ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމުގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބޭފުޅަކު އަންޔަން ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެމަތިން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމުގެ މަގާމަށް ބޭފުޅަކު އަންޔަން ކުރައްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަސްޓަމްސްގެ ވެރިޔާގެ މަގާމަށް އަންޔަން ކުރައްވާފައި ވަނީ އައްޑުއަތޮޅު ހިތަދޫ ޖަނަވަރީމާގޭ އަހުމަދު ނުއުމާންއެވެ.

ނުއުމާނަކީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރެއްވެސް މެއެވެ. ނުއުމާން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމުގެ މަގާމަށް އަންޔަން ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައެވެ. އެބޭފުޅާ ވަނީ މިއަދު ކަސްޓަމް އޮފިސަރެއްގެ ހުވާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު