ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

"މޯލްޑިވްސް-އިންޑިއާ ކޮންސިއުލާ ޓޯކްސް"ގެ ނަމުގައި ދެ ގައުމުން ކުރިއަށް ގެންދާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި ބައިވެރިވާ އެތައް ހާސް އިންޑިއާ މީހުންގެ ދިރިއުޅުން ރަނގަޅުކުރަން މަސައްކަތްކުރަން ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ.

"އިންޑިއާ މީހުންގެ ޝަކުވާތައް އަޑުއައްސަވައި އެކަންތައް ހައްލުކުރުމަށް ކަމާ ބެހޭ އިދާރާތަކާ އެކު މަސައްކަތް ކުރާނަން އަޅުގަނޑުމެން މިތިބީ ކަންބޮޑުވުންތައް އަޑު އަހައި، ދެމެހެއްޓެނިވި ހައްލުތަކެއް ހޯދަން ކަމާ ބެހޭ ފަރާތްތަކާ އެކުގައި މަސައްކަތްކުރަން،" ޝާހިދު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އިންޑިއާއަށް އެކި ބޭނުންތަކުގައި ދަތުރުކުރަމުންދާ ދިވެހިންނާއި، އިންޑިއާގެ ތަފާތު ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުންނާއި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނަށް ދިމާވާ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާ އާއި ގުޅުން ބަދަހިކުރާކަމަށް ބުނެ އިންޑިއާގެ އެކި ފެންވަރުގެ ވެރިން ތަފާތު އެކިފަހަރު މަތިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. ނަަމަވެސް ރާއްޖެ އިން އަބަދުވެސް ބުނަމުން އަންނަނީ ރާއްޖެ އިން ގެންގުޅޭ ސިޔާސަތަކީ ކޮންމެ ކަމެއްގައި ވެސް އިންޑިއާ އަށް އިސްކަން ދިނުމުގެ ސިޔާސަތެއް ކަމަށެވެ.

ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ގޯސްވުމަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިފަހުން މި ގުޅުން ބަދަހިވަމުންދާއިރު ރައީސް ޞާލިހު ހުވާ ކުރެއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބެއްޔާ

    އަދިވެސް އިންޑިޔާ މީހުންނަށް ދިމާވާ ދަތިތައް ހައްލުކޮށް ދެނީ. ދިވެހިންނަށް ދިމާވެފަ ހުރި ދަތިތައް އޭގެފަހުންތޯ؟

  2. ޢެކަނޑަމީ

    ޝާހިދު ތި އުޅެނީ އިންޑިއާ އަންހެނަކާ ދެއަންބަށް އިންނަން ވެގެންދޯ ދިވެހި ކުދިންނަށް ފުރައްސާރަކުރާ ރާއްޖޭގެ ފުރަތަމަ ފޮރިން މިނިސްޓަރު ތިގޮތުގައި ކިހާދުވަހަކު އުޅެވޭނެބާ.

  3. ަހޮނިހިރުކުޅި

    ޝާހިދުމެން ތިފައިބަނީ ބޯދާޚިޔާލުގަ 1900 ގެ އަހަރު ތެރެއަށް. ޝާހިދުމެން ރައްޔިތުންގެ ކުރިމައްޗަށް ނިކުންނަވައިގެން ގޮވަނީ ރައްޔިތުންނަށް ދަތިކަންތައް ރަގަޅުކުރާނެވާހަކަ! ތިއަށްވުރެ ތާހިރުވާނެ އިންޑިޔާއިން މިދިޔައަހަރު ތަކުގައި ރާއްޖޭގެ ރައްޔިތުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން އުޅުނުއިރު ރައްޔިތުން އެކަންތަކާ ކުރިމަތިލާންޖެހުނީ ކީއްވެގެންތޯ ތިމާގެ އަމިއްލަ ނަފުސާ ދުވާލަކު 33 ފަހަރު ހިތަށް އަރުވައި މިޤައުމު 10 ރާސްތާ ފަހަތަށް ޖެއްސުމުހެ ބަދަލުގައި 20 ރާސްތާ ކުރިޔަށް ދާނެ ޚިޔާލެއް ގެންނެވުން. ޢިންޑިޔާއަކަށް ރާއްޖޭގައި އޮތީ ކޮންދަތިކަމެއް! ނުއަގުގައި ޝާހިދުމެން އިންޑިޔާއަށް ދޫކޮށްލި އެއަރޕޯޓު އަނބުރައިނެގީ ދިވެހި ބައިތުލްމާލުން ބަދަލުދީފަ. ޢިންޑިޔާއިން ކަންތައްކުރީ ކިޔަވަންތިބި ދިވެހިދަރީންނަށް އެގައުމުގައި ނުފޮރުއްޕާންކޮށް ޤައުމުން ބޭރުކުރަީ! ޝާހިދުމެނަށް ދެންގޮވޭނީމޮޔަ!