ޗީފް އޮފް ޑިފެންސްގެ މަގާމަށް, މިއަދު ހައިކޯޓުން ސިފައިންގެ ވަޒީފާ ދޭން ހުކުމް ކުރި އަބްދުﷲ ޝަމާލް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފިއެވެ.
އޭނާ ސިފައިންގޭގެ ވަޒީފާއިން ވަކި ކުރީ ސިފައިންގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަމަށް ބުނެ މީސް މީޑިޔާގައި ލިޔުމެއް އާއްމުކޮށް، ސިފައިންގެ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތް ކޮށް، މަސްލަހަތު ނަގާލަން އުޅުމުންނެވެ.
އެމައްސަލައިގައި 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އޭނާ ވަކިކުރީ ރަނގަޅަށްކަމަށެވެ.
އެހެންނަމަވެސް، ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އޭނާ ޤަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ، އޭނާ ކުރިން ހުރި މަޤާމުގެ ވަޒީފާއެއް 15 ދުވަސް ތެރޭގައި ދީ، ވަކިކުރު ދުވަހުން ފެށިގެން ވަޒީފާ ދިނުމާ ހަމައަށް ލިބެން ޖެހޭ މުސާރައާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ދިނުމަށް އަމުރުކޮށްފައެވެ.
ރައީސް ސޯލިހު ވެރިކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ހިސާބުން ރާއްޖޭގެ ކޯޓުތަކުން ގެންދަނީ އާދަޔާ ޚިލާފު ހުކުމްތައް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.
ވަޒީފާއިން ވަކިކުރުމާ ހަމައަށް ޝަމާލް ވަނީ 25 އަހަރު ސިފައިންގޭގައި މަސައްކަތް ކުރައްވާފައެވެ.
ދީފަބަހައްޓާ މިސަރުކާރަށްބަލަދު އަރާފަތިބޭމީހުން
މިރާއްޖޭގައި ޢަދުލު އިންސާފެއް ނެތް.
ޖެނަރަލް ޝަމާލަށް މަރުޙަބާ
ޝިޔާމު ކަނޑާލަންވިތާ ކިތައްމެ ދުވަހެއް. މާ ލަސްވެސްވެއްޖެ. މީނާގެ ކޮރަޕްޝަން މައްސަލަތައްވެސް ބަލަންޖެހޭނެ. ސިފްކޯ އާއި ސިވެކް ކުންފުނިތަކާއި އުތުރު ތިލަފަޅުގަ އާއި ތަނބުރުދޫގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީގުކޮށް ޝަރީޢަތަށް ފޮނުވެންޖެހޭނެ. މިކަހަލަ ކޮރަޕްޓް މީހުންނަކީ މިސަރުކާރުގައި ގެންގުޅޭވަރުގެ މީހުންނެއް ނޫނެވެ. ވަލްޙަމްދުލިއްލާހި
ޝިޔާމް ވަކިކުރަން ވިތާ ކިތައްމެ ދުވަހެއް. އެކަމަކު ކޯޓުތަކުގަ ތިބި ސަދޫމް ސްޓައިލް ޤާޒީން ފުރަތަމަ ވަކިކުރަން ޖެހޭ.
ސަދޫމްގެ ކޯޓުތައް
ކިހާ މޮޅު އެދުވަސްވަރު އަމިއްލަ މަސައްކަތްކޮއްގެން ލާރިވެސް ލިބުނީ އަދި ވަޒީފާގެ އެއްވެސް މަސައްކަތެއް ނުކޮއް އެއްފަހަރާ ބޮޑު ލާރިގަނޑެއްވެސް ލިބުނީ..
ޢާނ ކަންތަކާޖެހެނީ!
އަދިވެސް ސިފައިންގެ ތެޜޭގައި ކަމުނުދާ ކުދިންނައް ރަގަޅު ނޫން އޮފިސަރުން ތިބޭނެ އެމީހުން ވެސް ކުނިހޮވާލަން ޖެހޭ
ހިތާމަ ހުރި.! ގާނޫނު ހިންގަންށޭ ކިޔާފަ ވެރިކަމަށް އެރި މީހުން ތީ.!
ހިތާމަ ހުރި.! ގާނޫނު ހިންގަންށޭ ކިޔާފަ ވެރިކަމަށް އެރި މީހުން ތީ.!
ނޫން ނޫން ކޯޓުތަކަށް ނުފޫޒެއް ނުފޯރުވާކަން އެބައެނގޭ. ހަމަހީވަނީ ކުރަންވާ ކަންތައްތައް ލިސްޓެއްގައި ލިޔެފައި ދީގެން އުޅޭހެންނެވެ. ޢަދުލު ވީތަނެއް އިންސާފު ނުދެނެހުއްޓެވެ.
ފަނޑިޔާރުން އެބޭފުޅުންގެ ވަޒީފާ ދިފާޢުކުރުމުގައި އަވަދިނެތި ތިކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް.
ޢެވަރު މައްސަލައެއް ބަލަން ކޯޓުން ކިތައް އަހަރު.