ރާއްޖޭގެ ސްކޫލުތަކާއި އެނޫންވެސް ތައުލީމު ފޯރުކޮށްދޭ ތަންތަނުގެ ބޮޑު ޗުއްޓީ ދުވަސްވަރު، ޑިސެމްބަރު މަސް ނޫން އެހެން ދުވަސްވަރަކަށް ބަދަލުކުރުމަށް ގޮވާލާ ފަރާތްތަކުގެ އަޑު ގަދަވެއްޖެއެވެ.

މިކަމަށް ގޮވާލާ ފަރާތްތަކުގެ އަޑު ގަދަވެފައިވާއިރު، މިކަން ބަދަލުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަންވެސް ވަނީ ފަށާފައެވެ. ސްކޫލު ބަންދު ދުވަސްވަރު ބަދަލު ކުރުމަށް ގޮވާލާ އެތައް ބަޔަކު ސޮއި ކުރަމުންދާ ޕެޓިޝަންގައި ބުނެފައިވާ ގޮތުން، ސްކޫލު ބަންދަކީ މި ދުވަސްވަރުކަމަށް ނިންމާފައިވަނީ 1960 ވަނަ އަހަރު އޮތް ސަރުކާރުންނެވެ. އަދި އެގޮތަށް ނިންމާފައިވަނީ އޭރު ރާއްޖެ އައިސް ކުދިންނަށް ކިޔަވައިދޭން އުޅުނު ސްރީ ލަންކާ ޓީޗަރުންނަށް ފަސޭހައަކަށްކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް، އޭގެ 58 އަހަރު ފަހުން ކަންތައްތައް ބަދަލުވެފައިވާއިރު، މިއީ ސްކޫލުތަކުގެ ބޮޑު ޗުއްޓީ އަށް އެންމެ ރަނގަޅު ދުވަސްވަރު ނޫންކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ. އެގޮތުން، ނޮވެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ގޮސް ޖަނަވަރީ މަހުގެ ފުރަތަމަ ހަފްތާއާ ހަމައަށް އޮންނަ ދުވަސްވަރަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ސީޒަން ދުވަސްވަރެވެ.

އެހެންކަމުން، އެސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ޗުއްޓީ ހޯދުން ވެގެންދާނީ ދަތިކަމަކަށެވެ. ހަމައެހެންމެ، އެއަރޕޯޓުތަކުގައި މަސައްކަތް ކުރާ މީހުންނަށްވެސް އެއީ ބުރަ ދުވަސްވަރެކެވެ.

މިކަންކަމުގެ ސަބަބުން، މި ސިނާއަތްތަކުގައި މަސައްކަތް ކުރާ މީހުންނަށް އެމީހުންގެ ދަރީންގެ ކައިރީގައި، ޗުއްޓީގެ އެންމެ ފުރިހަމަ ބޭނުން އަދާކުރަން އުނދަގޫވެއެވެ. ހަމައެހެންމެ، ޚިތާނު ކުރުމުގެ ކަންކަމާއި، އެކި ބޭނުންތަކަށް އެކި ތަންތަނަށް ދަތުރު ކުރުންވެސް ވެފައިވަނީ އުނދަގޫ ކަމަކަށެވެ.

ޕެޓިޝަންގައި ބަޔާންކޮށްފައިވާ ގޮތުން އެފަރާތްތަކުން ބޭނުންވަނީ ބޮޑު ޗުއްޓީގެ ދުވަސްވަރު ޖޫން މަހާއި އޯގަސްޓު މަހުގެ ދޭތެރޭގައި ބޭއްވުމަށެވެ. އެއީ ރިސޯޓުތަކުގެ އޮފް ސީޒަންކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

މި ޕެޓިޝަން ހުށަހެޅުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޓައްޕު

    ރާއްޖޭގެ ހުރިޙާ ސްކޫލެއްގެ ބެލެނިވެރިންނާއި ދަރިވަރުން އަދި ސްކޫލް ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން އަދި ސްކޫލް ބޯޑް ޕޭރަންޓް ޓީޗަރ އެސޯސިއޭޝަންތަކުގެ ޚިޔާލު މިކަމުގައި ހޯދާލުން ރަނގަޅު ވާނެ ކަމަށް ފެނޭ

    • ޢައިޝާ

      އަޅުގަނޑު ތާއީދު

  2. ޓްވިޓަރުކާރު

    ކީތްކުރާ ޕެޓިޝަނެއް؟؟!! ޓްވީޓެއް ކޮށްލާ އެޑިއުކޭޝަން މިނިސްޓަރ ޓެގްކޮށްފަ. އޭރަށް ތިކަން ހަމަޖެހިދާނެ. މީ ޓްވިޓަރ ސަރުކާރޭ !!

  3. ާޒ

    58 އަހަރު ވެފައިވާ ސަގާފަތެއް ދޫކޮށްލާ ކަށް ނުވާނެ

  4. ޙަމީދު

    ސަޅި....

  5. Miadhu

    ޣިޔާސުއްދީނާއި އިސްކަންދަރުގެ ޓީޗަރުން ބުނަނިކޮށް ތިކަން ވެދާނެ

  6. ހުސޭނުބޭ

    އެންމެ ރަގަޅު ހައްލަކީ އެމީހަކު ބޭނުން ދުވަސްވަރަކު ބޮޑުޗުއްޓީ ހެދުން. ޓީޗަރުވެސް ބޭނުންވީމާ ކުދިންކޮޅު އުކާލާފައި ޗުއްޓީއަށް ދާނީ. ކުދިންކޮޅުވެސް ބޭނުންވީމާ އިމްތިޙާނު ދޫކޮށްލާފައި ޗުއްޓީއަށް ދާނީ. މައިންބަފައިންވެސް އެމީހުން ބޭނުންވީމާ ސްކޫލް ކިއެވުން ދޫކޮށްލާފައި ދަރިންކޮޅު ގޮވައިގެން ޗުއްޓީއަށް ދާނީ. އެހެން މި ބުނީ އެންމެން ރުއްސޭނެގޮތެއް ތީގައި ނެތުމުން. މިދާގޮތަށް ދަންޏާ ރޯދަހިފާ ދުވަސްވަރު ކަމުނުގޮސްގެން އެހެން ދުވަސްވަރަކު ރޯދަހިފަންވެސް ޕެޓީޝަނެއް ހަދާފާނެ!

  7. Anonymous

    ތީވަކިބަޔަކު ބޭނުންވާގޮތް ރިޒޯޓް މީހުން. އާއުޅެފިއްޔާ މިސަރުކާރުގަ ވާނެ.

    • ޢަހަންމާ

      ތީތެދެއް. ބޯގުރޫޕް ބުނެފިއްޔާ ތިކަންވާނެ. ތި ރިސޯޓް ތަކުގައި އުޅެމީހުން އެންމެ ގިނައިން މި ޔަހޫދީ ސަރުކާރަށް ވޯޓު ދިނީ. ޢެހެންވީމަ މިކަން ވާންޖެހޭނެ.

    • ދަރުސް

      ޖޫން ޖުލައި މާ ރަނގަޅުވާނެ

  8. އިބްރާޖީ

    ތިއީ އޮންލައިން ޕެޓިޝަނެއްތަ؟

  9. ާއަޙުމަދު

    ޓިކަމާބުނެވޭނީ ނޫނެކޭ އެއީ އެދުވަސްވަރު އެހުރިހާކަމެއް ހުއްޓުވާލާފައެއް ނުބޭއްވޭނެތީއެވެ.ޗުއްޓީނެގުމަށް އޮންނައސޫލްގެ ދަށުން ޗުއްޓީނަގާނަމަ އެހެނަކުންނުވާނެ ސަބަބަކީ އެއީ އަހަރުގެ ހުސްދުވަސްތަކެއް ނޫނެވެ.އެހެންވީމާ އެންމެންވެސް ރަނގަޅަށްވިސްނާ

  10. އަލީ

    ރަގަޅު ނިނމުމެއ

  11. ވިސްނާ

    މޫސުމަށްވެސް ބަލަންވާނެ....

  12. އަސްކަނި

    58 އަހަރުގެ ސަގާފަތޭ ކިޔައިގެން ތި ހަދަނީ ބޮޑު ދޮގެކެވެ. ރާއްޖޭގެ ސްކޫލްތަކުގެ ބޮޑުޗުއްޓީ ކަނޑައެލިފައިވަނީ ބޭރުގެ އިމްތިހާނުތައް ހަދާ ނިމޭ ދުވަސްވަރާ ދިމާކޮށެވެ. 2001 ވަނަ އަހަރާ ހިސާބަށް ޑުސެމްބަރ ފަހުކޮޅުން ފެބްރުއަރީ ކުރީކޮޅަށް ޗުއްޓީ އޮވެފައި އިމްތިހާނު ބަދަލުކުރުމުން މިހާރު ނޮވެމްބަރު ފަހުކޮޅުން ޖެނުއަރީ ކުރީކޮޅަށް ޗުއްޓީވަނީ ބަދަލުވެފައެވެ. ޗުއްޓީ ބަދަލުކުރަންޏާ ބަދަލުކުރަން ޖެހޭނީ އިމްތިހާނުގެ ދުވަސްވަރެވެ.

  13. ޢައިޝާ

    އަޅުގަނޑަކީ ޓީޗަރެއް.. އަޅުގަނޑަށް އޯކޭއެއް ނޫން ޖުލައި އަދި އޯގަސްޓަށް ޗުއްޓީ ބަދަލުކުރީމަ.. ޢެގޮތަށް ބަދަލުކޮށްފިއްޔާ ކުދިންގެ އޯލެވެލް ކައިރިވެފަ އޮއްވާ ބޮޑު ބްރޭކެއް ދޯ ލިބޭނީ.. އޭރުން އޯލެވެލް އަށް ރެޑީވާން ބޭނުންވާ ވަރަށް މުހިއްމު ދުވަސްތަކެއް އެ ގެއްލެނީ.. ރިޒޯޓު ތަކުގަ މަސައްކަތްކުރާ މީހުންނަށްވުރެ ކިޔަވާ ކުދިންގެ މަސްލަހަތު މާ މުހިއްމު ކަމަށް އަޅުގަނޑު ދެކެނީ.

  14. އެމްޑީޕީ

    ރިޒޯޓު ތަކުގައި ޑިސެމްބަރު މަސް ވަރަށް ބިޒީ އަބަދު ކިޔަނީ ބުލެކު އައުޓު އާއިލާ މީހަކު މަރުވިޔަސް ސަންދޯއް ރިޒޯޓަށް ގެނައިމަ ނޫނީ ގަބޫލެއްނުކުރޭ ސަރުކާރުން ބޮޑުޗުއްޓީ އެހެން މަހަކަށް ބަދަލުކުރުމަކީ ވަރަށް މުހިއްމު ކަމެއް.

    • ޑިންދި

      ރިސޯޓު މުވައްޒަފުންނަށް ލުއިފަސޭހަޔަށޭ ކިޔާފަ ބޮޑު ޗުއްޓީ ޖުލައި އޮގަސްޓަށް ހެދީމަ ކެމްބްރިޖް އިމްތިހާންގެ ދުވަސްތައް ބަދަލެއް ނުވާނެ. ޢެ ރިސޯޓު މުވައްޒަފުގެ ދަރިފުޅު އޯލެވެލް ހަދާ އަހަރު އިމްތިހާނަށް ދެ މަސްވެފައި އޮއްވާ ބޮޑު ޗުއްޓީ ހަދާލީމަ އިމްތިހާން އޮތްތާ ބާއްވާފަ ފެމެލީ ޓްރިޕްއަށް ދާނީ. ދެން ސުކޫލް ފެށެން ހަފްތާއަކަށް ވީމަ އަނބުރާ އައިސް އިމްތިހާން ހަދާފަ ފެއިލް ވީމަ ސުކޫލްއާ ޓީޗަރުން ޒިންމާދާރު ކުރުވާށޭ ކިޔަން ތިބޭނެ އެ ރިސޯޓު ވުވައްޒަފުން.
      ދެން ތި ކިޔަނީ ލަންކާ މީހުނަށް ކްރިސްމަސް ފްރީ ކޮށްދެނީއޭ. ޖުލައި އަދި އޮގަސްޓްގަ ބުދު ދީންތަކާ ކްރިސްޓިއަނުން ފާހަގަކުރާ އެއްވެސް ކަމެއް ނޯވޭތޯ ؟

  15. ރާފިޢާ

    ރޯދަމަހަށް ބަންދުކޮށްލިއްޔާ މާރަނގަޅުވާނެ

  16. ބޮޑު ޗުއްޓީ

    ބޮޑު ޗުއްޓީ ބަދަލުކުރަން މަވެސް ވަރަށް ތާޢީދު. އެކަމަކު ޖޫން ޖުލައި ނޫން އެހެން ދުވަސްތަކަކަށް.... ބޮޑު ޗުއްޓީ ޖޫން، ޖުލައި އަށް ބަދަލުކުރަން ވާހަކަ ދައްކާއިރު، ވިސްނާ ލެވުނުބާ މޫސުމާ ދޭތެރޭ....އެއީ ރައްޖެއަށް އެންމެ ވިއްސާރަކުރާ ގަދަ ދުވަސްތައް..އަދިވެސް ރައްޖޭގެގިނަ ހިސާބުތަކަށް ކަނޑމަގުން ދަތުރުކުރަންޖެހެނީ. ބައެއް މީހުނަށް ބޮޑު ޗުއްޓީ އަރާުކުރަން ނުވަތަ ޢާއިލާއާއެކު މަޖާކުރަން ލިބުނަސް އަބަދުވެސް ބޮޑު ބޮޑު ޗުއްޓީއަކީ ރަށްފުށު މީހުންނަށް ބޭސްފަރުވާއަށް މާލެ ނުވަތަ އެހެން ތަންތަނަށް ދަތުރުކުރަން އޮންނަ ޗުއްޓީއަކަށް ވަނީ ވެފަ. ދެން ޖޫން ޖުލައި ވިއްސާރާގައި ކިހިނެއްބާ ރަށްފުށުމީހުންގެ ބޮޑުޗުއްޓީއަށް ރާވާ މިފަދަ ކަންކަން ކުރަނީ

  17. ދޯ

    މިހާރު މިއޮތްގޮތް މާރަގަޅު. ތިއުޅެނީ ރިސޯޓްގަ އުޅޭ މީހުންގެ އަައްމިއްލަ އެއްދުމެއް އޮވެގެން.

  18. ޯމުހަަައްމަދު ސިރު

    މިިީ މަވަރައް ތާާަާޢީދު ކުރާކަމެއް