ހެޔޮ ވެރިކަމަކަށް ޤައުމުގެ މިސްރާބު ބަދަލުވެއްޖެކަން ރައްޔިތުން ޤަބޫލުކުރީ، ނޫސްވެރިންގެ ސަބަބުން ކަމަށާއި، ޤައުމަށް ދިމާވި ދަތި ދުވަސްތަކުގައި ނޫސްވެރިން ކުރި ހިތްވަރުގަދަ ޖިހާދަށް ސެލިއުޓް ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ނޫސްވެރިކަމަށް 75 އަހަރު ފުރުނު އަލިމަސް ކާނިވާ ފާހަގަކުރުމުގެ މުނާސަބަތާ ގުޅުވައިގެން މިހާރު ބާއްވަމުން ގެންދަވާ، ނޫސްވެރިކަމުގެ އަވޯޑް ހަފްލާގައެވެ.

ރައީސް އިބްރާހީމް މުޙައްމަދ ޞޯލިޙް ވިދާޅުވީ، ނޫސްވެރިންގެ އެންމެ އިސް މަސްލަހަތަކީ ޤައުމުގެ މަސްލަހަތު ކަމަށާއި، މިދިޔަ އަހަރުތަކުގައި ދައުލަތުގެ ކަންކަން ގަނޑުބަޑުވެގެން ދިޔައިރު، އެކަމުގެ ހަޤީގަތްތައް ހާމަކުރުމުގެ ޒިންމާ ނޫސްވެރިން ނުނެންގެވިނަމަ، މިއަދުވެސް ރާއްޖެ އޮތީހީ އެޙާލަތުގައި، ގޮށްމުށުގެ ބާރާއި އަނިޔާވެރިކަން އަދި ކޮރަޕްޝަނާއި ފަސާދައިގެ ތެރޭގައި ކަމަށެވެ.

ޤާނޫނުތަކާއި ގަވާއިދުތައް ހަދައިގެން ނޫސްވެރިންނަށް ބިރުދައްކަމުން ދިޔައިރުވެސް ޤައުމުގެ ހައްޤުގައި ނޫސްވެރިން މަސްޢޫލިއްޔަތު އުފުލީ ޤާނޫނަކުން ނޫސްވެރިންނަށް އެ ޒިންމާތަކެއް ހަވާލުކޮށްގެނެއް ނޫން ކަމަށާއި، އަދި ޤާނޫނީ އެއްވެސް ހިމާޔަތެއް ލިބިގެންނެއްވެސް ނޫން ކަމަށް ރައީސް ޞޯލިޙް ވިދާޅުވިއެވެ.

"ނޫސްވެރިން އެދުވަހު ބިރު ފަހަނައަޅައި ނިކުމެ، ސަރުކާރުގެ ނުރަނގަޅު އަމަލުތައް ހާމަކުރީ މި ޤައުމަށް ހެޔޮއެދޭތީ. ބޭއިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް ނޫސްވެރިން ކުރި ހިތްވަރުގަދަ ޖިހާދަށް އަޅުގަނޑު މިއަދު ސެލިއުޓް ކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ފަސާދައާއި، ކޮރަޕްޝަންތަކާމެދު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ނޫސްވެރިން ކުރި މިންނެތް މަސައްކަތަށް ސާބަސް ރައްދުކުރައްވާ ކަމަށާއި، ހެޔޮ ވެރިކަމަކަށް ޤައުމުގެ މިސްރާބު ބަދަލުވެއްޖެކަން ރައްޔިތުން ޤަބޫލުކުރީ ނޫސްވެރިން އޭރު ކުރި މަސައްކަތުން ކަމަށެވެ.

އިތުރަށް ރައީސް ވިދާޅުވީ، މިނިވަން ނޫސްވެރިކަމަކީ ޚިޔާލު ފާޅުކުރުމުގެ އެއް އަސާސް ކަމަށާއި، އެ ހަޤީގަތް ޤަބޫލުކުރާ ހާލު ވެރިކަމާ ހަވާލުވީ، ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއް ޤާއިމު ކޮށްދިނިމުގެ ވައުދާއެކު ކަމަށެވެ. އަދި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ފަހި މާހައުލެއް ތަނަވަސް ކޮށްދީ، މިނިވަންކަމާއެކު ޚިޔާލު ފާޅުކުރެވޭނެ ވެއްޓެއް މި ސަރުކާރުން ނޫސްވެރިންނަށް ޤާއިމު ކޮށްދޭއްވާނެ ކަމަށް ރައީސް މިރޭވެސް ވަޢުދުވެވަޑައިގެންނެވިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ އެވޯޑް ހަފްލާގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ނޫސްވެރިންނަށް އެވޯޑް ދީފައިވާއިރު، ނޫސްވެރިކަމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި، ނޫސްވެރިކަމުގެ ދާއިރާއށް ދިގު މުއްދަތަށް ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުންނަށް ނޫސްވެރިކަމުގެ ޝަފަރުގެ ގަލަމާއި، ނޫސްވެރިކަމުގެ އަލިމަސް ގަލަން އަރުވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އިބްރާހިމް

    ނޫސްވެރިން ފެތުރި ދޮގުވާހަކަތަކަށްޓަކައި ސެލިޔުޓްކުރީ

  2. Anonymous

    ރައީސްމީހާ ދައްކާ ވާހަކައިގެ އެއްވެސް އޮއްޓަރެއް ނުހުރޭ، ޢިލްމީ ވާހަކައެއް ދައްކަން ނޭނގޭކަމީ ހިތާމަހުރިކަމެއް. ރައީސްމީހާ އަކީ ހުރިހާ ރައްޔިތުންނަށް ނަމޫނާ މީހަކަށް ވާންޖެހޭނެ، ޖަންގަލީ ބަހުރުވައިން ވާހަކަދެއްކުން ހުއްޓާލުމަށް ނަޞޭޙަތްތެރިވަން.

    • ސިފައިންގެމީހާ

      އެއްކަލަ އެނޮނިމަސް. ކަލޯ އެނޮނިމަހާ. އގަަމަޑުންލައިގެން ހުރެބަލަ. ބުނެފީމެއްނު މިހާރު ހުރިހާ ޕިންކީންތައް ތިތިބީ ނިޒާމުން ބޭރުއަރުވާލަފަޔޭ. މައިތިރިވެގެން މިދިޔަ ފަސްއަހަރު ރުބެލްއާއެކު ކުޅުނު ކުޅިގަޑޫ ކުޅެއް ގޭގައި މަޑުންތިބެބަލަ. ﷲ ތިއާލާތްވަރުތަކަށް ކޯފާއެއް ލެއްވުން އެންމެގާތި. އިންތިޒާރުކޮށްކޮށް ތިބޭ. އެވަރު ހަޔާތްކުޑާ ފާޙިޝް އަމަލުން ފުރިގެންތިބި ބައެއް ތިޔައީ

  3. މުހައްމަދު

    ދެންކޮން ކިނބުލެއް އަރުވާކަށް ނުވެގެން ނުލިބިގެން އުޅުނު ވެރިކަން ލިބުނީމަ ދެންވެސް މައިތިރި ވެގެން ހުރެވޭތޯ ބަލާ ނޫނީ ވެރިކަން ހިނގައިދާނެ އަނިޔާވެރި ކިނބުލާ

  4. ޖޮއްބެ

    ވަގުވެރިކަމަކީ ހެޔޮވެރިކަމަކަށް ނުވާނެ. ސޯލިހަކީ ނަމުން ސޯލިހު، ކަމުން ޑިކްޓޭޓަރެއް.

  5. ބޮއްބޮ

    މިއީ ނޫސްވެރިން ގެނައި ވެރިކަމެއް ނޫން. މިއީ ރިޝްވަތު މަހުޖަނު އޭނާގެ އަމިއްލަ އެދުމަށްޓަކައި، އީސީ އާއި ކޯޓުތައް ގަނެގެން ގެނައި ބަލާ ވެރިކަމެއް. އެހެންވީމާ ސެލިއުޓް ކުރަންވީ ސޭޓަށް.

  6. ތާރީޚު ދިވެހި ރާއްޖެ

    ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން ދުނިޔެއަށް ފޮނުއްވީ އެމީހަކު އުޅޭނެ ގޮތަކަށް އުޅުމަކަށް ނޫން. އެމީހަކު އުޅޭނެ ގޮތަކަށް އުޅެން ފޮނުއްވިނަމަ، ރަސޫލުން ނާއި، ނަބީން ފޮނުއްވާ ފޮތެއް ބާވާނުލެއވީސް.
    އެކަމކު ރައީސްގެ ރޭގެ ވާހަކަފުޅުން އެނގުނީ ނޫސްވެރިން އުޅޭނެގޮތް އެނގޭނީ އެމީހުންނަށޭ. މީ އިސްލާމީ ޤައުމެއްގެ އެއްމެ އިސް ވެރިޔާއަކީ ހަމައެކަނި ނޫސްވރެރިންގެ ޙައްޤުތަށް ހޯއްދަވައި ދެއްވުމަށް ހުންނަވާ ބޭފުޅެއްނޫން. އެއްމެހައި މީސްތަކުންގެ ހައްޤުތަށް ރައްކައުތެރިކޮށްދޭން ޖެހޭ ބޭފުޅެއް. އަދި ރައީސް ވާހަކަފުޅުތަށް ބިނާކުރައްވާފައި ހުންނަނީ ހަރކަށި އެކްޓިސްޓުންގެ ވާހަކަ ހުންނަ ގޮތަށް. އޮށްޓަރު ނެތް ވާހަކަ ތަކެއްގެ ގޮތުގައި.

  7. ކަލޯ

    ރާއްޖޭޓީޥީން މުޅީންވެސް ގެނެސްދޭނީ ވަކިކޮޅަކަށް ޖެހިގެން ތިބެ ގެނެސް ދޭ ޚަބަރުތަކެވެ. ރައްޔިތުންގެ ތެރޭގައި ހަމަނުޖެހުންއުފައްދާދޭ ރައްޔިތުން ގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދަން ގެނެސް ދޭ ޚާބަރުތަކވެވެ. އަބަދުވެސް ޕްރޮމޯޓް ކުރާނީ ތިމާމެންނެވެ.ކުރީގެ ސަރުކާރުން ރައްޔިތުންނަށް ކިތަންމެ ފައިދާހުރި މަސައްކަތެއް ކުރިޔަސް ދުވަހަކުވެސް އެއީ ރަނަގަޅުކަމެއްގޮތުގައި ފާހަގަކޮށަްފއެއްނެތެވެ. އޭގެ ބަދަލުގައި ހަމަނުޖެހުން ނަގާލުމަށް މަސައްކަތް ކުރީއެވެ. އަޅުގަނަޑުމެންނަށް އަބަދުވެސް ސިކުނޑީއަށް ނެގިފައި ހުރީ އެމްޑީޕީގެ ނޫސްވެރީންގެ ގޮތުގައެވެ. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ނޫސްވެރީންނަކީ ދައުލަތުގެ ހަތަރުވަނަ ބާރެވެ. ދެންއޮތް ތިންމުވައްސަސާގެމައްޗަށް ފާރަވެރިވާން ތިބެންޖެހޭ ބަޔެއްގެ ގޮތުގައެވެ.އޭގެބަދަލުގައި ވަރަށް ބޭއިންސާފުވެރިގޮތެއްގައި ޚަބަރުތައް ގެނެސް ދިންބަޔެކެވެ. ނޫސްވެރިޔާ އަބަދުވެސް ނޫސްވެރިޔާގެ ހައިސިއްޔަތު އޮޅުވާލައިގެން ނުވާނެއެވެ. އެީ ކޮންމެ ފަދަ ޕާޓީއެއްގެ ނޫސްވެރިޔެއްކަމުގައި ވެސްމެއެވެ.އެމްޑީޕީ ނޫސްވެރީން ޕިޕީއެމްނޫސްވެރީން ސަންގްޓީވީ ނޫސްވެރީން ވިލާޓީވީ ނޫސްވެރީން ހަމަރަނަގަޅަށްވެސް ވަނީ އިއްތިފާޤުން ކެޓަގްރައިސްކުރެވިފައެވެ. އިބްރާހީމް މުަޙައްމަދު ޞާލިޙު ސެލިއުޓް ކުރަންޏާ ސެލިއުޓް ކުރަންވީ އެމްޑީޕީ އަށް ސަނާކިޔާ ދިންރާއްޖެ ޓީވީ ނޫސް ވެރީންނަށެވެ.ކުރުކޮށްދަންނަވަންޏާ ނޫސްވެރީންނަކީ ހަމަހަމަކޮށް މައުލޫމާތާއއި ޚަބަރު ފަތުރާ ބައެއްނޫން.ޚާއްޞަކޮށްރާއްޖެޓީވީ ނޫސްބެރީން.އެއްވެސް ކޮޅަކަށް ބުރަނުވެ ނޫސްވެރިކަން ކުރައްވާ ބޭފުޅަކީ ޓްރާންޕޭރެންސީ މޯލްޑިވްސް އައިމަންއެވެ.

  8. ވައިސަރީ

    ސެލިޔުޓައް ތި ނެގި އަތް ތިރި ނުކުރާތި. އޭރުން ކަލޭމެން ތިޔަ ހިންގާ ޖަރީމާ ތަކުގެ ވާހަކަ ނޫސްވެރިން ނުދައްކާނީ. "މިނިވަން ނޫސް ވެރިކަން"