ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް މުލީއާގޭގައި ސިޔާސީ ހަރަކާތްތައް ހިންގަވަން ފައްޓަވައިފިއެވެ.

މީސް މީޑިއާގައި މިރޭ ދައުރުވަމުންދާ ފޮޓޯތަކަކުން ފެންނަ ގޮތުގައި މުލީއާގޭގައި ރައީސް ސޯލިހް ގެންދަވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައްދަލު ކުރައްވަމުންނެވެ.

ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ގައުމީ މަޖިލީހުގެ މެންބަރަކު "ވަގުތު" އަށް ވިދާޅުވީ މިރޭ މުލީއާގޭގައި ބާއްވާފައި ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ ނުރަަސްމީ ބައްދަލުވުމެކެވެ. އެބައްދަލުވުމުގެ ދައުވަތު ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ދެއްވި ނަމަވެސް ރައީސް ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުން ބައްދަލުވުމަށް ވަޑައިނުގަންނަވާ ކަމަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

"ނުރަސްމީ ބައްދަލުވުމެއް ކުރިއަށް ދިޔައީ. ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުން ބައްދަލުވުމަށް ވަޑައެއް ނުގަންނަވާ. ރައީސް ސޯލިހަށް ތާއިދު ކުރައްވާ ބޭފުޅުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ." އޭނާ ވިދާޅުވިއެވެ.

ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޗެއާޕާސަން ނައިބު އަލީ ނިޔާޒާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އާއި ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މުލީއާގޭގައި އެމްޑީޕީގެ ބައްދަލުވުމެއް ކުރިއަށް ގެންދާތީ އެކަމުގެ މައުލޫމާތު ސާފުކުރުމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދަށް ގުޅުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ސަރުކާރުގެ ބަހެއް ނުލިބުނެވެ.

ރައީސް ސޯލިހް މުލީއާގޭގައި ސިޔާސީ ހަރަކާތްތައް ހިންގަވަން ފެއްޓެވިއިރު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ޕީޕީއެމް އިން މުލީއާގޭގައި ސިޔާސީ ހަރަކާތްތައް ހިންގަމުން ގެންދިއުމަށް އެކަމަށް ވަރަށް ބޮޑަށް ތަކުރާރުކޮށް ފާޑުވިދާޅުވުމަށް ފަހުއެވެ.

މުލީއާގޭގައި މިރޭ ބޭއްވި ބައްދަލުވުމާއި ގުޅޭ އެއްވެސް މައުލޫމާތެއް އެމްޑީޕީ އިން ހާމަ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. ާއަލީ

  ޙޯރައިއްބެ އިންވާހަކަލިޔެލިނަމަ ސަޅިވީސް

 2. ހަހަ

  ދެން ވަގުތު ނޫސް އިމާރާތުގެ ހިންގަންވީ

 3. Miadhu

  މުލިއާގެ އެކަނިތަ ރައިސް އޮފީހުގަ އިބޫ އާއި އަންނިއާއި ދެމީހުން މިހާރު ގޮޑިޔާ ހިފަނީވިއްޔަ ކުރިން ދެވުނުމީހަކަށް ގޮޑި މީދެން ކަޑަކަމެއްދޯ

 4. އަހްމަދު

  އެއީ ސިޔާސީބައްދަލުވުމެއްނޫން އެއީޕާޓީ ކުދިންގެހާލުބަލާލަން ބޭއްވިބައްދަލުވުމެއް

 5. ބަލަގަ

  މޫނު އެކަނި ބަދަލުވީ ވިއްޔާވާނީ ކުރިއަށްވުރެ ނުބައި. އެއީ ކެނޑިޑޭޓް އިބޫ ދޯ އެކަމަށް ޖޯކުޖެހީ ރައީސް ޞާލިޙްއެއް ނޫން ދޮގެއްތޯ.

 6. ކަދުރޭ

  ބަލަ މުލީއާގޭގައި ޔާމީނު ދިރިނޫޅޭނެ ކަމަށް ބުނެ އެހެން ތަނެއްގަ އުޅެމުން، މުލީއާގޭގަ ސިޔާސީ ހަރަކާތް ހިންގީމަ ފާޑު ކީ. އެހެން ވީމަ ދެ ޚަރަދު އެ ދަނީ. އިބޫ އެތަނުގަ އުޅެމުން، އެތަނުގަ ސިޔާސީ ހަރަކާތް ހިންގުމަކީ މައްސަލައެއް ނޫން. ޓްވިސްޓް ކުރަން ނޫޅޭ..

  • މޮަޔަ

   އިބޫ ހިންގީމަ އޯކޭ.ޔާމީނު ހިންގީމަ ގޭގަ އުޅެމުން ހިންގިކަމަށް ވީ..ތިކިޔާ ފާޑު ކިޔުމެއް ކީއިރު ޔާމިނު ވެސް އުޅުނި މުލިޔާގޭގަ.. ހަމަ އެއްތާކު ޖެހުނީ.ވެރިކަމާ ހެދި ދައްކާލި ދޮގު ވާހަކައަކަށް ނޫނީ އެކަން ނުވާނެ

  • އެހެންދޮތަ؟

   ރައީސް މުލީއާގޭގައި ދިރިއުޅުއްވިޔަސް އެގޭގައި ޕާޓީގެ އެއްވެސް ޙަރަކާތެއް ނުބޭއްވޭނެ. އެއީ ޕާޓިގެ އޮފީހެއް ނޫން. އެއީ ރައީސް ދިރިއުޅުއްވާ ގެކޮޅު. ޕާޓީ ހަރަކާތްތައް ބާއްވަން ޖެހޭނީ ޕާޓީ އޮފީހުގަ. ކުރީ ސަރުކާރުންވެސް ހެދި ގޯސް އިބޫވެސް އެހައްދަވަނީ.
   ދެން މިހެން ބުނާއިރުވެސް އެނގޭ ދިވެހިރާއްޖޭގަ އޮންނަނީ ދުނިޔޭގަ އެއްވެސް ތާކު ނޯންނަ ވައްތަރެއްގެ ޑިމޮކްރަސީއެއްކަން.

  • ވާނުވާ

   ދެންކިޔަ ތިޔަހެން. ޔާމީނު މެންދުރު ގަދަ އަވީގައި ސިޔާސީ ހަރަކާތް މުލިއާގޭގައި ހިންގީމައޭ މައްސަލަޔަކީ.ރޭގަނޑު ކުރިނަމަ އޯކޭޔޭ. އިބޫ ސިޔާސީ ހަރަކާތް ހިންގަނީ ހުރިހާ ރައްޔިތުން ރޭގަނޑު ނިދީމަ އެރައްޔިތުންނައް އުނދަގޫ ނުވާގޮތަށޭ. ކަށިނެތް ދުލެތްވިއްޔަ. ތިޔަހެންވެސް ކިހާދުވަހަކު ހިފެހެއްޓޭތޯ ބަލާނަން.

 7. ނަގޫރޯޅި

  އޫން ބަލަ މޑޕ ކުރީމަ އޯކޭ!!! މި އަދު މާރިޔާއާ އީވާ ދެފައި ގާތްވޭތަ؟؟؟

  • މޮަޔަ

   އިސްލާހުވާލެއް ބޮޑު ކަމުން 2 ފައި ތަތްވެ އޮޅިފަ އިނީ. ދެން އެ ފޭނުވާނެ މީން ދުވަހަކުވެސް

  • ހެޕީ

   ރައީސް މީހުނާ ބައްދަލު ކުރާނި ރައީސް އޮފީސް ނުވަތަ ދިރިއުޅޭ ގޭގަ.. އެއީ ދުނިޔޭގެ ހުރިހާތަނެއްގަ އެކަން އޮންނަ ގޮތް. ޓްރަމްޕުވެސް ވައިޓް ހައުސްގަ ކިތަންމެ ބަޔަކާ މީޓުކުރޭ..ރައީސް ނުޖެހޭ ކަލެއާ މީޓު ކުރަން ކަލޭގެ ގެއަށް ދާކަށް.. މީ ޤައުމީ މަޖިލިސް ޖަލްސާއެއް ނޫން

 8. މަންޖުމް

  އަނގަ ފުޅާ ކޮއްފަ ހައްގޭ ކިޔަކިޔާފަ ކޮންތާކު މިޖެހެނީ..ދެން ހަމަ ރިޔާސީ ގަނޑުވަރަކީ ޕާޓީމީހުންގެ ޖަގަހައަކައް ހަދާލީދޯ.. އިބޫ އަކީ ދެ މޫނުގެ ވެރިއެއްކަން މިހާރު ސާބިތުވެއްޖެ.

 9. Anonymous

  ނަވާޒަށް ނޭގެނީތަ އެއީ ރައީސް ޞާލިހު ދިރިއުޅުއްވާ ގެކޮޅުކަން އެތަނުގައި އެބޭފުޅާއަށްވެސް ބައްދަލުވުންތައް ބޭއްވޭނެ

 10. Miadhu

  ގާނޫނީ ވެރިކަން ނަގާ ދަމަހައްޓަން ﷲގެ އިސްމުފުޅުގެ ބަރަކާތުން ފަށައިގެން ލިއުނު ޤާނޫނު ފައިދަށުލި މާރިޔާ ހުރީމަ އޯކޭދޯ

 11. ޢަލީ ހަމީދު

  ރައްޔަތު މީހާއައް ވައުދުވީ އިބޫއޭ.. ވެރިކަމުގަ ހުރީ ސޯލިހުއޭ.. ވަގުތު ކުދިން ނައްވެސް އެނގެންޖެހެ. ޢިބޫވީ ވައުދެއް ސޯލިހު ނުފުއްދާނެ.. ރައީސް ނަސީދުއާ ގުޅުން އޮތީ އިބޫއާ... ސޯލިހަކާ ނެތް.. ސޯލިހަކީ މައުމޫނާ ގާމޫނާ. ޖާމޫނާ. ޢިމަރުމޫނުގެ ޕަޕަޓެއް..

 12. އަސްލުހާލަތު

  ސާފުކޮށްލަން ބޭނުންވަނީ މުއީ ޤައުމީ މަޖިލީހުގެ ޖަލްސާއެއްތޯ ނޫނީ ރައީސް ާޢުމީ މަޖިލީހާ ބައްދަލު ކުރައްވަނީ ތޯ؟ ޤައުމީ މަޖިލީހުގެ ޖަލްސާއެއްނަމަ ގޯސް. ނަމަވެސް އެ މެންބަރުންނާ ރައީސް ބައްދަލު ކުރަނީނަމަ މައްސަލައެއް ނެތް.. ރައީސް މީހުންނާ ބައްދަލު ކުރާނި އެކަމަށް ހާއްސަ ތަންތާނގަ.. މަށާ ބައްދަލުކުރަންވީމަ އަހަރުންގެއަށް އަންނާކަށް ނުޖެހޭނެ. މުލިއާގެ ނޫނީ ރައީސް އޮފީހަށް މަ ޖެހޭނީ ދާން

 13. އާކާސް މުހައިމިނު ކުޅުދުއްފުށި

  ބާއްވަންވީ ހަމަ... އޭނަ އުޅޭތާކު އެކަން ްްk

 14. ފީރުމުރަކަ

  އަންނީ ނަޝީދުއާއި ވެރިކަން ހަވާލުކުރެއްވުން އެންމެ ރަގަޅުވާނެ ކަމަށް ފެނޭ! ޢެއިރަކަށް ގައުމީ މަޖްލީހެއް މުލީއާގޭގައި ނުހިގާނެ! ޢެއިރުން އިންނާނީ ރާގުދަނަކާި ބޯލަން ތިބޭނެ ބާރ އެއް! ބޭރުގެ ޢެކިއެކި ފާދިރީންވެސް ތިއްބަވާނީ މުލީއާގެގައި

 15. ރައްޔިތުން

  އަބޫބަކުރުގެ ފާނު ދެއްކެވި ރިވެތި ނަމޫނާ އާއި ޚިލާފު ކަމެއް. ދައުލަތުގެ ޚަރަދު ބޭނުންކޮށްގެން ދައުލަތުގެ ކަންކަމުން ބޭރު ކަންކަން ކުރުން. މިއީ ފަސާދައެއް. އިންސާފު ގެއްލިއްޖެ، ތާކިހާ އޮޅުވާލެވިއްޖެ. ބަލަ އެމް.ޑީ.ޕީގެ ގައުމީ މަޖިލިސްގެ ޖަލްސާ ހިންގަންވާނީ އެމް.ޑީ.ޕީ ގެ ބާރުގެ ދަށުގައިވާ އެމީހުންގެ ޚަރަދުގެ ތެރެއިން.

 16. ޒާ

  އިބޫއަކީ ކަންޒު ކަހަނބެއްގެ ދުވެލީގެ މިސާލުން ގައުމު ހިންގަން ހަވާލު ކުރިމީހާ. ތިބޭނީ ހަޑިހާވަން.

 17. އައްޓަމަސް

  އޭނަކުރީމައި ގޯސް! މަކުރީމައި ރަނގަޅު މީދިވެހިންގެ މޮޓޯ

 18. ަަައކ

  ބައްދަލުމުއް ބޭއްވުމާ ސިޔާސީ ޖަގަހަ ހަދައިގެން އުޅުމާ ވަރަށް ތަފާތު.

 19. ޒުލްފިގާރު.

  އެމްޑީޕީ ފަޅިވުމައްތައްޔާރު ވަމުންދާ މަންޒަރު .. ނަލަރީތިގުލްޝަން ގައި ފަރިވާ ރިވެތި މާތަކުގެ ވަސްމީރު ކަމާ ކުލަތަކުގެ ރީތކަން މީހުނައް ފެންނާނީ މީހުން ދިރިއުޅޭ ހިސަބުގައި ހުރީމް.. ޖަންގަލީގައި ކިތަންމެ ރީތި ވަސްމީރު މަލެއް ފޮޅުނަސް އެމަލުގެ ރީތކަމާ އެމަލުން ދުވާ މީރުވަހުގެ އަސރެއް ނުކުރާނ ސަހަރު ތަކުގައި ދިރި އުޅޭމީނުކައް.....ލައްކަވާހަކަ

 20. ނުރަބޯ

  އެމީހުން ހިންގާ ޖަރީމާ ތަކާ ޣައިރު ޤާނޫނީ ކަންކަން އެމީހުން ކުރަނީ ސިއްރަކުންނޫނެވެ. ތަފާތަކީ އިދިކޮޅު މީހުންނަށް މިކަންކަން ރައްޔިތުންނާ ހަމަޔަށް ނުގެނެސްދެވޭކަމެވެ. އޮޅުން ފިލުވައިދީ ކަމުގެ ނުރައްކައުތެރިކަން ކިޔާނުދެވޭކަމެވެ. ރީނދޫ ސަރުކާރުން ކެނޑިނޭޅި ކުރަމުން އެގެންދާ ޣަދަރު ވެރި ޢަމަލުތަކާމެދު މިނޫހުގައިވެސް ލިޔެފައިވަނީ މަދު އާޓިކަލް ކޮޅެކެވެ.

 21. ޢަޖި

  ޢެއީ ރައީސް ސޯލިހުބއުޅުއްވާ ރަސްމީ ގެކޮޅު. ޢެމަނިކުާނު ކޮންމެ ބަޔަކާ ބައްދޅު ކުރިއަސް އޮންނާނީ އެތަނުގަ. ޔާމީން އެތަން ބޭނުން ކުރެއްވީ ހަމައެކަނި ސިޔާސީ ޖަގަހައަކަށް.!

 22. Anonymous

  ހެހެ ކޮންތާކު މިޖެހުނީ.

 23. މަހެބޫބު

  އެމްޑީޕީ ވެރިކަމުގައި ތިތާގައި އޮންނަ ބައްދަލުވުންތަކުގައި އަންހެނުންނާއި ފިރިހެނުން ވައްދައޭ ތީއާކަމެއްތޯ ތިތަނަކީ އެކަން ކުރަން އެއްމެ ރަގަޅު ތަން ނޫންތޯ