02:14

ފުލުހުން މުޒާހަރާ ރޫޅާލުމާއެކު މިރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ މުޒާހަރާ ވަނީ ނިމުމަކަށް އައިސްފައި. މިރޭގެ 8:30 ހާއިރު މި މުޒާހަރާ ފެށި އިރު 200 އެއްހައި މީހުން މަޖީދީ މަގަށް އެއްވާން މަސައްކަތް ކުރިނަމަވެސް، ފުލުހުންގެ އެންގުމަށް އޭގެތެރެއިން ގިނަ ބަޔަކު ވަނީ އިޖާބަދީ އެ ސަރަޙައްދު ދޫކޮށް ގޮސްފައި. އަދި މަދު ބަޔަކު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައި، ފުލުހުންނާއި ކުރިމަތިލުމަށް މަސައްކަތްކޮށް ހަމަނުޖެހުން އުފައްދާން އުޅުމުން، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް އެފަރާތްތައް، އެއްވާން އުޅުނު ސަރަޙައްދުން ފޮނުވާލާފައި.

01:51

ޓްރެފިކް ފުލުހުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޛަސް

01:51

ފުލުހުން މަޖީދީ މަގުގައި އެއްވުން އޮތް ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާއިރު، އެ ސަރަޙައްދުން ދުއްވާ އުޅަނދުތައް ބެލުމުގެ މަސައްކަތްވެސް ކުރަމުންދޭ.

ޓްރެފިކް ފުލުހުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޛަސް

01:47

މިރޭގެ މުޒާހަރޭގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

01:46

ފުލުހުން މަޖީދީ މަގުގައި ޙަރަކާތްތެރިވަނީ - ވަގުތު އިމޭޛަސް: އިބްރާހިމް ޝާބިލް

01:45

01:34

ފުލުހުން މިހާރު މުޒާހަރާގެ ރޫޅާލަމުގެ މަސައްކަތް ކުރަމުން ދަނީ މޫނު ނިވާކޮށް މުގުރުބުރި ހިފައިގެން. ފުލުހުން މީގެ ކުރިން ވަނީ މުޒާހަރާގެ ބައިވެރިން ސުލްހަވެރި ކަމާއި އެކު އެ ސަރަޙައްދު ދޫކޮށް ދިއުމަށް އެދިފައި. ނަމަވެސް އެ އެންގުމަށް އެއްވެ ތިބި ބައެއް ފަރާތްތަކުން ތަބާ ނުވެ ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ފެށި ހިސާބުން، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލުމުގެ މަސައްކަށް ފަށާފައި.

01:29

މިރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫނިދޫއަށް ގެންގޮސްފި. ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅު ހަރަކާތްތައް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތައްވެސް ހިމެނޭ.

01:27

ފުލުހުން ދަނީ ޕެޕަރ ސްޕްރޭ ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން، އެއްވެ ތިބި ސަރަޙައްދުން ހުސްކުރަމުން.

01:26

01:08

މިރޭ ކުރިއަށްދާ މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖަސް

01:04

ޕެޕަރ ސްޕްރޭގެ އަސަރު ކުރި މީހަކު އެމްބިއުލާންސަށް އަރުވައިގެން މުޒާހަރާ ކުރިއަށްދާ ސަރަޙައްދުން ގެންގޮސްފި.

ޕެޕަރ ސްޕްރޭގެ އަސަރު ކުރި މީހަކު އެމްބިއުލާންސަށް އަރުވަނީ - ވަގުތު އިމޭޖަސް

00:58

ފުލުހުން ބާރުގެ ބޭނުންކޮށް އެއްވެފައި ތިބި މީހުން ފަހަތައް ޖައްސައިފި. ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޕެޕަރ ސްޕްރޭ ޖަހާފައި.

00:54

މިވަގުތު މުޒާހަރާގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަމުންދަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ).

މުޒާހަރާގެ ބައިވެރިން މަޖީދީ މަގުގައި - ވަގުތު އިމޭޖަސް

00:53

މުޒާހަރާގެ ބައިވެރިން ރެޑްވޭވް ފިހާރަ ހުންނަ ހިސާބުން މަޖީދީ މަގުގައި މަޑުކޮށްލައިގެން ތިބިއިރު، އެސްއޯ ފުލުހުން ތިބީ ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި.

00:46

ޝީލްޑާއި އެކު އެސްއޯ ފުލުހުން، މުޒާހަރާ ރޫޅާލުމަށް ތައްޔާރުވެއްޖެ. މިހާރު މުޒާހަރާ ކުރާ ސަރަޙައްދުގައި އެއްވެ ތިބީ މަދު ބައެއް.

00:45

މުޒާހަރާގެ ތެރެއިން ޕެޕަރ ސްޕްރޭގެ އަސަރު ކުރި އިތުރު މީހަކު މާލެ ގްރޭންޑް ކުރިމަތިން އެމްބިއުލާންސްގައި ގެންގޮސްފި.

00:37

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ފުލުހުންގެ ވެހިކަލަށް އަރުވާފައި - ވަގުތު އިމޭޖަސް

00:37

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ އެއްވުމުގެ ތެރެއިން ގެންދަނީ - ވަގުތު އިމޭޖަސް

00:31

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ބަންދުކޮށްފައިވާ ސަރަޙައްދާއި ދިމާލަށް ދާން އުޅުނު، މުޒާހަރާގެ ބައިވެރިންތަކެއްގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި. އޭނާ ވަނީ ފުލުހުންގެ ވެހިކަލަށް އަރުވާފައި.

00:29

މުޒާހަރާގެ ބައިވެރިން މަގުމަތީގައި ކޮންމެވެސް ވަރަކަށް ޙަރަކާތްތެރިވަމުން ދިޔަނަމަވެސް، މިވަގުތު މުޒާހަރާ ލީޑްކުރާނެ ފަރާތެއް ނުވަތަ އިދިކޮޅަށް ނިސްބަތްވާ އިސް ފަރާތެއް އެއްވުމުގެ ތެރެއިން ނުފެނޭ.

00:23

އެއްވުން ކުރިއަށްދާ ސަރަޙައްދުގެ އެކި ދިމާލުގައި އެއްވުމުގެ ބައިވެރިން މިހާރު ތިބިއިރު، އެފަރާތްތަކުން ދަނީ ސަރުކާރާއި ދެކޮޅަށް ޝުޢޫރު ފާޅުކުރަމުން. އަދި ބައެއް ބައިވެރިން އަތްޖަހައި އުފާ ފާޅުކުރަމުންވެސް ދޭ.

00:20

މިރޭގެ އެއްވުން ފެށުނު ވަގުތުގައި އިދިކޮޅަށް ތާއީދުކުރާ 200 އެއްހައި މީހުން މުޒާހަރާގައި ބައިވެރިވިއިރު، އޭގެތެރެއިން ގިނަ ބަޔަކު މިހާރު ވަނީ އެއްވުން ދޫކޮށް ގޮސްފައި.

00:13

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

00:07

އަނިޔާވެގެން ފުލުހުން އެހީތެރިވި މީހާ އެމްބިއުލާންސްގައި އެ ސަރަޙައްދުން ގެންގޮސްފި. މީގެ ކުރިންވެސް މިރޭ ޕެޕަރ ސްޕްރޭގެ އަސަރުކުރި ބައެއް މީހުން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައިވޭ.

00:06

މަގުމައްޗަށް އެއްވެފައި ތިބި މުޒާހަރާގެ ބައިވެރިންތަކެއް ފަހަތަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

00:05

އެސްއޯ ފުލުހުން މަޖީދީމަގުގައި ޙަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

00:05

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

00:03

މިރޭ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

00:01

މުޒާހަރާގެ ތެރެއިން އަނިޔާވި މީހަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި. ފުލުހުންގެ އެހީތެރިކަމާއި އެކު އޭނާ ވަނީ އެ އެ ސަރަޙައްދުން ދުރަށް ގެންގޮސްފައި.

މުޒާހަރާގައި އަނިޔާވި މީހަކަށް ފުލުހުން އެހީތެރިވަނީ - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

23:59

އިދިކޮޅު ބައިވެރިން މަގުމައްޗަށް އެއްވެ އުފާ ފާޅުކުރަމުންދަނިކޮށް އެސްއޯ ފުލުހުން ގޮސް އަނެއްކާވެސް މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޕެޕަރ ސްޕްރޭ ޖަހައި އެ ސަރަޙައްދުން މީހުން ފައްސާލައިފި. ފުލުހުން ޕެޕަރ ސްޕްރޭ ޖަހާފައި ވަނީ މަޖީދީ މަގާއި ރަށްދެބައި މަގު ގުޅުނު ސަރަޙައްދަށް އެއްވި ބައެއްގެ ތެރެއަށް.

23:39

23:36

އިދިކޮޅު ފަރާތްތަކުން މިރޭ ކުރަމުންދާ މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

23:32

ސީކްރެޓް ރެސިޕީ އާއި ދިމާލުން މަޖީދީ މަގަށް އެއްވެ ތިބި މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހއިފި

މުޒާހަރާގެ ބައިވެރިން މަގުމަތީގައި - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

23:15

މުޒާހަރާގެ ބައިވެރިން މަޖީދީ މަގަށް އެއްވެފައި - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

23:15

މިރޭ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ފަށަން އުޅުނު ސަރަޙައްދު - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

22:47

އަލިކިލެގެފާނު މަގު ސަރަޙައްދަށް އެއްވެ ތިބި މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހައިފި.

22:47

މުޒާހަރާގައި ބައިވެރިވާ މީހުން މީހާރު ތިބީ މަޖީދީ މަގުން އަލިކިލެގެފާނު މަގާއި އޮލިމްޕަސް ހިސާބުގައި. މި ސަރަޙައްދަށް ގާތްގަނޑަކަށް 100 އެއްހައި މީހުން ވަނީ އެއްވެފައި.

22:41

22:40

22:39

https://twitter.com/AtollObserver/status/973973069092933632

22:39

މުޒާހަރާގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު އޭޑީކޭއަށް ގެންގޮސްފި. ތިން އެންބިއުލާންސްގައި ހަތަރު މީހަކު މިހާތަނަށް މުޒާހަރާގެ ތެރެއިން އޭޑީކޭއަށް ވަނީ ގެންގޮސްފައި. މި އެންމެނަށްވެސް ޕެޕަރ ސްޕްރޭގެ އަސަރުކޮށްފައިވާ މަންޒަރު "ވަގުތު"ގެ ނޫސްވެރިންނަށް ވަނީ ފެނިފައި.

މުޒާހަރާގެ ތެރެއިން އޭޑީކޭއަށް ގެންދެވުނު މީހަކު ހޮސްޕިޓަލަށް ވައްދަނީ - ވަގުތު އިމޭޖަސް

22:38

މަންދު ކޮލެޖް ހުންނަ ސަރަޙައްދުގައިވެސް މުޒާހަރާގެ ބައިވެރިންތަކެއް އަޑު އުފުލަމުންދޭ.

22:32

22:27

އެއްވުމުގެ ތެރެއިން ކަޅުތެޔޮ ޖަހާފައި - ވަގުތު އިމޭޖަސް

22:27

އެއްވުމުގެ ތެރެއިން ކަޅުތެޔޮ ޖަހާފައި - ވަގުތު އިމޭޖަސް

22:26

މުޒާހަރާގެ ބައިވެރިންތަކެއް ފުލުހުންގެ ގަޔަށް ކަޅުތެޔޮ ޖަހައިފި. މީގެ ކުރިން މުޒަހަރާގެ ތެރެއިން ވަނީ ފުލުހުންނަށް ޙަމަލާ ދިނުމަށް ތައްޔާރު ކޮށްފައިވާ މިރުސް ފެން ޕެކެޓްތަކެއް އަތުލައިގެންފައި.

22:22

އެއްވުން ކުރިއަށްދާ ސަޜަހައްދުގައި ފުލުހުން ޙަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

22:21

މުޒާހަރާގެ ބައިވެރިން މާވެޔޮމަގާއި ހަމައަށް ފަހަތަށް ޖައްސާފައިވާއިރު، މަޖީދީ މަގާއި ފަނޑިޔާރު މަގު ގުޅުނު ކަންމަތީގައި އެސްއޯ ފުލުހުން ދަނީ ޙަރަކާތްތެރިވަމުން.

އެއްވުން ކުރިއަށްދާ ސަޜަހައްދުގައި ފުލުހުން ޙަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް

22:19

އެއްވުން ކުރިއަށްދާ ސަޜަހައްދުގައި ފުލުހުން ޙަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް

22:18

އެއްވުން ކުރިއަށްދާ ސަޜަހައްދުގައި ފުލުހުން ޙަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް

22:17

އަމީތު އާއި އަލީ ހުސައިން އަދި އަސްލަމް މިހާރު ވަނީ ފުލުހުންގެ ހެޑްކްއާޓަރު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ގެންގޮސްފައި.

22:15

އިދިކޮޅު އެއްވުމުގެ ބައިވެރިން މިހާރު ވަނީ މާވެޔޮ މަގާއި ހަމައަށް ފަހަތަށް ޖައްސާފައި. ފުލުހުން ތިބީ ސްކައިފޯ ރެސްޓޯރެންޓް ހުންނަ ހިސާބުގައި.

22:14

22:11

ޒިކުރާ މިސްކިތް ކައިރިން، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި މަޑުއްވަރި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ހައްޔަރުކޮށްފި.

22:04

22:04

22:03

22:03

https://twitter.com/MickailNaseem/status/973966414934523904?s=19

22:01

ފުލުހުންގެ ބެލުމުގެ ދަށަށް މާރިއާ ގެންގޮސްފި. މާރިއާ ފުލުހުންގެ ބެލުމުގެ ދަށުން ފުލުހުންގެ ވެހިކަލްތައް ކައިރިއަށް ގެންދިޔަ މަންޒަރު "ވަގުތު"ގެ ނޫސްވެރިންނަށް ފެނުނު. ނަމަވެސް އޭނާ ގެންދިޔައީ ކޮން ސަރަޙައްދަކުން ކަމެއް ނޭނގޭ.

21:58

21:58

21:50

ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ޗެކްމާކް މޯބައިލް ފިހާރައާއި ހަމައަށް ފަހަތަށް ޖައްސާފައި.

21:49

މިރޭ އެއްވުން ބާއްވަމުންދާ ސަރަޙައްދުގައި އެސްއޯ ފުލުހުން ޙަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް

21:48

އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖަސް

21:47

އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖަސް

21:44

ބާރުގެ ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން އެއްވެ ތިބި ސަރަޙައްދުން ފޮނުވާލުމުގެ މަސައްކަތް ފުލުހުން ފަށައިފި. ފުލުހުން ވަނީ އެއްވުމުގެ ތެރެއަށް ޕެޕަރ ސްޕްރޭ ޖަހައި އެއްވެ ތިބި މީހުން ފަހަތަށް ޖައްސާލާފައި.

21:37

އެއްވެ ތިބި ފަރާތްތަކުން ފުލުހުންނާއި ދެކޮޅަށް ބޭނުންކުރުމަށް މިރުސް ފެން ޕެކެޓް ތައްޔާރުކޮށްފައިވާއިރު، މިރޭގެ މުޒާހަރާގައި އިދިކޮޅު ފަރާތްތަކުން ދަނީ ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުން. އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ތައްޔާރުވާ މުޒާހަރާތަކުގައި ފުލުހުންނާއި ކުރިމަތިލުމަށް ރާވާފައިވާކަމުގެ މަޢުލޫމާތު ފުލުުހުންނަށް ކުރިންވެސް ލިބިފައިވާ ކަން ފުލުހުން ހާމަކޮށްފައިވޭ.

21:34

21:33

އެއްވެ ތިބި ފަރާތްތައް އެ ސަރަޙައްދު ދޫކޮށް ދިއުމަށް އިންޒާރު ދީ އަދި އެ ސަރަޙައްދުގެ ގެތަކުގެ ދޮރު ލެއްޕުމަށް ފުލުހުން އަންގައިފި. އަދި ބާރުގެ ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ބާރުގެ ބޭނުންކުރާނެ ކަމަށާއި، ލިބޭ ގެއްލުމަކަށް ފުލުހުން ޒިންމާއެއް ނުވާނެކަން މުޒާހަރާގެ ބައިވެރިންނަށް އަންގައިފި.

21:30

އެސްއޯ ފުލުހުން، މުޒާހަރާ ރޫޅާލުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި. އެސްއޯ ފުލުހުން ދަނީ ރައްދެބައި މަގާއި ހިސާބުން އެއްވެ ތިބި މީހުން ހެންވޭރާއި ވީކޮޅަށް ފަހަތަށް ޖައްސަމުން.

21:26

މުޒާހަރާގެ ބައިވެރިން، މިހާރު ވަނީ ރައްދެބައިމަގާއި މަޖީދީ މަގު ގުޅޭ ހިސާބަށް ފަހަތަށް ޖައްސާފައި. އެ ސަރަޙައްދުން ވެހިކަލްތަކަށް ދަތުރު ނުކުރެވޭގޮތަށް ބަންދުކޮށްފައި އޮތްނަމަވެސް، ޢާންމުންނަށް މަޖީދީ މަގުން ހިނގާފައި ދެކޮޅަށްވެސް ދަތުރުކުރެވޭ.

ފުލުހުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާފައި. - ވަގުތު އިމޭޖަސް

21:24

މުޒާހަރާގެ ބައިވެރިން މިހާރު ގޮވަމުންދަނީ، ފަސް ފަނޑިޔާރުންގެ ޙުކުމް ތަންފީޒު ކުރުމަށާއި އަދުލު އިންސާފު ޤާއިމްކުރުމަށް. ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުއްލިގޮތަކަށް ނެރުނު އަމުރުގައި އޮތީ، ޖަލުގައި ބަންދުކޮށްފައި ތިބި ގައިދީންތަކެެއް ވަގުތުން މިނިވަން ކުރުމަށްކަން ފާހަގަކޮށްލެވޭ.

21:21

ފުލުހުން ވަނީ މީޑިއާތަކަށް އެ ސަރަޙައްދުގައި މިނިވަން ކަމާއި އެކު ޙަރަކާތްތެރިވުމުގެ ފުރުސަތުދީފައި.

21:20

ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން މަޖީދީމަގު އަގޯރާ އާއި ހަމައަށް ފަހަތަށް ޖައްސާފައި. އިދިކޮޅު ފަރާތްތަކުން މިރޭ މުޒާހަރާ ކުރުމަށްޓަކައި އެއްވާން ނިންމާފައި ވަނީ މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅިއަށް.

21:18

މުޒާހަރާ ކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުން، ގޯޅިތައް ހިމެނޭ ގޮތަށް އެއްވެ ތިބި މީހުން ފޮނުވާލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން.

މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނީ - ފޮޓޯ: ވަގުތު އިމޭޖަސް

21:16

21:16

ކުޅި ބަލަންވެސް މި ސަރަޙައްދުގައި މަޑުނުކުރައްވާ ދިއުމަށް، މި ސަރަޙައްދުގައި ތިބި އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަން - ފުލުހުން

21:15

މުޒާހަރާގައި ބައިވެރިވުމަށް، އެއްވަމުންދާ މީހުން އެ ސަރަޙައްދު ދޫކޮށް ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި.

21:12

21:12

މުޒާހަރާގައި ބޭނުން ކުރުމަށްޓަކައި ގެންގުޅުނު ކަމަށް ބެލެވޭ ދެ އަޑުގަދަކުރާ އާއި އެމްޕް ސިސްޓަމެއް ފުލުހުން ވަނީ އެ ސަރަޙައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި.

21:11

އެސްއޯ ފުލުހުންގެ އިތުރު ވެހިކަލެއް، މުޒާހަރާގެ ބައިވެރިން ތިބި ސަރަޙައްދަށް އައިސްފި

ފުލުހުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: އަލީ ވިސާމް

21:09

މުޒާހަރާ ކުރުމަށް ރޭވި ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

21:06

ފުލުހުން ވަނީ މުޒާހަރާ ކުރުމަށް ނިންމާފައިވާ މައިދާނަށް އެއްވާން މަސައްކަތްކުރި މީހުން ނިކަގަސް މަގާއި ހަމައަށް ފަހަތަށް ޖައްސާފައި. މިރޭގެ މުޒާހަރާގެ ބައިވެރިން ދަނީ ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލަމުން.

21:03

ފުލުހުން މިހާރު ދަނީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރަމުން.

20:57

މުޒާހަރާ ކުރަން ރާވާފައިވާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖެސް

20:56

މުޒާހަރާގެ ބައިވެރިން މަގުމަތީގައި - ވަގުތު އިމޭޖެސް

20:55

މުޒާހަރާގެ ބައިވެރިން މަގުމަތީގައި - ވަގުތު އިމޭޖެސް

20:54

މުޒާހަރާގެ ބައިވެރިން މަގުމަތީގައި - ވަގުތު އިމޭޖެސް

20:53

ޑައިނަމޯ ކުރިމަތީގައި އަދި ފްލެޓް ކުރިމަތީގަޔާއި ޕޭވްމެންޓް މަތީގައި ގާތްގަނޑަކަށް 60 ވަރަކަށް މީހުން މިހާރު އެބަތިބި. ނަމަވެސް މުޒާހަރާ ކުރަން ރޭވި މައިދާނަށް ނުވަދެވޭ.

20:49

ގޮނޑި ގެއްލުނު 12 މެމްބަރުންނަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު.

20:49

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލުނީ އެ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން.

އިއްޔެ ފާސްކުރި އެންޓި ޑިފެކްޝަން ބިލްގައި ވަނީ މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހުގެ ފަހުން ހިނގާފައިވާ ކަންކަމުގެ މައްޗަށް އެޤާނޫނުގެ ބާރު ހިނގާނެ ކަމަށް ކަނޑައަޅާފައި. ޖުލައި މަހުގެ 13 ވަނަ ދުވަހަކީ ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަސް.

20:46

އިދިކޮޅު ފަރާތްތަކުން މިރޭ މުޒާހަރާ ކުރިއަށް ގެންދަން ނިންމާފައިވާ ސަރަހައްދު - ވަގުތު އިމޭޖެސް

20:45

މުޒާހަރާ ކުރާ ސަރަހައްދުގައި އަދި ތިބީ ފުލުހުން. އާއްމުންގެ ދެ މީހަކު ވެސް އެއް ތަނެއްގައި މަޑުކޮށްފިނަމަ ދަނީ ފޮނުވާލަމުން.

20:43

މިރޭގެ މުޒާހަރާ ކުރިއަށް ގެންދަނީ ޗާންދަނީ މަގުގައި. ފުލުހުން ވަނީ އަސްރަފީ ބުކްޝޮޕާއި ހަމައިން ވެހިކަލްތަކަށް ނުވަދެވޭ ގޮތަށް މަގު ބަންދުކޮށްފައި.

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ލައިވް ކަވަރޭޖަށް މަރުހަބާ!

މިރޭގެ މުޒާހަރާ އަކީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުމާއި ގުޅިގެން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން ކުރިއަށްގެންދާ މުޒާހަރާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޞުނަން

    ޙައްޤުގެ މައްޗަށް ބާޠިލު ގަދަނުވާނެ. ބާޠިލް ނެތިދާނެ. ޙައްޤުދެމި އޮންނާނެ. ޢެކަން ސޫރަތުލް އިސްރާގެ

    • ލައިލާ

      ރަނގަޅަށް ތިބުނީ. އެމްއޯޔޫގެ އަޖަލު ގާތްވެއްޖެ!

  2. ކުބުހާ

    ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ހުޅުދޫ ބޮޑު ކުބުހާ މެން އުނގު ވިއްކައިގެން ކުރި ހޯދޭނީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސޭ އާއި އިނގިރޭސި އެމްބަސޭ އާއި އަދި ރިޗަރޑް ބްރެންސަނޭ މެން ގާތު. މަމެން ގާތު އެޒާތަށް ތަމެންނަށް ކުރި އެރުން ނުލިބޭނެއޭ. ރަންރީނދޫ ޓްވިޓަރޭ މެން ކެނެރީގެ ނަޝީދުގެ ވެރިކަމުގައި ސޮނެވާ ފުއްޓަށް ގޮސް އެތަނުގައި ވެސް ކުރި ކަމަކީ ރިޗަރޑް ބްރެންސަނޭ މެންގެ އަޑާ ގައި މާލީސް އުނގުޅުމޭ މަމެން ބުނަން ނެތީމު ދޯ. ތަމެންނަށް ވެއްޓޭނެ ވެރިކަން ނުހުންނާނެ ރަންރީނދޫ ޓްވިޓަރޭ ހުޅުދޫ ބޮޑު ކުބުހާ. ކުބުހާ ކުބުހާ ކުބުހާ ހުޅުދޫ ބޮޑު ކުބުހާ ކުބުސް ކެޑާ.

  3. Anonymous

    ތިއޮތީ ވެރިކަން ވެއްޓިފަ. ނަގަން ގުދުވި ގޮތަށް ތިއޮތީ ނުތެދުވެވިފަ.

  4. Anonymous

    ފޮނުވާލާ ގެއަށް. ފައިދޮވެގެން ޝަހާފަތް ކިޔާ އަރާ އޮށޯވެ ނިދަންދާން ބުނޭ. ނުދާ އެންމެން ދޫނިދުއަށް ގެންދޭ. 10.30 ގެ ކުރިން ޖެހޭނެސާފުކޮށްލަން.

  5. ބޮލުރޮދީ

    ތޯތޯ ވާހަކައެއް ހަދާލާފަކާއެއް ގާނޫން އަސާސީއީންދީފަވާ ހައްގުތައް ނުހީފެއްޓޭނެ..

    • މަޖީ

      ގާނޫނު އަސާސީގެ އއޮންނާނެ ގާނޫނަކުން މަޖްލީހުން ހަދާ ގާނޫނަކުން ހައްގުތަށް ހަނިކުރެވޭނެ ކަމަށް. މަށަށް ހީވަނީ އެއ 16 ވަނަ މާއްދާ "މަޖްލީހުގެ ބާރުތައް ހިމެނޭ ބާބުހެން. ބަލާލަބަލަ. ތަނެއް ދޮރެއްނޭނގި ތިބެ ތި ސިޔާސީ މީހުންގެ ފޭކުގަ ނުޖެހިބަލަ. ކިހާ ހުތުރު ދެން ތިކަހަލަ ކާޓޫން ވާހަކަ ދެއްކީމަ.

  6. މަހަމޫދު

    އަލިފާން ކުޅި ކުޅޭބައެއްކަން ހަނދާން ކުރައްޗޭ ތި ނުކުމެ އުޅެނީ. ނަޝީދު ލީޑު ކުރަނީ. ދިވެހިން ހަލާކުކޮށްލަން އުޅޭ ޖަލުކަލޭގެކަން ހަނދާން ކުރާތި.

  7. ޑާއުން

    ރައީސްގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރު އޭސީސީގެ ބެލުމުގެ ދަށަކު ނެތް ކަން އެމެންނަށް ވެސް ނޭގޭނެއޭ އެއީ ސީކްރެޓް އެކައުންޓެއް ގައޭ އެފައިސާ ހުންނާނީ އޭސީސީގެ އެކައުންޓަށް ޖަމާވެފައި އަދި އެފައިސާ ޖަމާވި ކަން ރިއަލައިޒް ވާނީ ވަގު ބްރޯ މެން ދަމައިގަތް ފައިސާ ގަނޑު އަތުލެވުނީމައޭ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން މިކަމާއި ހާސްވާނެ ކަމެއް ނެތޭ ބޭބީ ނޯ ނީޑް ޓު ވޮރީ ޔޫއާރ ގޮއިންގް ޑައުން ޑައުން ޑައުން ޑައުން ލައިކް އިޓްސް ސަޕޯސްޑް ޓު ބީ ޕްރޮބަބްލީ އެން އޮނެސްޓްލީ އެން ޝުއަރލީ. ހަހަހާހާހާ ހަހަހަހަހާހާހާހާ...

  8. ޜައީސް

    ކީކޭ ބުނާނީ މިއޮތީވާ ބައިގަޑެއް ބޮޑު އުދަގުލެއް މިހާރު މި އެމްޑީޕީ އެއްޗިހިތަކާ ހެދި

  9. ތަތަތަތާތާތާ

    މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ފަށައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ޖައްސާ ޖައްސާ ޖައްސާ ހުރިހާ އެއްޗެހި އުފުރާލާ ޕެޕަރ ސްޕްރޭ ތަޅާލާ ބޯ ކޮށް ވާރޭ ވިއްސާ އުސޫލުން. ހޭއް ހޭއް ހޭއް އައި ހޭވް ބީން ވެއިޓިންގް ފޯރ ސަޗް މޯމެންޓް ޓު އެރެސްޓް ދެމް. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނި ކޮށް ރަށުތެރޭ ތިން ހަތަރު ބުރަށް ވަރިކޮށް ނަގާ އެއްލާލާ ގުރުޑުވެފައި ތިބި އަންހެން ވެެރިން ތަކެއް ގޭގައި ދަރިން ބަލަން ތިބުމުގެ ބަދަލުގައި މާލޭގެ މަގުމައްޗަށް ނިކުމެ އެމެން ރައްޔިތުންގެ %85 އިން ހޮވާފައިވާ ބިއުޓިފުލް ވެރިކަމެއް ވައްޓާލަން އެމެން ކުރާ މަސައްކަތް ޖެހޭނެ ވަގުން ސީޒް ވާން. އައި ހޭވް ބީން ހިއަރ ލުކިންގް ފޯރ ދަ ޑާރޓީ އެކްޓް އޮފް ދީސް ކަސްބީ ވިމެން. އައި ހޭވް ބީން ލުކިންގް ފޯރ އަ ޗާންސް ޓު ލީޑް އޮން ދެމް ޔޫ ނޯ ޔޫ ކެނޮޓް ޓޭކް ލީޑް އޮން އަސް އައި އޭމް ފީލިންގް ލައިކް އަ ރޮކް ސްޓަރ. އައި އޭމް ފީލިންގް ލައިކް އަ ރޮކް ސްޓަރ. އައި އޭމް ލިވިންގް ލައިކް އަ ރޮކް ސްޓަރ އައި އޭމް ލިވިންގް ލައިކް އަ ރޮކް ސްޓަރ އައި އޭމް ލިވިންގް ލައިކް އަ ރޮކް ސްޓަރ. ތަތަތާތާ ތަތަތާތާ ތަތަތަތާތާ ތަތަތަތާތާތާ ތަތަތަތާތާތާތާ...

  10. ލައިކްއަ

    ރަންރީނދޫ ޓްވިޓަރޭ މެން އެމެން ކުބުހާ ގައި ތެޔޮ ލައިގެން މާލެތެރޭގައި ތިބި ދަ ރާއްޖެތެރޭން އައިސް ފައި ތިބި މީހަކާއި އިނދެގެން ނޫޅެވިގެން މާލެ އަށް އަރާ އުނގުވިއްކައިގެން ކައިގެން ބޮއިގެން އުޅޭ ދަ ވަރިކުރި އެއްޗެހި ތައް ކަމުގައިވާ ކްރޭޒީ ވިޑޯސް ތައް ގޮވައިގެން މާލޭގެ މަގުމައްޗަށް ނިކުމެ ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ވެރިކަމެއް ވައްޓާލަން އެމެން ކުރާކަންކަން އެއީ އެމެންގެ ލަދު ހަޔާތް ކުޑަ ކަމުގެ ކަންފުޅެއް ވެސް ނެތީ އެއް ނޫންތޭ. ކަސްބީ އަންހެނުން ތަކެއް މާލޭގެ މަޖީދީ މަގު މައްޗަށް ވެއްޓިގަނެގެން އެމެން ބޮއްބޮއްޔާ ގެ ސައިޒު ފުލުހުންނަށް ދައްކަން ބިންމަތީގައި ތިބި ނަމަވެސް އެ ބަލަން ނޫޅެއޭ ފުލުހުން. މިމެންގެ ދަރިންނޭ ޕާރޓޭންނަށް ބަދަލުވެގެން ޖަލަށް ގަޅާފައި ތިބީ ދޯ. ހޭއް ހޭއް. އެމެންގެ ކަމަކީ ކޮކެއިން މާލޭގައި އެމެންގެ ދަރިންނަށް ވިއްކޭނެ ގޮތް ސަރުކާރުން ހެދުމޭ އެކަމެއް ނުކުރެވޭނެއޭ. މާލޭގެ މަގުތަކަކީ އެއީ ކަސްބީ އަންހެނުން މުޒާހަރާ ކުރަން ހުރި ތަނެއް ނޫނޭ. ހޭއް ހޭއް ދޭ ވޮނާ ބީ ލައިކް އަ ޕޮޕް ސްޓަރ ޕޮޕް ސްޓަރ. ހޭއި ހޭއި ހޭއި އެމެންގެ ދަރިން ކޮކެއިން ވިއްކައިގެން ކޮކެއިން އޮން ދަ ޓޭބަލް މަތީގައި އަތުރައިގެން އެވިއްކާ އެމެންނަށް އެވިއްކައިގެން ކާން ނުދެވޭތީއޭ މިހާރު އެމެން ނައްޓައިގެން ޒޮންބީން ތަކެއް ނިކުމެ އުޅޭ ގޮތަށް މަގުމައްޗަށް ނިކުމެ އުޅެނީ. އައި ހޭވް ބީން ލުކިންގް އިނަރ ޑީޓެއިލް އޮފް ދިސް ކްރޭޒީ ޕްރޮސްޓިޓިއުޝަންސް އޮފް ދިސް ކަންޓްރީ. ދޭ އާރ ލިވިންގް ލައިކް އަ ޕްރޮސްޓިިޓިއުޓްސް ދޭއާރ ލިވިންގް ލައިކް އަ ޕްރޮސްޓިޓިއުޓްސް. ހޭއި ހޭއި ހޭއި ޕްރޮސްޓިޓިއުޓްސް އޮން މާލޭ ރޯޑްސް ކެޗް ދެމް ކެޗް ދެމް. އައި ހޭވް ބީން ހިއަރ ލުކިންގް އެޓް ދީސް ސީންސް ނައު އައި އޭމް ލުކިންގް އެޓް އިޓް އެން ގެޓިންގް އަ ހެޕީ ފީލިންގް. އައި އޭމް ލުކިންގް ލައިކް އަ ހެޕީ ސްޓަރ އައި އޭމް ލުކިންގް ލައިކް އަ ހެޕީ ސްޓަރ ހެއި ދޭ ގޮޓާ ނޯ ބްރާ ދޭ ސްކްރީމް ޓު ޔޫޒް ދެމް އޮން އޯޕަން ރޯޑް ޔޫނޯ ދޭއާރ ލިވިންގް ލައިކް ޕްރޮސްޓިޓިއުޓްސް ދޭއާރ ލިވިންގް ލައިކް ޕްރޮސްޓިޓިއުޓްސް..

  11. ތަތަތާތާ

    މަޖިލީހުގެ އިދިކޮޅު ހަތަރު މެމްބަރަކު ހައްޔަރުކޮށްފި ނަމަ ހޭއް ހޭއް ހޭއް އައި އޭމް ފީލިންގް ލައިކް އަ ޕޮޕް ސްޓާރ. ތަތަތާ ހޭއް ހޭއް ހޭއް މަމެން ޕިންކީން ގެ ވެރިކަމުގައި ތަމެން ރަންރީނދޫލޭ މެން މަމެންގެ ވެރިކަން މަގުމައްޗަށް ނިކުމެގެން ވައްޓާލަން އުޅޭ ނަމަ ހޭއި ހޭއި ހޭއި އޮޕްޝަންސް އޮން ދަ ޓޭބަލް ޓު ޗޫސް ހައްޔަރު ކުރެވޭނެއޭ ދެން ޝަރީއަތް ކުރެވޭނެއޭ ދެން ހުކުމް ކުރެވޭނެއޭ. އައި ހޭވް ބީން ލުކިންގް ފޯރ ދިސް ގޯލްޑެން ޗާންސް ފޯރ ސޯ ލޯންގް. މައި ޑްރީމް ގާރލް ސޭސް ނައު ވީއާރ ގޮނާ ގޯ ލައިކް އަ ރޮކް ސްޓާރ ތަތަތާ ތަތަތާތާ ތަތަތާތާ ތަތަތާތާ ތަތަތާތާ..

  12. ވޮޗިންގް

    އިދިކޮޅު ކިތަންމެ ގިނަ އަދަދެއްގެ މެމްބަރުން ހައްޔަރު ކުރަން ޖެހުނު ނަމަވެސް ހައްޔަރު ކުރަން ޖެހޭނެއޭ އެއްގޮތަކަށް ވެސް މިފަދަ ކަންކަމުގައި ދުލެއް ދީގެން ނުވާނެއޭ. ފުލުހުން މިކަމުގައި ކުޑަވެސް ދުލެއް ދީގެން ނުވާނެއޭ ނުވާނެއޭ ކެނެރީގެ ނަޝީދަށް މަމެން ޕިންކީން ނާއި ނެކް ޓު ނެކް ޖައްސައިގެން ހަމަ ކުޑަ ވެސް ކުރިއެރުމެއް ނުލިބޭނެ ކަން އޭނާގެ ކްރޭޒީ މައިންޑަށް ވިސްނި އަދި އޭނާ ލީޑަރު ކަން ކުރާ ޕާރޓީގެ ހުރިހާ ޕިލަރސް ތައް ގޮސް އޭނާގެ ޕާރޓީ ކޮލަޕްސް ވަން ދެން މިކަން ޖެހޭނެއޭ ކުރަން. އެވްރީ މޫވް ދޭ މޭކް އެވްރީ ރޫލް ދޭ ބްރޭކް އެވްރީ ލޯ ދޭ ބްރޭކް ވީ ވިލް ބީ ވޮޗިންގް ދެމް ވޮޗިންގް ދެމް ވޮޗިންގް ދެމް އޯއް ކާންޓް ޔޫ ސީ އިޓް.

  13. ދކދހދދ

    ރާއްޖެޓީވީއއަށް މެޑެލްއެއް ހައްގެއްނުވޭތަ އަދިވެސް. ހާދަ މަސައްކަތެކޭ އެކުރަނީ މިގައުމު ބޭރުގެ ފަރާތްތަކަށް ވިއްކާލަންށާ. މިގައުމުން އިސްލާމްދީން ފޮހެލަން.

  14. އަދުލް

    މީހަކަށް ބަދުދުއާއެއް މަކުރާނެ ނަމަ މި ރ.ޓީވީގަ މިިއުޅޭ ޕްރެޒެންޓަރުންނަށް އއަދި ވަކިން ހާއްސަކޮށް މުޒާހަރާގަ ކަށިތައް ފުނޑުފުނޑުވެފަ އއެހުރި ހުސޭނަށް ބަދު ދުއާ ކުރާނަން.

  15. އާދަނު

    އަމީތު މެންނަށްވެސް 13 އަހަރު ޖަހާލާ. ދެން ތިބި އެންމެން މައިތިރި ވާނެ.

  16. ހުސޭނުބެ

    މިގައްދާރުން ތަޅާ ޗިސްޗިސް ކޮށްލަން ފުލުހުންނަށް ގޮވާލަން!!

  17. ވޮޗިންގް

    ރާއްޖޭގައި އިދިކޮޅު ސިޔާސީ ޕާރޓީ ތަކެއް އޮތް ކަމަށް ގަބޫލެއް ނުކުރެވޭނެއެވެ. ކެނެރީގެ ނަޝީދަކީ އެއީ އިދިކޮޅު ސިޔާސީ ހަރަކާތް ތައް ހިންގަން ދަންނަ މީހެއް ނޫނޭ އޭނާ އަށް އިނގޭނީ ގޭންގް ގޮތަށް އެމްޑީޕީ އޮޕަރޭޓް ކުރަން. އެކަން އެކުރަނީ އޭނާ އަޑީގައި ހުރެގެން. ކަން މިހެން ހުރުމުން އިލެކްޝަންސް ކަމިޝަނުން އެބަޖެހޭ ހަރު ކަށި ފިޔަވަޅު އަޅަން ގާނޫނާއި ޚިލާފަށް އެމެން މަޖީދީމަގުގައި މުޒާހަރާ ކުރަން ނިކުމެ ދަ ރާއްޖެތެރޭން މާލެ އަށް އަރާ ތިބި ބަޔަކު މާލޭގެ އިގްތިސާދު ފުނޑަމުން ދާތީވެ. ތިޔާ ހައްޔަރު ކުރި ގިނަ މީހުންނަކީ އެއީ ދަ ރާއްޖެތެރެއަށް ނިސްބަތްވާ ދަ ރާއްޖެތެރޭ މީހުންނެވެ. އެމީހުންގެ ރަށުގައި އެމީހުން ގޮސް މުޒާހަރާ ކުރަންވީ ނޫންތޭ މާލޭގައި ގާނޫނާއި ޚިލާފަށް މުޒާހަރާ ނުކޮށް. އެއިރުން މަމެން އަޅަ އެއް ނުލާނަމޭ އައްޑޫ ގައި ކަރަންޓްގެ އަގު ބޮޑު ވެގެން މުޒާހަރާ ކުރުމުން މަމެން އަޅައެއް ލިންތޭ އެކަމާއި. ނުލަން ދޯ. ކުރަންވީ އެމެން ރާއްޖެތެރޭގައި 24 ގަޑިއިރު ވެސް.

  18. ވޮޗިންގް

    ވަގަށް ރެކޯޑްކުރީ ކިތައް ބައްދަލުވުން ކަމެއް ނޭނގޭ ކަމަށް މައުމޫނުގެ ވަކީލުން ބުނާނަމަ އެއީ ރޯ ބުހުތާނު ދޮގޭ. މިރާއްޖޭގައި މޮޑަރން ޑިމޮކްރެސީގެ ދަށުން ވެރިކަން ކުރަން ފެށުމުން ރަށުތެރޭގައި އުޅޭ ލޯޔަރޭ މެން މަޝްހޫރު ވާން ވެގެން ސާބިތު ނުހިފޭ ރޯ ބުހުތާނު ދޮގު ވާހަކަ ތައް އެކި މުވައްސަސާ ތަކާއި ގުޅޭ ގޮތުން ދައްކަމުން ދާތީވެ އެކަން ކަން ނިމުމަކަށް ގެނައުމަށް ޓަކައި ރާއްޖޭގައި ވަކާލާތު ކުރާ ވަކީލުން ވަކާލާތު ކުރަން ޖެހޭނެ ގޮތުގެ ގައިޑް ލައިނެއް ހިމެނޭ ގޮތަށް އޭޖީ އޮފީހުން ގައިޑްލައިނެއް ނެރެން އެބަޖެހޭ ނުވަތަ ގާނޫނަކުން މިކަން ކަނޑައަޅަން އެބަޖެހޭ. މިރާއްޖޭގައި ވެރިކަން ކުރަންވާ ގޮތް އިނގެންވާނީ ވަކީލުންނަށް ނޫނޭ ޕޮލިހުން ޓޭޕް ރިކޯރޑަރު ބޭނުން ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ނޫނޭ އެމެންނަށް އެކަން ކުރެވޭނެއޭ އިދިކޮޅު ލޯޔަރޭ މެންނަށް އުޅެވެނީ އަދި ކުޑާ ކޮށް ސައިޒު އޮޅިގެންނޭ.

  19. ޔަގީނޭ

    މަޖިލީހުގެ އިދިކޮޅު ހަތަރު މެމްބަރަކު ހައްޔަރުކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. މިރާއްޖޭގެ ރައްޔިތުން އެއްގޮތަކަށް ވެސް ކެނެރީގެ ނަޝީދަށް ރާއްޖޭގެ ވެރިކަން ދޭން ބޭނުން ނުވާއިރު އޭނާ މިރާއްޖޭގެ ވެރިކަމަށް އަލިފުދާލުގެ ނަމުގައޭ ކިޔާ އަލިފުދާލުގައި ވެސް ތިބި ކޮރަޕްޓް ބައި ގަނޑެއް ގެ އެހީގައި އެމެންނަށް ރާއްޖޭގެ ދިހަ ވަރަކަށް ފަޅު ރަށް ހިބައިން ދޭ ގޮތަށް އެއްބަސްވެގެން އެމެން ކުރަމުން އެދާ މަސައްކަތް ތަކަށް ނިމުން ގެނައުމަށް ޓަކައި ސަރުކާރުން އެބަޖެހޭ އިގްތިސާދީ ޕެކޭޖްްސް ތަކެއް އިއުލާން ކުރަން. އެގޮތުން މާލެ ސަރަހައްދުން ފްލެޓްސް ތަަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ލިބޭނެ ކަން އިއުލާން ކޮށްލާ އަވަހަށް އެއެންމެންނަށް މާލެ ސަރަހައްދުން ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން ހަވާލު ކުރަން ފަށަންވީއެވެ. 2019 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަން އެލިޔުމުގައި ބަޔާން ކުރާނީ އަދި އެމަގުން މަސައްކަތް ކުރާނީ. އެއިރުން އެމްޑީޕީ ސައިވެގެން ދާނެ ޔަގީން.

  20. ކޮށްބަލަ

    ވަގަށް ރެކޯޑްކުރީ ކިތައް ބައްދަލުވުން ކަމެއް ނޭނގޭ ކަމަށް އެމެން ބުނި ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ހުރި ވާހަކަ ތަކެއް ނޫނެވެ. މަމެން ޕިންކީންގެ ސަރުކާރު ބާރުގައި އޮވެމެ ސަރުކާރަށް ޕެނިކް ރޫމް އިން ނުނިކުމެވިގެން އުޅެނީ އެއީ ކީއްވެގެންތޯ. ސަރުކާރު އަތުގައި ބާރު އޮވެމެ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްްސް ތައް 2019 ވަނަ އަހަރު ނިމުމުގެ ކުރިން ދޭނެ ކަން އިއުލާން ކުރުމަށް ފަހު އެ އެންމެންނާއި ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން ހަވާލު ކުރަން ފަށަންވީ އެއް ނޫންތޭ. އެއިރުން އެއީ 15 ހާސް މީހުންގެ ވަކި ވަކި އެދުމާއި ގުޅިފައިވާ ކަމަކަށް ވާއިރު މިއަޑު ގަދަވާނެ ސިޔާސީ ހުރިހާ އަޑު ތަކަށް ވުރެން. މިކަން މިއަދުން މިއަދަށް އިއުލާން ކުރުމަށް ފަހު މިކަން ބޮޑެތި ރަސްމިއްޔާތާއި އެކު ކުރިއަށް ގެންދަން ފަށަންވީއޭ އެއިރުން މަޑު މަޑުން ސިޔާސީ ކަންކަން އޮބިގެން ދާނެއޭ. ސަރުކާރުން އިގްތިސާދީ ކަންކަން ކުރަންވީ ސީދާ ވަކި ވަކި ފަރްދުންނާއި ގުޅުން ހުރި.

  21. އިނދިކޮޅު

    މީ މިބޭނުންވާ ކަންކަން މި މީހުން. އިނދިކޮޅު މީހުންވެސް ހޭއަރާކަށް ނުވޭތޯ
    https://vaguthu.mv/news/13473

    ރާއްޖެއިން އިސްލާމް ދީން ފޮހެލަން އިނދިކޮޅުމީހުން ބައިވެރިވެގެން މި މަސައްކަތް މިކުރަނީ

  22. މަހަށްދޭބަލަ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމް ކޯރޭ ދަ ބަނޑު ދޮންނައޭ ދަ ކާޅު ހެދުންލާ ދަ އުނގުވިއްކާ ދަ ބޮޑު ކުބުހާ ދަ ގައްދާރޭ ދަ ލެސްބިއަނޭ ދަ ތްރީސަމޭ ތަމެންނަށް މަމެންގެ ވެރިކަން ވެއްޓުނުތޭ. ނޫން ނުވެއްޓޭދޯ. މަހަށް ދޭބަލަ ދެން.