ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ދިވެހި ސަރުކާރަށް ތާއިދުކޮށް ވާހަކަދެއްކި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ އިއާން ޕޭސްލީ އަށާއި އޭނާގެ ދެދަރިން ހިމެނޭ ގޮތައް މުޅި އާއިލާ އަށް ރާއްޖޭގެ ރިސޯޓަކުން ޗުއްޓީ ދަތުރެއް ދިންކަމަށް "ބީބީސީ" އިން ބުނެފިއެވެ.

ޕޭސްލީ އާއި އޭނާގެ އަނބިކަނބަލުން އަދި ދެފިރިހެން ބޭފުޅުންނަށް ރާއްޖޭގެ އަގުބޮޑު ރިސޯޓެއްގައި އަށް ރޭ ހޭދަކުރުމުގެ ޗުއްޓީ ދީފައި ވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ފަހުކޮޅުން ފެށިގެން ނޮވެމްބަރ މަހުގެ ކުރީކޮޅަށެވެ.

ޕޭސްލީ އެދަތުރު ކުރައްވާފައި ވަނީ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ޗުއްޓީ ދަތުރުތައް ކުރައްވަން ޖެހޭ އުސޫލާއި ހިލާފަށެވެ. ޤަވައިދު އޮންނަ ގޮތުން އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލިސް މެންބަަރަކު ޗުއްޓީ ދަތުރެއް ކުރައްވާނަމަ ޤާނޫނު ހަދާ މަޖިލީހުގެ އިދާރާގައި އެޗުއްޓީ ދަތުރެއް ރަޖިސްޓްރީ ކުރައްވަން ޖެހެއެވެ. ނަމަވެސް ޕޭސްލީ ރާއްޖެއަށް ކުރެއްވި ޗުއްޓީ ދަތުރު ރަޖިސްޓްރީ ކުރައްވާފައެއް ނުވެއެވެ.

"ބީބީސީ" އިން ބުނާ ގޮތުގައި ޕޭސްލީގެ ޗުއްޓީ ދަތުރަށް ޚަރަދު ކުރެއްވީ ހުސައިން ހިލްމީ ނަމަކަށް ކިޔާ ބޭފުޅެކެވެ. ބެލެވޭ ގޮތުގައި އެއީ ސަންލޭޑް ހިލްމީ އެވެ.

ޕޭސްލީގެ އާއިލާ އަށް މިފަދަ އަގުބޮޑު ޗުއްޓީ ދަތުރެއް ލިބުނު އިރު އޭނާ އާއި އަދި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ އިތުރު ދެމެންބަރަކު ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ ވަޑައިގެން ރާއްޖޭގެ ހާލަތު ބައްލަވާ ލައްވާފައެވެ.

އެބޭފުޅުން ވަނީ އޭގެ ދުވަސްކޮޅެއް ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދު މާފުށީގައި ހައްޔަރު ކޮށްފައި ހުންނެވި އެޕާޓްމަންޓަށް ޒިއާރަތް ކުރައްވާ އެތަނުގެ ހާލަތު ވެސް ބައްލަވާފައެވެ.

ޕޭސްލީ ވަނީ ޔާމީންގެ ސަރުކާރާއި ދެކޮޅަށް އިޤުތިޞާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ދެކޮޅަށް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ވާހަކަފުޅު ދައްކަވާފައެވެ.

އެހެންކަމުން ބީބީސީ އިން ތުހުމަތު ކުރަނީ ޕޭސްލީގެ އާއިލާ އަށް އަގުބޮޑު ޗުއްޓީ ދަތުރެއް ލިބުނީ ޔާމީންގެ ސަރުކާރަށް ތާއިދުކޮށް ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަމުން ގެންދެވުމުން އެކަމުގެ ހަދިޔާއެއްގެ ގޮތުންނެވެ.

ޕޭސްލީގެ އާއިލާ އިން ރާއްޖޭގައި ހޭދަކުރެއްވި ޗުއްޓީ ދަތުރާއި ބެހޭ ގޮތުން ސުވާލު ކުރުމުން ޔާމީންގެ ސަރުކާރުގައި ރާއްޖެ އިން އިނގިރޭސިވިލާތައް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އަހްމަދު ޝިނާން "ބީބީސީ" އަށް ވިދާޅުވީ ޕޭސްލީގެ ދަތުރަކީ ދިވެހި ސަރުކާރުން ސްޕޮންސާ ކުރެއްވި ދަތުރެއް ނޫން ކަމަށާއި އެދަތުރަށް ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ކުދިކުދި ގައުމުތަކުގައި އަގުބޮޑު ޗުއްޓީ ހޭދަ ކުރެއްވުމަށް ފަހު އެގައުމުތަކުގެ ސަރުކާރުތަކުން ބޭނުންވާ ގޮތައް ނުވަތަ ޗުއްޓީ ދަތުރައް ހޭދަކުރައްވާ ވިޔަފާރިވެރިން ބޭނުންވާ ގޮތައް ވޯޓް ދެއްވާ ކަމަށް މީގެ ކުރިން ވެސް އެތައް ފަހަރަކު ތުހުމަތު ކުރެވިފައި ވެއެވެ.

ސްރިލަންކާގައި ވެސް އިނގިރޭސިވިލާތުގެ ބައެއް މެންބަރުން ޗުއްޓީ ހޭދަކުރެއްވުމަށް ފަހު ސްރިލަންކާ ސަރުކާރުން ބޭނުންވާ ގޮތައް ވާހަކަ ދައްކަވާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ެގގެ

    ހާދަ އަގު ހެޔޮ ގޮލައެއްތީ

  2. މެޑަމް

    ޝުުކުރިއްޔާ ރައީސް ޔާމީން

  3. ތެދު

    ކޮބާމައްސަލަޔަކީ...މޑޕ ގެ ހާޑިންހަމް ނަސޯރާދީން ފަތުރަން ވެއްގިއްޔާ އޯކޭ...

  4. ސީމާ

    އެމްޑީޕީ މީހުންތެތިބީ ޔާމީން ބާރަށް ނޭވާލިޔަސް ހަދަހަދައިގެން ވާހަކަދައްކަން ނިކުމފައެވެ. ތިމީހުންނަށް ހެޔޮވެރިކަމެއްނުވާނެއެވެ. ހަމަބެލޭނީ ޔާމީނަށެވެ.

  5. މާސްޓަރ

    މިޚަބަރުން އަޅުގަޑަށް ދޭހަވީ ޔާމީން މިމީހުން އެބުނާކަހަލަ ކަންކަން ކުރައްވާފައި ނެތްކަމެވެ. ޕްރައިވެޓް މީހަކު ދިން ޗުއްޓީ ދަތުރަކަށްވުރެ ބޮޑުކަމެއް ހަމަ ނޫހުގަ ޖަހާލަން ނުލިބުނީ ހެއްޔެވެ!

  6. ހުސްނީ

    ތީގަ ނެތެއް ނުން ގޯހެއް. އެކަމަކުވެސް ނުފޫޒް ގަދަ މީހަކު ޔާމިން އަށް ސަޕޯޓް ކޮށް ފިއްޔާ އެއީ ކޮރަޕްޝަން . ފަސާދަ . ވައްކަން . ހިޔާނާތް . މަކަރާއި ހީލަތް. ފޭރުން. އަނިޔާވެރިކަން. މިހެން ދެން ލިޔާނެ ކަމެއް ނެތް. ލިޔަން ވެއްޖެއްޔާ ބަސް ހުސްވެދާނެ.

  7. ބުޚްތާން

    މިހާރުދެން ހަމަޔާމީނު އިނދަޖައްސާލާނެ ގޮތެއް ނުފެނިގެން އެހެން ބަޔަކު ކުރިކަމެއްވެސް ޔާމީނުގެ ބޮލަށް ކަނޑާލައިގެން ބުރީގަ ހަންދަމަން މަސައްކަތް އެބަކުރައޭދޯ

  8. ވިސނުން

    ކޮބާ ހާޑިންގަމް ހޭވި ހަޑި

  9. ޖަހާންގީރު

    ޔާމީން 100 ޖެޒުއިޓުންނަށް އާނއެކޭ ނުބުނި ނުވެސް ބުނާނެ !

  10. އެމްޑީޕީ

    ރައީސް ޔާމީނަކީ އަންނިފަދަ ގަމާރެއްނޫން ހާޑިމްހަމް ހޭވި ހަޑި ނުކިޔައިދިނީ ކީއްވެ ؟