ކ. ކާށިދޫ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކ. އަތޮޅު ކާށިދޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މިރޭގެ ވަގުތެއްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިންނަށްވެސް މިހާރު އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާ ދެމުންދާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވާ އިރު، އެ އެކްސިޑެންޓް ހިނގާފައި ވަނީ ދެކުނު އަވަށުގެ ބޮޑު މަގުގެ ފުޓްސަލް ދަނޑު ކައިރިން ކަމަށްވެސް މައުލޫތު ދީފައިވެއެވެ.

އެ ރަށުން ވާހަކަ ދެއްކި މީހާ އިތުރަށް ބުނެފައި ވަނީ އެކްސިޑެންޓް ހިނގަން ދިމާވީ ފަސް މަޑު ހިސާބަކުން ސައިކަލް ކޮންޓްރޯލް ނެއްޓިގެން ގޮސް ރުކެއްގައި ޖެހިގެން ކަމަށާއި، އެކްސިޑެންޓް ހިނގި އިރު، ސައިކަލު ދުއްވަން ތިބީ އުމުރުން 15 އަހަރާއި 16 އަހަރުގެ ދެ ކުދިން ކަމަށެވެ.

އޭގެ ތެރެއިން އެއް ކުއްޖެއްގެ މޫނު މައްޗަށް އަނިޔާވެ ހަށިގަނޑުގެ ބޮޑު ބަޔަކަށް އަނިޔާތަކެއް ލިބިފައިވާ އިރު، އަނެއް ކުއްޖާގެ ބޯވެސް ފަޅައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭގެ ތެރެއިން އެއް ކުއްޖަކަށް ވާހަކަވެސް ނުދެއްކާ ކަމަށް އެރަށުން މައުލޫމާތު ދީފައިވާ އިރު، އެ ކުދިންނަށް ލިބުނު އަނިޔާގެ މާ ބޮޑު ތަފްސީލެއް އަި ލިބިފައެއް ނުވެއެވެ.

ދެ ކުދިންވެސް މާލެ ގެނައީ ކައިރި ރަށެއްގެ ލޯންޗެއްގައެވެ. އެއީ އެ ރަށުގައި ސީ އެމްބިއުލައިންސެއް މިވަގުތު ނެތުމުން ކަމަށްވެސް ކާށިދޫގައި ހުރި މީހަކު މައުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޖޖފލފފފކޖނކފކޮޮޮދކޗކސޮ

  2. ޙެހެ މިހާރު ބަލިމީހުން އުފުލަނީ ސީ އެމްބިއުލާންސްގައެއްނޫން އެއީ ޔާމީނުު ފެެށިކަމެއް ޔާމީނާއެކު އެކަން ނިމިއްޖެ މިހާރުމިއޮތީ ބަލިމީހުން އުފުލުމަށް އެއާޓެކްސީގެ ދައުރު އިބޫގެ ވެރިކަމާއެކު ފެށިފައި

  3. އިންޝާﷲ އެތެރެއަކުންވެސް އަދި ބޭރަކުންވެސް ސީރިއަސް އަނިޔާއެއް ވެފައެއްނެތް މިއަދު ދެކުދިންވެސް ދޫކޮށްލާނެކަމަށް ޤަބޫލުކުރެނީ

  4. އެއީ ޒުވާންކުދިން ބައެއްފަހަރަށް އެހެންވާނެ

  5. މިސަރުކާރުން ސީއެމްބިއުލާންސް 100 ދުވަސްތެރެ ހުރިހާ ރަޝަކައް ހަމަކުރާނެ.. ދާއިރާގެ މެމްބަރ ޖާބިރު ތިކަން ހަމަޖައްސާނެ.

  6. ޔާމީނު ވެރިކަމުން ދިޔައިރު ތިޔަވަރުވެސް ކޮށްލާނުދިން ދޯ؟

  7. ކޮބާ މައިންބަފައިންގެ ޒިންމާ؟! އެކްސިޑެންޓްވީމައި މާލެނުގެނެވިގެން ނޫނީ ގެނައުން ލަސްވެގެން ފަޔަށް ހިނިއަރައިގެން ތެޅިފޮޅޭނެ، ނަމަވެސް ޒިންމާވީތަނެއް ހަނދާނެއް ނުހުންނާނެ! ސީއެމްބިއުލާންސްވެސް ކުއްވެރިކުރާނެ ބުރަފަތި އެނބުރޭލެއްލަސްކަމުން!

  8. ބަލަ ވަގުތު ލިޔުންތެރިންނޭ ތިޔަލިޔާ އެއްޗެއް ކިޔުންތެރިންނަށް ބޮޑަށް އޮޅުން ފިލާގޮތަކަށް ލިއުނީއްޔަ ކީއްތަވާނި . ކައިރި ރަށަކުން ލޯންޗެއްގަ ގެންދިޔައީ ކަމުގަ ލިޔުނު އިރު އެ ލޯންޗުގަ ގެންދަންޖެހުނު ސަބަބު އާއި ގެންދިޔަ ގޮތް އިތުރަށް ލިޔެލި ނމަ ކިޔާމީހުނަށް އިތުރަށް އޮޅުން ފިލާނެ . ހަބަރު ލިޔާއިރު އިތުރަށް މީހުނަށް އޮޅުން ފިލާގޮތަށް ލިޔުން މުހިންމު

  9. 15 އަހަރާ 16 އަހަރުގެ ކުދިންނައް ސައިކަލު ދުއްވުން އެއީ ގާނުނީ ގޮތުން މަނާކަމެއް..

  10. ކޮބާތަ ޖާސޫސީ ހެލިކޮޕްޓަރު

    • ޣެރިމޯދީގެ ގެރިއްލާ ހެލިކަޕްޓަރ އޮތީ ހަމަ އެކަނި އެންމެ ކަމަކު. އެއީ މިގައުމުގަ ސިފާން ގިނަކުރަން. މިސަރަހައްދައް އޮތް ބަލާވެރިކަން. ޜޭޕިސްތާނު.

  11. 16 އަހަރުގެ ދެކުދިން އެކްސިޑެންޓް ވެފައިވަނީ..

  12. ލައިސަންސް އެބައޮތްތަ؟

  13. ޖާބިރު އެކުދިންނަށް އެހީއެއްވިބާ...