ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލްގެ އުމުރުން ފާއިތުވެގެންދާ ހަތަރުވަނަ ދައުރުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވި، "އަބުރުގެ ޤާނޫނު"، ގަބުރަކަށްވެ ނިމިއްޖެކަމަށް މީޑިއާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އަބްދުލް މުއީދު ހަސަން ވިދާޅުވެއްޖެއެވެ.

މީޑިއާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އަބްދުލް މުއީދު ހަސަން މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުނު އަލިމަސް ޔޫބީލުގެ މުނާސަބަތާ ގުޅުވައިގެން، މިރޭ ދަރުބާރޫގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ކުލަގަދަ ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ހަލްފާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުޢީދު ވިދާޅުވީ، ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލަކީ މީލާދީ ސަނަތުން ދެވަނަ ސާސްކަފްގެ އަށްވަނަ އަހަރުގައި ސާސްކަފްދާނަ ރައީސް، ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ، ޢަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ތަސްދީގުކުރެއްވި ޤާނޫނަކުން އުފައްކަވާފައިވާ ދީދާރުއަލި، ބަތާނަސާފު މުއައްސަސާއެއް ކަމަށެވެ.

އަބުރުގެ ޤާނޫނު ތަންފީޒު ކުރުމުގެ މަސްޢޫލިއްޔަތު މީޑިއާ ކައުންސިލާ ކުރިމަތި ކުރެވުނުއިރު، އެ ޤާނޫނު ތަންފީޒު ކުރުމަށް ބޭނުންވާ ޢުޞޫލުތަކެއް ވުޖޫދަކު ނެތް ކަމަށާއި، މީޑިއާ ކައުންސިލްގެ މިދައުރުގައި ކުރި އެންމެ "ބޮޑު" އަދި އެންމެ "ތުރާ" އެއް މަސައްކަތަކީ އެ އުޞޫލުތަކާއި، އެއާ ގުޅޭ އެހެނިހެން ލިޔެލިޔުންތައް ޤަރުބަގަންނަވާ ވިއްސުން ކަމަށް މުޢީދު ވިދާޅުވިއެވެ.

މުޢީދު ވިދާޅުވީ، އަބުރުގެ ޤާނޫނު ތަންފީޒު ކުރުމަށް ބޭނުންވާ އުޞޫލުތަކާ ނުލައި، އަބުރުގެ ޤާނޫނު ތަންފީޒު ނުކުރުކަށް، މީޑިއާ ކައުންސިލުގެ މިދައުރުގައި ޚިކުމަތު ޢަމަލީގެ ގަދަފައި ވިއްދާފައިވާނެ ކަމަށެވެ.

"އުޞޫލުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއު ކުރުމަށް މީޑިއާ ކައުންސިލުން ވާނީ ފޮނުވާފައި. އެހެނަސް ހަމަ އިސާހިތަކުމެ ތަޤްދީރުގެ ނިމުމެއްނެތް ނިޔާގައިވާ ގޮތުގެ މަތިން އަބުރުގެ ޤާނޫނު ގަބުރަކަށްވެ ނިމިއްޖެ." މީޑިއާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އަބްދުލް މުއީދު ހަސަން ވިދާޅުވިއެވެ.

އަބުރުގެ ޤާނޫނު އުވާލެއްވުމަށް ޤާނޫނެއް ފާސްކޮށްދެއްވި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށާއި، އެ ޤާނޫނު ތަސްދީޤުކުރެއްވި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް މުޢީދު ވަނީ ފަށްފަށުން ތަކުރާރުކޮށް ޝުކުރާއި ތަޢުރީފު ދަންނަވާފައެވެ.

މީޑިއާ ކައުންސިލްގެ މިދައުރުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި، އެގޮތުން އެ ކައުންސިލްގެ މަސައްކަތްތައް ހިންގުމަށްޓަކައި ބޭނުންވާ އެތައް އުޞޫލުތަކެއް އެކަށައަޅާފައިވާނެ ކަމަށާއި، މީޑިއާތަކުގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި، މީޑިއާ ކައުންސިލްގެ ގަވާއިދުގެ ހަވަނަ މާއްދާގެ ދަށުން ހަދަންޖެހޭ އުޞޫލުވެސް ހަދާ ފާސްކޮށްފައި ވާނެ ކަމަށް މުޢީދު ވިދާޅުވިއެވެ.

"މި ދައުރުގައި ކުރެވުނު މަފަދަ މަސައްކަތްތަކުގެ ސަބަބުން ކައުންސިލްގެ އަންނަނިވި ދައުރުތަކަށް އިތުރު ލުއިފަސޭހައާއި ކުރިއެރުން ލިބިގެންދާނެކަން ޔަޤީން. މިދައުރުގައި މީޑިއާ ކައުންސިލުން ވަނީ ޖުމްލަ 74 މައްސަލަ ބަލާ 70 މައްސަލަ ނިންމާފައި. މިދައުރު ނިމޭއިރު، ނިމުމުގެ އައްސޭރިއަށް ގެނެވިފައިވާ އެންމެ ހަތަރު މައްސަލަ މެނުވީ، މީޑިއާ ކައުންސިލްގައި ނުވާނެ." މުޢީދު ވިދާޅުވިއެވެ.

އިތުރަށް މުޢީދު ވިދާޅުވީ، ދިވެހި ނޫސްވެރިންނަށް ފަހި ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، ދައުލަތުގެ އެކިއެކި މުއައްސަސާތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ދިވެހި ނޫސްވެރިންނަށް އިތުރަށް ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށްޓަކައިވެސް މަސައްކަތްތަކެއް ކުރެވިފައި ވާނެ ކަމަށާއި، ނިމިގެންދިޔަ ސަރުކާރުން ގަވާއިދަށް ގެންނެވު ބަދަލަކާ ގުޅިގެން މީޑިއާތަކަށާއި، އެޑިޓަރުންނަށް ކުރިމަތިވި ދަތިތައްވެސް މަޝްވަރާގެ މޭޒުމަތިން ހައްލުކޮށްފައި ވާނެ ކަމަށެވެ.

ނޫސްވެރިންނަށާއި، މީޑިއާތަކަށް ދަތުތައް ކުރިމަތިވާ ކޮންމެ ދަނޑިވަޅެއްގައި މީޑިއާ ކައުންސިލަށް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަމަށްވެސް މީޑިއާ ކައުންސިލްގެ ރައީސް މުއީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަސަންފުޅު

    ދެންއެހއން ވިއްޔާ އެތައްބައެއްގެ ޢަދު ކަތިލާ، ތިއޮތީފުރުޞަތުދީފައި

  2. ނަފާ

    ކޮންއުސްތާޒެއް ކަލޭހޭބލ ވީތަ. އިސްލާމްދީނުގަ އަބުރު ހިމާޔަށް ކުރުން އޮއްނަ އިރު އަބުރު ގަބުރަކަށް ހަދާލީ.

  3. އަލީ

    މިއީ ހާދަ ޖާހިލު މީހެއްދޯ މިކަހަލަ މީހުން ތަންތަނުގެ ވެރިންނަށް ބައިތިއްބަން ހެއުނުވާނެއެވެ. މުއިއްޒުއާ އަންހެނުންނާ ދަރިން އެކުގައި މަގުމަތިން ދަނިކޮށް މީހަކު ހިތުހުރިއެއްޗެއް ގޮވައިފިނަމަ އަބުރަކީ ކިހާވަރެއްގެ އެއްޗެއްކަން ވިސްނޭނެ

  4. ޑައިލޯގް

    މުޢީދަކީ ޤާބިލް ބޭފުޅެއް

  5. ޤަބުރު

    ޤަބުރުސްތާނަން ދަމުންވެސޓ މޮޔގޮވާތި.ކިބޫޓ ބުނާގޮތަށްޓ ހަދާންޓ ހުރޭ. ޑީނާދެކޮޅަށްހުރޭ ހިތައްއެރިޓ އެއްޗެއްކިޔަން

  6. Miadhu

    އަންންދައުރަށް ނުހޮވިދާނެތީދޯތިވަރެއް ތިކޮށްލީ
    ކަލޭގެ ކިތަންމެވަރަކަށް ގަދަފަޔާއި މެދުފައި އަދި ބޯވިއްދައިގެން އަބުރުގެ ޤާނޫނުގަބުރަކަށް ހެދިޔަސް އިންސާނާ އުފައްދަވާ އިންސާނާގެ އަބުރު ރައްކާކުރުމަށް އެންގެވި އިލާހީ ޤާނޫނުން އެއްމެ ފުކެއްވެސް އުނިވެގެނެއްނުދޭ

  7. ޖަހާންގީރު

    ހުސް މުނާފިޤުން

  8. މަލާ

    ތިޔައީ އިސްލާމްދީނަށް ތަބަޢަވެގެން ހުރި އިންސާނަކު ދައްކަން ހެޔޮވާވަރު ވާހަކއެއްނޫނެވެ. ތިޔައީ ދީނެއް އަހުލެއް ވަހުލެއް ނެތް އެއްވެސް މިޞްރާބެއް ނެތި ދިރިއުޅެމުންދާ އުޅަނގުގެ ކަންތައްތަކަށް ލެބިގެން ހުރި މީހަކު ދައްކާ ފައިވާ ވާހަކަ ފަދަ ވާހަކަތަކެވެ.އިންސާނުންގެ ޢަބުރާ ޢިއްޒަތުއްނަފްސަކީ ހަތް އުޑުގެ ވެރިފަރާތުގެ ވަހީ ބަސްފުޅުތަކެވެ.

  9. މައިނާ

    އަބުރުގެ ކުޅިގަނޑު މިޖާހިލުކަލޭގެޔަށް ނުފެންނަނީ. އަނބިދަރިން ކައިރީގަތިއްބަ އަބުރުގެ ކަންތައް މިކަލޭގެޔަށް ދައްކާލަންވީ. ދުލައްއައިހާ އެއްޗެއްގޮވައިގެން އަނގަމަތި ގަބުރަކަށް ހަދާލަންވީ. ލުއްޗާ. މިގައުމުގެ ހަލާކު.

  10. ނައިންޓީ

    މުޢީދަކީ ގާބިލު ބޭފުޅެއް. އެކަމަކު ކިތަންމެ ގަބިލުނަމަވެސް:
    * އިސްލާމްދީން އޮތް ތަނެއް ވިއްޔާ އެތަނެއްގައި ޢަބުރު ރައްކާތެރިކުރެވެން ވާނެ.
    * ގާބިލުމީހުން އެހެން މީހުންގެ ވިސްނުމާ ފިކުރަށް އިހުތިރާމް ކުރަންވާނެ.
    * ތިމާނޫން އެހެންމީހަކަށް އެއްވެސް އެއްޗެއް ނޭންގޭނެކަމަށް ދެކި ނަފްސަށް
    ބޮޑާވެގަންނާކަށް ނުވާނެ.
    * އަބުރުގެ ގާނޫނު ޤަބުރަކަށްވުމުން އުފާކުރިޔަސް، ޢަރަބި ޢައިނުން ފެށޭ ޢަބުރު ގެ ޤާނޫނު ޤަބުރަކަށް ވުމަކީ މުޖްތަމަޢު ފަސާދަ ކުރާނެ ކަމުގެ ސާފު ޢަލާމާތެއް.

  11. ނުރަބޯ

    ކަލޭގެ ނަމުގެކުރިޔަށް ލާންވީ އަލް އުސްތާޛެއް ނޫނެވެ. އަލްޖާހިލު މިއެވެ. އެހެންނޫންނަމަ އަބުރު ރައްކައުތެރި ކުރުމުގައި އިސްލާމްދީން ބާރުއަޅުއްވާފައިވާ މިންވަރު އެނގުނީހެވެ.

  12. ފެންޓަސީ

    ގަމާރާ!! ގަބުރަކަށް ވުމަކީ ނިމުމެއް ނޫނެވެ. އެއީ ނިމުމެއްނެތް ފެށުމެވެ.

  13. ހައިދަރު

    ކޮން އަބުރުގެގާނޫނެކޭ މިކިޔަނީ އަބުރުގެ ގާނޫނު އޮތީ މީގެ 1440 އަހަރު ކުރިން ﷲ ތައާލާ ބާވާލައްވާފަ އެ ގާނޫނު އުވާނުލެވޭނެ

  14. ލަބީބު

    އެއީ ތިޔަކަހަލަ ނުލަފާމީހުނަށް އުފަލަކަށްވިޔަސް އިސްލާމްދީނުގައި ހަތްއުޑުގެމަތިން ﷲ ތަޢާލާވަނީ ޢަބުރު ޙިމާޔަތްކޮށްދެއްވާފައެވެ. އަދި އެއީ ޙަރާމްކުރައްވާފައިވާ ފާފައެކެވެ. މިއަދު އެކަލާންގެ އަމުރުފުޅަށް ބަޔަކު ގޮންޖަހާލީމާ ކަލެޔަށް އެވަރު ނެތިގެން އުފާފާޅުކުރިޔަސް މާތްﷲއީ ފުދިވޮޑިގެންވާ ބާރުވެރިވަންތަ ޙިކުމަތްތެރިވަންތަ އިލާހުކަން ކަލޭ ދަންނަން ޖެހޭނެއެވެ.

  15. عبدالله

    އަބުރުގެ ޤާނޫނަކީ، އުވާލޭވޭނެ ޤާނޫނެއްނޫނެވެ. ان الحكم الا لله

  16. ބާބާ

    ގަބުރު މުޢީދު ކެކެކެކެ....!!!?