ދުވަހުން ދުވަހަށް ސަރުކާރުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ރެކޯޑު ގިނަ ދުވަހަށް ރައްކާކުރާނެ ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތް ގައުމީ އަރުޝީފުން ފަށައިފިއެވެ.

އެގޮތުން ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޝާތިރު ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުފައިވަނީ ސަރުކާރުގެ މުއައްސަސާތަކުގެ ރަސްމީ ރިކޯޑުތައް ރައްކާކުރުމާއި ގެންގުޅުމާއި ނައްތާލުމާއި، އެއަށް ބަދަލުގެނައުމާ ގުޅޭ ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަަމަށެވެ.

"ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިފަދަ މަޢުލޫމާތާމެދު ޢަމަލުކުރަންވީގޮތުގެ މެނުއަލްއެއް ނުވަތަ ޕޮލިސީއެއް އޮންނަާނެ. ރާއްޖޭގައިވެސް މިކަން މީގެ ކުރިން ކުރަމުންދިޔަކަން ތާރީޚުން ފެންނަން އެބައޮތް. ރިކޯޑްސްތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމްވެފައި ނެތުމުގެ ސަބަބުން މައްސަލަތައް ދިމާވަމުން ދަނީ،"ޝާތިރު ވިދާޅުވިއެވެ.

އަދި ސަރުކާރުތަކުން އެކުލަވާ ޕޮލިސީތަކާއި، މެންޑޭޓުތައް ވެސް ބެލެހެއްޓުމަކީ ގާނޫނީ ގޮތުން ލާޒިމުކުރާ ކަމަކަށް ވީ ހިނދު އެކަމަކީ ރައްކާތެރިކޮށް ބެލެހެއްޓުން މުހިންމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ މުއައްސަސާތަކުން ދުވަހުން ދުވަހަށް ދޭ ހިދުމަތްތަކުގެ ރެކޯޑު ގިނަ ދުވަހަށް ރައްކާކުރާނެ ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު ދާދި ފަހުން ވަނީ ދައުލަތުގެ މީޑިއާ ، ޕީއެސްއެމްގެ ގިނަ ޑޮކިޔުމެންޓްތަކެއް ކާކުކަން ނޭނގޭ ގޮތައް ނައްތާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮންދު

    ވެރިކަމުން ފައިބާއިރު ތިޔަ ސާމާނު އަންދާލާނެ. ކަށަވަރު.

  2. އާމިރު

    އެހެން ވީމާ މީން އެނގެނީ މުސާރަ ކައިގެން

    މަޑުތަންމަތީ ތިބީކަމައް.