މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އަށް ގދ.ފިޔޯރީ ކައުންސިލްގެ ރައީސް ޝުޒާމް ޞާލިހާއި ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު ހަމްޒަތު ސޮއި ކުރައްވައިފިއެވެ.

ދެބޭފުޅުން ވެސް އެމްޓީޑީ އަށް ސޮއި ކުރެއްވީ މިރޭގެ ވަގުތެއްގައެވެ.

އަލަށް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީޑީ އަށް ދެހަފްތާ ނުވަނީސް 3000 މެންބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީ އިން ރޭ ވަނީ ބުނެފައެވެ.

ފިޔޯރީ ކައުންސިލްގެ ދެބޭފުޅަކު އެމްޓީޑީ އަށް ސޮއި ކުރެއްވުން – ފޮޓޯ: އެމްޓީޑީ
ފިޔޯރީ ކައުންސިލްގެ ދެބޭފުޅަކު އެމްޓީޑީ އަށް ސޮއި ކުރެއްވުން – ފޮޓޯ: އެމްޓީޑީ

އެމްޓީޑީގެ މަސްއޫލުވެރިޔާ އިސްމާއިލް އާސިފް ރޭ ވިދާޅުވީ ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ އެޕާޓީ އަށް ސޮއި ކުރަމުންނެވެ.

ފުރަތަމަ ފަހަރަށް އެމްޓީޑީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސިފް ރޭ ވިދާޅުވީ އެމްޓީޑީ އަކީ އެއްވެސް ބަޔަކާއި ދެކޮޅު ޕާޓީއަކަށް ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ އެންމެ ގިނަ މީހުންނަށް ވަޒީފާ ހޯދައި ދެވޭނީ ކިހިނެއްތޯ. އިންޑަސްޓްރީތައް ކުރި އަރުވާނީ ކިހިނެއްތޯ. ކުދި ވިޔަފާރިތައް ކުރިއަރުވާ ޕެންޝަން ސްކީމްގެ ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނީ ކިހިނެއްތޯ. މިކަންކަން ބަލައި ސިޔާސަތުތައް ކަނޑައަޅާނަން." އާސިފް ވިދާޅުވިއެވެ.

އެމްޓީޑީ އަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް އެޕާޓީ އިން ވަރަށް ފޯރިއާއި އެކު ކުރިއަށް އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާއަލީ

    ޢަދީބު ސޮއިނުކުރިނަމަ މަގޭ އާއިލާ ސޮއިކުރާނަން

  2. ސަލީމު

    ޚުރީގަ ކޮންޕާޓީއެއްގެ ބައެއްތަމީ

  3. މާނަ

    ތި ބޭފުޅުންނަކީ ވެސް ފައިސާގެ ފަހަތުން ދުވާ އަމިއްލަ އެދުމުން ފޯވެފައިވާ ދެ މީހުން. މާ ބޮޑު އުރަތްޕެއް ހުރި ފަރާތްތަކެއް ނޫން.

  4. އާދަނު

    ތިޔަ ޕާޓީން އަދީބު ބޭރުކުރަން ފެނޭ.

  5. ޙޯރަ

    ތިޕާރޓީ އަށް މީހން ސޮއި ކުރާނެތާދޯ. ޢަދީބު ވަގަށްނެގި ލާރިތައް ތިބަހަނީ ވިއްޔަ،ކަލޯމެންނަށް ގަވްމަށް އެއްކަމެއްވެސް ނުކޮށްދެވޭނެ ތިއުޅެނީ ގަވްމްގަ އޮތްހަމަޖެހިން ނަގާލާ ދުވަސް ދުއްވާލަން.. އިބޫ އަވަހަށް މި އަދީބު ޖަލަށް ބަދަލުކުރޭ އެހެން ނޫނި ވެރިކަމުގެ ދުވަސް ދުއްވާލާނެ

  6. ވަގު

    ބަލާފަވެސް ޖަހާ ވަގުން ވައްތަރު