އިދިކޮޅު ފަރާތްތަކުން މިރޭ އެއްވުން ބާއްވަމުންދާ ސަރަޙައްދުން، ގިނަ ޢަދަދެއްގެ މިރުސް ފެން ޕެކެޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވަނީ މިރޭ އެއްވުން ބާއްވަމުންދާ ސަރަޙައްދުން 150 މިރުސް ޕެން ޕެކެޓް އަތުލައިގެންފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ފުލުހުންނާއި ދެކޮޅަށް ބޭޏުންކުރުމަށް ތައްޔާރުކޮށްފައިވާ 105 މިރުސް ޕެކެޓް އެއްވުމަށް މަސައްކަތްކުރަމުންދާ ސަރަޙައްދުން" ސީޒް ކުރެވިފައިވާ ކަމަށެވެ.

އެއްވެ ތިބި ފަރާތްތަކުން ފުލުހުންނާއި ދެކޮޅަށް ބޭނުންކުރުމަށް މިރުސް ފެން ޕެކެޓް ތައްޔާރުކޮށްފައިވާއިރު، އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން މިރޭގެ މުޒާހަރާގައިވެސް އިދިކޮޅު ފަރާތްތަކުން ދަނީ ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ތައްޔާރުވާ މުޒާހަރާތަކުގައި ފުލުހުންނާއި ކުރިމަތިލުމަށް ރާވާފައިވާކަމުގެ މަޢުލޫމާތު ފުލުުހުންނަށް ލިބިފައިވާ ކަން ފުލުހުން ކުރިންވެސް ހާމަކުރައްވާފައި ވެއެވެ.

މިރޭ އިދިކޮޅު ފަރާތްތަކުން، ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ސަރަޙައްދުގައި މުޒާހަރާ ކުރުމަށް ނިންމާފައިވާއިރު، ފުލުހުން ވަނީ އެ ސަރަޙައްދު ބަންދުކޮށް އެތަނަށް އެއްވާން މަސައްކަތް ކުރި މީހުން ފަހަތަށް ޖައްސާފައެވެ. އަދި ހަމަނުޖެހުން ހިންގުމަށް ރާވައިގެން ބާއްވާ މި އެއްވުން ރޫޅާލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މުހައްމަދު

  ފުލުހުންނަށް ގޮވާލަން ތިޔަގައްދާރުން ތަޅާޗިސްކޮށްލަން.

 2. އަލީވަހީދު ރަސްގެތީމު

  ސާބަހޭ ފުލުހުންގެ މުއަށްސިސާ
  ޔަހޫދީ އެމްޑީޕީ ޤައުމުން ފުހެލަންވީ

 3. ފިހާަރަ

  ޓެޅިމިރުހުގެ ވިޔަފާރި ރަނގަޅުވާަނެތާ

 4. ޖާދޫގަރު

  ފުލުހުން ތާރޑް ޑިގްރީ ބޭނުންކުރަން ފެނޭ. ޢަދި މިހާރުންފެށިގެން 0% ޓޮލަރެސްގައި މަސައްކަތް ކުރުމަށް ގޮވާލަން

 5. ޟަމީރު

  ތިޔަކަންކުރިމީހުން އެގޭނެދުވަސް މާލަހެއްނޫން.

 6. މ

  ގުންޑާ މަވާލީ އިން ތަކެއް...މިތަން ސީރިޔާ ޔަށް ނެހެދޭނެ. ޢިރާދަ ކުރެއް ވިއްޔާ...ގައްދާރު އައްނި...

 7. އަޖުމަލް

  މި މިވާ ގޮތަކީ ހުކުން އިއްވިރޭވެސް (1ފެބުރުއަރީ) ސުޕުރީމް ކޯޓުން އެހާ ބޮޑުކަމެއް ކުރިއިރު އޮޕޮސިޝަން އޮތީ ޢާފިލުވެގޮސް.ސުޕުރީމް ކޯޓުން އައި އެސްއެމްއެސައް އޮޕޮސިޝަނަށް އޭގަ އޮތީ ތިމަންނަ މެންނަށް ސިންޕަތީ ވައްޗޭ.ރިޕްލައިގަ އޮތީ ސުޕުރީމް ކޯޓަށް އެއްވެސް ބަޔަކަ ނުކުޅެވޭނެޔޭ.އެ ހަންދާން ނައްތާލީ.މައުމޫނުމެން ދިޔައީ ލީޑަރުން ނަށް ވެރިކަމުގެ ހުވާ ވައިބާ ކުރަމުން. ފާރިސް އަޝާއި ޝާިދު އަޝާއި ގާސިމުއަޝާއި. އެއްބޭފުޅަކު ބުނި ތިމަންނަ ހުވާ ކުރާނީ އަރަބިންނޭވެސް. މި މިމީހުން ކުރާ ކަނޑަކޮސް ކަންތައް. ވެރިކަން ވެއްޓިޔަސް ހުރިހާ އެންމެންނަށް ވެރިކަމުގެ ހުވާ ކުރެވޭނެތަ.

 8. މާރިޔާ

  ސާބަހޭ ސިފައިން ތިކުރާބުރަމަސައްކަތައް އިރާދަފުލު ކުރެއްވިއްޔާ ރައީސް ޔާމިން 2018

 9. ނަސީދު

  މިހާރުދެން މުޒާހިރާ ހުއްޓުވުމަށް ލޯބިންއަތްލާނެ ކަމެއްނެތް