2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފޯން ނަންބަރު ސަޕޯޓަރުންނަށްޓަކައި މީސްމީޑިއާގައި ޢާއްމު ކުރައްވައިފިއެވެ.

މީސް މީޑިއާގައި އުމަރު ވިދާޅުވެފައިވަނީ، ދިވެހިރާއްޖެ ހަމަ މަގަށް އެޅުވުމަށް އުމަރު ވަކާލާތު ކުރައްވާ ސިޔާސަތުތަކަށް ތާއީދުކުރާ ގިނަ ބަޔަކު އުމަރުގެ ނަންބަރު ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށާއި، ނަންބަރު ޢާއްމު ކުރެއްވީ އެ ފަރާތްތަކަށްޓަކައި ކަމަށެވެ.

"މި ޤައުމު ހަމަ މަގަށް އެޅުވުމަށް އަޅުގަނޑު މި ވަކާލާތުކުރާ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ބޭފުޅުން އަޅުގަނޑުގެ މޮބައިލް ނަންބަރު ހޯދަން ބޭނުންފުޅުވެގެން އުޅުއްވާތީ ދަންނަވަން. އަޅުގަނޑުގެ މޮބައިލް ނަންބަރަކީ 7772189." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވެފައިވަނީ، ފޯނަށް ކޯލް ކުރުމުގެ ބަދަލުގައި އެސްއެމްއެސް، ވައިބަރ ނުވަތަ ވަޓްސްއަޕް އިން މެސެޖު ކުރެއްވުން އެދޭ ކަމަށާއި، ކޮންމެ މެސެޖަކަށް ޖަވާބު އަރުވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ތިޔަ ބޭފުޅުން އަޅުގަނޑަށް ފޯން ކުރެއްވުމުގެ ބަދަލުގައި އެސްއެމްއެސް ނުވަތަ ވައިބަރ ނުވަތަ ވަޓްސްއަޕް އިން މެސެޖު ކުރެއްވުން އެދެން. ކޮންމެ ކޯލަކަށް ޖަވާބު ދޭން ދަތިވެދާނެ، ނަމަވެސް މެސެޖުތަކަށް އިރާދަ ކުރެއްވިއްޔާ ޖަވާބު އަރުވާނަން." އުމަރު ވިދާޅުވިއެވެ.

އުމަރު މިހެން ވިދާޅުވިއިރު، އުމަރު ގެންދަވަނީ މި ސަރުކާރުން ފެންނަ ނުރަނގަޅު ކަންކަމަށް ފާޑުވިދާޅުވަމުންނެވެ. އަދި ވޭތުވެދިޔަ ޔާމީންގެ ސަރުކާރުން ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު އެ ސަރުކާރުން ފެނުނު ނުރަނގަޅު ކަންކަމަށްވެސް އުމަރު ވަނީ ފާޑުވިދާޅުވެފައެވެ.

"ވަގުތު" އަށް އުމަރު ވިދާޅުވީ، އޭނާއަކީ މި ސަރުކާރާވެސް އިދިކޮޅު މީހެއް ނޫން ނަމަވެސް، ސަރުކާރުގެ ތެރެއިން ފެންނަ ނުރަނގަޅު ކަންކަމަށް ފާޑު ވިދާޅުވާނެ ކަމަށެވެ.

އުމަރު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި، އަމަޒަކީ ސީދާ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކަމަށެވެ. އުމަރު ރާއްޖެއަށް ގެންނަން ބޭނުންފުޅުވާ އިސްލާހީ ބަދަލު މަޖިލިސް ތެރެއިން ގެނެވޭނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި، އެކަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އާދެވިގެން ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެ އިސްލާހުކުރުމަކީ އުމަރަށް ނޫން އިތުރު ބޭފުޅަކަށް ކުރެވޭނެ ކަމެއް ކަމަށް އުމަރު ދެކިވަޑައި ނުގަންނަވާއިރު، އުމަރަށް ތާއީދުކުރާކަން މީސްމީޑިއާގައި ހާމަކުރާ ފަރާތްތައް އިތުރުވަމުން ދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޕިއް

    ޕޮއް

  2. ސަލީމް

    ރަގަޅު ވާޙަކައެއް އުމަރު އެވިދާޅުވަނީ އުމަރައް އަޅުގަޑު ތާއީދު ހައްލަކީ އުމަރު ??????

  3. ޛެމަރު

    މަވެސް 777 މާސަޅި ވާނެ ހަހަހަ

  4. ނަރުދަމާ

    އާދައިގެ އާންމު ރައްޔިތަކު ޕުރޮމޯޓުކުރަން ދުވާލުދެދަޅައަށް އެމީހެއްގެ ވާހަކަ ނޫހުގަ ޖެހިއަސް އޭނަގެ މުހިންމުކަމެއް ނެތިއްޔާ އޭތި ވޯކެއްނުކުރާނެ.

  5. މަގުމަރާ

    އުމަރާ ގިނަވެގެންނޫޅޭ ނަންބަރެއްނެތިގެންނޫޅެން

  6. ޔަގީން

    މަވެސް އުމަރާެކު

  7. ނަން

    ޕޮއް

  8. ޙ
  9. މާމިގިލީ މީހާ

    ކާކުތަ ތިޔަ ނަންބަރަށް ގުޅާނީ.. ނުގުޅާނެ އެއްވެސް މީހަކު.. އުމަރަކަށް މިގައުގައި ތާއީދެއް ނެތް.. ބައިވެރިވި އިންތިހާބުން ވެސް ވީ ބަލި.. ދެން އިންތިހާބެއްގައި ބައިވެރި ވިޔަސް ވާނީ ބޮޑުތަނުން ބަލި.. މިގައުމުގެ 30 އަހަރު ވެރިކަން ކުރި ކާފަ ބޭޔާ ބައިއަތު ހިފައިގެން އުމަރު ހުދު ވާ ހިފާގެން ބޭއްވި އިންތިހާބުން ވެސް ވީ ބަލި.. ކަލޭ އަކަށް ތާއީދެއް ނެތޭ.

    • ޖުހާ

      މާމިގިލީ ގާސިމުވެސް ރައީސް ކަމަށް ކުރިމަތިލާގެން އިންތިޚާބުން ބަލިވި. ނަޝީދުވެސް ބަލިވި . މާމިގިލިމީހާ އަށް ތިޔައެނގުނީ އުމަރުބަލިވިކަން އެކަނި. އެއްޗެއްބޮއިގެންހުރިކަމަށް ބެލެވެނީ.

  10. އަލީ

    މަހުންނާނީ އުމަރާ އެކީ އެ އަޒުމުގަ އުމަރު ހުރިނަމަ ތިޔަފަދަ މީހަކަށް ނޫނީ މިޤައުމު ހަމަމަގަށް ނޭޅުވޭނެ

  11. ކަމަނަ

    އަހާލަން ބޭނުންވަނީ މިހާރުހުދުވަލާ ހަރުގަނޑު ކޮބައިތޯއެވެ ސަލާމަތުންއެބަހުރިތޯ

  12. ޔާމީން

    ތިޔަ ނަންބަރަކައް ނުގުޅޭ

  13. އުމަރު

    އުމަރަކީ ހޯމް މިނިސްޓަރަށް ހުރި އިރުގައިވެސް ވ އިޚްލާސްތެރި މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަވި، އެކަމަކު ސިޔާސީ އޮއިވަރު ހުރި ގޮތުން ޕާޓީއަކާއި ގުޅިގެން ނޫނީ ރައީސްކަން ނުލިބޭނެ، އުމަރާއި އެންމެ ބޮޑަށް ގުޅޭނީ ޖޭޕީ، އެއީ އެތާންގައި ގިނައީ ކުރީގެ ސިފައިން އަދި ފުލުހުން

  14. ސަޅި

    ޢުމަރު ނުބުނެޔޭ ގުލާށެކޭ ކިހެނެ ވެގެންތަ ތިޔައުލެނި މާމިގިލިމީހާ

  15. އަލްޖިބްރާ

    ކަލެއަށް ވެރިކަން ހޯދާދޭން ބަޔަކު މޮޔަވެގެނެއް ނޫޅޭ !

  16. ދޮގެއް؟

    ވަރަށް އުފާ ވެއްޖެ ނަންބަރު ދެއްވީމަ. ޝުކުރިިއްޔާ އުމަރު. އުމަރުގެ ހޯމް މިިނިސްޓަރު ކަމުގަ ސިނަމާލެ ފްލެޓް ތެރެ އަމާންކޮށް ދެއްވި. އެކަމަކު އަދީބު ކަލޭގެ އާއި މިހިރަ އުޅޭ ރީލޯޑު ވަޒީރުގެ ގޭންގްތަކަށް ފުރުސަތު ދިނުމަށް އެމީހުން ހުރަސް އަޅައިިގެން އުމަރަށް އެކަން ކުރިޔަށް ގެންދެވޭ ގޮތް ނުވީ. ރީލޯޑޭ ބުނެބަލަ ނިކަން ދޮގެކޭ. މިހާރުވެސް ތިގެންދަނީ ގޭންގްތަކާއެކު ހުސްނު އާ ދެމީހުން ވެގެން އެއްބަސްވުންތައް ހަދަމުންނެއްނު.

  17. އިންސާފު

    ޢަޅުގަނޑު އުމަރައް ތާއިދުކުރަން....

  18. ލޮލް

    އުމަރަށް ސާބަސް މަވެސް އުމަރާއެކު. ނަމްބަރު ދޭނީ ވަރަށް ގަޓު ހުރި މީހުން

  19. ސީކްރެޓް

    ތިޔަ އުޅެނީ ވަކިބަޔަކުގައިގަ ހުނިޖަހަންތޯ އަޑިއަޑިން

  20. ޔެސް މޭން

    ޢުމަރ އިޒް ދަ ބެސްޓް

  21. ޢާސިދާ

    ކަމޯން އުމަރާ..

  22. ާފަޔަރ އެލާމްސް ބޯއީ 2006

    ޢުމަރު އިޒް އަ މޭން އޮފް ޕްރިންސިޕަލް.

    ޤައުމު ލީޑު ކުރެވޭނެ ކަން ޔަޤީން

    އައި ސްޓޭންޑް ވިތު އުމަރު ނަސީރު

    ފޯރ 2023

  23. ބުމަރު

    އުމަރަކީ ތަފާތު މީހެެއް. އުމަރު ވަރެއް ނެތް.