ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމަނިކުފާނު އަތުން 17 މިލިޔަން ރުފިޔާ ނަގާފައިވާ ކަމަށާއި އެ ފައިސާ ނުދީފި ނަމަ ފުލުސް އޮފީހަށް މައްސަލަ ހުށަހަޅާނެ ކަމުގައި އިންޒާރު ރައީސް ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ރައީސް ޔާމީނަށް ދެއްވައިފިއެވެ.

އެގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައި ޖާބިރު ބިދާޅުވީ އޭނާގެ އަތުން ނަގާފައިވާ 17 މިލިޔަން ރުފިޔާ އަނބުރާ ދެއްވުމަށް ޔާމީނަށް ދަންނަވާ ކަމަށާއި ނަމަވެސް އެފައިސާ ދިނުމަށް ދެންނެވުމުންވެސް އެ ފައިސާ ނުދެއްވާތީ މަކަރާ ހީލަތުގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާނެކަމުގެ ވާހަކަ ދަންނަވާކަމަށެވެ.

ޖާބިރު ވިދާޅުވީ ރައީސް ޔާމީން އޭނާގެ އަތުން ނެގު 17 މިލިއަން ރުފިޔާއަކީ 2013 ގެ ރިޔާސީ އިންތިހާބުގެ ކެންޕޭން ދުވަސްވަރު ނެންގެވި ފައިސާ ކަމަށެވެ. ޖާބިރު އިތުރަށް ވިދާޅުވީ މި ހިނގާ ސަރުކާރަކީވެސް އޭނާގެ އެހީތެރިކަމާއެކު ގެނެސްފައިވާ ސަރުކާރެއްކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.

ރައީސް ޔާމީނުގެ އިސްތަށިފުޅުގައި ދަރަންޏަށް ހިޔާނާތްތެރިވުމުގެ ތުހުމަތު ޖާބިރު އަޅުވާފައިވާއިރު އޭނާ ވަނީ ރައީސް ޔާމީންގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް އެމަނިކުފާނުގެ އަތުން 29 މިލިއަން ރުފިޔާ ނެންގެވިކަމަށާއި އެފައިސާ ހަތް ދުވަސްތެރޭގައި ނުދައްކައިފިނަމަ ކަމާބެހޭ އިދާރާތަކަށް ހުށައަޅައިގެން ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

އަދި ރައީސް 29 މިލިއަން ރުފިޔާ މައުމޫންގެ އެދުމުގެ މަތިން އެމަނިކުފާނުގެ ހާޒިރުގައި ހަވާކުރެއްވީ ދަރިކަލުން ފާރިޝް މައުމޫނާއި ކަމަށާއި އެކަން ސާބިތުކުރެވޭނެ ކަމަށްވެސް ޖާބިރު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

64 ކޮމެންޓް

  1. ނިޝާ

    ޙިދުކޮލުގަދޮ

  2. މާމަ

    މީނަ މޮޔަވެއްޖެކަންނޭންގެ.އިއްޔަފެނުނީ ރައީސަށް ޢަމުރު ކުރިތަން.

    • ދިޔާނާ

      މޮޔަވެއްޖެ ކަންނޭންގެއޭ؟؟ ހަމަ ރަނގަޅަށްވެސް މޮޔަވެއްޖެ

  3. ރިފް

    ޖާބިރު މީހަކަށް ކޯޗެއްތަ ދޭނީ1 ތިޔަ އުޅެނީ ޖާބިރުގެ ޔޮޓް ޓުއަރސް ކޮމްޕެނީ އިން އަހަރުންނަށް ދައްކަން ޖެހޭ 18000 ރުފިޔާ ނުދެއްކިގެން.

  4. ޖަހާންގީރު

    ކަލޭ ހިނދުކޮޅުގަތަ ހުންނަނީ އަބަދު !

  5. އަލިބެ

    ވެލިޒިނީ، ޖާބިރު ދައްކާވާހަކަ ޤަބޫލުކުރާނީ ވަރަށް މަދު ބައެއް. މެންޓަލް ކޭހެއްކަމަށް ލަފާ ކުރެވެނީ!!!! އަވަހަށް ފަރުވާ ހޯއްދަވައިފިނަމަ ރަގަޅުވެ މުޖްތަމައުގައި ރީތި ކޮށް އުޅުއްވިދާނެ. އެކަމަކު ފަރުވާ އަވަސް ކުރުން މުޙިއްމު.

    • ޢހަންމާ

      ދިޔާނާ މިދުވަސްކޮޅު ނަމާދު ނުކުރެވެޔޯ. އެއީ ކަންނޭގެ މިވާގޮތަކީ

  6. އަލީ

    ޖާބިރު މޮޔަވީބާ! މިހެންމިބުނީ މިހާރަކަށް އައިސް ދަރަންޏަށް ފައިސާ ނަގައިފައިވާ މީހުންގެ ވާހަކައާ މިކަހަ ގޮތްނޭގޭ ވާހަކަ ދައްކާތީއެވެ. އަޅުގަޑަށް ފެންނަނީ ޖާބިރު ހޮޑައިދުއަށް ދަތުރުފުޅެއް ކުރައްވަން އެރަށުގެ ބީޗް ވަރަށްސަޅިވާނެ އޭރުން ބޯހަމަޖެހިދާނެއެވެ. ރަގަޅުވާނީ........ އެކު ދުރުވިއްޔާ!

  7. ޑަޔާނާ

    ދެން އަހަރެމެން ކިިހިނެއްހަދަންވީ. ތި ވާހަކަ ދަންނަވާ ފާތުން އަރިހުގަ.

  8. ޖަމީލު ޖަމީލް

    ޖާބޮރޫ ކަލޭތީ ހޮޑާދޫ އަރިމަތީގައި މޫނުގަވެލި ހާކާގެން އިށިންދެގެން ކަލޭދޯއެއިނީ ދެން ކަލޭބުނާގޮތުން ވެއްޖިއްޔާމު ކަލޭ ފާސާނުދޭމީހަކަަށް ރާއްޖޭގައި ވެރިކަމަށް ނާދެވޭދޯ ކިހާބޮޑު ބަލާއްތިޅާހެދި

  9. ރަސާސީ

    ކީއްކުރާނީ! މިހާރު މިއޮތީ އަބުރާބެހުމާއި ބަސްބުނުމުގެ މިނިވަންކަން ދެއްވާފަ ވިއްޔަ! އެހެންވީމަ ކޮންމެފަދަ ވާހަކައެއް ދެއްކިޔަސް ހައްޔަރެއް ނުކުރާނެއެއްނު! އެމަކަމު މިކަލޭގެ ކޮލަމާފުށީ ކަތީބުކަން ދީފަ އެރަށަށް ފޮނުވާލުން ރަނގަޅުކަމަށް ފެނޭ!

  10. ހުސޭނުބޭ

    މީނާއަށް އެމެރިކާއަށް އެރިއްޖިއްޔާ ބުނާނެދޯ ބިލްގޭޓްސް ތިމަންނާއަތުން 1 ބިލިއަން ޑޮލަރު ދަރަންޏަށް ގެންދިޔައޭ!

  11. ޢހ

    ޢަބަދުވެސް މީނަ އަތުން ފައިސާ ނަގާއިގެން ކޮއްމެވެސް މީހަކް. ރިސޯޓެއް ރ ނިހިންގިގެން އުޅޭއިރު މީހަކަށް ކޮންލާރިއެއް ދެވޭނީ

  12. ރޮޒޭނާ

    ގަދަބެ ފޮނިނުވެ ހުރޭ އިނގެ. ތިހެން އުޅެންޔާ މިހަފްތާ އަކު ނުދޭނަން. ކޮން ފޮނިކަމެއް ދައްކާކަށް

  13. ވަކަރު

    ދިޔާނާ އަނެއްކާ ކަންފަތު ހިފާފަ ބުނާނެ ބަސް އަހައިގެން އުޅެން!!!!! ފުޅި އަތުނުޖެހެނިއްޔާ އެކަނި ހަމަ ވާހަކަ ދައްކާނީ ނޫނީ މީނަ އަތައްވެއްޖެ ނު މިދުވަސް ކޮޅައް ނަމަވެސް ބައްތި ފޯން އެއް ދޭން

  14. ނިހާސް

    މީނާގެ ވާހަކަ ރަގަޅުވާނީ ނުދެއްކީޔާމުން ހޮނޑާދޫއަތިރިމަތިން ފުލުހުން އަތުލައިގަތީ މިޔަވުރެންވެސް ބޮޑަށް ގޯސްވާ ބޭސްބަލަވަންއިންނަވަނިކޮއް ދެރައީ މިފަދަ މީހުންނަށް އަދަބު ނުލިބި އާދާގެ މީހުން ޖަލުގަ ތިބެންޖެހޭތީވެ މިފަދަ މީހުންގެ އަތްދަށުވެފަ ސިޔާސީއޭ މިކިޔާ ހުރިހާ މީހުންވެސް މިތިބެނީ ހުރިހިތާމައެއްގެ ބޮޑުކަމާ މިކަންތަށްތަކުގެ ހިތި ދިވެހިންނަށް ވަރަށް އަވަހަށް ފެންނަންފަށާނެ

  15. ޙަސަން އަޙުމަދު

    މިކަހަލަ ބޯގަޅި މީހުން މަތީ މަގާމުތަކަށް އިސްކޮށްގެން ރައީސް ޞާލިޙަށް 5 އަހަރުގެ ޓާރމެއް ފުރިހަމަކުރެވިދާނެބާ؟

  16. ޒާ

    ޔާމީނުގެ ވެރިކަމުގެ ބާރު އޮތްއިރު އައިރުޅީގާވެސް ތިޔަ ފައިސާގެ ވާހަކަ ނުދެއްކީ އޭރު ޔާމީނު އެފައިސާ ދީފާނެތީތޯ ނުވަތަ މިހާރު ޖާބިރު ތިޔަފަދަ ވާހަކަ ފަތުރަނީ ޖާބިރަށް ނަފްސާނީ ބަލިމަޑުކަމެއް ލައިގެންފައިވާތީތޯ ސުވާލު އުފެދޭ.

  17. ދިޔާނާ

    މޮޔަ ޖާބިރު. ހ. ތިމާވެށި 42 އަހަރު. މިހިރީ ހަނު

  18. ކަލޯގަޔާ

    މީނަ ރަނގަޅަށް މޮޔަވެއްޖެ! ކަލޯ ކަލޭ ކަނޑުކޮސް ކަމުން ހަމަ ލާރި ބެހީ ހިތުން މާމޮޅުތަކެއް ވާނެކަމަށް!

  19. އުފް

    މި ސޮރު މީ ހަމަ ގޮލައެއްނޫން، ތި ޖާބިރު އަޅުގަނޑު އަތުން 20 މިލިއަން ޑޮލަރު ނަގަފަ ވެއްޖެ ، އަދިވެސް ނުދޭ، ފިލައިގެން ދިޔައީ ރާއްޖެއިން ބޭރަށް.

  20. ނަޖްވާ

    މީނައަކީ ބޭންކެއްނު! މީރާ އަށް ލާރި ނުދައްކާ، ބޭންކްތަކަށް ލާރި ނުދައްކާ، ނުވިތާކަށް މުވައްޒަފުންނަށް ޤާވާއިދުން މުސާރަވެސް ނުދޭ ކަމަށް ވަނީ! ދެން ކޮން ލާރި އެއް މީސްމީހުންނަށް މީނައަށް ދެވޭނީކީ!

  21. ދަތްދޫނި

    ޖާބިރޫ ތިޔަ ކުރެވެނީ އިނދެގެން އުލޭ އަނބި މީހާ އަށްވެސް ފުރައްސާރަ އާއި މަލާމާތް.

  22. މާމާލެމަން

    ތިބޭފުޅާގެ އޮފީހުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މުސާރަ ބަރާބަރަށް ދެއްން އެދި އާދޭސް ދަންނަވަން. ކޮންމެހެން ސިޔާސީ ބޭފުޅުންނަށް ފަންސާހުން ފަސްދޮޅަހުން މިލިޔަން ދެއްވަނީ ކީއްކުރަންތޯ. ބައްލަވާ އެގިލައްވާތޯ ޕިޔޯނުންނަށް ރީތިކޮށް ކިޔާނީ އެންވޯއި.

  23. ޖަމީލު ޖަމީލް ގެ

    ކޮމެންޓް ނުގެނެސް ދެނީ

  24. ޤައުމު

    މީނަމީ މޮޔައެއްތަ؟ ދެންބުނެފާނެ ދިވެހި ނިކަމެތި ރައްޔިތަކު މީނަ އަތުން 100 މިލިއަން ރުފިޔާ ނަގާފަ އެބައޮތޭ. މީނަމީ ހާދަހާ މުއްސަނދި މަހުޖަނެކޭ ދޯ. އިކޮނޮމިކް މިނިސްޓަރު ކަމާހެދި މީނަ ވޮޔަވެފަ އެހުރީ މިހާރު. މީނަޔާ ހެދި މިޤައުވެސް ހަލާކު ވެގެންދާނެ.

  25. ފަނާ

    ދެންބުނާނީ ތިމަންނާޢަންހެނުންނަށްވެސް އިނދެގެންއުޅޭނެކަމަށް އަތާއަތާޖެހީމާ 40މިލިޔަން ރުފިޔާ ދީފާވާނެއޭ.

  26. ހަޤީގަތް

    ތުލުސްދޫން ޔޮޓްޓުއާސުން ނަގާފައިވާ ބިމަށް6800000 ހަލައްކަ އަށްޑިހަހާސްރުފިޔާ ނުދައްކައިގެ ވަނީ އެބިންވަކިކޮށްފަ،ޖާބިރަށް ގޮވާލަން އެފައިސާ ތުލުސްދޫ ރައްޔިތުން ނަށްދައްކަން

    • ޖާބިރު

      އަދުރޭގެ ހިސާބުދޯ ތިޖަހަނީ މައަތުން ލާރި ހޯދަން މަނޯންނާނެ މީހަކަށް ލޯލާރިޔެއްވެސް ދޭކަކަށް. ތިހެން އުޅެންޏާ ދިވެހި ރައީތެއްކަމުން ވަކިކުރަން ޖެހިދާނެ އިނގޭ. މީ މަ ލާރިދީގެން ގެނައި ސަރުކާރެއް.

  27. ބަހޫ

    މީނާ މިވަނީ މޮޔަފުޅުވެފައެވެ.!!

  28. ޥާނުވާ

    މިގޮލާ ހަމަތަ ޓެސްޓް ހަދަންޖެހިފަ މިހިރީ ވެލިޒިނީ ގޮތަށް

  29. ދާމޫ

    މިސޮރުގެ ކަންކަން މި ހުރި ގޮތުން ދިޔާނާ ފަދަ ޤާބިލް ދިވެހި ދަރިޔަކާ މީނާ ކުފޫ ހަމަނުވާކަން އެހެރެގެން ދަނީ އަމިއްލަ އިޢުތިރާފުން ސާބިތުކޮށްދެމުން! ކަލޯ ހަމާގައި ހުރެވޭވަރަށް ތިކަން ކުރާނަމަދޯ!

  30. މާމާލެމަން

    ދޮންވެލި ބިޗެއްގައި ނާއްޓަކަށް ފެންފޮދެއް އަޅާގެން އެއަށް މާމާ ކޮޅެއް އަޅާގެން ޖޫސްބޯ ހޮޅިއެއް ލައިގެން އިނދެ ފުމެބަލަ،ނާށިގަނޑު ފުރި އުތުރި އަރާވަރަށް ބޮކި އަރަަނެ، މަ ހީހީ ހަލާކު.....

  31. ލަނބުރާން

    މީއަޅެ ފައިސާ ޖަހާ މެސިނެއްތ؟

  32. ޒުލްފިގާރު.

    ޖާބިރު ލާރި ހޯދި ގޮތެއް ބުނެދީބަލަ؟ ރައްޔިތުން ނުޖެހޭބަލާކައް ބުރުމާ ގާސިމު ހަރަދުކުރިތޯ ، ނޫނީ ޖާބިރު ހަރަދު ކުރިތޯ ވަކިބަޔަކައް އިންތިހާބު ކާމިޔާބު ކޮއްދިނުމައް. އިބްރާހިމް މުހައްމަދު ސާލިހް އިންތިހާބު ކާމިޔާބު ކުރީ ޖާބިރު ހަރަދު ކޮއްގެން ވިއަސް ރައްޔިތހުން ގެ މުދަލުން ނޫނީ ހެދިފައިވާ ގާނޫނު އާއި ގަވާއިދާ ޚިލާފަތް ޖާބިރު ބޭނުންވާ މި ސަރުކާރުން އިބޫ ވެސް ކޮއްދީގެން ނުވާނެ.

  33. އަފީ

    މީނަމިހިރީހަމަހޭގަތޯ؟؟؟މީނާއައްމިމަގާމުދިނީމޮޔައެއްތަ؟

    މީނާގެފުލްބޮޑީޗެކަޕެއްހަދަންފެނޭ؟

    ޔާމީންމިލޮލީޖާބިރުއަތުންފައިސާނަގާވަރެއްނުވާ

    މިކަލޭގެމިއުޅެނީޔާމީނާމައުމޫނާދެބޭފުޅުންނާމާބޮނޑައްޒާތީވެގެންހެންވަރައްބޮނޑައްއެބަޔަގީވޭ

    އަޅުގަނޑައްފެއްނަނީމީނާގުރާދޫއައްގެންދަން

  34. ދފ

    މިހިރީ އެޑްވައިޒަރުގެ ޑިސިޕްލިން. އުޅޭ ހާލު. ދެން ކޮން އެޑްވައިޒަރު ކަމެއް ކުރެވޭނީ

  35. އަބޯ

    ހެރެތެރެ މައްސަލަ ކޯޓުންނެރެ 35 މިލިއަންރުފިޔާ ދިނީ ކޮންކަމެއްކުރަން ސަރުތު ކޮށްފާތަ ؟

  36. ވާނުވާ

    ބޭންކް އޮފް މޯލްޑިވްސް ހޮނޑައިދޫ ބްރާންޗަށް މުޅިގައުމު ދަރާވިކިފައި.

  37. ހޭލާ..

    ތިޔަސޮރު ހަމަތަ...؟؟

  38. އަފީ

    މީނަ މިވަރަށް ފައިސާ ބެހިކަމަށް ބުނާއިރު! ރައްޔިތުންނަށް ދައްކަންޖެހޭ މީރާ އަށް ދައްކަންޖެހޭ ފައިސާ ނުދައްކަ މީނަ ފިލައިގެން އުޅެނީ ކީއްވެބާ!

  39. ޙަސަން

    މީ އަޅެފަހެ ވޯލްޑް ބޭންކް ތަ؟

  40. އަހްމަދު

    ބައްލަވާޖާބިރު ތިބޭފުޅާ 2010 ގައިއަޅުގަނޑުގެއަތުންނެގި 45 މިލިއަން ޑޮލަރު ޖެނުއަރީ 2019 ގެކުރިން ނިދައްކައިފިއްޔާ ދުވަހަކުވެސް މާލެނޭރޭގޮތައް ކުޑަރަށުގަހައްޔަރުކުރާނަން ދިޔާނާޔައްވެސްނުކެރޭނެ އެރަށައްދާކަށް ހަމަތެދެއްމިބުނީ

  41. ހަމައަހާލީ.

    ބިލްގޭޓަށް ކިހާވަރެއް، ޓްރަމްޕަށް ކިހާވަރެއް ޖާބިރު ދިންބާ؟ހީވަނީ މީ ކޮމާޝަލް ބޭންކެއްހެން.

  42. ރައްޔިތުމީހާ

    ރައީސްގެ އެޑްވައިޒަރުކަމުން ޖާބިރުވަކިކުރުމަށް ރައީސް ސޯލިހަށް އިލްތިމާސްކުރަން. މަނިކުފާނުގެ އަގު ރައްޔިތުންކުރިމަތީ މިހިރަދަނީ ވެއްޓެމުން. މީރައްޔިތުންއެދޭގޮތެއްނޫން. ރައޔިތުންއެދޭގޮތަށް އަމަލުކުރައްވާ.

  43. ޢަހަންމާ

    ހާދަ ފައިސާއެއް ބަހަޔޭދޯ. މީނަ 24 ގަޑިއިރު ބޮއިގެން ތަ މިހުންނަނީ. މީނަމީ ވޯލްޑް ބޭންކްތަ. ޢެކަމު ސަރުކާރަށް ދައްކަންޖެހޭ ފައިސާ އަދިވެސް ނުދައްކާ.

  44. ދިޔާލޮލީ

    ކަލޭ ލާރި ތި ބަހަނީ ކޮން ބޭނުމަކުތޯވެސް ބުނެލަ ދީބަލަ. ހަމަ ކަމަކާ ނުލާ ދީލަތިކަމުން ދެނީތަ؟ ސަދަގާތުގެ ގޮތުން ދޭނަމަ ދޭނީ އަހަރުމެނަށްތާ. އަނެއްކާ ތިހެން ބުނާށޭ ބުނެ އަނބި މަންޖެ ޓްވީޓެއް ކުރީތަ؟

  45. ކަޅުބެ

    ޖާބިރު މަށަށްވެސް 30 މިލިޔަންދިން. އެވާކަގޮވަންްް ނުކެރެނީ ކީއްވެ !!!

  46. ހޮނޑާފުށި ކަތީބު

    ކަލޭ ހާދަ މުއްސަންޖޭ.ދޯ. އަހަރެންނަށްވެސް ދެތިން މިލިއަން ދީބަލަ. މަ މިއުޅެނީ ފްލެޓެއް.ގަނެވޭނެ ގޮތެއް.ނުވެގެން. ކޮޓަރިގަނޑެއްގަ ކުލި ދައްކައިގެން ނިކަން ހާލުގަ މި އުޅެނީ. ހަމްދަރުދީއެއް ނުވޭތަ ކަލޭ؟

  47. އަބޯ

    ކިތައް ފުޅި ހުސްވީ

  48. ޔާންޓޭބޭ

    ދެން ސޮރީ ފައިސާކޮޅެށް ނުލިބޭނެ ދެންލަލަލާާ

  49. ޖޮއްބެ

    ޖާބިރަށް ލާރިލިބޭގޮތް ބަލަންވެސް ކަމިޝަނެއް އުފައްދަން ރައީސް ސޯލިހަށް ދަންނަވަންވެއްޖެ. އެހެންނާ ފަހެ އެކަކަށް 39 މިލިއަން ދީފި އަނެކަކަށް 17 މިލިއަން ދީފި. މިއީ ކޮންތަނަކުން މީނާ ހޯދި ލާރިއެއްތޯ ބަލަން އެބަޖެހޭތާ.

  50. ހުރާގަނޑު

    ދުވަސްކޮޅެއް ކުރިން ބީޗެއްގަ ވެލިކޭ ހަނދާން އެބަހުރިތަ މިހާރު ހިނދުކޮޅެއްގަދޯ.

  51. ރޮޒީ

    ބޮޑު މޮޔަ

  52. ޒަކީ

    މާދަން ބުނާނެ އަންނިއަށް ވެސް 29 މިލިޔަން ދިނީމޯ ?

  53. އިންސާފް

    ތިހާ ގިނައިން މިހުންނައް ލާރި ތިބަހާއިރުވެސް ހުސްވާކައް ނޫޅޭ ދޯ؟؟ މީނަގެ ކަން ކަން ކޮމިޝަނުން ނުބަލަލނީ ކީވެބާ؟؟؟

  54. ފާތުމަ

    މީނާ ބަންދުކުރަންވީ.މީ އެންމެނަށް ރިޝްވަތުބަހަމުން ދުވާ ރާބޯއެއް.

  55. އައްޑޫ މީހާ

    ކޮންމެވެސް އަމިއްލަ އެދުމެއް އޮވެގެން ދައްކާ ބުހުތާނު ދޮގުވާހަކަ ގަބޫލެއް ނުކުރެވޭނެ ތިނޫން ކޮންމެވެސް ސްޓޯރީއެއް ފަޅާބަލަ

  56. ތެހެލާނެ

    ކޮބާ ރައީސް ވަހީދަށް ކިތަށްމިލިއަން ދެވުނުބާ ؟

  57. ކަޅުކާޅު

    އިބޫގެ ކޮމިސަނަށް މިމައްސަލަ މާދަމާ ވައްދާނަން ވާނުވާނޭގޭ ގޮތަށް އިބޫ ސޯލިހު ތި ލާރީގައި ހިފައިގެންނުވާނެ ތިޔައީ ބޮޑު ކުށެއް ކޯޓުތަކުންވެސް މިމައްސަލަ ބަލަންޖެހޭނެ.

  58. ނަސީދު

    ކޮއްމެވެސް ބަޔަކު ވެއްޖެނުން މިކަނލޭގެ މިގެންގުޅޭ ލާރި ތައް ލޯދާގޮތެއް އަޅެބަލަން މީހާހުންނަނީ ދަރާވިކިފައި

  59. ތިޔޭ އެއްކަލަ

    ކަލޭތީ މާ ތާހިރެއް ނޫނޭ މަކަރޭ ހިޔާނާތޭ ކިޔާކަށް. ކަލޭތީ ބޮޑެތި މަސައްކަތް ކޮއްފަ މީހުންގެ ލާރި ގަނޑު ނުދޭ މީހެއް. 28 މިލިއަން ރުފިޔާގެ ޕްރެޖެކްޓެއްގަ ކަލޭ ދިނީ އެންމެ 5 މިލިއަން. އެ ދެމުން ބުނީ މިވަރުގަ ހިފާށޭ، އެހެން ނޫނީ އެކަތިވެސް ނުލިބޭނޭ. ލޯޔަރުން ބޭނުންކޮށްގެން ކަލޭ މީސް މީހުންގެ ވަގު އެއްޗެސް ބަނޑަށް އަޅާ ދުވަސްތައް ވަރަށް އަވަސް މުސްތަޤްބަލެއް ތެރޭ ނިމުމަކަށް އަންނާނެ އިންޝާﷲ. ކަލޭގެ ވިޔަފާރީގަ އެއްވެސް ކަހަލަ ބަރަކާތެއްގެ ކުޑަ މިންވަރެއްވެސް ނުހުންނާނެ. އެކަކު އެންމެ ލޯ ލާރިއެއްވެސް ދޭނެ ކަމެއް ނެތް. އަމިއްލަ އަތުން ވިޔަފާރި އިނދަ ޖެހޭތަން ބަލަން ހުރޭ ކަލޭ. ވަރަށް ވާހަކަ

  60. ހަންބެ.

    ކަލޭ.ތިބުނާވަރައް ފައިސާ ހޯދިގޮއް ކަމާބެހޭ އިދާ
    ރާތަކަކުން ތަހްގީގުކޮއް ބަލަން ޖެހޭކަމައް ފެނޭ.
    މިލިޔަނުން. މިލިޔަނުން ފައިސާ.ބުނިހާބަޔަކައް ތިދެނީ ކޮންތާކުން ހޯދިފަިސާއެއްތަތީ.

  61. އަމާރިޔާ

    މޮޔަވީތަ ގުރާދޫން ބޭސްކުރަން ފޮނުވާ ލަސްކުރާވަރަކައް ގޯސްވާނީ