1. މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓްއިން ހަތް ޕަސެންޓް އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ބުނެފައި ވަނީ ހުސްވި އަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް 3.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ އިރު، މިއަހަރުގެ ނޮވެމްބަރު މަހު 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައި ވާކަމަށެވެ.

ކަސްޓަމްސްއިމް ބުނި ގޮތުގައި އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް މުދާ އެތެރެކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 17 ޕަސެންޓަކީ ޔޫއޭއީން އެތެރެކުރި މުދަލެވެ. ދެވަނައަށް އެންމެ ގިނައިން މުދާ ޗައިނާއިން އެތެރެކުރި އިރު، ތިންވަނައަށް އެންމެ ގިނަ މުދާ އެތެރެކޮށްފައި ވަނީ އަޔަލޭންޑުންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، 280.3 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވެއެވެ. މި އަހަރުގެ ނޮވެންބަރު މަހު ރާއްޖެއިން ވަނީ 406.8 މިލިއަން ރުފިޔާގަ މުދާ އެކްސްޕޯޓުކޮށްފައެވެ.

ރާއްޖެ އެކްޕޯޓު ކުރާ މުދަލުގެ 48.2 އިންސައްތަ އެކްސްޕޯޓުކުރަނީ ތައިލެންޑަށެވެ. ދެވަނަ އަށް އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ ޖަރުމަނަށެވެ. ރާއްޖެ އިން އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތަކެވެ.

މިދިޔަ އަހަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 255.3 މިލިއަން ރުފިޔާ ލިބިފައިވާ އިރު މި އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 261 މިލިއަން ރުފިޔާގަ އެވެ. އެހެންކަމުން އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު 2.23 އިންސައްތައިގެ ކުރިއެރުމެކެވެ

ކިޔުންތެރިންގެ ހިޔާލު