ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވަކިކުރައްވައިފިއެވެ.
ޗީފް އޮފް ޑިފެންސްގެ މަގާމުން ޝިއާމް ވަކި ކުރައްވާފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަޙްމަދު ޝިޔާމް ޢައްޔަންކުރައްވާފައި ވަނީ 2012 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ.
ރައީސް ޔާމީން ސަރުކާރުގައި، އެމަނިކުފާނާ ވަރަށް ގާތުން މަސައްކަތް ކުރި ފަރާތެއްގެ ގޮތުގައި ޝިޔާމް ފާހަގަކޮށްލެވިފައިވާ އިރު، މި ސަރުކާރުގެ މިވީހާ ތަނަށްވެސް ޑިފެންސް މިނިސްޓަރު އަލް އުސްތާޒާ މާރިޔާ އަހުމަދު ދީދާއާއެކުވެސް ޝިޔާމް ވަނީ މަސައްކަތް ކުރައްވާފައެވެ.
އެހެން ނަމަވެސް، ޝިޔާމް މިސަރުކާރާ ގާތުން މަސައްކަތް ކުރައްވާތީ، ސަރުކާރަށް ތާއިދުކުރާ ގިނަ ބަޔަކު ދިޔައީ ފާޑުވެސް ކިޔަމުންނެވެ.
ޝިޔާމަށް އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒުވީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ދެކޮޅު ހެއްދެވުމާއި، ސިފައިން ފޮނުވައިގެން މަޖިލިސް މެންބަރުން މަޖިލިސް ކުރާ ގެއަށް ވަދެވަޑައިގަތުމަށް ހުރަސް އެޅުއްވި މައްސަލާގައެވެ.
ޗީފް އޮފް ޑިފެންސްގެ މަގާމުން ޝިޔާމް ވަކި ކުރައްވާ ރައީސް އިބްރާހީމް ސޯލިހް ވަނީ މިހާރު އެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިއަދު ހައިކޯޓުން ސިފައިންގެ ވަޒީފާ ދޭން ހުކުމް ކުރި އަބްދުﷲ ޝަމާލެވެ.
ތި ޝިޔާމް އަކާ ހެދި ސިފައިންގެ ތާއީދު ޔާމީނަށްވެސް ގެއްލުނީ. ރަނގަޅު. ޝިޔާމް ދެން ގޭގަ މަޑުކޮށްލާ.
ރާކަނި މަސްކެވުނުތަ. އެތައް ދުވަހެއް ވަންދެން ކޮރަޕްޝަނާއި ފަސާދަ އާއި މައި ބޯއިސް ނޫން މީހުންގެ ހައްގަށް އަރަިގެން ހުރި މީހެއް.
ކުލަޔަށް ހަމަށް ޢާއިލަައަށް ނިސްބަތްވާ ސިޔާސީ ޕާޓީއަށް ނުބަލަ ހަމަހަމަ ވުމަކީވތިއީ މާދަމާބުނޭ ޝަކުވާފޯމު ހުށައަޅާށެ ވަޒީފާއަށް ސަލާމްޖެއްސުމަކީ ތިއީނޫންތަ؟
ތިޔަކަލޭގެ ރާއްޖޭން ބޭރަށް ފުރިޔަ ނުދީ ޕާސްޕޯރޓް ހިފަހައްޓާ މިކަލޭގެ ހިންގާފައިވާ ހުރިހާ ޖަރީމާ ތަކެއް ބެލުމަށް މަމެން ރައްޔިތުން ގޮވާލަމު.
ޝިޔާމްސޯ މިސަރުކާރުގަ އުޅެވޭނީ ރީދޫހުންޖެހިފަތިބޭ އެމީހުންގެކަހަލަ މީހުނަށް
ކުއްވެރިންނާ ވަގުންނާ ކުޑަކުދިންނާބެހޭމީހުނާ ބޯމީހުނާ ވަރައްވާހަކަ
އައިންތުއަށް ތިހުރީ އޮޅިފަ. މިސަރުކަރުގަ ހަމަ އެންމެންނަށްވެސް އުޅޭވޭނެ. އެކަމަކު ރޯމާދުވާލުގަ ޖަރީމަ ހިންގަހިންގާ ތިބިމީހުން އެކަމުގައި ބައިތިއްބުމަކީ މިސަރުކަރު ގެނައި މީހުން މިބުނީ " ސައިލެންޓް މެޖޯރިޓީ " ރުހޭނޭ ކަމެއްނޫން. އެހެންވެ މަޑުމަޑުން އެމީހުންތައް އެ ދުރުކުރަނީ. މާދަމާ އެމީހުންނާ ތަހުގީގާ ދިމާވާނި. ދެން އޭގެފަހުން އެމީހުން ޖަވާބުދާރީ ވާންޖެހޭނީ "ހަވަރާ" . ހަވަރު އެމީހުންނަށް ހުކުމް ތަންފީޛު ކުރާނީ،. އަސްލު ޔާމީންވެއް އެގަންނަ ބިރަކީ މިސަރުކަރުގެ ތަންފީޛީ ބާރު ސައލެންޓް މެޖޯރިޓި ނުވަތަ " ހަވަރު " ދެކެ ގަންނަ ބިރު.
ޝިޔާމަކީ ވަރަށް ޤައުމީ، އަދި އެހާމެ ކުރިއޭޓިވް ބޭފުޅެއް. ޝިޔާމަށް އުފާވެރި ބާއްޖަވެރި ހަޔާތަކަށް އެދެން.
މިސޮރަކީ ވަރަށް ފޮނި ސޮރެއް ތަންކޮޅެއް ކުޑައިރު އަހަރެމެންނާ އެކީ މަޖީދިއްޔާގައި އުޅުނުއިރު ބުނާނެ ތިމަންނަގެ ބައްޕައަކީ ޢަބްދުލް ޙައްނާނު ޙަލީމޯ. ޢަބްދުލް ޙައްނާނަކީ އެއިރު ޕަބްލިކްސޭފްޓީ މިނިސްޓަރ ގެ އިތުރުން ސިފައިން ގެ ވެރިޔާގެ ނައިބު.
މިމަޤާމައް ހޯރަ އިއްބެ ލެއްވިނަމަރަގަޅުވާނޔ