ވެރިރަށް މާލެގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ތަރައްޤީކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގަތް ޕިކްނިކް އައިލެންޑްގެ މަސައްކަތް އަވަސްކޮށްދެއްވުމަށް މާލޭ ސިޓީކައުންސިލްގެ މޭޔަރ، ޝިފާ މުހައްމަދު، ޓޫރިޒަމްް މިނިސްޓަރު އަލީ ވަހީދުގެ އަރިހުގައި އެދިލައްވައިފިއެވެ.

އެގޮތުން ޝިފާ މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ ޕިކްނިކް އައިލެންޑް އަވަސްކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އެކަމަކީ ކުރެވޭނެ ކަމެއް ކަމާމެދުގައި ސުވާލު އުފައްދާ ކަމަށްވެސް ޝިފާގެ ޓްވީޓުގައިވެއެވެ.

"މާލޭ ރައްޔިތުންގެ ޕިކްނިކް އައިލެންޑް އަވަސް ކޮށްދެއްވުން ރައްޔިތުން އެދޭ. ކޮބާ ޕޮސިބިލިޓީއަކީ؟ ފޭދޫ ފިނޮޅު؟ ކުޑަބަނޑޮސް؟" ޝިފާ ވިދާޅުވިއެވެ.

ކޮންމެ ރަށެއްގެ ރައްޔިތުންނަށް ވެސް އެ ރަށަކާއި ކައިރި ސަރަހައްދެއްގައި ޕިކްނިކް ދާނެ ރަށެއް ހަދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދެކެވެ.

މާލޭ ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާނީ ކޮން ރަށެއްކަމެއް އަދި ކަނޑައަޅާފައި ނުވާއިރު ގިނަ ރައްޔިތުން ތިބީ ޕިކްނިކް އައިލެންޑެއްގެ އުންމީދުގައެވެ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްވައި ދިރިއުޅެމުން އަންނަނީ މާލޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙައްވަ

    ޕިކްނިކް އައިލެންޑާށް ވުރެ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަންތައް ކޮށްބަލަ. މާލޭގަ ފެންބޮޑުވެގެން ގެއްލުންތަކެއް ވެފާ އޮތްއިރުވެސް ޕިކުނިކް ދޯ މުހިއްމީ???

  2. ޢަލ

    މި ސަރުކާރަށް 5 އަހަރު ހަމަވަންދެން މީހުންގެ ކުށް ހޯދާފައި އެހެންކަމެއް ވެދާނެހެނެއް ހީއެއް ނުވޭ!