ގޮތް ނޭނގޭ މަރުތައް ތަޙުޤީޤު ކުރުމަށާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ތަޙުޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ގަރާރަކުން އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބޮޑެތި ބާރުތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު، ޤާނޫނު އަސާސީއާ ތަޢާރުޒުވާކަމަށް ކުރީގެ ނައިބު ރައީސް އަދި ޤާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ކޯލިޝަން ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޖަމީލު ވިދާޅުވި ގޮތުގައި މި ބިލުތަކުގެ ސަބަބުން ޤާނޫނު އަސާސީން ވަކި ޚާއްޞަ ބާރުތަކެއް ލިބިދީފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްފަދަ މުއައްސަސާތަކުގެ ދައުރަށް ހުރަސް އެޅޭ ގޮތަށް ބިލުތައް ފާސް ނުކުރެވޭނެ ކަމުގައެވެ.

ހަމައެހެންމެ، މި ބިލު ފާސްކުރުމާ ދެކޮޅަށް ކުރަމުންދާ ބަހުސްތަކަކީ އެކަންކަމުގައި ޤާނޫނީ ގޮތުން ބުރަދަން ހުރި ކަންކަމުގެ ގޮތުގައިވެސް ޖަމީލު ފާހަގަކުރައްވާފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން، ކޮރަޕްޝަނުގެ ޖަރީމާތައް ހިންގާފައިވާ މީހުން އަދުލު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެކަމުގައެވެ. އެހެންނަމަވެސް، އެކަމަށް ހުރި މުއައްސަސާތަކުގެ ބާރު ކަނޑުވާ ނުލެވޭނެކަން ފާހަގަ ކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން، ކޮމިޝަންތަކަށް ބާރު ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ގިނަ ބާރުތަކެއް ކޮމިޝަނަށް ލިބިދެވެއެވެ. އެގޮތުން އެކައުންޓުތައް ފްރީޒް ކުރުމާއި، މީހުން ހައްޔަރުކުރުމަށް ފުލުހުންގެ އެހީއަށް އެދެވުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އައްޑޫސިޓީ

    ޖަމީލު ޓްވިޓާ އަކުންނަމަވެސް އަންގަދީބަލަ ތިޔަކޮމިޝަނުން 2008 އިން ފެށިގެން ނެރެފަވާ ހުރިހާ އޮޑިޓް ރިޕޯޓް ތަކުގަ ދައުލަތުން ގެއްލިފަވާކަމައް ފާހަނގަ ކޮށްނެރެފަވާ ރިޕޯޓްތަކުގަވާ މައްސަލަ ތަކާ އެފްޕީއައިޑީގެ މައްސަލަ ވެސްބެލޭނެ ގޮތެއްވޭތޯ. ޔާމީނުއާ ޖަމީލުގެ އޮތްޒާތީމައްސަލަ އެއްފަރާއްކޮށް މިކަމަށް ގޮވާލަދޭންވީ. މިއީ މުޅިންވެސް ދިވެހިރައްޔެތުންގެ ލާރިނޫންތޯ؟

  2. އައިޝާ

    ދެން ހަދާނެ ނަހަދާނެ ގޮތެއް ނެތިގެން ޤަވްމުވިއްކާލާފަ ގެއަށް ވަޑައި ގަންނަވާ

  3. ނާއި

    ޖަމީލުގެ ބަހަށް ތައީދު

  4. ފެންޓަސީ

    ކެރަފާނަޝީދުގެ 3 އަހަރުގެ ވެރިކަމަކީ މިދިވެހިރާއްޖޭގެ ތާރީޚް ގައިވެސް ހިންގުނު އެންމެބޮޑެތި ކޮރަޕްޝަން އާއި ފަސާދަ އާއި ދައުލަތުގެ ފައިސާ ނުހަމަގޮތުގައި ބޭނުންކުރުމާ ދައުލަތުގެ ފައިސާ ގަސްދުގައި އިސްރާފުކޮށް މުޅ ގައުމު ބަނގުރޫޓުވެގެންދިޔަ ތިން އަހަރެވެ. އެއީ 2008ގެ ނޮވެމްބަރ 11 އިން 2012ގެ ފެބްރުއަރީ7 އާއި ދެމެދެވެ. އެހެންކަމުން ތިޔަ ބުނާ ކަމިޝަނަކުން މިބުނި ދުވަސްތަކުގެ މައްސަލަތައްނުބަލާ ނަމަ ގުއިތަފާލު ގައި ދަނޑިންތެޅުން މާރަގަޅުވާނެއެވެ.

  5. ނުރަބޯ

    ޖަމީލަށް ނިކަންރީތި ނަމެއް ރީނދޫ މީހުންހެދިއެވެ. އެއީ “ބޮނޑިބަތް ޖަމީލު” މިނަމެވެ. މިނަން ހަދަން ދިމާވިސަބަބަކީ ރީނދޫމީހުން، ބޮނޑިބަތް ކައްކައިގެން މާފަންނު ޕާކު(ފަހުން ބޮނޑިބަތް ޕާކު) ގައި ބޮނޑިބަތް ކާންތިއްބާ އެތާކައިރިން އެއިރުގެ ޖަސްޓިސް މިނިސްޓަރު މުޙައްމަދު ޖަމީލު އަޙްމަދު ކާރުކޮޅު ގައި ވަޑައިގަންނަވަނިކޮށް ރީނދޫ ގުންޑާއިން ކުއްލިއަކަށް އެމީހުން ކައިކައިތިބި ބޮނޑިބަތްތެލި ޖަމީލްގެ ކާރުކޮޅަށް ޖެހީއެވެ. އެހިސާބުން ޖަމީލްގެ ނަމަކަށް ބޮނޑިބަތް ޖަމީލު ކިޔަންފެށީއެވެ. ޖަމީލަކާ ބޮނޑިބަތަކާ ހުރީ ކޮން ގުޅުމެއްތޯއެވެ؟ ބޮނޑިބަތް ކެއްކީ ރީނދޫމީހުނެވެ. ކާންތިބީ ރީނދޫ މީހުނެވެ. ޖަމީލްގެ ކާރު ކޮޅަށް ބޮނޑިބަތް ޖެހީވެސް ރީނދޫ މީހުނެވެ. އެކަމަކު “ނަން” ޖަމީލަށެވެ. ކިހާއިންސާފުވެރި ތޯއެވެ؟

  6. ސްޕައިވެއަރ

    ކަމިޝަންތަކަށް ބާރުދޭނީ ކޯރޓުތަކުގެ ބާރުކަނޑުވާލަން. ޢެއީ ބޭނުންހައިގޮތަކަށް ކަންތައް ނިންމާލަން އަޅާފިޔަވަޅެއް! ކަމިޝަންތަކުން ދުނިޔޭގެ ޤައުމުތަކުގައި ޢަމަލުކުރަނީ ކޮން ހަމައެއްގައިތޯ ބަލާލުން މުހިއްމު! ޢެކަމިޝަނެއްގެ ބާރުން ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ބާރު ނިގުޅައިގެން އޮންނަ އުސޫލެއް ނެރެވިގެން ޤާނޫނު ތަންފީޒެއް ނުކުރެވޭނެ. ކަޝަންއުފައްދަނީ ދިރާސާކޮށް ކަމަކާއި ގުލޭމައުލޫމާތު ތަޙްޤީޤުތަކަށް ހޯދައި އެނަލައިޒްކޮށް ތަޙްޤީޤު މުއްސަދިކުރުމަށް. ރާއްޖޭގައިހުރި ކަމިޝަންތަކެއް މަދެއްނޫން! ޢެކަމިޝަންތަކަށް ކުރިމަތިވަނީ ސަރުކާރުގެ ނޫފޫޒުގަދަ މީހުން އަތްދަށުވެ ވިޔަފާރިވެރީން އެމްޕަވަރ ކުރާތަންތަނަކަށް ކަމިޝަންތައްބެ މިނިވަންކަމެއް ނެތި މަސައްކަތްކުރަން ޖެހުން. އޭސީސީ ބަނދެވިފައި. އޯޑިޓް އޮފީސް ކަސްތޮޅުއެޅުވިފަ! މިއީ ޙާލަތަކީ