗައިނާގެ އަތުގަ ނުހިފާ ކުރިޔަށް ދާން އުޅޭ ކޮންމެ ގައުމެއް މިޔަދު ދުނިޔޭގެ އިގްތިސާދު އޮތްގޮތުން އަމިއްލައަށް ސުއިސައިޑްވާނީ

  6. ޢަލ

    ކުށް ހޯދައި ނިމޭއިރު އޮންނާނީ 5 ނިމިފައި

  7. ރާޖުކުމާރު

    ނޫނޭ ސުއިސައިޑް ނޫވާނެ.. ޗައިނާ ދޫކޮއްލައިފަ ގެރިމޯދީ އަތުގަ ހިފީމަ ވ ކުރިޔައް ދާނެ.. މިހާރުވެސް ބައެއްކަންތައް ރަގަލު ވަމުންދަނީ .އިސްލާމީ މަރުކަޒުގެ ބައެއްތަޅާފި..ބަނގުރާ މަގުތަކުގަ ދުވުން ގިނަވެއްޖެ..

  8. މޯލްޑިވިއަން ފްރީ މޫމަންޓް

    ހޭހުސް ވެދާނެ މީހަކު މިމީހުންދައްކާވާޙަކައިން،.. ގާއުމީ ސިޔާދަތައް ގެއްލުންވަމުންދާކަމެއް މި ގަމާރުންައް ނޭގޭތަ.. ބާދަގަޑައްވެަސް ކިރަން ކަމުނުދާ ޒާތުގެ ފާޑެއްގެ 2 ހެލިކޮޕޓަރ ކިޔާ އެއްޗެއް އިންޑިއާ އިން ހަދިޔާ ކުރިނަމުގައި ގެނެސް އަދި ކަޝްމީރުގައި އަންހެނުންގެ އިއްފަތް ފޭރި ކުޑައެއް ބޮޑެއް އަދި ތުއްތު ކުއްޖެއް ނުބަލާ އަނިޔާކޮއް މރަމުންދާ އިންޑިއާ ސިފައިން ބޭއްތިއްބުމައް ނަޝީދު ވެރިކަމުގައި އިންޑިއާ ވެފައިވާ އެއްބަސް ވުމުގެ ސަބަބުން މި ގައުމުގެ އިސްތިގްލާ ސިޔާދަތައް ދަނީ އުނިކަންލިބެމުން މި ކަަމަކީ ގައުމީ ސަލާމަތައްވެސް އޮތް ނުރައްކަލެއް އެންމެ ކުރިން މި އެއްބަސްވުން އުވާލާ އިންޑިއާ ގެ ބަލާވެރިކަމުން ގައުމު ސަލާމަތް ކުރޭ

  9. ޢެކަނޑަމީ

    ރައީސް ސޯލިހަށް އިންޑިއާ ވަރެއް ހަމަނެތް މިއީ ގައުމު އަނދަވަޅަކަށް ވެއްޓޭނެ ކަމެއް ޗައިނާ ބޭނުންވަނީ ތަރަށްގީ ހޯދަދޭން އިންޑިއާގެ ބޭނުންވަނީ އެމީހުންގެ އާރާއި ބާރު މިކުޑަ ދިވެހި ގައުމުގަ ހިންގަން މީގެ ނަތީޖާ ވަރަށް ހިތިވާނެ މިސާލަކަށް ކަޝްމީރު ނަންގަވާ އަދިވެސް އެއުޅެނީ ސަލާމަތް ނުވެވިގެން.