ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކަނޑާލައި، ކަރަންޓުގެ އަގު ހެޔޮ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މިއަދުގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މިބިލު މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާއެވެ.

ކަރަންޓުގެ އަގުހެޔޮކުރާ ބިލް މަޖިލީހަށް ހުށައެޅުއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މުސްތަފާ ވިދާޅުވީ އެ ބިލް ހުށައެޅުމުގެ މައިގަނޑު ބޭނުމަކީ މަސްވަރިންކަން ކުރާ ފަރާތްތަކުގެ ހަރަދުކުޑަކުރުމުގެ އިތުރުން ކަރަންޓުގެ ހިދުމަތުން ނަގާ އަގު މިހާރަށްވުރެ ހެޔޮ ކުރުމަށް ކަމަށެވެ.

ބިލުގައިވާ ގޮތުން މަސްވެރިކަން ކުރާ ދޯނިފަހަރުގައި ބޭނުން ކުރާ ޑީސަލުންނާއި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލުން ޑިއުޓީ މާފުކޮށް ދެވޭނީ އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ހުށަހެޅުމުންނެވެ.

މި ބިލަށް އަމަލު ކުރަން ފަށާނީ ބިލް ފާސްވެ، ރައީސް ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުންނެވެ.

ޑީސަލުން މިހާރު ޑިއުޓީގެ ގޮތުގައި ނަގަމުން އަންނަނީ ފަސް ޕަސަންޓެވެ.

ޑީސަލުން ޑިއުޓީ ކަނޑާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި ހިމެނޭކަމެކެކެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ އެއްމަސް ތެރޭގައި މަސްވެރިކަމަށް ނުކުންނަން ކުރަން ޖެހޭ ހަރަދު ކުޑަކުރުމަށް ޑީސަލުން ޑިއުޓީ ކަނޑާލާނެ ކަމުގައި ރައީސް ޞޯލިހު ވިދާޅުވެފައިވެއެވެ. ކަރަންޓުގެ ަގު ތިރި ކުރުމަކީވެސް ރައީސް ޞޯލހުގެ ރިޔާސީ ވައުދެކެވެ، އެގޮތުން ކަރަންޓުގެ އަގު ހެޔޮކުރމަޑް އަންނަ އަހަރަޑް ފާސްކުރު ބަޖެޓުގައި 272 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޒާ

    މޮޔަ ނުގޮވާ. ތިޔަ ޑީސަލް އަޅައިގެން ދުއްވަނީ މަސްވެރި އުޅަނދުތޯ ނުވަތަ ސަފާރީ އުޅަނދުތޯ ބަލާނީ ކަލޭމެން އިންޖީނުތެރެއަށް ވަދެގެންތަ؟

  2. ޙާޖަރާ ފިކުރީ

    ކަނޑާލާ ކަނޑާލާ! ޑިޔުޓީއިން ޢާމުދަނީ ލިބެންހުރި ހުރިހާކަމެއް ހުއްޓާލިޔަސް ރައީސް ޔާމީން ކުރައްވާފަހުރި މަސައްކަތުން ރާއްޖެއަށް ހިންދެމިލެވޭވަރުވާނެ ! އެކަމަކު އެކަންވާނީ ކިޔަވައިގެންތިބި ތަންދޮރު އޮޅުން ފިލާތިބި ބަޔަކު ކަންކުރަން ތިބެގެން! ހަމަ އެކަނި އަލަށްއެޅި އެޔަރޕޯޓާ އަލަށްހެދި 50 ރިސޯޓުންވެސް ޚަރަދު ބަޗާނެ! ރަށްރަށުގެ ތަރައްޤީގެ 75 އިންސައްތަ އެހުރީ ނިމިފަ! ދެން ކުރަން އޮތީ 25 ޕަސެންޓް!

    • ދދދދ

      ސަތޭކައިގެ ތެދު ވާހަކައެއް.

  3. ާޢުލާ

    ޙަބަރުދާރު!!

  4. ޢަލީ

    ދަރާފަ އޮތް ދައުލަތެކޭ ކިޔާފަ އަދި ވެރިކަމުގަ 2 ހަފްތާމިވީ ޑިއުޓީތައް ކަނޑާފަ، ކަރަނޓު އަގުހެޔޮ ކޮށްފަ، ސްކޫލް ކުދިންނަށް ކިރުތަށި ދީ މި ހަދަނީ ދައުލަތުގަ ފައިސާ ހުރެގެންކަން ޔަގީންތާަ،

  5. ނިއު

    ލާރި ލިބެނހުރި މަގުތައް ބަންދުކޮށްފަ އިރުކޮޅަކުން ބުނާނެ އިގުތިޯދީ ޚާއްސަ ހާލަތޭ ކިޔާފަ އެއަރޕޯޓް ވިކާލާނެ، ޮސްޕިޓަލް ވިއްކާލާނެ އެކަމުގަ މި އުޅެނީ މަކަރުން

  6. ލަބީބު

    ތިޔައުޅެނީ ރައްޔިތުން ގޯނިފުލުގައިބައިތިއްބައިގެން ޤަވްމު ވިއްކާލަންތާ؟ ތެލުގެ ޑިޔުޓީ ކަނޑާލުމުން ދައުލަތަށް އަހަރަކު 900 މިލިޔަން ރުފިޔާ ގެއްލުންވާނެ! ކަރަންޓުން މިހާރުވެސް 300 މިލިޔަންރުފިޔާ އެބަ ގެއްލުންވޭ! ޕެޑުން ޑިޔުޓީކަނޑާލުމުން އެއީ ދައުލަތަށް 100 މިލިޔަންރުފިޔާ ގެއްލުންވާކަމެއް! ކިރުތައްޓާ ދޮންކެޔޮ ކާންދިނުމަށް އަހަރަކަށް ބިލިޔަންރުފިޔާ ގެއްލުންވާނެ! ދައުލަތަށް އާމުދަނީހޯދެންހުރި ހުރިހާ މަގެއް ބަންދުކޮށްފަ ރާކަނިމަސްކާން ތިޔަ އުޅެނީ! ނަތީޖާ ރީއްޗެއްނުވާނެ!

  7. ޝުކުރިއްޔާ ގައުމު

    ތިހެން ކިޔާތާ ވެރިިކަމަށް ވީހާ ދުވަހެއް ވެއްޖެ. އަނގަ ނުތަޅާ ކޮށްބަލަ. ކުޑަކުދިންނާ.ބެހޭ މީހުން ދޫކޮށްލަން ވީމަ ފިސާރި އަވަސް އަރުވާލާފަ ހުރޭނު.