މުހިންމުކަމެއް ނެތް ބައެއް މަސައްކަތްތައް ކުރުން ހައުސިން މިނިސްޓްރީ އިން އައްޑޫ ސިޓީ ކައުންސިލާއި ހަވާލުކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލާއި ހަވާލުކޮށްފައި ވަނީ މަގުތަކާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވުމާއި ބަންދު ކުރުމާއި، މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ބަނދަރުތައް މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާމިނަލް ހަދައި ހިންގުމާއި މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ޕެސްޓް ކޮންޓްރޯލް ކުރުމާއި އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމެވެ.
މިއީ ނަމަކަށް ސަރުކާރުން ހަވާލުކުރި މަސައްކަތްތަކެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ގެންދަނީ މީސް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.
އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ ހައުސިންގެ ދަށުން ކުރަމުން ދިޔަ ބައެއް މަސައްކަތްތައް އަލުން ކައުންސިލާ ހަވާލުކޮށްފައިވާކަން ރައީސް އޮފީހުގެ ސިޓީއަކުން އަންގާފައިވާ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ އަލުން ހަވާލުކުރި ހިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުވި ނަމަވެސް އެއްވެސް ހިދުމަތަކަށް ބުރޫނާރައި އަދި އެ ހިދުމަތްތައް ކުރިން ވެސް ދެމުން ދިޔަ އޮފީސްތަކުން ލިބެމުން ދާނެ ކަމަށެވެ.
ކުރިން އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ކުރަމުން ދިޔަ މުނިސިޕަލް މަސައްކަތްތައް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
މުހިއްމުކަން ނެތް ބޭކާރު މީސްމީހުންނާ ހަވާލުކުރެވޭނީވެސް މުހިއްމުކަން ނެއް މަސައްކަތްތަކެވެ.
ތި ސޯބެ ތީ ކީއްކުރާ މީހެއްތަ؟ 20 އަހަރު މޭޔަރުކަން ކުރަނީ ކުރާނެ ކަމެއް ނެތީތަ؟ ކުރެވުނު އެއްކަމެއްވެސް ނެތް.
އައްޑޫ ސިޓީ ކައިންސިލަށް، ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ހަވާލުކުރުމަށާއި، އަދި ހެލްތު މިނިސްޓްރީ ފަދަ ބިޑު މިނިސްޓްރީއެއް ހަވާލުކުރަން ފެނޭ.
އަދި ފުވައްމުލައް ސިޓީއާ ޓްރާންސްޕޯޓާއި ފިނޭންސް މިނިސްޓްރީ ހިންގުން ހަވާލުކުރުން ރަނގަޅު ވާނެ. މީގެ ިއތުރުން މާލެ ސިޓީއަށް ހައުސިން އާބަން މިނިސްޓްރީ އާއި ސިވުލް ސާވިސްް ކޮމިޝަން ހިންގުން ހަވާލުކުރަން ފެނޭ. އޭރުން ބާރު ލިބުނު ކަމަށްވާނީ. މިމީހުންނަށް ހީވާކަހަލަ މީ ކުދިކުދި ސަރުކާރުތަކެއް ހެން. ހަމަ ހިނި އަންނަނީ ސޯބެއާއި ފަލާޙު އުޅޭގޮތުން.
ލާމަރުކަޒީ ގާނޫން ހުރި އެއްވެސް ކަމެއް އެއްވެސް މިންވަރަކަށް އެގާނޫނަށް އަމަލުކުރަން ފެށިފަހުން ހިފެހެއްޓިފައި ނެތް، ހިފެހެއްޓުނު ކަމަކީ ހަމަ އެކަނި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު، ޔާމީނު ސަރުކާރުން ހިފެހެއްޓި އެބާރު ޔާމީން ވެރިކަމުން ދިއުމުގެ ކުރިން އެބާރު އަނބުރާ ކައުންސިލްތަކަށް ރުޖޫޢަ ކޮށްދިން. އިބޫ ހުަސް އަނގަ، އިބޫ ހުަސް އަނގަ .އިބޫ ހުަސް އަނގަ އެރުވުން.
ޔާމީނު ސަރުކާރުން އެމަސައްކަތްތަކާއި ހަވާލު ވީ ސަބަބު އޮޅިފައެއްނެތް. ތި އައްޑޫ ސިޓީއާއި މާލޭ ސިޓީ ޔާމީނަށް ކޮށްދޭ ކަންކަން ވީމާ ރައްޔިތުންނަށް އެއްވެސް ޚިދުމަތެއް ނުދީ ތަންތަން މަރާމާތު ނުކޮށް ދޫކޮށްލީ. ސަރުކާރަށް މަޖުބޫރިވީ އެކަންކަން ކުރަން ހައުސިންގެ ދަށަށް ގެންދަން. އޮޅުވާލަން ނޫޅެބަލަ. އެއީ ހަގީގަތް.